ކޮވިޑް-19 އަށް އޭޑީކޭ ހޮސްޕިޓަލުން ކުރަމުން އަންނަ ކޮންމެ ޓެސްޓަކަށް 675 ރުފިޔާ ނަގަމުން ދާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން އޭޑީކޭ ޖެނެރަލް ޑްރޭޑް އިން ކޮވިޑް-19 ޓެސްޓަށް ކުރަން ޖެހޭނެ ޚަރަދުގެ ތަފްސީލްތައް ހާމަކޮށްފިއެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ކޮވިޑް-19 ޓެސްޓް ކުރުމަށް ކުރަން ޖެހޭ ޚަރަދުތަކުގެ ވަކިވަކި ބައެއް ބައެއް ތަފްސީލްތައް ހިމަނާފައެވެ. އާއްމު ކޮށްފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުގައި ވައިރަސް ހުރިތޯ ބަލަން ނުވަތަ ޑީއެންއޭ އެކްޓްރެކްޝަން އަށެވެ. އެކަމަށް 300 ރުފިޔާ ޚަރަދު ކުރެއެވެ.

ދެން އެންމެ ބޮޑު ޚަރަދެއް ކުރަނީ މުވައްޒަފުންނަށާއި، ޓްރާންސްޕޯޓަށާއި، އެފަދަ އެހެން ކަންކަމަށެވެ. އެކަމަށް 150 ރުފިޔާ ޚަރަދުވާ ކަމަށް ބުނެފައި ވެއެވެ. ކަފަބުރުން ސާމްޕަލް ނެގުމަށް ވެސް 120 ރުފިޔާ ޚަރަދު ކުރާކަމަށް ބުނެފައި ވެއެވެ. އޭގެ އިތުރުން ޕީޕީއީ އާއި އަދި ޓެސްޓް ކުރާއިރު ލެބް ޓެކްނީޝަނުން ބޭނުން ކުރާތަކެއްޗަށް ވެސް ޚަރަދުތައް ހިނގާ ކަމަށް ބުނެފައި ވެއެވެ.

އޭޑީކޭ އިން އާއްމު ކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ޓެސްޓަކަށް 686 ރުފިޔާ ޚަރަދު ކުރަން ޖެހެއެވެ. އެހެންކަމުން މި ހިސާބުތަކަށް ބަލާއިރު އޭޑީކޭ އިން ކޮވިޑް-19 ޓެސްޓެއް ހަދަމުން ގެންދަނީ 11 ރުފިޔާގެ ގެއްލުމެއް ގައެވެ.

ނަމަވެސް އާއްމުން އެކަން ގަބޫލެއް ނުކުރެއެވެ. އޭޑީކޭ އިން ދުވާލަކު 500 ވަރަކަށް ޓެސްޓް ހަދާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައި ވެއެވެ. އެހެންކަމުން، އޭޑީކޭ އަށް ކޮންމެ ދުވަހަކު ކޮވިޑް-19 ޓެސްޓް ހަދައިގެން -/337500 (ތިންލައްކަ ތިރީސް ހަތްހާސް ފައްސަތޭކަ ރުފިޔާ) ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.

އޭޑީކޭ އިން ކޮވިޑް-19 އަށް ހަދާ ޓެސްޓްތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗް އިންނެވެ.

އޭޑީކޭގެ ޚިދުމަތްތަކުގެ އަގު ބޮޑުކަމުން އާއްމުން ޝަކުވާ ކުރުމަކީ ވަރަށް އާއްމު ކަމެކެވެ. އެހޮސްޕިޓަކުން އާސަންދަ ޚިދުމަތް ލިބުނު ނަމަވެސް އާސަންދަ އިން ކަވަރު ކުރާ އަދަދަށްވުރެ ބޮޑު އެއްޗެއް ކޮންމެ ކަމަކަށް ވެސް ޗާޖް ކުރާތީ އާއްމުންގެ ޖީބުން ފައިސާ ދައްކަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބަލާބޮޑު

    ގެއްލުމުގަ ރައްޔިތުންނައްޓަކައި ކު ރާވިޔަފާ ރިއެއް. ވިޔަފާ ރިހިމާޔަތް ކު ރަން ޒަކާތުފަންޑުން ނަމަވެސް އެއްޗެއްދޭން ފެންނަނީ.

    37
  2. މުހަންމަދުހަސަން

    ޢެެޑީިކޭއަކީ މީހުންފެލަންހުޅުވައިގެން އުޅޭ ތަނެއް

    43
    2
  3. ޝުކުރާ

    ސާބަހޭ އޭޑީކޭ ތިކޮށްދޭ ހިދުމަތަށް.

