ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށާއި، ރައީސް ނަޝީދަށް އަދި ބައެއް މިނިސްޓަރުންތައް މީސް މީޑިއާގައި ފާޑުކިޔުމުން ވަޒީފާ އިން ސަސްޕެންޑް ކުރި ކުރީގެ ޕްރިންސިޕަލަކު އޭނާ އަށް އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ އިންޒާރުގެ ލިޔުންތައް މީސް މީޑިއާގައި އާއްމުކޮށްފިއެވެ.
ވަޒީފާ އިން ސަސްޕެންޑް ކުރި މުވައްޒަފުން ވަނީ ވަޒީފާގައި ދެމިހުރެވެން އޮތީ، ﷲ ދެއްވި ސިކުޑިއާއި ބުއްދިއާއި ލޮލުގެ ފެނުމާއި އިވުމުގެ ނިޢުމަތުން މަޙްރޫމްވެގެން ކަނު މަންމަނު ބީރުމީހެއްގެ ގޮތުގައި ކަމުގައިވާތީ ކަމަށް ބުނެ ޖަނަވަރީ މަހު ވަޒީފާއިން އިސްތިއުފާދީފައެވެ. އޭނާ ބުނެފައި ވަނީ "އެންމެ ބާރުގަދަ ފަރާތަކީ އެމީހުނެއް ނޫނެވެ. އަދި ރިޒުގުދެއްވަނީ ވެސް އެމީހުނެއް ނޫނެވެ."
ވަޒީފާ އިން ސަސްޕެންޑް ކުރި މުވައްޒަފު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އޭނާ އަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދައްކަމުން އައި މީހެކެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފަނި އެޅުވީ ތިމަންނަ ކަމަށާއި ތިމަންމެން ބޭނުންވާ މަގުސަދު ހާސިލުވީމަ ނިމުނީކަމަށް ދޭހަވާ ފަދައިން ނަޝީދު ވިދާޅުވީމާ އެވާހަކަތައް ދައްކާނެ ކަމަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމީ އުސޫލުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ޖޯކުޖަހާ ފަރާތްތަކަށް މި %100 މުސްލިމު ދައުލަތުގެ މާލިއްޔަތުން މުސާރަދޭ ވަޒީފާތައް ދީފައި ތިބިވާހަކަ ދައްކާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އިތުރަށް އޭނާ ބުނީ "އޭފޯ ރީމެއްގެ ޕޭޕަރު އަތައްލައިގެން ޕޯޑިއަމްއެއްގައި ހަޅޭލަވަމުން ޑރ.އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ހެކި މިހިރީކަމަށް ބުނެ އަދާލަތު ޕާޓީގެ ޝެއިޚް އިމްރާނު ދެއްކި ވާހަކަ ދައްކާނަމެވެ. މިހާރު އެހުރީ ބޮޑު މަގާމެއް ދީފައެވެ. ޑރ.އަފްރާޝީމްގެ އާއިލާއަށް އިންސާފު ހޯދައިދޭންވީނޫން ހެއްޔެވެ؟ ނޫނީ އެއީ އެހެންވެސް ސިޔާސީ މީހުން ދައްކާބީދައިން ކޮންމެ އިންތިހާބަކާ ދިމާކޮށް ވޯޓުހޯދަން، ކުށެއްނެތި މަރާލެވިފައިވާ މީހުންގެ ފަތްފުއްތައް ހުޅުވައިގެން މީހުންގެ ޖަޒުބާތުގައި ޖެއްސުމަށް ދެއްކި ވާހައަކީތާއެވެ؟ މިފަދަ ދެމޫނުގެވެރި ދެފުއްކެހެރި، ބުނާބަހުގައި އިތުބާރު ނުހުންނަ ނުހުންނަ މީހުންގެ ނަމުގެ ކުރިޔަށް "ޝެއިޚް" ގެ ލަގަބު އޮންނާތީވެސް ހުތުރެއްނޫން ހެއްޔެވެ؟"
އޭނާ އާއްމު ކޮށްފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުން އަންމަ މައްސަލަތައް ސޯޝަލް މީޑިއާގައި ނުދެއްކުމަށް އަންގައި ތިން ފަހަރެއްގެ މަތިން އޭނާ އަށް ނަސޭހަތްތެރިވެފައި ވެއެވެ. އަދި އެއަށްފަހު މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އޭނާ ފުރަތަމަ ސަސްޕެންޑް ކުރިއެވެ.
https://www.facebook.com/fazee.gafoor/posts/10158546521376974
ސަރުކާރަށް ފާޑުކިޔުމުން ސަސްޕެންޑް ކުރި އިތުރު މުވައްޒަފެއްގެ މައުލޫމާތު ހާމަވެފައި ވަނީ ރައީސް ޞާލިހަށާއި ރައީސް ނަޝީދަށް ފާޑުކިޔުމުން އައްޑޫ ސިޓީ ހިތަދޫ ޕޯޓްގެ މުވައްޒަފަކު ސަސްޕެންޑް ކުރި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ.
