ޒިންމާ އަދާ ނުކުރައްވާ ވަޒީރުންނަކީ ކޮބާކަން ހާމަކޮށް، އެފަދަ ބޭފުޅުން މަޤާމުން ވަކިކުރަން ޖެހޭ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިގޮތަށް ވިދާޅުވެފައި ވަނީ، އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުން ކުރި ހޯދުމަށްޓަކައި ގޯސް ހައްދަވަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ރަސްމީ ޓްވީޓާ އެކައުންޓު ޓެގުކުރައްވާ، އަލްހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި މެޖޯރިޓީ ޕާޓީގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރު އެގޮތަށް ވިދާޅުވާނަމަ، ޒިންމާ އަދާނުކުރައްވާ ވަޒީރުން ހާމަކުރައްވާ މަޤާމުން ވަކިކުރެއްވުމަށް ގޮވާލާ ކަމަށެވެ.

ޒިންމާ އަދާނުކުރައްވާ މިނިސްޓަރުން މަޤާމުން ދުރުކުރުމަށް އަލްހާން ގޮވާލައްވާފައި ވާއިރު، ރޭ ރާއްޖެޓީވީގައި އަލީ އާޒިމް ވިދާޅުވެފައި ވަނީ، ސަރުކާރު ވެރިކަމަށް އައިސްފައި ވަނީ ކޯލިޝަނަކާއި އެކު ކަމަށް ވާއިރު، ސިޔާސީ ޕާޓީތަކުގެ މަޤުސަދަކަށް ވަނީ ވެރިކަމަށް ކުރިމަތިލައި ކާބިޔާބު ހޯދުން ކަމަށެވެ. އެހެންކަމުން ބައެއް ވަޒީރުން ކުރިޔަށް އޮތް އިންތިޚާބާއި މެދު ފިކުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ވަޒީރުންގެ ގޮތުގައި ޖުމްހޫރީ ޕާޓީ އާއި، އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫންގެ އެމްއާރްއެމް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިސް ބޭފުޅުން، އެހެން ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނާއި މެދު ނުރުހުން ފާޅުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނު

    ފެއިލްވެފަ ތީބޭ މީހުން ބޭކާ ރު އަނގަ ނުތަޅާ ތިބެވޭތޯ ޓް ރައި ކު ރަންްވީނުން ދެންވެެސް.

    4
    3
  2. ޙާލަތު

    އޯކޭ! ކައެ ތިހިރީ ވަކިކޮށްފަ...

    3
    1
  3. ޑީޑީ

    މިއީކާކުތަ!

  4. ރައްޔިތުން

    ބޭކާރު އަގަތެޅުން