އެމެރިކާގައި ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުންގެ އަނިޔާތަކުގެ ސަބަބުން މަރުވުމާއި އެކު މުޅި ދުނިޔޭގެ މީސް މީޑިއާ ފުރާލާފައި ވަނީ ވަކި ނަސްލަކަށް މީހަކު ނިސްބަތް ވުމަކުން، ނުވަތަ އެމީހެއްގެ ހަމުގެ ކުލަ ހުންނަ ގޮތަކުން އެމީހަކާއި މެދު ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށް ބުނާ ޕޯސްޓްތަކުންނެވެ.
ރާއްޖެ ވެސް މިކަމުން އިސްތިސްނާއެއް ނުވެއެވެ. ގިނަ ދިވެހިން ވެސް ވަނީ "ބްލެކް ލައިފް މެެޓާސް" ކަމަށް ބުނެ ޓްވީޓް ކުރަން ފަށާފައެވެ. ވަކި ނަސްލަކަށް ވަކި ކުލައަކަށް މީހަކު ނިސްބަތް ވުމަކީ އެމީހަކު ދެރަކޮށްލުމުގެ ގޮތުން އެއްވެސް އެއްޗެއް ބުނެގެން ވާނެ ކަމެއް ނޫން ކަމަށް ދިވެހިން ވެސް އެބަބުނެއެވެ. ނަމަވެސް މިބުނުންތަކާއި އެކު، ރާއްޖޭގެ މީސް މީޑިއާގެ ޕޯސްޓްތަކުން މިހާރު ފެންނަމުން ދަނީ ކުރީގެ ހަނދާންތަކެވެ.
ހާއްސަކޮށް، ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ރައްދުކޮށް އެމްޑީޕީގެ ވަރަށް އިސް ބޭފުޅުންނާއި، މިހާރު ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކޮށްފައިވާ ޓްވީޓްތައް ވަރަށް ގިނައެވެ. އެޓްވީޓްތަކުގެ ސްކްރީން ޝޮޓްތައް މިހާރު ދަނީ ދައުރުވަމުންނެވެ.
އޭގެ ތެރެއިން އެއް ސްކްރީން ޝޮޓަކުން ފެންނަނީ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ދައްކާފައިވާ ވާހަކަތަކެވެ. ރައީސް ވަހީދު ކިޔާ މީހަކު ނުހުންނާނެ ކަމަށާއި ރާއްޖޭގައި ހުންނާނީ "ކަޅު ފަލަ ބާޣީ ވަހީދު ކިޔާ މީހެއް ކަމަށް" ވައްޑެގެ އެއް ޓްވީޓްގައި ބުނެފައި ވެއެވެ.
https://twitter.com/HusenSobe/status/1268108976043855873
މީގެ އިތުރުން ވެސް އެމްޑީޕީގެ އިސް ފަރާތްތަކުގެ ޓްވީޓްތައް ދައުރުވަމުން އެބަދެއެވެ.
So many of these #MDP fake human rights activists with the 🎈 ❓emoji are tweeting about #JusticeForGeorgeFloyd and forget to delete their previous racist tweets about a former president of the #Maldives @DrWaheedH
What a shame. #Hypocrites pic.twitter.com/kdNtmgMC6m
— Mohamed Nasheed (Alex Kurusee) ᵖᵃʳᵒᵈʸ (@Honest_Nasheed) June 3, 2020
This is what went wrong with our culture. @JenniferAishath #BlackLivesMattter pic.twitter.com/NWqYvmS8GP
— Ahmed Azaan (@axanner) June 3, 2020
ރާއްޖޭގައި ނަސްލީ ތަފާތު ކުރުންތައް ގެންގުޅުން އެއީ އާއްމު ކަމެއް ނޫންނަމަވެސް މީހަކުގެ ހަމުގެ ކުލަ ހުންނަ ގޮތުން އެމީހަކަށް މަލާމާތްކޮށް، ބަދު ބަސްތައް ބުނުން އެއީ އަބަދުވެސް ހިނގަމުން އަންނަ ކަމެކެވެ. ބައެއް މީހުންނަށް އެއީ ވަރަށް މަޖާ ކަމެކެވެ. ނަމަވެސް މީހަކު ބުނެލާ ބަހެއްގެ ސަބަބުން ބައެއް މީހުން އުމުރު ދުވަހު ހިތާމައެއްގައި އުޅެން ޖެހޭ ފަހަރު ވެސް އާދެއެވެ.
