އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މާމިގިލީ ބަޔަކު ޑޮކްޓަރަށް ނުދެއްކި ފޮނުވާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި މަހިބަދޫގައި ގައިނީއަކަށް (އަންހެނުންގެ ހާއްސަ ޑޮކްޓަރ) ދައްކަން މާމިގިލިން ލޯންޗެއް ކުއްޔަށް ނަގައިގެން ދިޔަ ބަޔަކަށް ޑޮކްޓަރަށް ނުދެއްކި އެނބުރި ދާން ޖެހުނު ކަމަށް ބުނެފައެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ އެމީހުން ޑޮކްޓަރަށް ދައްކަން ގޮސްފައި ވަނީ ހޮސްޕިޓަލުގެ ހުއްދައާއި ލިއެކިއުންތަކާއި އެކުގައި ކަމަށެވެ.

އެގޮތުން މަހަބަދޫ ހޮސްޕިޓަލަށް ދެވުނީ އިއްޔެގެ ހެނދުނު 9:30 ހާއިރު ކަމަށާއި، ޑޮކްޓަރަށް ނުދެއްކި ދާން ޖެހުނު މީހުންނަށް މަހިބަދޫ ހޮސްޕިޓަލުން ދޫކުރީ 21، އަދި 22 ވަނަ ނަންބަރު ކަމަށެވެ. އެދުވަހުގެ 12:30 އާއި ހަމަޔަށް ބެލުނީ 13 މީހުން ކަމަށާއި، ޑޮކްޓަރު މެންދުރު ބްރޭކަށް މެދުކަނޑާލުމުން އެމީހުން އައި ލޯންޗަށް އިތުރަށް ފައިސާ ދައްކާ ގޮތަށް މަޑުކުރުވާފައި ވާނެ ކަމަށެވެ.

އަދި ޑޮކްޓަރު ބްރޭކުން އެނބުރި އައިސް 3:30 ހިނގުމާއި ހަމަޔަށް ބެލީ 20 ވަނަ ނަންބަރާއި ހަމަޔަށް ކަމަށާއި، އޭގެ ފަހުން ޑޮކްޓަރު ޑިއުޓީ ނިމުނީ ކަމަށް ބުނެ އިތުރަށް މީހުން ނުބެލި ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ. އަދި ތަކުރާރުކޮށް ބާކީ ތިބި މީހުން ބަލައިދިނުމަށް އެދިފައިވީ ނަމަވެސް އެ ހޮސްޕިޓަލުން ދީފައި ވަނީ ރުންކުރު ޖަވާބެއް ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

އެގޮތުން ހޮސްޕިޓަލުން ބުނީ "ކިތަންމެ ރުޅި އަޔަސް އަދިވެސް އަންނަން ޖެހޭނީ މަހިބަދޫ ހޮސްޕިޓަލަށް" ކަމަށާއި، "މާމިގިލީ މީހުންނެއް ކަމަކު ވަކި ބަލައިދޭން ނުޖެހޭ" ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން "ވަގުތު"އަށް މައުލޫމާތު ދެއްވަމުން މަހިބަދޫ ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން ހަސަން ވިދާޅުވީ އެމީހުން ޑޮކްޓަރަށް ނުދެއްކި ފޮނުވާލަން ޖެހުނީ ކަންދިމާކުރި ގޮތުން ޑޮކްޓަރަށް އެމީހުން ބެލޭނެ އެއްވެސް ފުރުސަތެއް ނުލިބިގެން ކަމަށެވެ.

ވީ ގޮތް އޮޅުންފިލުވައިދެއްވަމުން ބުންޔާމީން ވިދާޅުވީ، މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން މަހިބަދޫ ހޮސްޕިޓަލަށް މާލެ އަތޮޅު ހިމެނޭހެން ހަތަރު އަތޮޅަކުން ގައިނީއަށް ދެއްކުމަށް މީހުން އަންނަ ކަމަށާއި، އެހެން ކަމުން ހަރުދަނާ ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ އުސޫލުތަކުގެ ތެރެއިން މިހާރު އަންހެނުންގެ ހާއްސް ޑޮކްޓަރަށް ދެއްކުމަށް އަންނަ ކަމުގައިވާ ނަމަ އޭނާ އަށް ގުޅުއްވައި ހުއްދަ ހޯދަން އަންގާފައިވާ ކަމަށެވެ.

