ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާ ބައްދަލުކުރައްވައިިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ މިއަުދ ހެނދުނު 10 ޖެހި އިރު ބޭއްވި އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވަނީ ކޮމިޓީތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ކުރިއަށް އޮތްތަނުގައި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ކޮމިޓީތަކުގެ މުގައްރިރުން ބައިވެރިވެވަޑައިގަންނަވާފައި ވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އިޖުތިމާއީ ގައިދުރުކުރުމުގެ އުސޫލާއި އެއްގޮތަށް، ދުރުދުރުގައި މާސްކް އަޅައިގެން ތިބެގެންނެވެ.

މަޖިލީހުގައި އެންމެ ފަހުން ތަޅުމުގައި ކުރިއަށް ގެންދިޔަ މަސައްކަތަކީ ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތެވެ. މިދިޔަ ހުކުރު ދުވަހު، ޤާނޫނު އަސާސީ އިސްލާހުކޮށް، ކައުންސިލް މެމްބަރުންގެ ދައުރު ދިގުދަންމާލުމަށް ރައްޔިތުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭގޮތް ނުވުމުން، މިހާރު މަޤާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގުދަންމާލައި ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފައި ވަނީ، ރޭ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާޤުންނެވެ.

މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީގައި އިތުރުކުރި އެ އިންތިގާލީ މާއްދާގައި ބުނަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

މީގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްވެސް ކޮންމެވެސް ވަރަކަށް މިހާރު ވެސް ކުރިއަށް ދެއެވެ. ގިނަ ކޮމިޓީތައް އަދިވެސް ކުރިއަށް ދަނީ އޮންލައިންކޮށެވެ. ރޭގެ ވަގުތެއްގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބޫ

    ކިހާވަރަކުން ދާނެބާ.؟ އާނ! އިހަށްރޭވެސް ހީވަނީ އޮށަނި ކައިގެން އުޅޭ ކުކުޅުތަކެއްހެން ވިއްޔަ.

    11
  2. ނަައީމް

    ގައުމުގެ ހަލާކު ތިމަންނަ އިތުރަށްމިގައުމުގަ ހުރެއްޖެނަމަ އިތުރަށްގޯސްވާނެކަމަށް ތިމަންނައަށްފެންނާތީ އިސްތިއުފާދިންމީހަކު ދެންވެސްވާނީ ގެއްލުން އެހެންތާވާނީ ވިސްނުމުގަހުރީ ދީނީމިނިވަންކަން ކޮނަދުވަހަކުންބާއޭ މިތާ އޮންނާނީ މިކަލޭގެ މި ތެޅިފޮޅެނީ މިކަމާ