    15
    30
  4. ވިސްނާލުމަށް އެދެމޭ

    1000ރުފިޔާ އަށް ޓެސްޓްކުރިޔަސް އަހަރެމެންނަ ވަރިހަމަ އާސަންދަ އާ އަ އިޖީ އެމް އެޗުން ހަރަދުނުކުރާނަމަ... އޭޑީކޭ އިން ފަރުވާކުރާ މަހުޖަނުން އަމި އްލަ ޖީބުން ހަރަދުކޮ އްގެން ޓެސްޓްކޮ އްފާނެނުން..ސަރުކާރުން އޭޑީކޭ އާ ގުޅިގެން ވިޔަފާރި އަށް ތިކަން ނުކުރާނަމަ ސަރުކާރަށް ކީ އްވެ ޓެސްޓްކުރަން މެޝިނެނުގެނެވުނީ....ތި އީ ކަޑަ އެޅިގެން ހިންގާފަ އޮތް ބޮޑު ކޮރަޕްޝަނަކަށް ނުވާނެގޮތެނެތް...

    50
  5. ޞަމީރާ

    ސުވާލަކީ ކޮންމެ ޓެސްޓެއް ހަދަން ހެދުން ބަދަލުކުރޭތޯ. ނޫންނަމަ ކޮންމެ ސާމްޕަލް އަކުން ކުޑަ އަދަދެއް ނަގައިގެންވެސް ތިކަންވާނެދޯ

    27
    • ސަމްވަން

      އެހެން ނޫންތަ އޭގަ އެއޮތީ. ކޮންމެ ޕީޕީއީ އަކަށް 650ރ ދާ ވާހަކަ. 3 ޓެކްނީޝަނުން ނަށް ޖުމުލަ 1950ރ 8ގަޑީގެ ޝިފްޓަށް. 8 ގަޑިގެ ޝިފްޓަކުން 100 އާ 200 އާދެމެދުގެ ސާމްޕަލް ޓެސްޓު ކުރެވޭ. އެހެންވެ ނަގާ ކޮންމެ ޓެސްޓަކަށް ޕީޕީއީއަށް ނަގަނީ 13ރ. މާސްކަށް ނަގަނީ 2ރ. ފޭސް ޝީލްޑާ ގޮގުލް އަށް ނަގަނީ 1.60ރ. ދެން ހުރީ އެހެން ހަރަދުތަކެއް.

      5
      1
  6. ޝުކުރު

    ހާދަ ހެޔޮފުޅޭ

  7. ފަރުހަތު

    އޭޑީކޭ ހޮސްޕިޓަލް ހުރި ބިން ސަރުކާރަށް އަނބުރާ ނެގުމަށްފަހު އެތުގައި ހޮސްޕިޓަލް ހިންގުމަށް އެހެން ކުންފުންޏަކަށް ދިނުމަށް ސަރުކާރަށް ގޮވާލަން. އަދި އެގޮތަށް ދޭ ކުންފުނީގައި އަގު ކުޑަކޮށް ޚިދުމަތް ދިނުމަށްވެސް ޝަރުތު ކުރަންވާނެ.

    10
  8. އަލްޖިބްރާ

    ތިޔަ ހޮސްޕިޓަލް އަކީ ދޭ ޚިދުމަތަށްވުރެ ޑަބަލް އަގުނަގާ ބައެއް ! މީހަކު ކޮޓަރިއެއްގައި އެޑްމިޓް ކޮށްފިއްޔާ އެ ކޮޓަރި ސާފުކުރަން މަސައްކަތުމީހާ ވަންނަ ކޮންމެ ފަހަރަކަށް އަގުނަގާ، ނަރުހަކު ކިތަންމެ ކުޑަ ޚިދުމަތެއް ދޭން ކޮޓަރިއަށް ވަނަސް އެކަމައްވެސް އަގުނަގާ ! ! ތިޔަކޮވިޑް ޓެސްޓަށް އެކިކަންތަކަށް އަގުޖަހާފާ އެވަނީ މަތިން ބާވާލައްވާފާވާ އަގަކީތަ ! އެންމެނަށްވެސް އެގޭނެ އަގަކީ އެކަމެއްގެ ވެރިފަރާތުން ނިންމާ ނިންމުމެއްކަން ! ކަލޭމެންނެކޭ ރިސޯޓް އޯނަރުންނެކޭ ހުރީ ކޮންތަފާތެއް ؟ ތީ ހަމަ ރައްޔިތުން ފެލާތަނެއް ! އެކަމަކު ކުރާނީ ކީއް ! ބަލިވީމަ ތިޔައީވެސް ނުގޮސް ފަރުޖެހޭތަނެއް ނޫންވިއްޔަ ! އެކަންއެގޭތީ ހަމަ ރައްޔިތުން ފެލަނީ !