"މިހާރު އެހާ ގިނަ އަތޮޅުތަކަކުން މީހުން އަންނާތީ އަޅުގަނޑާ މިރަށުގައި ހުންނަ ޑޮކްޓަރާއި ވާހަކަ ދައްކާފައި ވާނީ، ޑޮކްޓަރުގެ މަސައްކަތްތައް ވަކި ޝެޑިއުލެއްގެ ދަށުން އެއްވެސް ކޮޅަކަށް ގެއްލުމެއް ނުވާނެހެން ގެންދިއުމަށްޓަކާ ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން އަޅުގަނޑަށް ގުޅައިގެން ހުއްދަ ހޯދައިގެން މިރަށަށް އަންނަ ގޮތަށް ހަދާފައި. މިހާރު ވާނީ އެ ހަތަރު އަތޮޅުގެ ކައުންސިލަށްވެސް މިކަން އަންގާފައި" ބުންޔާމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަން ކައުންސިލްތަކަށް އަންގާފައި ވަނިކޮށް އިއްޔެ ރޭގެ 12:00 ހާއިރު މާމިގިލީ ކައުންސިލުން ވަނީ ޑޮކްޓަރަށް ދައްކަން އަންނަ ބައެއް ކަމަށް ބުނެ ލިސްޓެއް ފޮނުވާފައި ކަމަށާއި، އެ ލިސްޓުގައި ތިން އަންހެނަކުވެސް ތިބި ކަމަށާއި، އަދި އެމީހުން ތިބުމުން އެއީ ކީއްކުރަން އަންނަ ބައެއްތޯ ސުވާލު ކުރުމުން ކައުންސިލުން ވަނީ އެއީ ލޭ ޓެސްޓެސް ހެދުމަށް އަންނަ ބައެއް ކަމަށް ބުނެފައި ކަމަށެވެ.

އަދި ލޭ ޓެސްޓު ސާމްޕަލް ކާގޯ ފެރީއަށް ލައިގެން ފޮނުވިޔަސް ހެއްދޭނެ ކަމަށް ބުނިން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގައިނީއަށް ދެއްކުމަށް މާމިގިލީ މީހުން އެންގުމަކާއި ނުލައި އެޕޮއިންޓުމެންޓު ހެއްދި ކަމަށާއި، އަދި އެމީހުން ހޮސްޕިޓަލަށް ގޮސް މެމޯވެސް ހެއްދި ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

"އޯޕީޑީ ކުދިން މެމޯ ދޫކޮށްފި ދެން އެމީހުން ދިޔައީމަ. އެކުދިން ބަލާނީ އަޅުގަނޑު ހުއްދަ ދީގެންނޭ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް މި ހޮސްޕިޓަލަށް މީހުން އަންނަނީ." ބުންޔާމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެދުވަހު ޑޮކްޓަރަށް ދެއްކުމަށް ހުރާއިން ވެސް 15 މީހަކު މަހިބަދޫއަށް ދިޔަ ކަމަށެވެ. އަދި އޮމަދޫގެ އިތުރުން އެހެން ރަށަކުންވެސް މީހުން ދިޔަ ކަމަށާއި، އެދުވަހު ޑޮކްޓަރަށް ދައްކަން ދާން ބޭނުންވި މަހިބަދޫ މީހުންވެސް އެހެން ދުވަހަކު ގެނައުމަށް ހަމަޖެއްސި ކަމަށެވެ.

އަދި ތިނެއް ޖެހި ފަހުން އެހެން ހޮސްޕިޓަލަކުން ސިޒޭރިއަން ހަދަން ޖެހޭ މާބަނޑު އަންހެނަކު ފޮނުވި ކަމަށާއި، އޭރުވެސް ބަނޑުގައި ރިއްސާތީ މީހަކު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހާ ހިސާބުން ޑޮކްޓަރު އިތުރު ބަލި މީހަކު އިއްޔެ ނުބެލުމަށް ނިންމީ ކަމަށާއި، އެހާ ހިސާބުން މާމިގިލީ މީހުން ނުރުހުން ފާޅުކުރި ކަމަށް ބުންޔާމީން ވިދާޅުވިއެވެ.

