އައްޑޫ އެއިމްސް ކްލިނިކްގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ސަރުކާރުން ވިދާޅުވެފައިވާ ކަމަށް އެ ކްލިނިކް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހުސާން ވިދާޅުވީ އެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތް މިނިސްޓްރީން އަންގަވާފައި ވަނީ އަނގަ ބަހުން ކަމަށެވެ. އެހެންކަމުން އެ ޚިދުމަތް ދިނުމަށް އެއިމްސް ކްލިނިކުން ކުރަމުން އައި މަސައްކަތް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އިހުސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހަފްތާގައި އައްޑޫ ސިޓީ ފޭދޫ އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ގާއިމް ކުރެވޭނެ ކަމަށެވެ. އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށިތާ ދޮޅުމަސް ދުވަސް ވެފައި ވާއިރު އަދިވެސް އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ނެތުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ސަރުކާރުން ވެސް ގެންދަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ހަމަޖެހިފައެއް ނުވެއެވެ.

ދެހާސް ފަނަރައިގައި ފޭދޫގައި ހުޅުވި އެއިމްސް ޑައިގްނޯސްޓިކް ސެންޓަރަކީ ފޭދު އަށް ނިސްބަތްވާ މަޝްހޫރު ވިޔަފާވެރިޔާ ހެޕީ މާކެޓްގެ ވެރިޔާ މުހައްމަދު ނައީމް (ހެޕީ މާކެޓް ނައީމް) ގެ ހިއްސާ އޮންނަ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސްނެއިލް ސްޕީޑް ސަރުކާރު

    އަދިވެސް އެމްޑީޕީ އަށް ވޯޓު އަޅާފަ ބަހައްޓާތި.

    36
  2. Anonymous

    އަމީންއައް ކަޓެއް ދީގެން ތިކަން ވާނެ.

    26
    1
  3. އައްޑޫ ލެއި

    ބަލަ ނުދޭނެއެއްނޫން ސަރުކާރުގެ ހުރި ނުކުޅެދޭކަން ރައްޔަތުންނަށް އެނގިދާނެތީ. މި ނުކުޅެދޭ ސަރުކާރަށް ވުރެ ކުރިން އަމިއްލަ ބަޔަކު ތިވަރުކަމެއް ކުރާތަން ބަލަން ހަޖަމެއް ނުވާނެޔޭ. ލަދެއް ހަޔާތެއް ތިބިބައެއްނޫން މީ ތިމަންނަމެންނައް ނުވިތާ އެހެންބަޔަކަށްވެސް ފުރުސަތެއް ނުދޭންވެގެން

    44
    2
  4. ޢައިސް

    ތިޔަވާނީ ބައިނޭޅީކަމަށް...

    35
    1
  5. އައްޑޫ މީހާ

    ރައީސް އިބިރިހިމާ އާއި ކެރަފާ އެދުރު ހިތްހަމަ ނުޖެހޭ ބަޔަކަށް އެއްވެސް ކަމެއް ކުރާނެ ފުރުސަތެއް ނުދޭނެ އެއިމްސް އިން ލާރިގަނޑެއް ދިންނަމަ ތިކަމަށް ހުއްދަ ލިބޭނެ މި ފެއިލްވެފައިވާ ސަރުކާރުން ނުކުރެވުނު ކަމެއް ކްލިބިކަކުން ކުރަން އުޅުނީމަ އެކަން ކިހިނެއް ހަޖަމް ކުރާނީ ؟ އިބިރިހިމާގެ ސަރުކާރަށް ދަންނަވާލަން އޮތީ ހުއްދަ ނުދިނަސް އައްޑޫގައި ފުރަތަމަ ކޮވިޑް ޓެސްޓު ހެދުމުގެ މަސައްކަތް ކުރީ ހަމަ އައްޑުއަށް އުފަން އައްޑޫގެ ކެރޭ ހީވާގި ވިޔާފާރިވެރިން ބިސްފެޅިފައޮތް ސަރުކާރުން ކޮށްދެވުނު ކަމެއްނެތް ހަގީގަތާއި ކުރިމަތިލާން ނިކަން ކެރިބަލަ އިބިރިހިމާ

    41
    1
  6. ފޭދޫ މުހައްމަދު

    އަމީނަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ@
    ފޭދޫ އެއިމްސް އަށް ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ ވީ އެންމެ އަވަހަކަށް ހަމަޖައްސަވައި ދެއްވުން އެދެމެވެ

    27
    2
  7. ބޯކިބާ

    މާލެއަށްއެކަނި ޓީވީދެއްކި ޒަމާނުގެ މީހުން ސަރުކާރުގަ ތިބީ. މާލެގޮސް ކުލިދައްކައިގެން އޭރު ޓީވީވެސް ބެލެނީ. ދެން ތަންކޮޅެއް ބޮޮޑަށް ޓީވީ ބަލާހިތްވާ އަންހެންކުއްޖަކު ހުރިއްޔާ ގެންގުޅޭ ކުއްޖެކޭ ކިޔާފަ މާލޭ ކޮންމެވެސް ފިރިހެނަކާ ހަވާލުކޮށްލަން އޭރު ޖެހިފަ އޮންނަނީ.

    19
    2
  8. އަޝްރަފް

    މި އެންޑީޕީ ސަރުކާރުން އަބަދުވެސް ދަނޭ އައްޑޫ މީހުން މޮޅު ވާހަކަ ދައްކައިގެން ހަދަން މި މީހުން ބޭނުމެއްނުވާނެ އަށްޑޫން އެއްވެސް ހިޒުމަތެއް ފަސޭހަ ކަމާއެކު ލިބޭކަށް މިވަރުންވެސް އަށްޑޫ ރަތްޔިުންނަށް ވިސްނައްޖެއަޔާ ރަގަޅު (މިލިއުންކޮޅުޝާއައުކުރާނެ ކަމަހީކުރަން)

    18