އެކި ފަރާތްތަކުގެ އަތުން ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މި އަހަރުގެ މިހާތަނަށް 489 މިލިއަން ރުފިޔާ ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މިހާތަނަށް ލޯނުތަކަށް ދައްކާފައި ވަނީ 417 މިލިއަން ރުފިޔާއެވެ. ލޯނުތައް ދެއްކުމަށް މިއަހަރުގެ ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ދެއްކުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ލޯނުތައް ދެއްކުމަށް ވެސް ބަދަލުތަކެއް އަންނާނެއެވެ.

ސަރުކާރުން 79 ލޯނަކަށް ފައިސާ ދައްކަމުން އަންނައިރު އޭގެތެރޭގައި 1979 ވަނަ އަހަރު ނަގާފައިވާ ލޯނުތައް ވެސް ހިމެނެއެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރެވެ. ތަފާސް ހިސާބުން ދައްކާ ގޮތުގައި ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމާއި ހަމައަށް ނަގާފައިވާ ލޯނުތައް އަދިވެސް ދައްކާ ނުނިމެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިއަހަރުގެ މިހާތަނަށް ތިން ލޯނެއް ނަގާފައިވެއެވެ. އެއީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން ނަގާފައިވާ ލޯނަކާއި އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން އިން ނަގާފައިވާ ދެ ލޯނެކެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އިގްތިސޯދު އެ އެއްޗެއްގެ މައްޗަށް އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެން ދިޔަ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުން ދިޔަ އާމްދަނީތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންސެޓް1

    ބަލަސަރުކާރާ ހަވާލުވަނީ ސަރުކާރު ހިންގާކަށް ނޫންތަ؟

  2. އިސްމާއީލު

    މިއުޅެނީކަލޭމެންދެއްކިލޯނުބަލާކަށެއްނޫން
    އާދޭސްމިކުރަނީ ޕެންޝަންފަންޑުގަހުރި
    ފައިސާދިނުންއެދި އަޅުގަނޑުމެންމިތިބީ
    ހާލުގަޖެހިފަ،ނިކަމެތިވެފަ

    10
    1
  3. ގަމަރު

    ތީދޯ މުވައްޒަފުންގެ މުސާރަކޮޅާ އެލަވަންސް ކޮޅު ކުޑަކޮށްގެން ޖަހާ ސަކަރާތަކީ