ބުއްޅަބޭ ހުންނަ ކޮންމެ ތަނެއްގައި ނަސްލީ ތަފާތުކުރުން ގެންގުޅޭނެ!
މިއީ ހަމަ ތެދެއްނުންތޯ ..
1. ރާއްޖެތެރޭމީހާ،
2.އަތޮޅުތެރޭ މީހާ
މިފަދަ ބަސްތަކުން ރައްޔިތުންގެ ހައްގުތައް އައީ އުނިވަމުން.. އަދި ޑިމޮކްރެސީ ވެގެންމިދަނީ ހިޕޮކްރެސީއަށް.
ދިވެހިރައްޔިރުން ދެކޭނެ...ރ.މައުމޫނު، ރ.ނަޝީދު، ރ.ވަހީދު، ރ.ޔާމިން، ރ.ސޯލިހު ވެސް މިދުނިޔޭގައި ނެތް ދުވަހެއް.. މިއަދު ރަގަޅަށް ރައްޔިތުންނަށް އިހުތިރާމްކޮށް އެއްބީދައިން ތަރުބިއްޔަތު ނުވެއްޖެނަމަ އެދުވަހަކުން ދިވެހިންގެ މެދުގައި ނަސްލާއި ރަށާއި އަތޮޅާއި ޕާޓީ ތަފާތުކުރުންތައް އޮންނާނެ..
އަހަރެންގެ ޕާޓީ ކުއްޖަކު ނޫނިއްޔާ މަގޭ ނުލަފާކަން ދައްކާލާނަމޭ...ބަސްތަކަކީ މާކުރީގެ ބޯދާ ޖަންގަލީ ބާޒާރުމަތީބަސް...މިއަދު ހައްވަތެގެ އިބުރާހީމް އާއި ދޮންކަލޯގެ ހުސައިން އަތުގަވެސްއޮތީ ޕީއެޗްޑީ..ކަތީބު ސަޓޯގެ އަހުމަދު އެލެކްސްއާއި ރާވެރި ހުސައިންބޭގެ ރާއިއޯ އަކީ މެންބަރުން... އޯކޭތާ..އެކަމަކު ގޮޑި ލިބުނީމަ މަށަކީ ރާވެރި ހުސައިންގެ ރާއިއޯ ނޫންކަމަށްވިސްނި އެހެން ރައްޔިތުންނަށް ހިތަށް އެރިބަހަކުން މުޚާތަބުކޮށް މެޖުނު ފުމޭހެން ފުމުނަސް ޖެހިގެން އަންނަ އިންތިޚާބުގައި ގޮޑި ގެއްލުނީމަ ...ހަމަ ހުސައިންބޭގެ ދަރި.. މޮޅު ކަމެއްލިބޭ ކޮންމެފަހަރަކު ކިބުރުވެރިނުވެ ތިމާފަދަ އެހެން ރައްޔިތުންނަށްވެސް އިހުތިރާމާއެކު ގޮވާލާ އުޅެން ދަސްކުރުމީ ރަގަޅު މުޖުތަމައުއަކަށް ޤައުމު ބިނާވާނެ މަގު.
