ށ. މިލަންދޫގައި ދިރިއުޅެމުން އަންނަ މީހަކު މާވަހަރެއް ހޮވައިފިއެވެ.

އިބްރާހިމް އަލީ ނަމަކަށް ކިޔާ އެ މީހާ މާވަހަރު ހޮވާފައި ވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އިތުރު މީހަކާއެކު ޑިންގީގައި މަސް ބާނަން ނުކުމެ އުޅެނިިކޮށެވެ.

އިބްރާހިމް އަލީ "ވަގުތު"އަށް ބުނީ، އޭނާ އެ މާވަރު ހޮވާފައި ވަނީ އެ އަތޮޅު ފުނަދޫ ކަނދުފޮތި ކައިރިން ކަމަށެވެ. އަދި އެއީ ޑިންގީއެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު މަސް ބާނަން ގޮސް އުޅެނިކޮށް، ކަމަށްވެސް އޭނާ ބުންޏެވެ.

"މަހަށް ގޮސް އުޅެނިކޮށް، ކަނދަށް ދެވުމުން، ކަނދު ކައިރިން ފެނުނީ" އޭނާ ބުންޏެވެ.

އެ މާވަހަރުގައި 2.4 ކިލޯ ހުންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

"30 ވަނަ ދުވަހު މި މާވަހަރު ނެގިފައި އިނީ، ދެން އަހަރުމެން ޔަގީން ކުރަންވެގެން ނާންގާމިތިބީ. މިހާރު ވަރަށް ގިނަ ބޭސްވެރިންނާއި ބައްްދަލުކޮށްފިން އެކަމާއި ބެހޭ ގޮތުން، ދެން ބޭސްވެރިންވެސް ބުނަނީ ޔަގީނޭ،" އިބްރާހިމް އަލީ ބުންޏެވެ.

މާވަހަރަކީ ބޮޑުމަހުގެ ފަރާތުން ލިބޭ އެއްޗެކެވެ. ވަކީން ޚާއްޞަކޮށް މިއީ "ސްޕާމް ވޭލް" ނަމަކަށް ކިޔާ ބާވަތުން ލިބޭ އެއްޗެކެވެ. ދުނިޔޭގެ ބާޒާރުގައި އަގުބޮޑުކޮށް ވިކޭ މާވަހަރަކީ އާއްމު ގޮތެއްގައި ސެންޓު އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ.

އިބްރާހިމް އަލީ ވަނީ އިތުރު މައުލޫމާތު ހޯދަން 9678254 އަށް ނޫނީ 9559994 އަށް ގުޅުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމަދު

    ށ.އަތޮޅަކީ އެންމެގިނައިން މާވަހަރު ހޮވާ އަތޮޅުގެ ގޮތުގައި މިހާތަނަށް ރެކޯޑު ކުރެވިފައިވަނީ. އިރާދަކުރެއްވިއްޔާ މިލަންދޫން ހޮވީ މާވަހަރަކަށް ވާނެ! ހަމްދު ހުރީ ހައްދަވާ ގެންގުޅުއްވާ އިލާހަށް.

    56