އެންމެ ފަހުން މެއި މަހުގެ 30 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވި 79 މީހުން ހިމެނޭ ކްލަސްޓާގެ މީހުން މެއި މަހުގެ 02 ވަނަ ދުވަހު ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ މައުލޫމާތުތަކުން ދައްކައިފިއެވެ.

ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި ހުރި މައުލޫމާތައް ބަލާއިރު މި ކްލަސްޓާ އަށް ދީފައި ވަނީ ނަމަކީ "އެސްޓީސީ" އެވެ. މި ކްލަސްޓާގެ މީހަކު ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މެއި މަހުގެ 02 ވަނަ ދުވަހު އެވެ. އެދުވަހު މިކްލަސްޓާގެ ދެމީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. ދެމީހުން ވެސް ނިސްބަތް ވަނީ ބަންގްލަދޭޝް އަށެވެ.

ދެން މި ކްލަސްޓާގެ މީހަކު ފައްސިވީ މެއި މަހުގެ 08 ވަނަ ދުވަހު އެވެ. އެއީ ވެސް ބަންގްލަދޭޝް މީހެކެވެ. މެއި މަހުގެ 09 ވަނަ ދުވަހު މި ކްލަސްޓާގެ ނުވަ މީހަކު ފައްސިވިއެވެ. އެއީ ބަންގްލަދޭޝްގެ އަށްމީހަކާއި އިންޑިއާ މީހެކެވެ. މެއި 10 ވަނަ ދުވަހު އިތުރު އަށް މީހަކު މި ކްލަސްޓާ އިން ފައްސިވިއެވެ. އެއީ މުޅިން ވެސް ބަންގްލަދޭޝް މީހުންނެވެ.

މެއި 14 ވަނަ ދުވަހު މި ކްލަސްޓާ އިން ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އެއީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. މެއި 19 ވަނަ ދުވަހު އިތުރު 03 މީހަކު މި ކްލަސްޓާ އިން ކޮވިޑް-19 އަށް ފައްސިވިއެވެ. ތިން މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މެއި 29 ވަނަ ދުވަހު އިތުރު ދެމީހަކު މި ކްލަސްޓާ އިން ކޮވިޑް-19 އަށް ފައްސިވިއެވެ. އެއީ ބަންގްލަދޭޝް މީހަކާއި، ދިވެއްސެކެވެ. މެއި 30 ވަނަ ދުވަހު ބޮޑު ކްލަސްޓާއެއްގެ ގޮތުގައި މި ކްލަސްޓާ ފާހަގަ ކުރެވި އިތުރު 79 މީހުން ފައްސިވިއިރު މެއި 31 ވަނަ ދުވަހު އިތުރު ހަތަރު މީހުން ހަމަ މި ކްލަސްޓާ އިން ކޮވިޑް-19 އަށް ފައްސިވިއެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝް ތިން މީހެކެވެ. ޖޫން 02 ވަނަ ދުވަހު ވެސް މި ކްލަސްޓާ އިން އިތުރު ފަސް މީހަކު ވަނީ ފައްސިވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ.

އެހެންކަމުން މި ކްލަސްޓާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 124 އަށް އަރާފައެވެ. މިއީ މިހާތަނަށް ރާއްޖެ އިން ފެނުނު ދެވަނަ އަށް އެންމެ ބޮޑު ކްލަސްޓާއެވެ. އެންމެ ގިނަ މީހުން މިހާތަނަށް ފައްސިވި ސީއޯވީ ކްލަސްޓާގައި ހިމެނެނީ 125 މީހުންނެވެ. ތިން ވަނަ އަށް އެންމެ ބޮޑު އޭއެމްއެޗް ކްލަސްޓާގައި ހިމެނެނީ 112 މީހުންނެވެ.

ރާއްޖެ އިން ފާއިތުވި ދެދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ މަދުވެފައެވެ. ނަމަވެސް ބޮޑު ކްލަސްޓާއެއް އަނެއްކާވެސް ފާހަގަ ކުރެވިފައި ވުމަކީ ނުރައްކާ ބޮޑު ކަމެކެވެ. ސަބަބަކީ ގިނަ ބަޔަކާއި ގާތުން ބައްދަލުވި ގިނަ ބަޔަކު އޭގެ ތެރޭގައި ހިމެނިފައި އޮތުމުގެ ފުރުސަތު ބޮޑުވުމުންނެވެ.

މި ކްލަސްޓާގައި ހިމެނޭ މީހުންނަކީ ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ކަމަށް ބުނުން ފިޔަވައި އެޗްޕީއޭ އިން ކްލަސްޓާގެ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖުނަނަ

    ރާއްޖޭގައި ކޮވިޑު ފަތުރަނީ ބަންގްލަދޭސް މީހުން. މިހާރު އަނެއްކާ މަގުމައްޗަށް ކުޅުތަޅަމުން ހަޅޭލަމުން އެކަކު އަނެކަކު ކޮނޑަށް އަތްލައިގެން ހިނގަން ފަށައިފި. ރޭގަނޑު ގޯޅި ކަންމައްޗަށް ސިނިގިރެޓު ބޮއި ލަވަޖަހާ ހަދަން ނިކުމެއްޖެ. ދެން އަންނާނީ ބޮޑެތި ކުލަސްޓާ އަނެއްކާވެސް.

    32
  2. ހުނަސް

    މާސްކު އަޅައިގެން އެކަމަކު މާސްކު ދަތްދޮޅީދޮށަށް ތިރިކޮށްގެން ސިނގިރޭޓު ބޮމުން ރަށުމީހުންނަށް އަޑުގަ ނެތްތަނަށް ގޮވަމުން ދިވެހި އަންހެނުންނާ ފޮށެމުން އެތަން މިތަނަށް ކުޅުތަޅަމުން މީސްމީހުންގެ ގައިގައި ލައިގަންނަމުން އެބަދުވޭ އަނެއްކާވެސް މަގުމަތީ. މީ ބޮޑު ކުލަސްޓަ އުފެދޭ ގޮތަކީ. މިހާރުވެސް ބޮޑެތި މަގުތައް ބަލާލަ ބަލަ. ފެންނާނެ.

    31
  3. އަހުމަދު

    ހުނަސް އެބުނީ ރަނގަޅަށް. ކިތަންމެ 'ބައިނަލް އަގުވާމީ' މަނަވަރު ބޭފުޅުންނަށް އެމީހުން ވިޔަސް އެމީހުންގެ އެ ގޮތްކޮޑަ އުޅުން މައިތިރި ކޮށްގެން ނޫނީ ލާހިކެއް ނޫން މިރާއްޖޭގައި ކޮވިޑު ފެތުރުން ހުއްޓުވާކަށް.

  4. ައަހުމަދު

    ތި ބަނގުލަދޭޝް މީހުން މިޤައުމުން ބޭރުނުކޮށް ނުވާނެ ތީ އެއްވެސް ގޮތެއް ހުންނަބައެއްނޫން މިހާރު ކުޑަކޮށް ލުއިދިނީމަ ތިމީހން އުޅޭގޮތް ފެންނާނެ މި ޤައުމު އެބަޖެހޭ ތިމީހުންގެ ކިބައިން ސަލާމަތްވާން ކޮންމެވެސް އެހެންޤައުމަކުން މީހުން ގެންނަން ނޫނީ ކުރިމުސްތަޤުބަލްގައި ތިމީހުންގެ އުނދަގޫ އެހާބޮޑުވާނެ އަދިވެސް ބަލަނީ މުޒާހަރާކުރެވޭތޯ،

  5. Anonymous

    90