އެލެކްސް އަހުމަދާއި، އަހުމަދުބޭ
ރާއްޖެގައި ނަސްލީ މައްސަަލަ ވަރަށް ބޮޑު. ދަރިވަރު ކިތަންމެ މޮޅަސް ސޮކަލަރޝިޕް، ލިބެނީ ވެރިންނާއި ގާތްތިމާގެ މީހުންގެ ދަރިންނަށް. ވަޒީފާގެ ކުރިއެރުންވެސް ގިނަ އިން ލިބެނީ ވެސް ހަމަ ބޮޑުންގެ ދަރިންނަށް. ސުކޫލް ތަކުގެ ޑުރާމާ ތަކުގައި ވެސް ލީޑުރޯލްސް ވެސް ލިބެނީ ދޮން ކުދިންނަށް.
ރާއްޖޭގައި ނަސްލީ ތަފާތުކުރުން އޮންނަނީ ބަނގުލަދޭޝް މީހުންނާއި ދޭތެރޭ..
ލޯކަނުވީތޯ؟ ރާއްޖޭގެ ނަސްލީތަފާތު ކުރުމަކީ ތިޔަށްވުރެ މާފުޅާކޮށް ހިނގާކަމެއް. ވެރިންނާއި ރައްޔިތުންނާ ތަފާތުކުރުމާއި މާލޭ މީހުންނާއި ރާއްޖެތެރޭ މީހުންނާއި ތަފާތުކުރުމާއި ކުނިކަހާ މީހުން/ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތެރިންނާއި އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނާއި ތަފާތު ކުރުމާއި (ބްލޫ ކޮލަރ - ވައިޓް ކޮލަރ)، ބިދޭސީންނާއި ދޭސީންނާއި ތަފާތު ކުރުން. ބިދޭސީންގެ ތެރެއިން ޔޫރަޕްގެ މީހެއް ނަމަ ރާއްޖޭގެ ރައްޔިތުންނަށް ވުރެ ރަނގަޅަށް ކަންތައް ކޮށްފައި ބަންގަލްޑޭޝްގެ މީހެއް ނަމަ އެއީ އަޅެއްގެ ގޮތުގައި ބޭނުން މިކުރަނީ.
ރާއްޖޭގައި ލިޔެފައި ހުންނަ ދިވެހި ވާހަކަ ތަކުންވެސް ފެނޭ ރީތި އަންހެން ކުއްޖަކު ސިފަކޮށްދެންޏާ މުޅިންވެސް ހުންނާނީ ދޮން ލޫޅާފަތި ކުދިން. މަގޭ ނަޒަރުން ދޮން ނުވިޔަސް ރީތި ކުދިން އުޅެޔޭ.
ޣައެރު ޤާނޫނީ ޖަރީމާތަށް ހިންގާ މީހުނާއި ފަރާތްތަކަށް މީހުންގެ ރުޅިވެރިކަން އިތުރު ވެގެން ގޮވާ އެއްޗިހި ގޮވަނީ ނަސްލީ ތަފާތު ކުރާތީކީ ނޫން ! ޤާނޫނާއި ހަމަތަކުގެ ތެރޭގައި ތިބޭނަމަ އެހެންމީހުންގެ ދުލުން ބަދުބަސްތަކެއް ނުލިބޭނެ ! ބަޢާވާތް ކޮށްފަވެސް އެއީ ބަގާވާތެއް ނޫނޭ ގޮވަންޏާ ކަޅުފަލަ ބާޣީ އޭ ވެސް ގޮވާނެ ! ފައިސާވެރިންގެ ދަރިންނަށް ސްކޯލަރޝިޕް ދެނީކީވެސް ނަސްލީ ތަފާތު ކުރާތީކީނޫން ! އެއީ ފައިސާގެ އަޅަކަށް ވެ ތިމާ ދުނިޔޭގެ އެދުންވެރިކަމަށް ބޫތު ކޭމާ ވާގޮތެއް !
