މުވައްޒަފުން ރިސޯޓްތަކަށް ދިއުމަށް މިހާރު ހުރަހެއް ނެތް ކަމަށް ޓްއަރިޒަމް މިނިސްޓްރީއަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާ ދެއްވާފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓްއަރިޒަމް މިނިސްޓްރީން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގ ގެ ހާލަތުގައި ނެތް ރަށްރަށުންނާއި، މޮނިޓަރިންގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިސޯޓުތަކަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޕީއޭ އިން ނިންމާފައިވާ ކަމަށެވެ.
އަދި މޮނިޓަރިންގެ ހާލަތަށްލެވިފައިވާ ރަށްރަށުންނާއި، މޮނިޓަރިންގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިސޯޓެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށްފަހު ވަޒީފާއަށް ނުކުތުން އެންމެ ރަނގަޅުކަމަށް ވެސް އެޗްޕީއޭ އިން ނިންމާފައިވާ ކަމަށް ޓްއަރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
ނަމަވެސް މިގޮތަށް ރަށްރަށުން ރިޒޯޓުތަކަށްދާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭއަށް އެންގުމަށް އެއޭޖެންސީން އަންގަވާފައިވާތީ، ރިސޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ޓްއަރިޒަމް މިނިސްޓްރީގެ ހޮޓްލައިން 7223131 އަށް ނުވަތަ އީމެއިލް [email protected] އަށް ފޮނުއްވުމަށް މިނިސްޓްރީން އެދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓެއް ބަންދުކޮށް ގިނަ މުވައްޒަފުން ވަނީ ރަށަށް ފޮނުވާފައެވެ. ނަމަވެސް ސަރުކާރުން މިހާރު ތައްޔާރު ވަމުން ދަނީ އަންނަ ޖުލައި މަހު އަލުން ރިސޯޓްތައް ހުޅުވާށެވެ. އެހެންކަމުން ބައެއް ރިސޯޓްތަކުން މިހާރު ދަނީ އަލުން ރިސޯޓްތައް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޖުލައި މަހު އަލުން ހުޅުވާލާނެ ކަން ސަރުކާރުން އިއުލާން ކޮށްފައި ވީނަމަވެސް ފަތުރުވެރިކަން އަލުން ހުޅުވާލާނެ ސީދާ ތާރީޚެއް ވިދާޅެއް ނުވެއެވެ.
ހުރަސް އޮތީ ރުފިޔާގައޭ ބަލަ އައްޔާ ނުފިޔާ މެތިގެން ނޫތަ ރިސޯޓް ބަންދު ކުރީ ދިޔައެއްކަމަކު ވަކި ރުފިޔާ ލިބޭނެތަ
ހެއްހެއް! އަޅެ ހަމަޖެހޭ ވާހަކައެއް ވަޒީރު ވިދާޅުވާންޖެހިއްޖެ. ރިސޯރޓުން މުއައްޒަފުން ބޭރުކުރީ މުސާރަދޭން ފައިސާލިބޭނެ ގޮތެއްނެތިގެން. މަނިކުފާނުގެ ޕާޓީގެ ބާނީއަކާއި މަނިކުފާނާއި ބައްދަލުވިހެނެއް ހީއެއްނުވޭ. އެބޭފުޅާގެ ރިސޯރޓުން އެންމެފުރަތަމަ މީހުންބޭރުކުރީ. މިތަނަކަށް އަދި ގެސްޓުން އަންނާކަށް ނެތް. ކޮންދުވަހަކު. ކަމެއް ކުރައްވަންޏާ އިސްތިއުފާ ދެއްވާފަ ޓޫރިޒަމް އާއި މާރކެޓިން ޑިވެލޮޕްމަންޓް ދަންނަ މީހަކަށް ޖާގަދެއްވާ. މަނިކުފާނަށް ޖިއްސުންކުރައްވައިގެން އެތިއްބެވީ ތިވުޒާރާގެ ތިއްބެވި ކުދީން. ތިއީ ސިޔާ ޕޯޑިއަމުގައި އަޑުގަދަކޮށް އުޅުއްވިޔަކަސް މުޅިން އެހެން ދާއިރާއެއް. ޝުކުރިއްޔާ
އައްޔާ ކިހިނެއްތޯ ރަށަށްނުދެވި ރިސޯޓްތަކުގައި ތިބި ސްޓަރފުން ރަށްރަށަށް ދިއުންއޮތީ؟؟ މުސާރަނުދީ ގާސިމް މެން ސްޓަރފުންް ގޯނިފުލަށް ލާ ގެންމިތިބީ މަސްނިމޭ އިރަށް މުސާރަ ސުލިޕް ލިބޭޭ އަަދިވެސް މާރޗްމަހު މުސާރަ އެޕްރީލްމަހުމުސާރަ އަދި ރަމަޟާން މަހުގެ އިނާޔަތު ފައިސާނުދޭ. ކިހާދެރަކަމެއްމީ.. ޢަލީމެން ނަށް މިއަޑު އިވޭބާ؟؟؟؟؟؟
ކަށިނެއް ދޫ އޮތީމަ ހިއްލާލާ ކޮއްމެ އެއްޗެކޭވެސް ކީދާނެ ހުރެހެއްނެތޭ ބުނާއިރު އެމުވައްޒަފުން ދަނީކިހިނެއް ކޮއްމެމުއައްޒަފަކު 15.000 ނޫނީ 20،000 ރުފިޔާއައް ލޯންޗެހިފައިގެން ދަތުރު ކުރެވޭވަރުގަ ތަނަވަސްކަން ހުރިނަމަކަ އަނބިދަރިން ދޫކޮއްފައައިސް ރިޒޯޓުގަ ގުލާމުކުރާކައް ނުތިބޭނެދޯ
އެއުޅެނީ ވަޒީފާ ބޭނުމިއްޔާ ގިއްގެޅެންދެން ތަން ކުނިކަހައި ސާފުކޮށް މަރާމާތުކުރާށޭ އަންގަން!!!!!! ނުދާތި. ގޭގަ ކިއްލި ތަޅައިގެން އުޅުންވެސް ތިޔަ އަޅުދާސް ވާން ދިޔުމަށްވުރެ ރަނގަޅު. (ވަގުތުނޫސް ޕްލީޒް މިޖަހާދެއްޗެ)