"އެމީހުން ނުރުހުން ފާޅުކުރަން ފެށުމުން އަޅުގަނޑު ގޮސް އޮޅުން ފިލުވީ އޭގެ ތެރޭގައި މާބަނޑު އަންހެނަކު ހުރިތޯ. މާބަނޑު އަންހެނަކު ނެތީމަ ދެން އަޅުގަނޑު ކީއްކުރަންތޯ ޑޮކްޓަރަށް ދައްކަނީ އެހީމަ ބުނީ، ސްކޭނެއް ހަދާށޭ. މަހިބަދޫ ހޮސްޕިޓަލުން ހަމައެކަނި ސްކޭން ހެދޭނީ މާބަނޑު އަންހެނުންގެ. ހަގީގަތުގައި އެމީހުން ތިބީ ނުވެސް ދޭ ހިދުމަތެއް ހޯދަން އައިސް. ލޭ ޓެސްޓެއް ހަދާކަށްވެސް ނޫން" ބުންޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދަމާގޭ އަލީ

    މާމިގިލީ ގެ އަގުވެއްޓޭ ގޮތައް މާމިގިލީ ގަ ދިރިއުޅޭ މީހުން ހުއްޓާލަން ވެއްޖިއެއްނު. ރިބިދޫ ސިރާޖް ގެ ހަޑި އަމަލު ކުއްވެރި ކުރަން

    7
    3
    • މަ

      މާމިގިލި ގައި ދިރިއުޅޭ މުޅި ރާއްޖޭގެ އެކި ސަރަހައް ދުން ހިޖުރަކޮށްގެން އުޅޭ މީހުން. ދަމާގޭ އަލީވެސް އަންނަންވީ ހަމަ. މިއީ އެންމެންގެ ރަށެއް.

  2. ހަމީދު

    މެނޭޖަރގެ ވާހަކަ އެހުރީ މުވައްޒަފުން ބޮލަށް ކަޑާލަން..އެޕޮއިންޓްމެންޓް ހެއްދި އިރުވެސް އިނގޭނެ އެހެން ރަށަކުން އަންނަ ބައެއްކަން..އެޕޮއިންޓްމެންޓް ލިބުން މީހާ ބަލާކަށް ނުޖެހޭ އެދައްކާ ވާހަކައަކަށް..ރަށުމީހެއްނަމަ އަނެއްދުވަހވެސް އާދެވޭނީ ހަރަދެއްނުކޮށް ދައްކަން..ތީ ބަހައްޓަންޖެހޭ މީހެއްނޫން..

    11
    4
    • ބޮލުރޮދި ހަމީދު

      ރަށު މީހުން ދެއްކުން އެހެން ދުވަހަކަށް ބަދަލު ކުޜީ..ލިޔެފަ އޮތް އެއްޗެއް ރަނގަޅަށް ކިޔާފަ ކޮމެންޓް ކުރޭ..

  3. އަލިމަނިކު

    މެނޭޖަރުގެ ވާހަކަ އަށް ބަލާއިރު ތީ އެ ހޮސްޕިޓަލް ބަދުނާމު ކުރަން މާމިގިލީ ބަޔަކު ދައްކައިގެން އުޅޭ ބުހުތާން ދޮގެއް. ނުވަތަ ހިލާލަން އުޅޭ ކުޅިގަނޑެއް. އަޅުގަނޑަށްވެސް އިނގޭ މިހާރު މަހިބަދޫ ހޮސްޕިޓަލަށް ވަރަށް ބާރު ބޮޑުވާނެކަން. މި އަތޮޅުމީހުންވެސް މިހާރު ދަނީ އެތަނަށް. އަމުދުން މާމިގިލީ މީހުން އެހެން އޮޅުވާލައިގެން ގޮސްގެންވެސް ނުވާނެތާ ދޯ.

