ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް ނަޝީދުގެ އަބުރާއި ބެހޭތީ އިއްޔެ އައްޑޫ ސިޓީ ހިތަދޫ ޕޯޓްގެ މުވައްޒަފު ވަޒީފާ އިން ވަކިކުރަން ފޮނުވި ޗިޓްގައި އޭނާ ވަޒީފާ އިން ވަކިކުރީ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ އަބުރަށް ހުތުރުވާ ގޮތައް ވާހަކަދެއްކުމުން ކަމަށް ލިޔެވުނީ އިދާރީ އޮޅުމަކުން ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވުމަކީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.
މުވައްޒަފު ވަޒީފާ އިން ވަކިކުރުމާއި ގުޅޭ ގޮތުން ޝާހިދު އިތުރުފުޅު ހެއްދެވިކަން ހާމަވީ، އެމުވައްޒަފަށް މީގެ ކުރިން ފޮނުވާފައިވާ އިންޒާރުގެ ތިންވަނަ އިންޒާރުގައި ވެސް އޭނާ އާއި ގުޅޭ މައްސަލަ އަކީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމާއި، ރައީސް ޞާލިހާއި ރައީސް ނަޝީދަށް ފާޑުކިޔުން ކަމަށް ބުނެފައި އޮތުމުންނެވެ.
އެއިންޒާރުތަކުގައި ވެސް އޭނާ އެކަންކަން އިސްލާހް ނުކޮށްފިނަމަ ވަޒީފާ އިން ވަކިކުރާނެ ކަމަށް ބުނެފައިވެއެވެ. ވަޒީފާ އިން ވަކިކުރި މުވައްޒަފު މިހާރު ވަނީ އޭނާ ވަޒީފާ އިން ވަކިކުރުމުގެ ކުރިން ދިން އިންޒާރުގެ ލިޔުން ވެސް މީސް މީޑިއާގައި އާއްމު ކޮށްފައެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދެއްވުމަށް ފަހުއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ ފެނަކަ އާއި އެމްޕީއެލް ފަދަ ކުންފުނިތަކުން އެތައް މުވައްޒަފުންނެއް ވަޒީފާ ވަކިކޮށްފައިވެއެވެ. ވަޒީފާ އިން ވަކިކުރި ގިނަ މުވައްޒަފުންނަކީ އެމްޑީޕީގެ ސިޔާސީ ފިކުރާއި ދެކޮޅު މީހުންނެވެ.
ޝާހިދު ސޮއި ކުރައްވާ ޕޯޓް ލިމިޓެޑްގެ މުވައްޒަފު ވަޒީފާ އިން ވަކިކުރަން ފޮނުވި ޗިޓްގައި ބުނެފައި ވަނީ މުވައްޒަފު ވަޒީފާ އިން ވަކިކުރީ ރައީސް ޞާލިހާއި، ރައީސް ނަޝީދަށް މީސް މީޑިއާގައި ފާޑުކިޔުމުން ކަމަށެވެ.
ނަމަވެސް މައްސަލަ ހޫނުވުމުން ޝާހިދު މިރޭ ވިދާޅުވީ އެމުވައްޒަފު ވަޒީފާ އިން ވަކިކުރީ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
"ފުރަތަމަ ޗިޓަކީ އިދާރީ ގޮތުން ހެދިފައި އިން މިސްޓޭކެއް. އެކަން ރަނގަޅު ކޮށްފައި ވާނީ ފަހުން. އޭގައި ލިޔަން ޖެހޭ އިބާރާތް ނޫން އިބާރާތެއް ބޭނުންކޮށްފައި ވަނީ،" ޝާހިދު ވިދާޅުވިއެވެ.
