ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި މެދު ފިކުރުކުރައްވާ ވަޒީރުންތަކެއް ގޯސް ހައްދަވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ސަރުކާރު ވެރިކަމަށް އައިސްފައި ވަނީ ކޯލިޝަނަކާއި އެކު ކަމަށް ވާއިރު، ސިޔާސީ ޕާޓީތަކުގެ މަޤުސަދަކަށް ވަނީ ވެރިކަމަށް ކުރިމަތިލައި ކާބިޔާބު ހޯދުން ކަމަށެވެ. އެހެންކަމުން ބައެއް ވަޒީރުން ކުރިޔަށް އޮތް އިންތިޚާބާއި މެދު ފިކުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން އެދޭނީ ރިޔާސީ އިންތިޚާބުގައި ކުރިހޯދަން ކަމަށެވެ. އެވިސްނުމުގައި މަސައްކަތް ކުރާ ބަޔަކު މި ސަރުކާރު ދަމަހައްޓަން މަސައްކަތް ނުކުރާނެ ކަމަށާއި، އެބޭފުޅުން އިސްކުރާނީ ޕާޓީ ކަމަށް އާޒިމް ވިދާޅުވިއެވެ.
ވަކި ވަޒީރެއްގެ ނަން ހާމަނުކުރެއްވި ނަމަވެސް، އާޒިމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވިސްނުމުގައި ބައެއް ވަޒީރުން ޒިންމާ އަދާނުކޮށް ސަރުކާރުން ކަންކަން ކޮށްދެމުން ނުދާކަން ދެއްކުމަށް މަސައްކަތްކުރާ ކަމަށެވެ. އަދި އެފަރާތްތަކުން އިންތިހާއަށް ކޮރަޕްޝަންވެސް ހިންގަމުންދާ ކަމަށް އާޒިމް ތުހުމަތު ކުރެއްވި އެވެ.
"ބައެއް ވަޒީރުން ކުރަންޖެހޭ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކެއް ފޯރުކޮށްނުދޭ ސަބަބަކީ ރިޔާސީ އިންތިޚާބު އަންނަނީއޭ. އެކަމަށްޓަކައި އެބަހުރޭ އެފަރާތްތަކުގެ ފިކުރު. މިސަރުކާރު ގޯސް ވާހަކަ ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް އެބަކުރޭ. ކޮރަޕްޝަން އަމަލުތައް އިންތިހާއަށް އެބަ ހިންގާ. ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކެއް ނަހަދާ. ޙަވާލުކުރާ މަސައްކަތެއް ނުކުރޭ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސޯލިހު ރައްޔިތުންނަށް ދެރައެއް ލިބޭފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އެހެންކަމުން ޙާލަތަށް ބެއްލެވުމަށްފަހު ކޯލިޝަން ރޫޅާލަން ރައީސް ބޭނުންފުޅުވެއްޖެނަމަ، އެކަން ކުރައްވާނީ ރައްޔިތުންގެ ހައްޤުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް މިގޮތަށް ވިދާޅުވިއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ ވަޒީރުންގެ ގޮތުގައި ޖުމްހޫރީ ޕާޓީ އާއި، އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫންގެ އެމްއާރްއެމް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އާޒިމް ވިދާޅުވީ، ސަރުކާރު ވެރިކަމަށް އައީ ކޯލިޝަނަކުން ކަމަށް ވީނަމަވެސް، އެމްޑީޕީން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައި ވަނީ ކޯލިޝަނާއި ނުލާކަމަށެވެ.
ބޮލުރޮދި ކެނޑިފަ ތިބި ބަޔެއްތަ މީނަ ކޮންމެ ފަހަރަކު މަޖިލީހަށް މިހޮވަނީ؟ ހާދަ ތާކުންތާކު ނުޖެހޭ ވާހަކަދައްކާ މީހެކެ މީނަމީ. މީނައަށް ހަވާލުކުރަންވީ މިނިސްޓްރީއެއް ހިންގަން. ރެފްރޯ ކަށިގަނޑު ފުމިފުމި ހުރެދާނެއްނުދޯ. މީދެން ވަރަށް ކަންތައް ބޮޑުވެއްޖެ އިންސާނެއް.
