މިދިޔަ އަންގާރަ ދުވަހު ތިލަފުށީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި ހަތް ބިދޭސީންގެ ބަންދަށް ހަތް ދުވަސް ދިނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ.

ތިލަފުށީގައި ހިނގި ހަމަނުޖެހުމުގައި 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެކަމަކު، ހަތް މީހުން ފިޔަވައި އެންމެން ވަނީ ދޫކޮށްލައިފައެވެ.

ތިލަފުށީގައި ހަމަނުޖެހުން ހިންގާފައި ވަނީ އެ ރަށުގައި ތިބި އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނާއި ފުލުހުންގެ މެދުގައެވެ. މި ކުރިމަތިލުންތަކުގައި ދެ ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނީ ހަމަނުޖެހުން ހިނގީ ބިދޭސީންގެ މުސާރަ އައިމާ ކޮންސްޓްރަކްޝަނުން ނުދޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރަން ހިންގި ހަރަކާތްތަކަށް ފަހުގައި ކަމަށެވެ. އެރަށް ޕެޓްރޯލް ކުރަން އުޅުނު ބައެއް ފުލުހުންނަށް ބިދޭސީންތަކެއް ލަޓިބުރި ފަދަ ތަކެތި ހިފައިގެން އުޅުނު މަންޒަރު ފެނިގެން އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ކުރިމަތިލުންތަކެއް ހިނގީ ކަމަށް އޭނާ ބުންޏެވެ.

އެރަށުގައި މަސައްކަތް ކުރާ އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައެއް ފެންމަތިވެ، މީގެ ކުރިންވެސް އެރަށުގައި ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.

އެ ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޭފުޅާ

    އަހަރުނމެން މުޝަރަ ނުދެނީ އަހަރުމެން ޕޮލިޝްމޭން މަރަނީ. ކަލޭ ކީއްކުރަނީ. އެއްކަންތައް ކުރާ ނެތީ. ކަލޭ ބާަރު ނެތީ. މީ އަހަރުމެން ޓައުން 50 އަހަރު ފަހުން. މީ ކުޑަ ބަންގަލޭންޑު ހުންނަނީ

    4
    1
    • ސ

      ކުރަނީ. މައްސަލަނެތީ. މާލެ މީހާ ވަގު ވައްތަރު ކުރަނީ. ލާރި ނުދެނީ. ގިނަ މަސައްކަތް ކުރަނީ. ޟާލެ ވައްތަރު ސަކަރާތް ޕޮލިސް ހުންނަނީ

  2. ައަހުމަދު

    ތިބައިގަނދު އަނބުރާރަށަށް ފޮނުވާލާ މިފަދަބޮޑުކަންތައް ގަނޑެއްހިނގައިގެން އުޅޭއިރުވެސް ސަލާމަތް ނުވެގެން އުޅޭބައެއް ތީ އެހާމެ އުނދަގޫބުޑުވާނެ.

    • ހާޝިމް

      އެއީ މަސައްކަތް ކޮއަފަ މުސާރައިގެ ހައްގު ނުލިބިގެން ނިކުއް ބަޔެއް.. އަދިވެސް އެމީހުންނައް އަނިޔާވެރިވި މީހުން ބައިތިއްބާފަ ހައްގުހޯދަން މަސައްކަތް ކުރި ނިކަމެތީންނައްދޯ ފިޔަވަޅު އަޅަންވީ.. މިއީ ފަލަސްތީނުގެ ރައްޔިތުންނާއި ދޭތެރޭ އިޒުރޭލުގެ ޔަހޫދީން ކަންކަން ކުރާގޮތް.

  3. ދިވެހިން

    ދިވެހިން ޚާއްސަކޮށް ސަލާމަތީ ބާރުތަކުން ވަރަށް ބޮޑަށް ވިސްނަން ޖެހޭކަމެއް މިއީ. "ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ކުރިމައްޗަށް ލަޓިބުރިހިފައިގެން ނިކުންނަށް ކެރޭވަރަށް ބިދޭސީ މަސައްކަތު މީހުންގެ ބާރު މިއަދު ގަދަވީ" މާދަމަޔޯ . . . . .

    4
    1
    • ނ

      ވަރަށް ބޮޑު ތެދެއް. މާދަމާ ދިވެހިންގެ ކަރަށް ފައިން އަރަާނީ. މިހާރުވެސް ދިވެހިންނަށް ވުރެ ލިޔެ ކިޔުމެއްނެތި ވަގަށް އުލޭ މީހާގެ ބާރުވެސް މާގަދަ.

  4. ހަމްބަމް

    ކީއްވެތަ އައިމާގެ ވެރިން ހައްޔަރު ނުކުރެވިގެން އުޅެނީ.