23:26

ކޮވިޑް-19 ގެ ސަބަބުން މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުޔެއް ދީ، ވަކި ވަގުތުތަކުގައި ބޭރުގައި އުޅެވޭނެ ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ، އުމުރުން ދުވަސްވީ 944 މީހަކަށް ބޭރަށް ނިކުތުމުގެ ފާސް ދޫކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެ.

23:23

ކޮވިޑް-19 އަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާފައިވާ ވެކްސިން އިންސާނުން ބޭނުން ކޮށްގެން ކުރިއަށް ގެންދާ ޓްރިއަލް ބްރެޒިލްގެ ސައޮ ޕާލޯގައި ވެސް އޮންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

22:54

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ކުރިން އިކޮނޮމިކް މިނިސްޓްރީން ދެމުން ގެންދިޔަހުއްދަތައްވެސް ދެން ދެމުން ގެންދާނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ.

22:32

އެސިސްޓެންޓް ކޮމިިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން: މާލެ އިން ވިޔަފާރި ކުރަން ބޭނުންވާ މީހުން މާލެ އިން ވިޔަފާރި ކުރަން ވާނީ. ހުޅުމާލެ އިން ވިޔަފާރި ކުރަން ބޭނުންވާ މީހުން ހަމަ ހުޅުމާލެ އިން ވިޔަފާރި ކުރަން ވާނީ.

22:26

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް: އިއްޔެ އާ ހަމައަށް ސިޓީ ކައުންސިލަށް ހުށަހަޅާފައި ހުރި ޕާމިޓްގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ފުލުހުން މެދުވެރިކޮށް. އެއީ ޓާސްކް ފޯސްގެ އެންގުމަކަށް. ވަކި ގޮތަކަށް އަންގަންދެން މީގެކުރިން ފުލުހުން ކުރަމުން އައި ގޮތަށް ޕާމިޓް ދޫކުރަމުން ދާނެ. އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ޕާމިޓްތައް މިނިސްޓްރީ އަށް ހުށަހަޅަން އޮންނާނީ. އަޅުގަނޑުމެން މިހާރު ނިންމާފައި އޮތީ އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅާފައި އޮތް ޕާމިޓްތައް ފުލުހުންނަށް ފޮނުވަން.

22:23

އެސިސްޓެންޓް ކޮމިިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން: މާލެ އިން ހުޅުމާލެ އަށް ނުވަތަ މާލެ އިން ވިލިމާލެ އަށް މީހަކު ދާން ޖެހިއްޖެ ނަމަ، އެ ހުއްދަ ދެމުން މިދަނީ. އެބޭފުޅެއްގެ ކުރަން ޖެހޭ ކަންކަން ބަލާފައި އެކަން ކުރަމުން މިދަނީ. މިސާލަކަށް އޭޓީއެމް އަށް ދިނުމަށް ފާހެއް ނުދޭނެ. އަދިވެސް ދަންވަރު އެކަކުން ހެނދުނު އަށަކަށް ބްރިޖު ބަންދު ވާނެ.

22:18

އެސިސްޓެންޓް ކޮމިިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން: ބެކްލޮގްގައި ހުރި ހުރިހާ ޕާމިޓެއް ވަނީ ދޫކޮށްފައި. 380 ވިޔަފާރި ޕާމިޓެއް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދޫކޮށްފައިވޭ. 9،000 އަށް ވުރެ ގިނަ މީހުންނަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވޭ. އުމުރުން ދުވަސްވީ މީހުންނަށް 944 ފާހެއް ދޫކޮށްފައިވޭ.

22:16

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް: މިއަދާ ހަމައަށް ވިޔަފާރި ކުރާ ފަރާތްތަކުން އޮފީހަށް ދާން ހުއްދަ ހޯދި. ވަކި ވިޔަފާރިތަކަށް 4،000 އަށް ވުރެ ގިނަ މީހުންނަށް ޕޮލިސް މެދުވެރިކޮށް ޕާމިޓް ދޫކޮށްފައި ވާނެ.

22:12

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 4 މީހަކު ރަނގަޅުވެއްޖެ.

22:11

ރާއްޖެއިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:06

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީގެ) ގެ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

21:39

މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ލިންބާގް ހޯލްޑިންގެ ވެރިޔާ ލިން ކަ ޗޮކްގެ ފަރާތުން ރާއްޖެ އަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި.

17:09

ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1092 މީހަކު މަރުވެއްޖެ.މިއީ އެ ގައުމުން މި ވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަސް.

 

16:44

އަފްގާނިސްތާނުން ކޮވިޑް-19 ޖެހިގެން އިތުރު ހަ މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 300 އަށް އަރާފައި. އެ ގައުމުން އިތުރު 787 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18054 އަށް އަރާފައި.

16:44

ރޯމޭނިއާއިން ކޮވިޑް-19 ޖެހިގެން އިތުރު ތިން މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1299 އަށް އަރާފައި. އެ ގައުމުން އިތުރު 238 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19907 އަށް އަރާފައި.

