ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަނެވި، ލިބޭ ފުރުސަތުގައި ގއ. އަތޮޅުގައި ތަރައްޤީކުރާ މާވަރުލު އެއާޕޯޓްގައި ކުރަންޖެހޭ މަސައްކަތްތައް ކޮށް، އެއާޕޯޓް ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ، އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ނަހުލާ މިގޮތަށް ވިދާޅުވީ، މިރޭ އޮންލައިންކޮށް ބޭއްވި ރައްޔިތުން މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި، ކޮވިޑް-19 ގެ ހާލަތުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތްތަކާއި ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވީ މާވަރުލު އެއާޕޯޓް ހުޅުވަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. ނަމަވެސް މި ހާލަތުގެ ސަބަބުން އެއާޕޯޓް ހުޅުވުމުގެ ކަންކަން ލަސްވެގެން ދިޔައީ ކަމަށާއި، ހާލަތަކީ އިންސާނުންނަށް ބަދަލުކުރެވޭ އެއްޗެއް ނޫން ކަމަށެވެ.

"ﷲ ގެ އިރާދަފުޅުން މިކަންތައްތަކުން ސަލާމަތްވާއިރަށް ވީހާވެސް އަވަހަކަށް މި ލިބޭ ފުރުސަތުގައި އަޅުގަނޑުމެން އެއާޕޯޓް ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އޮފީހަށް ގޮސް މަސައްކަތް ނުކުރެވުނު ނަމަވެސް އެ މިނިސްޓްރީގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ކުރައްވަމުން އަންނަ ކަމަށެވެ.

މާވަރުލު އެއާޕޯޓުގައި ކޮމާޝަން ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ކުރިން ހަމަޖެހިފައި އޮތީ، މިދިޔަ މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެމަހުގެ 15 ވަނަ ދުވަހު، މަސައްކަތްތައް ވަނީ މަޑުޖައްސާލާފައެވެ.

މާވަރުލުގައި އެއާޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ވެސް ފެށިއެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އޮއްވާ އަލުން މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާރިޗު މަހު އެވެ.

މި އެއާޕޯޓަކީ ވެސް އެހެން ޑޮމެސްޓިކް އެއާޕޯޓްތަކެކޭ އެއްގޮތައް 1200 މީޓަރުގެ ރަންވޭ އަކާއި އެކު ތަރައްޤީ ކުރާ އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ތައްކާނު ބެ

  ޖާބިރު ހެލިކަޕުޓަރު މާފަރު އެއަރ ޕޯރަޓަށް ޖެއްސޭނެތަ؟

 2. ޑައެލޯގް

  ފިނިހަކަ ސްޕީޑް ސަރުކާރަކަށް ކަމެއްނުކުރެވޭނެއެވެ. ކަންކުރަން ދޮޅުއަހަރުލިބުނެވެ. ވީއެއްކަމެއްވެސްނެތެވެ. ދެންމިހާރު ބުނާނެ ކޮވިޑްގެ ސަބަބުން ނުވަނިއްޔޭ ތިޔެއްވެސް އެގޭނީ އަހަރުމެންގެ ގަޓްރައީސް ޔާމީނަށް މިހާރުވެސް ގައުމު ހަވާލުކޮށްބަލަ، ކޮންމެވެސް މޮޅުގޮތެއްހޯދާނެއެވެ. މިވެރިންނަށް ވެރިކަންކުރަންވެސް ދަސްކޮށްދިނީ ޔާމީނެވެ. މިހާރު މިވެރިންވެސް އުޅޭނެ ޔާމީނުގޮތަށް ޗާޓުގެތެރެއިން ކަންކުރަން އެކަމު އެވަރުންވެސް ބައެއްކަންކަން ޗާޓުންބޭރުވާތަން މިފެންނަނީ ބަލާ މަޖިލިސް މެމްބަރުންލައްވާ މެމްބަރަކު ނެރުން

  10
  2
 3. ބެއްޔާ

  ކަންދައްކަނީ. ކޮބާ ވައުދުވި ކަންތައް. ޕާކުކުރާނެ ތަންތަން ދައްކާނަމޯ.

  9
  2
 4. ޢުމުރު

  ޢަވަހޭ ދޯ؟؟؟ މިހާރުނިންމާލީ ތަ ކުރިންވެސް ނިފަތޯއްޗެ

 5. ޜޫހު

  ކަމަނާ ފާޅު ވީތޯ