ޕޯޓް ލިމިޓެޑްގެ މުވައްޒަފު ވަޒީފާ އިން ވަކިކުރި މައްސަލައިގައި ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ވޯޓްހޯދަންވެސް ހެދީދޮގު. ރިޒޯޓް މުވައްޒަފުންނަށް ކޮންމެރެޔަކު ރަށަށްދެވޭނޭކިޔާފަވެސް ހެދީދޮގު. މިނިމަމްވޭޖޭ ކިޔާފަވެސް ހެދީދޮގު. ޙިޔާލުފާޅުކޮއްގެން ވަޒީފާއިން ވަކިނުކުރާނަމޭ ކިޔާފަވެސްހެދީ ދޮގު. ވައްކަން ނުކުރާނަމޭ ކިޔާފަވެސް ހެދީދޮގު. އެމީހުންގެ މީހުނަށް ފުލެޓާ ވަޒީފާޔާދޭނީ އިންސާފުންނޭ ކިޔާފަވެސްހެދީ ދޮގު.
ނުވިތާކަށް ކާޕެޓުންނާ ކަދުރުންކުރީ ވައްކަން. ބަލަންމިތިބީ އަދި. ވަކިވަރެއްވާންދެން ތިބެވޭނީ. އަހަރެމެން ރުޅިނާރުވާ. ނޫނީ ދެވަނަފަހަރު ހަމަ އެކަށިން ރީނދޫވެރިކަމަށް ނިމުމެއްގެންނަންޖެހިދާނެ. މަވެސްދިނިންވޯޓް. އެހެންވެ ބުނެލީ.
އިތުރުފުޅުގެ ރާނީ
މީ ހާދަ ފިނޑިމީހެއް. ބަލަ ކު ރިއްޔާ ކު ރިކަން ބުނަންވީނު ކޮން ބަހަނާ އެއް މިހާ ރު ތި ދައްކަނީ
ސިޓީ ތަކުގަ ސޮއި ކު ރާއި ރު މި ސޮއި ކު ރެވެނީ ކޮން އެއްޗެއްގައި ކަން ނޭންގޭ މީހުން ތި ތަންތާ ނުތިބޭނީ.
ޝާދިހު ބަލިވެއްޖެ! ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަޤާމުތަކަށް އަންނަމީހުން މަކަރާ ހީލަތް ކަންކަމަށް ހަދަންޏާ ފާޑުކިޔާނީ ރައްޔިތުން އެ މިނިވަންކަން ލިބެންޖެހޭނެ.
އެއްވެސް މީހެއްގެ އަބު ރައްއަރައިގެން ނުވާނެ..އަބުރައް އަރައިގަތުމާއި ހިޔާލުފާޅުކުރުން މީ 2 ކަމެއް..އަބުރައްއަރައިގެން ނުވާނެ.
ޢަބުރުގެ ގާނޫނޭއް ނޯންނާނެ.
ނަސީދުގެ ފަހަތުގަ ފުރާނަ އަޅުވާފަ ހުރި އެެއްްވެސް އިންސަނެއް ނުހުންނާނެ ތެދެއްހަދާ
ފަސްބައިގާ ސޮއި ކުރެވޭއިރުވެސް އޯކޭ
މަ ކަލޯ ތަ ހިތަދޫ ޕޯޓް އެމްޑީ އަކީވެސް.
ކިނބުލާއި އަންނި މެންގެ ސަރުކާރަކުން ތެދެއްހެދުންއެއީ ނެތްކަމެކެވެ. ތަރައްގީއަކީ ހައިމާރކެއް ނޫނޭ ކޮންކްރީޓެއް ނޫނޭބުނީ ތަރައްގީއަކީ ގަލަމެއް ބޭސްގުޅައެއް އެކަމު މިމީހުންވެސް އުޅެނީ ކޮންކްރީޓާއި ހައިމާކު ނުގެނެވިގެން
ތީ ރަތްލާޖެހި އައްޑޫ މީހެކޭ، ހަދާނެތަ ތެދެއް! އައްޑޫ މީހުންގެ ކަށީގަޔާ މަދު ގަހިފާފަހުރި ކިމެއް ދޮގުހެދުމަކީ.
ބަފާ ކަތީބުކަން ކުރީވެސް އެގޮތަށް އަހަރުމެން ހައިރާން އެއްނުވޭ އަލަގަހަކުން ކެއުނިރެއްނުފަޅާނެ
މީހުން ދޮގުވެސް ހަދާ އެކަމަކު ތިދެން ބޮޑުވަރެއް.