    11
    4
    • ސީ

      އަޅުގަނޑާށް އެނގޭ ތީ މަހިބަ ދޫ މީހުންނަކީ ނުބައި ބައެއްކަން. ވައްކުރުމާޢި, ފޭޜުމާޢި. ޓީ..... ގައިވެސް އެއްވަނަ

      2
      1
  4. އޮޅުމަކުން

    ސާބަހޭ 0ޓޮލަރެންސް އެޖެންޑާ-19 ވަރަށް ވެސްތަފާތު އެހެން ނޫންތޯ ؟

    5
    2
  5. އަތޮޅު މީހެއް

    މަހިބަދޫ އެއީ ވަރަށް ހިތްހެޔޮ ރަނގަޅު މީހުން އުޅޭ ރަށެއް. އެމީހުން ފެރީގަޑީގަ ވަރަށް ނުދާނެވެސް. އަހަރުންނަށް ފުރުސަތު ދޭންވެގެން. މާމިގިލި މީހުން އުޅޭނީ ކޮންމެކަމެއްވެސް ގަދަބަދަވިކަމުން ކުރަން. ޤަވަޢިދުތައް ހަދާފަހުންނަނީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް

    10
    5
  6. ޢެޑްމުންޑޯ

    އިންތިޒާމް ރަގަޅުވީމާދޯ ސީދާ ތިމަންނާއި ގުޅާގެންނޭ ޑރ ދެއްކޭނެ ތިބުނީ ، ޑރ ދެއްކުމަކާއި ސިޔާސީ މެނޭޖަރާއި ގުޅިފައިވާނަމަ ތިއޮތީ އިންތިޒާމް މަތމައްޗަށް ރަގަޅުވެފާ

    14
    3
  7. ޙަސަނު

    ތީގެން ވެސް ދޭހަވަނީ ޤާސިމް އިބްރާހީމް ގެ އެއްވެސް ސިޔާސަތެއް ނެތް ކަން މާމިގިލި ތަރައްޤީ ކުރަންވީ “ ޖާބިރު ކާށިދޫ ދާއިރާ ތަރައްގީ ކުރަން ބުނި ފަދައިން “ އެއަރ ޕޯރޓަކާއި ސީ ޕޯރޓަކާއި ބެންކަކާއި ސިފައިންގެ މަރުކަޒެއް ހުރި ރަށެއްގަ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަމިއްލަ ޖީބުން ޚަރަދުކޮށްގެން ވެސް ގެއްލުން ނުވެ ( ބޮޑު ފައިދާއެއް ) ނުނެރި ނަމަވެސް ހިންގިދާނެ

    12
  8. އަސްލު

    އޮޅުވާލައިގެން ހެއްދި އެޕޮއިންޓްމަންޓްއެއް ކެންސަލްވުމުން ބޮޑާހާކައިފި. ހީވަނީ އަލަށްހެން އެޕޮއިންޓްމަންޓްއެއް ކެންސަލްވެގެން މިއުޅެނީ. ޤަވަޢިދުތައް ހަދާފަ ހުންނަނީ އެންމެންގެ ލާބައާއި މަންފާއަށްޓަކާ.

    10
    3
  9. މޫސާ އިބްރާހީމް

    ވަރަށްދެރަ، ކަމުގެ ހަގީގަތްއޮޅޭގޮތަށް އެމީހުން ( މާމިގިލިން އައި އަންހެނުން) ވާހަކަދައްފައިވާތީ .އަތޮޅުހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން އެވިދާޅުވީ އެކަން ހިނގާދިޔަގޮތް ، ނަމަވެސް ކައުންޓަރުގައި ތިބި ސްޓާފުންނާ މެނޭޖްމެންޓާ އެއްވެސް ކޮމިއުނިކޭޝަނެއް ނެތްކަމަށް ފާހަގަކުރެވޭ..

    12
    1
  10. ކުއްޅަވައް

    ޗަހެއްފުއްޕި ލަންދޫ ބަޔަކު މަނަދޫ ހޮސްޕިޓަލައްއައިސްވެސް / މޮނީޓަރިން ގައި އޮއްވަ

  11. މާމިގިލީ މީހާ

    މާމިގިލީ މީހުންނަކީ ވަރަށް އަހުލާގީ ފެންވަރުދަށް ހޭލުންތެރިކަންކުޑަ ބައެއް، އެ ދެ އަންހެނުން ގޮވައިގެން އައި ދެ ފިރިހެނުން ވެސް އުޅުނީ ޤަވާއިދާ ހިލާފަށް ރަށުތެރޭގައި ވިޔަފާރިކުރަން ފިހާރަތަކުގައި، މަހިބަދޫގައި ނުހުންނާނެ ރޭޖިއޮލޮޖިސްޓެއް ވެސް ސްކޭން ހަދަން އައި އިރުގަ، ޤާސިމުގެ ތައްޕާހުގައި އުޅެވޭތީ ނުކިޔަވާ ތިބޭ ބަޔަކަށް ވާނެ ހަތަރެތި ތިވަނީ

