ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއި ހިލާފަތް ހިދުމަތް ދިން މައްސަލާގައި "މަޒާޑާ" ކެފޭ ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަޖީދީ މަގުގައި ހުންނަ "މަޒާޑާ" ކެފޭގައި ހިދުމަތް ދޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެތަނަށް ދިޔައިރު، ފުރަބަންދުގައި ނަގަން ޖެހޭ ހުއްދަ ނެތި ކެފޭއިން ހިދުމަތް ހޯދަން ގޮސްތިބި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި އެޗްޕީއޭގެ އެންގުމާ ހިލާފަށް ހިދުމަތް ދިން މައްސަލައިގައި "މަޒާޑާ" ކެފޭވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ރެސްޓޯރެންޓް ފަދަ ތަނަކުން ގަވާއިދާއި ހިލާފަށް ހިދުމަތް ދީފި ނަމަ ޖޫރިމަނާ ކުރަމުން އަންނަނީ 5000 ރުފިޔާގެ އަދަދަކުންނެވެ.

ކޮވިޑް-19 ގެ ސަބަބުން މާލޭގައި އިއުލާނު ކޮށްފައިވާ ލުއިތަކެއް ދިން ނަމަވެސް ރެސްޓޯރެންޓް ކެފޭތަކަށް އާންމުންނަށް ގޮސް ހިދުމަތް ހޯދުމުގެ ހުއްދައެއް އަދި ދީފައެއް ނުވެއެވެ. އެޗްޕީއޭއިން ހުއްދަ ދީފައިވަނީ މިމަމުގެ 2 ވަނަ ހަފްތާއި ހަމައަށް ކެފޭތަކުން ޑެލިވަރީ ކުރުމުގެ ހިދުމަތެވެ. އޭގެ ފަހުން 3 ވަނަ ހަފްތާއިން ފެށިގެން ޓޭކް އަވޭގެ ހިދުމަތް ލިބިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހްމަދު

    ޖުރުމާނާކުރަންޖެހެނީ ވަކިބައެއްތަ ކީއްވެތަ އެޗްޕީއޭގެ އެންގުމާހިލާފުވި ރާއްޖޭގެ ރައްޔިތުންގެމަޖިލިސް އަދި އެމެމްބަރުން ޖޫރުމަނާނުކުރީ ނިކަމެތިރައްޔިތުން ފެލުންބާ އުސޫލުގައޮތީ ތިޔަޖޫރުމަނާ ދައކާކަށްނުޖެހޭނެ

    11
    1
    • ..

      ޖޫރިމަނާއެއް އޮވޭތޯ އިންސާނީ ކަރާމާތަށް ބަލާނަމަ ދައްކަންޖެހޭ...

  2. ދަރަނި ދަންތުރަ

    މަޖިލީހުގެ ރިޔާސަތުވެސް ޖޫރިމަނާ ކޮށްބަލަ...

    8
    1
  3. ޖަރާބީ

    ތިވާނީ އިދިކޮޅު މީހެއްގެ ތާކަށް. އެހެން ނޫނީ މާލޭގެ އެންމެ ބޮޑު އެއް މަގުގައި ފުލުސް އިސްޓެސަނެއްގެ ކައިރީގައި ލޮކްޑައުން އެންމެ ވަރުގަދަ އިރުއްސުރެ މިހާތަނަށްވެސް މަގުމަތީގައިވެސް ވެހިކަލް ތައް ބަހައްޓައިގެން ސައިކަލު ޕިކަޕު ކާރު ލޯރި މަރާމާތު ކުރި ގަރާޖު ރޭގަނޑު މެންދަމު ބާރަ ޖަހާއިރުވެސް މަސައްކަތް ކުރި އިރު އެމީހުން ޖޫރިމަނާ ނުކުރެވުނީ ކީއްވެ؟ ވަކި ޕާޓީއެއްގެ އެކްޓިވިސްޓެއް ބައިވެރިވެގެން ހިންގާ ތާކަށް ވާތީތަ؟