އެއްކަލަ ބެލޫންބޮޓުން މޭކަރަނީ. މޑޕގެ ތަރުޖަމާނު ހާޒިރުވެއްޖެ
ބޭފުޅިޒަމް އަކީ ވެސް ނަސްލީ އިމްތިޔާޒް. ލުތުފީ ގެ މަންމަ އަކީ ގަނޑުވަރުތެރޭ ބޭފުޅެއް ވީމާ ނަޝީދު ވެސް ލުތުފީ އަށް ކިއީ "ވަޑައިންނަވަން". މިއީ ވަރަށް ދެރަ މައްސަލަ އެއް. ވަކި އާއިލާ އަކުން އައީތީ "ވަޑައިންނަވަން" ކިޔުން ޤާނޫނަކުން އުވާލަން ޖެހޭ ! "ވަޑައިންނަވަން" ކިޔުމަކީ ވަކި އާއިލާ އަކުން އައީތީ ކިޔަން އޮންނަ ބަހުރުވަ އެއް ނޫން ކަން ޤާނޫނެއްގެ ސިފައިގައި ލިތެވިފައި އޮންނަން ޖެހޭ !!!
ކުރިން އެގޮތަށް ޓްވީޓް ކުރެވުނީ ލިޔުމުގެ ކުށަކުން! މި ހާރު ރަންގަޅު ކުރީ!
ކުލި ނުދެކިގެން ގެއިން ބޭރަށް ލާ ރަށަދާށޭ މިކިޔަނީ ސީދާ ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ މީހުން. މާލޭވީމާ ބޯޑާވީ. ރަށްރަށުގެ މީހުންނަކީ އެއްވެސް ބައެއް ނޫން. މާލޭ ނޫން އެހެން އަތޮޮޅުތަކުގެ ވެރިރަށުގެ ކަންތައްވެސް އޮތީ މިހެން. މިކަމަށް ނިމުމެއް ގެނެވޭނީ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކޮށްގެން. ބަލާބަލަ ހުޅަނގުގެ ޑިމޮކްރަސީގެ ގައުމުތަކުގެ ހާލަތު. ބައެއް މީހުން ކިޔާނެ ނޯވޭއާއި ޑެންމާކް ފަދަ ގައުމުތައް ރަނގަޅޭ. އެކަމަކު އެގައުމުތަކުގައިވެސް ނަސްލީ ތަފާތު ކުރުން އިންތިހާ.
ހުރިހާ ތަފާތުކުރުމަކީ، 'ޑިސްކްރިމިނޭޝަން'، އަކީ ނަސްލީ ތަފާތު ކުރުމެއް ނޫން، ހަމުގެ ކުލަޔަށް ބަލާ، އެއް ނަސްލެއްގެ މީހުންގެ މެދުގައި ވެސް ތަފާތު ކުރުން އޮވެދާނެ. މީހުންގެ ހަމުގެ ކުލަޔަށް މަލާމާތް ކޮށް ޖެއްސުން ކުރުން ކުށްވެރި ކުރަން، އެކަމަކު އެއި އަދި ރޭސިޒަމް އެއް ނޫން
ރާއްޖޭގަ ނަސްލީ ތަފާތުކުރުން ވަރަށް ބޮޑު..ވަކި ގައުމެއްގެ ނުވަތަ ވަކި ނަސްލެއްގެ ބައެއްވީމަ އެއީ މާ ދެރަ ބައެއް ކަމަށް ދެކުން ވެސް އެއީ ހަމަ ނަސްލީ ތަފާތު ކުރުން.
އަސްލު މިރާއްޖޭގަ ނަސްލީތަފާތުކުރުން އެންމެގިނައީ ވަޒީފާ
މާހައުލުގަ. ވަކިންހާއްސަކޮށް ކުންފުނިތަކުގަ. މިމައްސަލަ އިތުރައްބޮޑުވެގެންދިޔައީ ސިޔާސީޕާޓީތައްއުފެއްދުމާގުޅިގެން.
ރާއްޖޭގައި ރޭސިސްޓީ ބަބުރު މީހުން، އެމީހުން ހަމުގެ ކުލަ ތަންކޮޅެއް އަލި ކޮށް ހުންނަ މީހުންނާ ދިމާ އެބަކުރޭ. އަދި ދިވެއްސެއްކަން ވަކިކުރަން ބައެއް މީހުންނަކަށް ނޭނގެ.