މަސައްކަތް ނުކުރާ ކަމަށް ހީވަނީ ފޮޓޯ ނަގާފައި އާއްމު ނުކުރާތީ ކަމަށް ވެދާނެ ކަމަށާއި އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ކުރާ މަސައްކަތްތަކުގެ ފޮޓޯ ނެގުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. '

ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައި ކޮވިޑް-19 ގެ ހާލަތުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތްތަކާއި ގުޅޭ ގޮތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ އެކަމަނާއާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންގެ ތެރެއިން ވަގުތު ހުންނަ ގޮތުން ބައްދަލުކުރެވޭ ފަރާތްތަކާއި ބައްދަލުކުރައްވާ ކަމަށެވެ. ނަމަވެސް އެފަދަ ބައްދަލުވުންތަކުގެ ފޮޓޯތައް ނަންގަވާ އާއްމު ނުކުރައްވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އެފަދައިން އަމަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ހަމަ އަޕްޑޭޓް ވެސް ކުރަމުންދާނަން،" ނަހުލާ ވިދާޅުވިއެވެ.

އޮންލައިންކޮށް ބޭއްވި އެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އޮފީހަށް ގޮސް މަސައްކަތް ނުކުރެވުނު ނަމަވެސް އެ މިނިސްޓްރީގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން 24 ގަޑިއިރު ގޭގައި މަސައްކަތް ކުރަމުންދާ ކަމަށާއި ގިނަ ރޭތަކުގައި ފަތިސްވަންދެން ވެސް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރު، ހަތަރެއް ޖަހާއިރު ފަހެއް ޖަހާއިރު ވެސް،" ނަހުލާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ފްރަންޓުލައިންގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ބޭފުޅުން ނުވަތަ މިނިސްޓަރު ފެނިވަޑައިނުގަންނަވާ ސަބަބާއި ގުޅިގެން ނަހުލާ ވިދާޅުވީ ފްރަންޓުލައިންގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައި ވަނީ ވަކި މިނިސްޓްރީތަކެއް ކަމަށެވެ. އަދި ހުރިހާ މިނިސްޓްރީތަކެއް އެ މަސައްކަތުގައި ނުއުޅުއްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަނީ

    ނަހުލާ ކަހަލަ ވާނުވާ މީހުންނައް ހީވާނީ ތިހެން، ފޮޓޯނަގާފަ ލީމައޭ މަސައްކަތް ހިނގާކަން އެނގޭނީ...
    އެހެން ނޫނީ ތިޔަހެން ސްޕެސިފިކް ކޮއް ބުނުމުގެ ބޭނުމެއްނެތް.

  2. އެލްޖޭ

    ކަލޭ ރިޒޯޓްގަ ޗުއްޓީގަހުއަޓަސް ދެރަނިކަމެތިން ވަޒީފާއަދާކުރެޔޭ.

    13
  3. ސައްލެ

    ނަހުލާ ހީކުރަނީ އޭނަހާ އެހެން މީހުންވެސް ގަމާރު ވާނެކަމަށް.

    37
    2
  4. މާމިގިލީ މީހާ

    ހޯރަތައް ތިބީ ސަންއައިލެންޑް ގަ ރިހާކުރު ކާން. ބާގީ ބުރުމާގެ ހޯރަތައް.

    11
  5. ވެރިކަންބޭނުން

    މީނަ ދު ރުކު ރަން މާލަސްވެސް ވެއްޖެ..މި މީހުންނަށް ހީވާކަހަލަ އެމްޑީޕީއަކީ ނުވިސްނޭ ބައެއްކަމަށް...މިހާ ރު އަޑިއަޑިން ރިޔާސީ އިންތިހާބަށް ކެމްޕެއިން ފަށައިފި.

    10
  6. ފޮޓޯ އަބުދު ބެ

    ކަމަނާ ފޮޓޯ ނަންގަވާ އިރު ރައީސު ގެންދަވަނީ ސެލްފީ ނަގަމުން!

    12
  7. މުރާދު

    ފޮޓޯ ނަގާކަސް ކޮންމެހެން ނުޖެހޭ، އެކަމަކު އެއްވެސް ބަޔަކަށް ވަނުވާ ނޭގި ގެއްލިގެނެއް ނޫޅެވޭނެ، އޯނަރެއްގެ ހައިސިއްޔަތުން ރިސޯރޓައް ދިޔަ ވާހަކަ ވިއްޔާ އެންމެ ފަހުން އަޑު އިވުނީ. މިހާރު ތިހެން ބުނާ އިރުވެސް ކުރި މަސައްކަތެއްގެ ހެއްކެއް ދަލީލެއް ދައްކާލިނަމަ ރަނގަލު

    13
  8. ސަޓޯ

    ފޮޓޯ ނުނަގާ ބުނެބަލަ. ކޮންކަމެއް ކަލެއަށްވީ ؟؟؟

  9. ސޮއްބެ

    އޭ ކަނބުލޯ ކަލެއަށް ގާސިމް ބޭބެ ގުނބޯ ހެއްދުނަސް އަހަރެމެން ރައްޔިތުންނެއް ނުހެއްދޭނެ !!!

  10. Anonymous

    ނަހުލާ ކަމަނާއަށް އެއްކަންތައް ހަނދާންކޮށްދެން. އެމްޑީޕީ އަކީ ނަމުން ޑިމޮކްރަސީ ކަމުން ޚުދުމުޚްތާރު ލާދީނީ ޕާޓީއެއް. ކަންކަން ހިންގާނީ މުޅިންވެސް މީސްމީޑިއާއިން. މީސްމީޑިއާގައި ގައްޑާކޮށް އުޅުނީމަ އެނިމުނީ. އެހެޔޮ އެއްކަމެއް ނުކުރިޔަސް ކަމަނާ ވަރެއް އޭރުން ނޯންނާނެ.

  11. ށަބަށް

    ކުރެވުނު އެންމެ ކަމެއް ބުނެބަލަ! ބޭކާރު އަނގަތަޅައިގެން މަޤާމު ހޯދީވެސް..ކަންކޮންފަ ވާހަަކަ ދައްކާބަލަ! ޔާމީން ކުރެއްވި މަސައްކަތް ފެންނަން އެބައޮތް! ޢަމާޒަކީ މި ސަރުކާރު ވަރަށް އަވަހަށް ވައްޓާލުން