  9. ައަހުމަދު

    ތިމީހުންނަށް ގެއްލުންވާގޮތަކަށް ކަމެއް ކުރާނެބާ؟

    10
  10. އަނީސާޗައުދަރީ

    ސަރުކާރަށް މިހޮސްޕިޓަލް ނަގަންވީވަގުތުމީ. މާލޭގެ %20 ކުޑައަގެއްގައި މީހަކަށް ދީގެން އެވެސް އުމުރުދުވަހަށް. އެގްރިމެންޓުއުވާލާ ތަންއަތުަލަން ސަރުކާރަށް ގޮވާލަން.!!

    13
    1
  11. އަހްމަދު

    ސަރުކާރުން އެބަޖެހޭރައްޔިތުންނައްސާފުކޮށްދޭން އޭޑީކޭ އައްސަރުކާރުން ކުއްޔައްދީފައިވާ ބިމަކީ ކިތަންހާސް އަކަފޫޓުތޯއާއި އަކަފޫޓަކަށް ޖެހެނީކިހާވަރެއްތޯ ފިނޭންސްމިނިސްޓްރީން މިކަންސާފުކޮށްދެއްވަފާނަންތޯ

  12. އަހްމަދު

    ސާމްޕަލް ނަގަންޖެހޭ ކޮންމެ މީހެއްގެ ޓްރާންސްޕޯޓަށް ހަމަ 150ރުފިޔާ ޚަރަދުވޭތޯ؟

    11
  13. އަޒާ

    އަދި ތަނުގެ ކުލިވެސް ހިމަނާލިނަމަ..؟؟

    9
    1
  14. ޢަލީ ރަޝީދު

    އަޑި ވެސް ބިމުގެ ކުލި ކުޑަކޮށްދީ. މާލޭގެ ރަން ބިން އެމީހުންނަށް ދީފައި އެ އޮތީ ރައްޔިތުންނަށް ލުއި އަގެއްގައި އަސާސީ ޞިއްޙީ ޚިދުމަތް ދިނުމަށް. އަޅުގަނޑު ސަރުކާރަށް ގޮވާލަން އެ ބިން ބީލަމަށް ލައިގެން ބިޑު އުޞޫލުން ދިނުމަށް. ނޫނީ ސަރުކާރުން އެ ތަނުގެ އަގުތައް ކޮންޓްރޯލްކޮށްގެން ޚިދުމަތް ދެވޭނެ ނިޒާމެއް ޤާއިމްކޮށް ދިނުމަށް.

    12
  15. ފާއިޒު

    މި ކޮމެންޓް ލިޔުމަށް 475ރ ޚަރަދުކުރަންޖެހެއެވެ. އެއީ ޚަބަރުކިޔުމަށް 200ރ ޚަރަދުވެއެވެ. ކޮމެންޓާއިމެދު ވިސްނުމަށް 250ރ އެވެ. އަދި ލަފުޒުތައް އެތުރުމަށް 25ރ އެވެ.

  16. ާްއެނޮނިމަސް

    ޢޭޑީކޭ އަށް ހުއްދަ ދިނީ ދުވާލަކު 500 ޓެސްޓް ހަދާނަމޭ ބުނުމުން. އެކަމަކު ދުވާލަކު 50 ވަރު އަސްލު ހެދެނީ. ޢެތައް ބައިވަރު މެޝިނަކާއި ތަޖުރިބާ ހުރި ސްޓާފުން 24 ގަޑި އިރު މަސައްކަތް ކޮށްގެން ވެސް އައިޖީ އެމް އެޗު ލެބޯޓަރީ ގަ ވެސް މި ހެދެނީ ދުވާލަކު 600 ވަރަކަށް ޓެސްޓް. ދެން ކިހިނެއްތަ އަލަށް ފަށައިގަތް ބަޔަކަށް ދުވާލަކު 500 ހެދޭނީ؟ މާ ރަނގަޅު ވީސް ސަރުކާރުން ދެތިން މެށިން ގެނެސް ރާއްޖޭގެ އެކި ސަރަހައްދު ތަކުގަ ސެޓަޕް ހެދުމަށްފަހު އެ ތަންތާ ތިބި ސްޓާފުން ލައްވާ ތި ޓެސްޓު ހެއްދިޔަސް. މާ ބޮޑުތަން ވެސް ހަރަދު ކުޑަ ވާނެ.