16:43

ފިލިޕީންސްއިން ކޮވިޑް-19 ޖެހިގެން އިތުރު 10 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 984 އަށް އަރާފައި. އެ ގައުމުން އިތުރު 634 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 20382 އަށް އަރާފައި.

16:43

ޕޮލެންޑުން ކޮވިޑް-19 ޖެހިގެން އިތުރު ދެ މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1117 އަށް އަރާފައި. އެ ގައުމުން އިތުރު 139 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 24826 އަށް އަރާފައި.

16:42

ޔޫކްރޭނުން ކޮވިޑް-19 ޖެހިގެން އިތުރު 12 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 747 އަށް އަރާފައި. އެ ގައުމުން އިތުރު 588 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 25411 އަށް އަރާފައި.

16:42

އިންޑޮނޭޝިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 23 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1721 އަށް އަރާފައި. އެ ގައުމުން އިތުރު 585 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 28818 އަށް އަރާފައި.

16:41

ކުވޭތުން ކޮވިޑް-19 ޖެހިގެން އިތުރު ހަ މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 236 އަށް އަރާފައި. އެ ގައުމުން އިތުރު 562 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 29921 އަށް އަރާފައި.

16:40

ސިންގަޕޫރުން އިތުރު 517 މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާއިރު، އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 36922 އަށް އަރާފައި. އެ ގައުމުން 24 މީހަކު ވަނީ މި ވައިރަސް ޖެހިގެން މަރުވެފައި.

16:39

ބެލްޖިއަމުން ކޮވިޑް-19 ޖެހިގެން އިތުރު 26 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 9548 އަށް އަރާފައި. އެ ގައުމުން އިތުރު 82 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 58767 އަށް އަރާފައި.

16:38

ޗައިނާއިން އިތުރު މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާއިރު، އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 83022 އަށް އަރާފައި. އެ ގައުމުން އިތުރު 4634 މީހަކު ވަނީ މި ވައިރަސް ޖެހިގެން މަރުވެފައި.

16:37

ޕާކިސްތާނުން ކޮވިޑް-19 ޖެހިގެން އިތުރު 82 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1770 އަށް އަރާފައި. އެ ގައުމުން އިތުރު 4801 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 85364 އަށް އަރާފައި.

16:36

އީރާނުން ކޮވިޑް-19 ޖެހިގެން އިތުރު 59 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 8071 އަށް އަރާފައި. އެ ގައުމުން އިތުރު 3574 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 164270 އަށް އަރާފައި.

16:36

އިންޑިއާ އިން ކޮވިޑް-19 ޖެހިގެން އިތުރު ތިން މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 6091 އަށް އަރާފައި. އެ ގައުމުން އިތުރު 1141 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 217965 އަށް އަރާފައި.

16:35

ރަޝިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 169 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5384 އަށް އަރާފައި. އެ ގައުމުން އިތުރު 8831 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 441108 އަށް އަރާފައި.

16:34

ބްރެޒިލް އިން ކޮވިޑް-19 ޖެހިގެން އިތުރު 21 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 584562 އަށް އަރާފައި. އެ ގައުމުން އިތުރު 582 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 584562 އަށް އަރާފައި.

16:33

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު ހަތަރު މަރު. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 109146 އަށް އަރާފައި. އެ ގައުމުން އިތުރު 803 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1902586 އަށް އަރާފައި.

11:23

ސްޕޭންގެ ބާސެލޯނާގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ އުމުރުން ދުވަސްވީ މީހަކު އަދި ހޮސްޕިޓަލުން ދޫކޮށް ނުލަނީސް، އޭނާ އެޑްމިޓް ކޮށްފައި އޮތް އެނދާއި އެކު އަތިރިމައްޗަށް ގެންގޮސް، ސާފު ވައި ލިބޭނެ ގޮތް ހޮސްޕިޓަލުގެ މުވައްޒަފުން ހަދައިފި.

11:10

ރާއްޖެއިން ކޮވިޑް-19 ފެނުމަށް ފަހު ވިޔަފާރި ކުރާ ތަންތަން ހުޅުވާލަން ހުއްދަ ދިނުމަށް ސަރުކާރުން އެދުމުން ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާ ބޮޑު ވެފައި ވަނިކޮށް، ފުލުހުން މެދުވެރިކޮށް ވިޔަފާރިވެރިންނަށް ދޫކުރާ ހުއްދަތަށް އަލުން ދޫކުރަން ފެށިނަމަވެސް، އެކަން އެނގިވަޑައި ނުގަންނަވާކަމަށް މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެ.

10:55

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 81 އަހަރުގެ ދިވެހި އަންހެނެއް ހިމެނިއްޖެ. ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ކޮވިޑް-19 އަށް ފައްސިވީ އެންމެ ނުވަ މީހުން.

10:28

އެންމެ ފަހުން މެއި މަހުގެ 30 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވި 79 މީހުން ހިމެނޭ ކްލަސްޓާ އިން މިހާތަނަށް 124 މީހަކު ވަނީ ފައްސިވެފައި.