ތިޔަމެންބަރުވަރުގެ ޚިޔާނަތްތެރިއެއް މިޤައުމުނުދެކޭނެ އިހައްރެއިދަންވަރު މަޖިލީސްތެރޭގައި އެންމެފުރަތަމަ މަމެން ދާއިރާގެ މެންބަރުގައިގައި އަތްލައި މާރާމާރީހިންގަން ފުރުސަތު އަންނިބުނެގެން ދިނީ ކަލޭ ސިޔާމުގެ ބުރަކަށީގައި ޖަހަމުންދިޔައީކަލޭ އެވީޑިއޯތަކުން ފެނެއި
ކަލޭވެސް އިސްކުރަނީ ޕާރޓީގެ މަސްލަހަތު. ރައްޔިތުންގެ މަސްލަހަތެއް ނޫން. އެކަމަކު އެހެންމީހުން ކުރީމަ ގޯސް. ބޯގޯސް.
އެެއީ ޢަބްދުﷲ ޝާހިދު
ކީއްކުރަން ގޯސްތަކެއް ހަދަންވީކީއެއް އަންނިއަށް އަދި އިބޫއަކަށްވެސް އިރާދަކުރެއްވިއްޔާ މިރާއްޖޭގެ ވެރިކަމެއް %50 ވޯޓަކުން ނުލިބޭނެކަން އެމީހުނަށްވެސް އެގޭނެއެވެ. ލިބެންޏާވެސް ލިބޭނީ ޤާނޫނު އަސާސީބަދަލުކޮށް ގިނަވޯޓް ލިބޭގޮތަށް ބާއްވައިގެން ނުވަތަ ބަރުލަމާނީ ނިޒާމަކުންނެވެ. އެކަމު ރީދޫކުދިން މައުމޫނު ވެރިކަމުން ބާލަންވެގެން %50 ވޯޓުލިބިގެން ވެރިކަންލިބޭގޮތަށްހެދީވެސް އެހެންވެ އެފަހަރު މައުމޫނަށް ވެރިކަންނުލިބުނީ އެކަމު މިވެރިން ބޭނުންވީމަ ހަދާފާނެއެވެ.
އާޒިމްހަމަތަ މީކަލޭގެ މައިފުށުގެ މައުމެއްކަމަށްތަ ކަލޭހީތިކުރަނީ މިހާރު މާގިނަދުވަސްވީދޯ !!! ދެން އަންނައިންތިހާބެއްގަ ކަލޭނޮހޮވޭނެ ކުރިމަތިލިޔަސް ކަލޭގެވިސްނުންތިހުރީ ހުސްރީދޫމީހުންލައިގެނޭ ސަރުކާރުހިންގާނީ ބަލަ ކަލޭގެ ދެލޯކުރިމަތީގަނޫންތޯ ރައީސްޔާމީން 5އަހަރުގެ ނަޔާހިރުމަޔްތަކެއް ގައުމަށާއި ރައްޔިތުންނަށް އެހޯދަދެއްވާފަ އެހުރީ ނުގޮވާ ތިފަތިވަރެއް ރައްޔިތުންނޭވިސަޏާށޭ!!!!!
ކަލޭމެން އިސްކުރީ ވަކި ކޮންއެއްޗެއްތަ؟ ކޯލިޝަން މެދުވެރިވެގެން ވެރިކަމަށް އާދެވޭތީ، މޮޅު އެގްރީމެންޓެއް ހެދީމު ދެއްތޯ މަޖިލީހާއި ކައުންސިލް އިންތިހާބު ގެންދާނެ ގޮތާއި އިންސައްތަވެސް، އެކަމަކު އިސްކުރީ ޕާޓީ. މިއަދު ފަޅޮލޭ ނުކިޔާ. މިނިސްޓަރަކު ނަމަވެސް ރިޔާސީ އިންތިހާބު ހުވަފެނުން ދެކޭނަމަ އެއީ މައްސަލައެއް ނޫން. އެމީހަކު އިތުރަށް މަސައްކަތް ކުރަން ލިބޭ ހިއްވަރަކަށް އެކަންވާނީ. މިނިސްޓަރުކަމުގައި ކަމެއް ނުކޮށްފަ، ރައީސްކަން ލިބޭނެކަމަށް ވިސްނުމަކީ މޮޔަކަމެއް. މީގެ ކުރިން އެކަން ބޭނުންވި މީހުންވެސް ބުރަކޮށް މަސައްކަތް ކުރި. އެހެން މިނިސްޓަރުންނަށް ނުވާ ވަރަށް މަސައްކަތްކޮށް، އެއީ ޖުމުލަކޮށް ސަރުކާރުގެ މޮޅުކަމަށްވުރެ މިނިސްޓަރުގެ ހިންގުންތެރިކަންކަން އާނމުންނަށް އެނގޭވަރަށް މަސައްކަތް ކޮށްލި.
ސްޕަމެޖޯރިޓީއާއެކު، ކުރާނެ އިތުރުކަމެއް ނެތިމެ، އޮންލައިންކޮށް މަޖިލިސް ކުރެވެމުން ދިޔައިރުވެސް، ދެމަސްދުވަސް ވީއިރު ކމެއް ނުކޮށްފައި، 3 ދުވަހުގެ ޤާނޫނީ ޑިލޭއަށް ތަބާވި އިދިކޮޅުގެ ބޮލުގައި މުޅިއެތި އަޅުވާފައި ދެމިގަތްބައެއް ތީ. ހުރިހާ ބާރެއް ލިބިމެ ހުރެ.
ތިޔަ އުޅެނީ ފެންވަރު އޮޅިގެން މިހާރު... ތިޔަ ބައިގަނޑު ވަޅުޖަހަމުން ދަނިކޮށް ކޮންބައެއް ތިޔަ އެމްޑީޕީ ކިޔާ ބައިގަނޑަށް އެހީވީ....؟؟؟ އެވަރުންވެސް ރިޔާސީ އިންތިޚާބާއި، މަޖިލިސްގެ ސުޕަރމެޖޯރިޓީ ހޯދިގޮތެއް އެނގިދާނެ އީސީ ޝަރީފު ފަޅައިގެން ބަލައިލީމަ...
އީސަގޭ އަލީ އާދަނު: މިސްކިތުގައި ހުޅުޖަހަން ރާވަނީ އަހަރެމެނޭ އެބަ ކިޔާތަ؟ އެއީ ހުސް ދޮގެއް! އަހަރެމެން އެކަހަލަ ކަމެއް ނުކުރަން. އެއީ އެހެން ބަޔަކު ކުރާކަމެއް އަހަރެމެން ބޮލުގަ އަޅުވަންވެގެން ކާސިމްބެ މެން ދައްކާ ފުލޯކު ވާހަކައެއް.
ރައްޔިތު އަހަންމަދު: ބަލަ ކަލޭމެން ތިޔަކަހަލަ ކަމެއް ކުރެޔޭ ބުނީ ކާކުތަ؟ ރަށުތެރޭ އެކަކުވެސް ތިޔަކަލަ ވާހަކައެއް ނުދައްކާ. ދެން ކަލޭ މިހާރު ތިޔަ ތަޅަނީ ކޮން އަނގައެއް. އަނެއްކާ ކަލޭމެން މުދިމު އިބްރާހިމްބެއަށް ލަނޑެއް ދޭން ރާވާފަ ކާސިމްބެ އާއި ކާމިނީ އަބްލޯބެއާއި ކޮޅުފުށީ އަބްލޯސޮރު މެން ބޮލުގަ އަޅުވަނީ އުތަ؟ ބުނަން ކަލޭމެން ގޯތީގަ ތިޔައުޅޭ ކުރު މޮހޮދޭ ތިޔައީ ހަމަ މޮޔަ ސޮރެއް!
އީސަގޭ އަލީ އާދަނު: އާނ އަހުންގޯތީ މޮހޮދޭ އެއީ ނިކަން ހަލަނި ސޮރެއް. އެސޮރު ކޮންމެ ފަދަ އަނގައެއވެސް ތަޅާފާނެ. ވަރިހަމަ ހުވަފެނެއް ފެނުނީ ކަމަށް ވިއަސް! އެކަމަކު ބުނަން އަހުންގޯތީ ބޮޑުސޮރު މުދިމު އިބްރާހިމްބެ އަކީ ވަރަށް ވިސްނުންތެރި މީހެއް! އޭނާ އަށް މިހާރު ހުރިހާ އެއްޗެއް އޮންނާނީ އެނގިފަ!