އިސްލާހީ ފިޔަވަޅުނާޅާ ވެސް އަޅާފަވެސް އަޅާފީބުނެފަވެސް އިންސާފެއްނެތި ވަކިކުރަމުންދަނީ. ކޮބާ ޓްރެބިއުނަލް ، ނިދާފަތަ
ނިދާފަތިބޭތީތާ ޔާމީނު މުޅިގައުމު ދިރުވާލިއިރުވެސް ފިނިފެންމާ ސައީދުއާ ދަތްދޮޅި އާދަނަށްވެސް ނޭގުނީ. ކީއްކުރާނީ އަހަރެމެން ހަމަ ނިދި ގަދައީ.
މިހާރުކުރާ ވައްކަން ތައް ކަލެއަށް ނުފެންނަނީ ބީތާވެފަ ހުރީމަތަ؟
މިހެން ކިތަންމެ ބަޔަކު މަގުމަތި ކޮށްފަ އެބަހުރި ހަމަ އޮޅިގެން އެއްވެސް މުއައްސަސާއަކުން ނިކަން ކެރޭކަމަށް މިސަރުކާރު އައިފަހުން ކިތަށްމީހުން ކަނޑާލާފިތޯ ބަލާބަލަ ނޫސްވެރިންވެސް ކެރޭނަމަ މިކަން ހާމަކޮށްލަބަލަ
އަޅުގަނޑަކީ ވެސް މި ސަރުކާރުން ހައްދަވައިގެން އެއްވެސް ކުށެއްނެތި އަޅުގަނޑުގެ މަޤާމު ފޭރިގަނެފައިވާ ކުރީގެ ޕްރިންސިޕަލެއް.
މިހާތަނަށް ދިޔައިރު މިކަންކަން ސަރުކާރަށް "ނޭގިއޮތީ" އެންމެ މިތިން އަންގައިގެން ކުރާކަމެއް ވީމަ ކަމަށް ބެލެވެ.
އެޑިއުކޭޝަން ގަ މަސައްކަތް ކުރާ ބޭފުޅުން ކޮންމެވެސް ކަހަލަ އަދަބު އަޚްލާގެއް ވެސް ހުންނަން ޖެހޭ. ސިޔާސީ ވާން ބޭނުމިޔާ ޓީޗިން ފިލްޑް ދޫކޮއްލަން ފެނޭ.
ކޮންމެ ދާ އިރާ އެ އްގަ ު އުޅުނަސް ހިތްހަމަނުޖެހެންޔާ އަމި އްލަ ހިޔާލު ފާޅުކުރެވޭނެ. މި ގަ އުމު މީ ވަކިބަޔަކު ބަސްކިޔާގެން ހިންގަން އޮންނަ ތަނެ އް ނޫން.
ހަހަހާ މިހާރު އަދަބު އަޚްލާޤް ކުރީގަ ކެރިގެން ނުކުންނަން ޖެހޭ. ޙިޔާލު ފާޅުކުރުމުގެ މިނިވަންކަން. ކިހާ ސަޅި
އެހެންވެދޯ 2018 ގައި އިސްކަންދަރު ސްކޫލް މުދައްރިސުންތަކެއް ނަމޫނާ ދެއްކީ.
މީ އަނިޔާވެރި ސަރުކާރެއް އޮވެގެން އެސަރުކާރުން ރައްޔިތުންގެ ޙައްޤުތައް ފޭރޭކަމަށް އަޑުއުފުލަމުން ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭން އައި އޯގާތެރި ސަރުކާރުގެ އޯގާތެރިކަން ހުރި މިންވަރު. ތިކަހަލަ އެތައްއެތައް ބަޔަކު އެބަތިބި. މިސަރުކާރުގެ އޯގާތެރިކަމުން ވަޒީރުންނާއި، އެމްޕީނާއި، ރައީސުންގެ ދީލަތިކަމުން މަޤާމުން ދުރުކޮށްފަ. މަޤާމު ފޭރިގަނެފަ. ﷲ އިރާދަކުރެއްވިއްޔާ ތިޔައިން އެވެސް މީހެއްގެ ކައިރިޔަކަށް އަހަރެމެން ޙައްޤު ހޯދާކަށް މަޤާމު ހޯދާކަށް ނުދާނަން. އަހަރެމެން ވާގިއެދެނީ ﷲ ތަޢާލާގެ ޙަޒުރަތުން. މިއަދު ޙައްޤަކާނުލައި ދުރުކުރި ނުވަތަ ވަކިކުރި މަޤާމަށްވުރެ މާރަނގަޅު ހެޔޮމަޤާމެއް އެކަލާނގެ ޙަޒުރަތުން އަހަރެމެންނަށް އެކަލާނގެ ދެއްވާނެ. އިންޝާﷲ> އާމީން.
މީ މުނާފިގުންގެ ސިފަ ވަ ރަށްގަދަތަށް ހު ރިސަ ރުކާ ރެއް، އެޑިއުކޭޝަން މިނިސްޓް ރީ އަދި އެއްދަ ރަޖަ މަތީގައުޅެނީ. ސަ ރުކާ ރުގެ ވައުދާ އަމަލާ ދިމާންއިދިކޮޅު.
ޑިމޮކްރަސީގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދޮންވެ ފައްކާވެފައިވާ ތިޔަ އޮތީ މިސަރުކާރުގަ.
ތިއީ ހިތްވަރުގަދަ ޤައުމީ ދަރިން، ހައްގުބަސް ނުބުނެ ޤައުމު ފަނާވަން ދޫކޮށްލެވިގެން ނުވާނެ... ޑިމޮކްރެސީއޭ ކިޔައިގެން ރައްޔިތުން ބޮލުގައި ތެތްގޯނި އަޅުވައިގެން އިސްލާމް ދީން ފުނޑާލަން މިއުޅެނީ..އަހރަމެންގެ ބަފައިންނާއި ކާބފައިންނާއި މުނިކާފަމެން އަހަރަމެންނަށް ކިޔާދީ ދަސްކޮށްދީ އުޅެން ބުނީ ހިދާޔަތުގެމަގު. އެއީ ﷲ ގެ ތެދުމަގު... ވަޒީފާއިން 17 ނޮވެމްބަރ 2018 ގައި އަހަރަމެންވެސް ކެނޑި އަދި މިއަދާ ހަމަޔަށް ވަޒީފާއެއްނުލިބޭ...ނަމަވެސް ރޯދި ﷲ ދެއްވާ.. އަދި މިފަދަ ގުންޑާ ލާއިންސާނީ ބަޔެއްގެ ތެރޭގައ ވަޒީފާއަކަށް ނޭދެމު.މިހާރު ކުރަނީ މަސްވެރިކަން... އުޅެވޭ. ތިބާފަދަ ދިވެހިދަރިން ފެނުން މުހިންމު...
އަޅުގަނޑަކީ އެއްވެސްޕާޓީއެއްގެމީހެއްނޫން އަދިސިޔާސީ ވާހަކަދައްކަމުންދުވާމީހެއްވެސްނޫން އަދި ގަޑިޖެހިގެން ވަޒީފާއަށްނުދަނީ1ދުވަހު ނަމަވެސް(މިހާރުދެންބުނާނީ) މި ބަލާވެރިކަންއައިސް 3 މަސްނުވަނިސް ވަޒީފާއިންވަކިކުރީ ﷲގެރަޙްމަތުން 3 ދަރިންނާއަންހެނުންގޮވައިގެންމިއުޅެނީ ސަލާންޖަހާކަށްނުދަން ﷲއީ އެންމެއޯގާތެރިފަރާތް އެހެންފަރާތެއްއޯގާތެރިކަމެއްބޭނުމެއްނޫން
ފަޒީ މިސް އަށް ސާބަސް. ތިއީ ފިސާރި ކަނބަލެއް.
ޔާމިނުގެ ދައުރުގަ މިގައުމަށް އެންމެ ބޮޑު ކުރިއެރުމެއް އައީ ފަހަތަކަށް ނުން ދިޔައީ. ކަމެއް ވާއިރަށް ޔާމިނުގެ ވަހަކަ އެދެއްކެނީ ހަމަ ކަންކަމާ ދޭނެ ޖަވާބު ނެތީމަ. ނުދިރުވާކަމެެއް ކުރާބަޔަކު އުޅޭ ނަމަ ޔާމީނު ކުރިކަންކަމަށްވުރެ ގިނަކަންކަން ކުރެވި ކުރިއަރާނެ އެކަން ނުވާނަމަ އަދިވެސް ޔާމިނު ކުރީގަ އެއުޅެ ނީ. މިގައުމުގެ ލޭނޑުމާކުތަކެއް ކުޑަދުވަސް ކޮޅެއްގެ ތެރޭ ހެދުނީ ޔާމީނަށް އެކަނި. ރީތި ގޮތަކީ އެއީ ތެދެކޭބުނުން. ލޯ ހުޅުވާލާފަ ބަލާލުން. މިހުންނަނީ ދިގު މުއްދަތަށް ދެމިގެން ދާ ކަންކަން އެކަމުން ސަރުކާރަށް ލާރި ލިބޭކަންކަން. މީހުން ރުއްސަން އެކިފާޑު ފާޑުގެ ނަމުގަ ލާރި ދެވުނީމަ އެއީ ކުރިއެރު ލިބުނީކީ ނުން އެއީ މީހުންގެ ރުހުން ލިބުން. ކުރު ގޮތަކަށް ބުނަނަމަ ޔާމީނަކީ ހުވަފެން ދެއްކިމީހެއް ނުން. ކުރަންޖެހޭކަމެއް ކުރިމީހެއް.