09:50

ކޮވިޑް-19 ޖެހުނު ބަލި މީހުންގެ ތެރެއިން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު މީހުންނަށް ދީފައިވާ ފަރުވާއަށް ބަލާ އިރު، ރާއްޖޭގެ އައިސީޔޫގައި ދިން ފަރުވާއިން ހާސިލް ކުރި ނަތިޖާ އެމެރިކާ ފަދަ ގައުމުތަކަށްވުރެ ވެސް ރަނގަޅު ކަމަށް ޓޫރިޒަމް މިނިސްޓްރީން ރާއްޖެއަށް ގެނައި މެޑިކަލް ޓީމްގައި ހިމެނޭ ޑރ. ބްރޫސް ސްޓޯވަރ އިއްޔެ ވިދާޅުވެއްޖެ.

09:37

ކޮވިޑް-19 އަށް އޭޑީކޭ ހޮސްޕިޓަލުން ކުރަމުން އަންނަ ކޮންމެ ޓެސްޓަކަށް 675 ރުފިޔާ ނަގަމުން ދާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން އޭޑީކޭ ޖެނެރަލް ޑްރޭޑް އިން ކޮވިޑް-19 ޓެސްޓަށް ކުރަން ޖެހޭނެ ޚަރަދުގެ ތަފްސީލްތައް ހާމަކޮށްފި.

09:19

05:46

05:17

01:31

ޔަމަނުން އިތުރު 20 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 419 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 95 މީހަކު ވަނީ މަރުވެފައި.

01:31

ބޮލީވިއާ އިން އިތުރު 460 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 33 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 10991 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 376 މީހަކު ވަނީ މަރުވެފައި.

01:31

އަފްޣާނިސްތާނުން އިތުރު 758 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 24 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 17267 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 294 މީހަކު ވަނީ މަރުވެފައި.

01:30

މިސްރުން އިތުރު 1079 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 36 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 28615 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1088 މީހަކު ވަނީ މަރުވެފައި.

01:30

ދެކުނު އެފްރިކާ އިން އިތުރު 1713 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 37 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 37525 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 792 މީހަކު ވަނީ މަރުވެފައި.

01:30

ސްވިޑެން އިން އިތުރު 2214 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 74 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 40803 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4542 މީހަކު ވަނީ މަރުވެފައި.

01:29

ސައުދީ އަރަބިއްޔާ އިން އިތުރު 2171 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 30 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 91182 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 579 މީހަކު ވަނީ މަރުވެފައި.

01:29

ކެނެޑާއިން އިތުރު 630 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 100 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 93040 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 7495 މީހަކު ވަނީ މަރުވެފައި.

01:29

ޗިލީން އިތުރު 4942 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 87 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 113628 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1275 މީހަކު ވަނީ މަރުވެފައި.

01:28

ޕެރޫ އިން އިތުރު 4030 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 127 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 178914 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4894 މީހަކު ވަނީ މަރުވެފައި.

01:28

އިންޑިއާ އިން އިތުރު 9614 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 259 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 216805 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6088 މީހަކު ވަނީ މަރުވެފައި.

01:28

ސްޕެއިން އިން އިތުރު 394 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 287406 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 27128 މީހަކު ވަނީ މަރުވެފައި.

01:27

ބްރެޒިލް އިން އިތުރު 4069 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 139 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 560737 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 31417 މީހަކު ވަނީ މަރުވެފައި.

01:27

އެމެރިކާއިން އިތުރު 14967 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 822 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1896172 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 108881 މީހަކު ވަނީ މަރުވެފައި.

01:15


ފާއިތުވި ދެދުވަހު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މަދުވެގެން ދިއުމަކީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަ މަންޒަރަށް ބަލާއިރު، ފައްސިވާ މީހުންގެ އަދަދު ދެދުވަހަކު މަދުވުން އެއީ ހާލަތު ރަނގަޅު ވެއްޖެކަމަށް ނިންމޭނެ ސަބަބެއް ނޫނެވެ. އެހެން ގައުމުތަކުގައި ވެސް ފައްސިވާ މީހުންގެ އަދަދު މަދުވެލުމަށްފަހު އަނެއްކާ އިތުރުވެފައި އެބަހުއްޓެވެ.

ނަމަވެސް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދިއުން އެއީ ހާލަތު ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާނެކެވެ. އާއާއްމު ހާލަތަކަށް ބަދަލު ވުމަށް ދިވެހިން ވެސް މަސައްކަތް ކުރަމުން ދާއިރު، އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ފައްސިވާ މީހުންގެ އަދަދު މަދުވި ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނޫން ކަމެވެ. އަދި ބަލި ޖެހިފައި ހުންނަ މީހަކުގެ ގައިން އަލާމާތްތައް ނުފެނި، އެހެން މީހުންނަށް ބަލީގެ އަސަރު ކުރާ މެދުވެރިއަކަށް އޭނާ ވެދާނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އެއްވެސް ވަރަކަށް އިހުމާލު ނުވުން އެއީ ކޮންމެހެން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމެކެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ. މިއަދު މިހާތަނަށް 76,827 މީހުން ފައްސިވެ، 2,949 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު