ރާއްޖެއިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ރޭ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއޮ ހަމައަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ނުވަ ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހުންނާއި އިންޑިއާގެ ތިން މީހުން ކަމަށެވެ.

މިއަދު ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު ވަނީ ފާއިތުވި ދެދުވަހަށް ވުރެ އިތުރު ވެފައެވެ. އިއްޔެ ރާއްޖެ އިން ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު އޭގެ ކުރީ ދުވަހު ފައްސިވީ 12 މީހުންނަށް ކަމަށެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ ކުރިން ކޮވިޑް-19 އަށް ފައްސިވެފައިވާ ބަޔަކާއި ގުޅުން ހުރި ބައެއްކަން ނުވަތަ ނޫންކަން އަދި އެޗްޕީއޭ އިން ސާފުކޮށެއް ނުދެއެވެ. މިރޭ ވެސް އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ފަައްސިވި މީހުންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 22 މީހަކު ފައްސިވެ، ފައްސިވެ މީހުންގެ އަދަދު ފާއިތުވި ދެދުވަހަށް ވުރެ އިތުރުވި ނަމަވެސް މިއަދަކީ ފާއިތުވި ދެދުވަސް ފިޔަވައި މިދިޔަ ދެހަފްތާ ތެރޭގައި އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުނު ފަހުން މަހެއްހާ ދުވަސް ވަންދެން ކޮންމެ ދުވަހަކު ވެސް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އައީ އިތުރުވަމުންނެވެ. ނަމަވެސް މިހާރު ރާއްޖޭގެ ހާލަތު ރަނގަޅު ވަމުން އަންނާތީ ސަރުކާރުން ވަނީ މާލޭގެ ފުރަބަންދަށް ލުއިތައް ދޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފީ

    މީ ނިމުމެއް އޮތް ކަމެއް ނޫއްތަ

    4
    1
  2. ވާނުވާ

    މަމެންނައް ޓެސްޓް ކު ރިއަދަދު އެނގުނީމާ ދޮ އެނގޭނީ ރަނގަޅިއްޔާ