    14
    3
    • މަހިބަދޫ

      މަހިބަ ދޫ ގޮލައަކު މާމިގިލި ނަމުގަ ކޮމެންޓްކުރާއިރު ތި މަހިބަ ދޫ މީހުން ތީ ވިޔަފާރިކުރަންނާ ހަވީރު ފިންޏަށް ބުރު ޖަހަންވެސް މާމިގިއްޔަށް އަންނަ ބައެއް. ޜަށް ކުޑަ ކަމުން ދުއްވާލާނެ ފަ ދަވެސް ނެތީގެން އައިސް މިރަށަށް ދުއްޕާން

      1
      2
  12. އަމްމަޑޭ މާމިގިލީ

    މަހިބަދޫ މީހުންނަކީ އަބަދުވެސް މާމިގިލީ މީހުންނާ ޖެހިފަ ތިބޭ ބައެއް. އެކަމު އުޅޭނީ މާމިގިލީ މީހުންނާ އިންނާން. މަހިބަދޫ ކަހަލަ ކުޑަ އުނބަކަށް މާމިގިލި ނުވާތީ.

    1
    3
    • ޔެސް

      ތެ ދު ތިބުނީ. އަހަރެމެން މަންމަމެން ރައްޓެއްސެއްވެސް މަންމަ މެންނާ ގުޅާލަެިގެން މުޅި އެ ރަށު އެންމެން މާމިގިލި މީހުންނާ ދެވަން ހޭބަލިވެފަ. އަ ދި ބުނި މާމިގިލިން ގޯއްޗަށް އެ ދި ފޯމް ނަގަންވީޢޯ. މިތަނަށް އަންނާނެ ކަމެއް ނެތް

      1
      2
  13. ބަރަވެލި ކަމަނަ

    ކޮވިޑާއި ގުޅިގެންް މާލެ އަތޮޅުންވެސް، އަދިި ވ. އަތޮޅުން ވެސް ޑޮކްޓަރަށް ދައްކަަންް މަހިބަދޫ ހޮސްޕިޓަލަށް އާދޭ. ހުންނަަނީީ އެންމެ ގައިނީ ޑޮކްޓަރެއް. ސްކޭނެއް ކުރަންޖެހުނަސް، ސިޒޭރިއަން ހަދަން ޖެހުނަސް އަދި ޕޭޝަންޓުން ބަލަންވެސް ޖެހެނީ ހަމަ އެ ޑޮކްޓަރަަށްް. އެއީވެސް އިންސާނެއް. އެހެންނޫނަސް ގަވާއިދާ ހިލާފަށް އެންގުމަކާނުލާ އައި ބަޔަކު ބަލާކަށް ނުޖެހޭ. މުޅި އަރިއަތޮޅު ދަނޭ މާމިގިލީ މީހުންގެ އަހުލާގާ ފެންވަރުު. މައްސަލަ ބޮޑު ކޮށްްްްްްްްްލިޔަސް ތިވަރު ބޮޑު.

    4
    1
    • މަހިބަދޫ

      މަހިބަ ދޫ އަކީ މުޅި ރާއްޖެއަށް މަޝްހޫރު.... ކުޅި ރަށެއް. ހުސް އޭގެ. މާމިގިއްޔޭ ކިޔާ އަނގަހުޅުވާއިރު ދެ އިރު މިރަށަށް އާ ދޭ ވިޔަފާރިކުރަންވެސް. މާލެ ދާންވެސް. ދެން ބޭރަށް ދާން ދުވަސްކޮޅަކުން މިތަނަށް އަންނަލެއް ގިނަވާނެ. ޥެލްކަމް ހަމަ. އާ ދޭ މަހިބަ ދޫ ކު ދިންވެސް މާމިގިއްޔަށް. ތިތާގަ ތިހެން ހުރެގެން މުސްތަޤްބަލަށް ވިސްނާބަލަ.

      1
      2