ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި އޮތުމުން ގެއްލުންވި ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަކީ ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން އަންނަ ބައެއް ކަމަށާއި އަދި އެމީހުންނަކީ އާއްމުންނަށް ވަރަށް މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ބައެއް ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކައް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެފަރާތްތަކައް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ނަހުލާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ފޯރުކޮށްދެވޭނީ ކޮން އެހީތެރިކަމެއްކަން ދެނެގަނެ، ސަރުކާރުން އިއުލާންކޮށްފައިވާ ޕެކޭޖުތަކުގެ ތެރެއިން ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި ބޮޑު މަސައްކަތެއް ކުރަމުން ގެންދަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށާއި އެހެންކަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ވާހަކަދައްކަވައިގެން ކުރިޔަށް ދެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންކަން މިހާރުވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. އެގޮތުން ފުރަބަންދަށް ދިން ލުއިތަކާއި އެކު ކޮންމެ ޓެކްސީ ސެންޓަރަކަށް 6 ހުއްދަ ދިން ނަމަވެސް އެ އަދަދު އިތުރު ކުރެއްވުމަށް އެދުމުން އެ އަދަދު މިހާރު 10 އަށް އިތުރު ކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ރަށްރަށުގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނާއި މިނިސްޓަރު ނަހުލާ ބައްދަލު ނުކުރައްވާ ކަމުގެ ޝަކުވާތަކާއި ގުޅިގެން ވިދާޅުވީ އެކަމަނާއާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންގެ ތެރެއިން ވަގުތު ހުންނަ ގޮތުން ބައްދަލުކުރެވޭ ފަރާތްތަކާއި ބައްދަލުކުރައްވާ ކަމަށެވެ. ނަމަވެސް އެފަދަ ބައްދަލުވުންތަކުގެ ފޮޓޯތައް ނަންގަވާ އާއްމު ނުކުރައްވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އެފަދައިން އަމަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ހަމަ އަޕްޑޭޓް ވެސް ކުރަމުންދާނަން،" ނަހުލާ ވިދާޅުވިއެވެ.

އޮންލައިންކޮށް ބޭއްވި އެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އޮފީހަށް ގޮސް މަސައްކަތް ނުކުރެވުނު ނަމަވެސް އެ މިނިސްޓްރީގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން 24 ގަޑިއިރު ގޭގައި މަސައްކަތް ކުރަމުންދާ ކަމަށާއި ގިނަ ރޭތަކުގައި ފަތިސްވަންދެން ވެސް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރު، ހަތަރެއް ޖަހާއިރު ފަހެއް ޖަހާއިރު ވެސް،" ނަހުލާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ފްރަންޓުލައިންގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ބޭފުޅުން ނުވަތަ މިނިސްޓަރު ފެނިވަޑައިނުގަންނަވާ ސަބަބާއި ގުޅިގެން ނަހުލާ ވިދާޅުވީ ފްރަންޓުލައިންގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައި ވަނީ ވަކި މިނިސްޓްރީތަކެއް ކަމަށެވެ. އަދި ހުރިހާ މިނިސްޓްރީތަކެއް އެ މަސައްކަތުގައި ނުއުޅުއްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަައީމް

    ފުރަތަމަ ކައިވެނިކުރިގޮތަށް ސަރުކާރާވެސް ބައްދަންފެށިޑޯ ހަދާންވޭތާ !!! ދެން ނުލިޔާނަން

    10
  2. ބެއްޔާ

    "މީތި ސަޅި" މޭމަތީގައި ޖަހައިގެން ނޫޅުނަސް އިނގޭ ތިނިސްޓްރީން ކަމެއްނުކުރާކަން. އަނގައިން ހުރިހާކަމެއް ކޮށްނިންމާލަނީ.

    20
  3. ސާބަހޭ

    ޓެކޮސީގެ އިތުރުން މާލޭގެ މައި މަގުތަކުގަ ޕަބްލިކް ޓްރާންސްޕޯތެއްގެ މުހިންމުކަން ވަރަށް ބޮޑު

    3
    1
  4. Anonymous

    ސޭޓު އަންހެނުން އިސްތިއުފާ ދީ

    15
  5. މާމިގިލީ މީހާ

    ހޯރަ ތައް ސަންއައިލެންޑް ގަ ތިބެގެން ރިހާކުރު ކައިގެން ތޯ، ހައްލު ހޯދައިދެނީ. ބާގީ ބުރުމާ ބަޑައް ޖެހިދާނެތީ ފިލާ އިދެ ރިހާކުރު ކައްކަނީ. މުއައްޒިފުންނައް މުސާރަ ނުދީ.

  6. ޗިޕް

    މަންޖެ ފިރިސޮރު ކައިރީ ބުނެބަލަ މުވައްޒަފުންނަށް ރޯދަ ބޯނަސް ދީފައި އެހެން ރައްޔިތުންނޭ ކިޔައިގެން ވާހަކަ ދައްކާށޭ... އާއެހެންޏަށް މުވައްޒަފުންލައްވާ ގުލާނުކުރުވާފަ އެމީހުންގެ މުސާރަކޮޅުނުދީ ހިފަހައްޓާ މީހުންނަށް ރައްޔިތުމީހާއަށް ކޮންކަމެއް ކޮއްދެވޭނީ

  7. މާލެ ބޭބެ

    އެއީ ކިހިނެއް ..އަހަރަމެން ޑުރައިވަރުން ރިސޯޓަށް ގެންގޮސްގެންތޯ... އަހަރަމެންނަށް ތިފަދަ ރިސޯޓްއަކީ އައްޗި. އަހަރަމެން ކާންޖެހޭނީ ވެލި.. ވަޒީފާ ރަގަޅަށް އަދާކުރައްވާފަ ބާކީ މުވައްޒަފުން ކޮވިޑޭ ކިޔާފަ ކަނޑާލާ...
    ތިއީ 11 އާއިލާއެއް މަގުމަތިކޮށްލި މިނިސްޓަރ..މިހަދާން ދުވަހަކު ދިވެހިން ނުނެތޭނެ...އެއީ ޤާބިލްކަމެއްނޫން..ބަޓް ކިބުރުވެރިކަން...

    5
    1
  8. އަލިފުތާ

    ކިޔެވި މަދަރުސާއެއް ނެތަސް މިނިސްޓަރކަން ލިބުމާއި ތައުލީމީ މަތީފާސްތަކުގެ ސަނަދު ލިބުން ދިޔައީ އެކުއެކީގައި ކަމުން ރޯނު އެދުރަކަށް ވެހުރެ މީނާޔަށް ރަށްޔިޔަކަށް ކަަމެއްކޮށްދެވިދާނެ ކަމަށް ރަށްޔިތުން ދުށިމަކީ ފެން ނެތް ތަންތާނގައި ބަކަތެޅުން ފަދަކަމެއް.

    4
    1
  9. ޒީރޯ ޓްލޮރަންސް

    މެޑަމް، ވެން އެންޑް ހައު(.) ތަފްސީލްކޮށްލަ ދެއްވުމަށް(.)

  10. ޢާސީ

    ކޮންޖޭއެއްވާކައް އަދިވެސް ނަހުލާއާ އެއްވަރައް މަސައްކަތް ކުރި މިނިސްޓަރެއް ދައްކަބަލަ..ތިޔައީ އާދައޭ ވައަވައްޖެސުމަކީ މޮޔައިންކުރާކަމެއް ކޮން ޓެކްސީއެއްދުންވަން އެމީހުންނާ ޓެކްސީ ދްރައިވަރުންނަކީ ލުއިދޭވަރުގެ ބައެއްނޫން..

    1
    5