ސާބަހޭ ދަރިޔާ. ތިކަހަލަ ޕްރިންސިޕަލުން ބޭނުންވަނީ.
ދޮގާ މަކަރު ހެދުމަކީ މި ސަރުކާރުގެ އެއް އަސާސް. ފިސާރި ހިތިގޮތަކަށް މިވެރިން ނިމިގެންދާނެ. މިގައުމުގައި މިހާރު މިނިވަންކަމެއް ނެތް ދީނެއް ނެތް، ސަގާފަތެއް ނެތް. ގައުމު ވަނީ މިތާ ކައިރި ގައުމެއްގެ އަޅުވެތިކަމުގައި. އައްޑޫ އާއި މާލޭ މީހުން މިމީހުން ބުނާހާ ގޮތެއް ހަދާފާނެ. އެކަންވަނީ މާޒީގަ ނެގި ވޯޓުން ސާބިތު ކޮށްދީފަ، އެވެރިންނަކީ މަ ޤަބޫލު ކުރާގޮތުގައި ބޮޑެތި މޮޔައިން. އައްޑޫވެސް އިންޑިއާގެ އަތްދަށަށް ގެންދާނެ
ރައްޔިތުންނައް ތިޔަސުވާލުތަކުގެޖަވާބު 2023 ގައިލިބޭނެ 2023 ގައިތިޔަހުރިހާމީހުންވެސް ރައްޔިތުންނައް ވަޢުދުގޯނިހިފައިގެން އަންނާނެ އެންމެކުރީސަފުގަ ފަގީރުމަހުޖަނުވެސްހުންނާނެ ރައްޔިތުން ހޭލާތިބޭތި
ފާޑުކިޔާނެ ހުރިހާމީހުންވެސް ބަހާއި އަމަލާއި ދިމާނުވާނަމަ. ސަރުކާރުގެ ބަސް ވަރަށް ކައްޗާ އަމަލެއް ދިމާނުވެ ރައްޔިތުން ހަނާވަނޭ.
ރައްޔިތުންނަށް ޚިދުމަތް ކުރަން ލާފަތިބިމީހުންނަކީ އިޚްލާސްތެރިން ކަމަކަށް މިހާރު ރައްޔުނ ޤަބޫލު ނުކުރާ މިންވަރަށް ސަރުކާރުގެ ބަސް މަގު ދޮގުކަމަށް ޤަބޫލުރާ ރައްޔިތުން ގިނަވާން ފަށައިފި.
ސާބަހޭ ކޮމެންޓް ޖަހާ ހިތްވަރުގަދަ ފަހުލަވާ ނުނަށް ހަމަ ހާހުން ގުނާލާފަ ސާބަސްދެއް 2023 ހުގައިވެސް ހަމަ ތިއަޒުމާއި ހިތްވަރު ހުނަންޖެހޭނެ ހަމަ ހަބޭސް އިނގޭ ތިއެންމެހާ ފަރާތަކުން ތިކުރަށްވާ ހިތްވަރަށް މާތްﷲ ކާމިޔާބު ދެއްވާށި އާމީން:
މީއަސްލު މުނާފިޤުންތިބި ސަރުކާރެއް މުނާފިޤުންގެ ގައިގާ ހުންނާނެކަމައް ޙަދީސްކުރައްވާފައިވާ ތިންސިފަ މިސަރުކާރުގެ ވެރިންގެ އެބަހުރި އެއީ1ވާހަކައެއްދައްކައފީވިއްޔާ ދޮގުހެދުން2ޢަހުދައް ޚިލާފުވުން3އަމާނާތައް ޚިޔާނަތްތެރިވުން މިސިފިތައްވަރައް ފުރިހަމައައް މިމީހުންގެއެބަހުރި