މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ގައުމު ވަނީ މޮޅިވެރިކަމެއްގެ ތެރޭގައެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި ގައުމަށް ލިބޭ އާމްދަނީ ދަށްވެ، ބަލި އަދިވެސް ފެތުރިގެން ގޮސްދާނެ ކަމުގެ ބިރުވެރިކަން ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ބޮޑެވެ. އެހެން ނަމަވެސް އަހަރުމެންގެ ތެރޭގައި ފަހަތަށް ޖެހިލުމެއް ނެތި، ގައުމަށް ހިދުމަތް ކުރުމުގައި އެތައް ބަޔަކު ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މި ދަނޑިވަޅަކީ އެކަކު އަނެކެއްގެ އެހީތެރިކަމާއި، ހިތްވަރަށް ވަނީ އިންތިހާއަށް ބޭނުން ޖެހިފައެވެ.

އިއްޔެ މީސް މީޑިއާގައި ދައުރުވާން ފެށި ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެއީ ދެ ފުލުހަކު މަގުމަތި ފޮޅާ ސާފުކުރުމަށް އުޅުނު އަންހެނުންތަކަކަށް އެމީހުން ކުރަމުން ދިޔަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަދިޔާދޭ މަންޒަރު ފެންނަ ފޮޓޯއެކެވެ.

https://www.facebook.com/827430610733776/posts/2119310841545740/

ފޮޓޯއިން ފެންނަ ޕާރުސަލުގައި ލިޔެފައި ވަނީ "މުއާޒު އާއި ފަޒާލުގެ ހެޔޮ އެދުންތަކާއި އެކު ތިޔަ ކޮށްދެއްވާ ޚިދުމަތަށް ޝުކުރިއްޔާ" އެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެނުން ތަކަކީ ލ.ފޮނަދޫ ލިންކް ރޯޑު ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބައެކެވެ. އެ ދެ ފުލުހުންނަކީ އެގަޑީގައި މަގުމަތީގައި ޕެޓްރޯލްކުރަމުން ދިޔަ ދެ ފުލުހުންނެވެ. އަދި އެ އަންހެނުންނަށް އެ ހަދިޔާ ދިނީ އެމީހުންނަށް އިތުރަށް ހިތްވަރުދީ، އެމީހުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

މިހާރު ދައުރުވަމުންދާ ފޮޓޯއިން ފެންނަ ދެ ފުލުހުންނަކީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުން އަންނަ ޕޮލިސް ކޯޕްރަލް އަހުމަދު މުއާޒް އާއި ސާޖެންޓް އިސްމާއިލް ފަޒާލް އެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރެއިން ދިވެހިންގެ ތެރޭގައި ކުރިން ސުރެ އޮންނަ އެއްބައިވަންތަކަމުގެ ގުޅުން ވަނީ ވަރުގަދަވާން ފަށާފައެވެ. ހަދިޔާ ބަދަލު ކުރުމާއި، އެކަކަށް ލިބޭ ހިތާމާއިގައި އަނެކެއް ބައިވެރިވުމާއި، ދެރަ ވަގުތުތަކުގައި ހިތްވަރު ދިނުންފަދަ ކަންކަން އަނެއްކާވެސް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދުންތަރި

    މާތްﷲ ތިޔަ ދެ ފުލުހުންނަށް ހެޔޮރަހުމަތް ލައްވާށި އެކަކު އަނެކަކަށް އެއްބަޔަކު ަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ އަޅާލުމާ އޯގާތެރިކަން އިސްކުރުމަކީ އިސްލާމްދީން ބާރުއަޅާކަމެއް މިފަދަ ދަނޑިވަޅެއްގައި ތިޔަފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެކަމުގެ ދަރުމަށް އިތުރުވެގެންދާނެކަމެއް މުސްލިމު މުޖުތަމަޢުން ދެކެންބޭނުންވަނީތިޔަކަހަލަ ރީތި މަންޒަރު ޝުކުރިއްޔާ ދެފުލުހުންނަށް

    55
  2. މުސްލީ

    ދެއްކުން ތެރިކަން ކޮންމެ ދެއްކުން ތެރި ކަމަކީ ނަރަކާއާއި ކައިރިވުމަށް ކުރެވޭ ކަމެކެވެ

    3
    1
  3. ޅޭތް އިނބޭންދެމީހުން ހާދަހާރަނގަޅޭ މަދަވާޅަތެއްކަހަލަ ބޭފުޅުން

    ރަންކޮޅާ އަހަރުމެނަށް ވިސްދީބިލާ ކޮށްމިސް އެޗެއް އަހަރުމެން ވިސް ހާދަހާ މަސަތް ކަތެއް ކެރަމުއޭ ކޮވިޑް-19 ރަޔުން ސަލާމަތް ވޭތޯ ސުކުރިއްޔާ ވަރަށް އުފާވެރި މަންޒަރެއް ވަރަށް ހަބޭސް އިނގޭ!

  4. ށަނާ

    ޙާދަ ދެއްކުންތެރިން އުޅެއޭ! ފުލުހުންންކަށް އިތުބާރު ނުކުރެވޭ!

    1
    1