"ފުރަތަމަ ޗިޓަކީ އިދާރީ ގޮތުން ހެދިފައި އިން މިސްޓޭކެއް. އެކަން ރަނގަޅު ކޮށްފައި ވާނީ ފަހުން. އޭގައި ލިޔަން ޖެހޭ އިބާރާތް ނޫން އިބާރާތެއް ބޭނުންކޮށްފައި ވަނީ،"
އިދާރީ އޮޅުން އިސްލާހުކޮށލާ ޕއރޮމޯޝަން ލެޓަރ އަކަށް ހަދާލާ
ސާހިދު ކަލޭ ތިޔަ ވަޒީފާ އިން ވަކިކޮއްފާނެތީ ހާދަބިރެކޭ ތިޔަގަންނަނީ. ކަލޭ ނަސީދު ދެކެހާދަބިރެކޭ ތިޔަގަންނަނީ. ބަލަ ތިބޭފުޅާ ބުނިގޮތަށޭ ލިޔެފައެއޮތީ. އެ ލިޔުން ލިޔުނު މުއައްޒަފު ގޯސްނުކޮއްބަލަ.
އިދާރީ އޮޅުމަކުން ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވުމަކީ އިތުރުފުޅެއްކަން ހާމަ މިފަހަރުތިވީތާ. ކޮބައިނުވާފަހަރު ގެ ހާލަތު. ނިކަމެތި މީހާ ރޯލާފައި ދާންޖެހޭނީ ގެއަށް. ފެނަކަ ، ސްޓެލްކޯ ރައްޔިތުންނަށް ޒަރުދޭ ކުންފުނިތަކެއް ، މިދެންދެވީ މިބާވަތުގެ ވަޒީފާއާއި ގުޅޭ ޒަހަރު
ދޮގުހެދުމަކީ މިސަރުކާރުގެ މާޤމުގެ އެއއމެބޮޑު އެއް މަސްއޫލިއްޔަތު...
ތިޔަ ޝާހިދަކީ ކޮންމެ ސަރުކާރެއްގައިވެސް ވެރިންނަށް ސަނާކިޔާގެން ،އެމީހުން ނުބުނާ ކަންތައްވެސް ކޮށްގެން ތާއީދު ހޯދަން އުޅޭ މީހެއް.
އެމް ޑީ ޕީ ބޭފުޅުން އިތުރުފުޅެއް ނުހައްދަވާނެއެވެ. އިތުރަށް ވިދާޅުވެވޭ ވާހަކައެވެ. ރައީސް ނަޝީދު ވެރިކަމުން ފޭބީ އަމިއްލައަށް. ފަހުން އިތުރަށް ވިދާޅުވި ވާހަކަ އަކީ ބިރުދައްކައިގެން ވަކި ކުރުވީކަން
މުޅިންވެސް ހެދޭނީމިސްޓޭކޭ އުޑެއް ބުޑެއް ނުދަންނަ މަގުމަތީގަ ހަޅޭ ލަވަމުން ދުވާ އެކްޓް ވިސްޓުންނަ ރައްޔިތުންގެ ހިއަސާވާކުންފުނިތައް ހަވާލް ކުރީމަ ވާނެ ހަޔެތި ތިވަނީ ހަޖަމެއް ނުކުރެވޭނެ ރައްޔިތުން އެއްޗިހިކިޔީމަ އެކަކައްވެސް މުސާރަ މިނަގަނީ ރައްޔިތު މީހާ ގުދާރުބިންދާލައިގެން ހޯދާ ފައިސާކޮޅައް ގާނޫނެއްގެ ހިޔަލުން ޖީއެސްޓީގެ ނަމުގައި ނަގާ ޖިޒީން ނަގާ 6% ރުފިޔާއިން ބޮޑުމުސާރަޔާ އިނާޔަތާ ވޯޓް ހޯދަންވީމަ ރައްޔިތުން ކައިރީގައި ސުޓަންޓް ޖައްސަން މިކިޔަނީ އޭނާކާލީ މީނާކާލީ މަވެސް ކާންބޭނުން މިތަންކޮޅު ރައްޔިތުން ނައް އަޑުނީވެނީ ކަން ކުރަނީ އެހެން ސަރުކާރު ލިބުނީމަ