ގުންޑާ މޑޕ އަކީ ކުރިންވެސް އަދި މިހާރުވެސް ފޭލް
ވެފއިވާ އެއްޗެކެވެ ދައުލަތް ހިންގުމާއި ތަރައްގީއާއި އުފެއްދުންތެރިކަން ކުރިއަރުވާނެ ގޮތްތަކާއި ފަންނުތައް އޭގައި
ނެތުމުން ރާއްޖޭގެ އިގްތިސާދު ހުއްޓި ރައްޔިތުން ހާލުގައި
ޖެހިއްޖެއެވެ. ކުރިއަށް އޮތީވެސް އަދި މާބަނަ ދުވަސްތަކެވެ
މިކަމުން އަރައި ގަތުމަށް ދިވެހިން ކުރަންޖެހޭ ފުރަމަކަމަކީ
މިސަރުކާރު ބަދަލުކުރުމެވެ އަދި މޑޕ ހިފާހައްޔަރުކޮށް
އިންސާފްގެ ކުރިމައްޗަށް ގެނައުމެވެ.
ވެރިކަން ބޭނުންވީމަ ކޯލިޝަން. މަގާމް ބޭނުންވީމަ ކޯލިޝަނެއް ނެތް. ވަޒީރުން ގޯސްހަދަނީ، ގޯސް ނަހަދާ މީހަކު މިސަރުކާރުން ދައްކަބަލަ. މަޖްލިސް މެމްބަރުން ގޯސް. ފުއްދި ވައުދެއްނެތް. ކޮވިޑާ ގުޅިގެން މިސަރުކާރުގެ ވައުދެއް ފުއްދުނު. އެއީ ރިސޯޓު މުވައްޒަފުން ރޭގަނޑު ނިދަން އާއިލާ ކައިރިއަށް ދެވޭގޮތް ހެދުން. އެވައުދު ފުއްދައިފި ކިތައްމެ ރަނގަޅަށް. އަނެއްވައދު ވަޒީފައިން ޤާނޫނާ ޚިލާފަށް ވަކިނުކުރަނެކަމުގެ ވައުދު. މިހަރު ވަކިކުރަން ޤާނޫނެއް ހަދައިފި. ކިހާ މޮޅު.
ޥޯޓުހޯދީވޯޓުދޭމީހަކަށް5000ރުފިޔާ ދީގެން މަށަށް ފެނިފަ ހުރީތީ ބުނެލީ ދެންްވެސް އަނގަމައިތިރިކޮށްބަލަ
ޢަލީ އާޒިމް އަށް ބުނެލަން ބޭނުންވާ ވާހަކައަކީ "ގިނަ" ދިވެހިން މަނިކުފާނު ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވެޔޭ "މިހާރު" .. އަދި މަނިކުފާނަކީވެސް ފިނަ ބަޔެއްގެ ނަފުރަތު ކުޑަ ދުވަސްކޮޅެއްގެ ތެތޭގައި ހޯއްދެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކޭ... ލަދުގަންނަން ޖެހޭ!!!
ވީމާ؟
ދެނެއް ވެރިކަމެއް ނުލިބޭނެ... މިއީ ހަޤިޤަތަކީ...
ދެން މިހާރު އަލީ ވަހީދު އެ އަންގަނީ ރިސޯޓަށް މުވައްޒަފުންނަށް ދެވޭނޯ. ބަލަ ރަށަށް އަނބިދަރިން ދެކެން ދާން ބޭނުން މީހުންނަކަށް ނުދެވޭ އެތައް ހާލެއްގަ އުޅެގެން ނޫނީ. އެކަމަކު ރިސޯޓަށް ވީމަ ޓަޓަސް!!!!!
އެއުޅެނީ ވަޒީފާ ބޭނުމިއްޔާ ގިއްގެޅެންދެން ތަން ކުނިކަހައި ސާފުކޮށް މަރާމާތުކުރާށޭ އަންގަން!!!!!! ނުދާތި. ގޭގަ ކިއްލި ތަޅައިގެން އުޅުންވެސް ތިޔަ އަޅުދާސް ވާން ދިޔުމަށްވުރެ ރަނގަޅު. (ވަގުތުނޫސް ޕްލީޒް މިޖަހާދެއްޗެ)