ލަނޑުދަނޑިތައް ހާސިލް ކުރުމަށް ރައްޔިތުންގެ މަޖިލީހާއި އެކުގައި މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިމަޝްވަރާ ކުރިއަށް ގެންދިޔައީ މިއަދު ރިޔާސީ ގަނޑުވަރު މުލީއާގޭގައެވެ. ދެ ބޭފުޅުން ބައްދަލު ކުރެއްވީ މާސްކް އަޅުއްވައިގެން ތިއްބަވައެވެ.

ރައީސް ޞާލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްކަން ދޭންވީ ކަންތައްތަކާއި ތަރައްޤީގެ އެޖެންޑާ ތަންފީޒު ކުރުމުގައި އަމާޒު ހިފަންވީ ކަންކަމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވެވި ކަމަށެވެ. މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކޮށް ލަނޑުދަނޑިތައް ހާސިލް ކުރަން ކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

މިބައްދަލުވުމާއި ގުޅޭ ގޮތުން ރައީސް އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދު މިއަދު ބައްދަލު ކުރައްވާފައި މިވަނީ ފަހަކަށް އައިސް ދެބޭފުޅުން ގުޅުން ރަނގަޅު ނޫންކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ވެސް ވަނީ ދެފެކްޝަނަކަށް ބެހިފައެވެ. އެއީ ރައީސް ޞާލިހްގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ނަމަވެސް އެކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ނެތެވެ. ބައެއް ކަންކަމުގައި ސަރުކާރުން ހުށަހަޅާ ކަންކަމަށް ނަޝީދު ރައްޔިތުންގެ މަޖިލީހުގައި ދެކޮޅު ހެއްދެވި ނަމަވެސް ސަރުކާރުން ހުށަހަޅާ ގޮތައް ކަންކަން ދަނީ ފާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ނުލަފާ ދޭތި ވިޔާނުދާ ކަމަކަށް ސައްލާކުރަނީ މަޖިލީހުގައި ކަރާޓީ ތަޅާފައި އެކަން އިބޫއަށް އޮޅުވާލަން ތިއުޅެނީ އައިސާ ޔާ ދޭތެޜެ އަޅާނެ ފިޔަވަޅަކާ ދޭތެރޭ ސައްލާ ކުރަނީ

    93
    4
    • ބޭބެ

      ގުޅިގެން އިތުރަށް ޖަރީމާ ހިންގަން!! މިހާރު ހިންގުލެއް މަދުވެގެން!! ވައްކަންތައްވެސް މަދުވީ ތޯއްޗެއް ކުރެވުނުލެއް!! ބަދަލުގެ ގޮތުގައި އަދިވެސް މިލިއަނުން ނަގަން ރާވަން! މަޖްލީހުގައި ތިބި އިދިކޮޅު މެމްބަރުންގެ ގައިގާ ތެޅުނުލެއް މަދުވީ ތޯއްޗެއް! އިތުރަށް ތަޅާ ގާނޫނާ ޚިލާފަށް ތަޅަމުން ބޭރުކުރާނެ ގޮތް ފުޅާ ދާއިރާއެއްގައި ރާވަން! މަޖްލިސްތެރެއިން އާންމު ރައްޔިތުންނަށާ މުއައްސަސާތަކުގެ ބައެއް ވެރިންނަށް ބިރު ދެއްކޭލެއް އަދިވެސް މަދީ ތޯއްޗެއް!! ވަޒީފާއިން މީހުން ވަކިކުރެވޭނެ އިތުރުގޮތްތަކާއި ނުލަފާކަން ދައްކާނެ ދާއިރާތަކާ މެދު މަޝްވަރާ ކުރުންކަމަށްވެސް ވެދާނެ!!

      33
      3
    • ޢަހޮމަދު

      ޔާމީނާ ފާތުމާވެސް މީނުލަފާދޭތީ. ޥޯޓްގެނަތީޖާކޮންމެގޮތަކަށް އަޔަސް ވެރިކަމުގަތިބޭނީ ޢަހަރެމެންނޭކިޔައިގެން ކައިރީގަތިބި މީހުންލައްވާ ކުރުވި ނުކަސިޔާރު ކަންތަކުގެސަބަބުން ބައެއްމީހުން މެލަެސީއާއަސްގޮސް އަށްނަންނުކެރި އަނެއްބަޔަކު ވަނީ ބިކަވެހާލުގަޖެހިފަ.

      2
      35
  2. އިނބިރިން ކާލޯ

    ތިޔަކުރާ މަސަތް ކަތުގަ ރައްޔިތުން ސަލާމައް ވާނެބާ ސަހަލުގޮތަކައް

    23
    1
  3. ބީރުމީހާ

    އަޅޭ އިބޫ ގަޑާ ތިޔަ ކަލޭގެއަށް ވިސްނާދީބަލަ

    19
    2
  4. ފާދިގު މަކުނު

    ލަޑަޔާ ވާނީ ހަމަ ލަޑަޔާ !! އެކުގާ އަތަފަނި ބޯން ދިޔައީ ކިބުލާއެކު!!!!

    27
  5. ގުލާބުޖާމް

    ކޮންތާކު މިދެމީހުންނަކީ ނަންތަފާތަސް ހަމައެކަކު މުޅިންވެސް ރައްޔިތުންނައްް އޮޅުވާލަންކުރާ ކަންތައް

    27
  6. އަލީ ވަޢުދު

    މިދެބޭފުޅުން މަޝްވަރާއެއް ނުކުރައްވާނެ ރައްޔިތުންނަށް ފައިދާހުރިކަމަކަށް ކޮމެވެސް ބޭފުޅަކަށް ނުވަތަ ބަޔަކަށް ގެއްލުމެއްދޭން ނުވަތަ ބޮޑުވައްކަމެއްކުރަން ރާވައިފާނެެެެެ !

    22
  7. ބަނބުކެޔޮ

    ކަމެއްގޯސްވާއިރައް އެކަކު އަނެކެއްގެ ބޮލައް ކަނޑާލިޔަސް ތިއީހަމަ އެއްގަލުން ފެހިކާ ދެލަނޑާ.

    26
  8. ޒަކަރިއްޔާ

    ތިޔައީ ހަމަ އެއްރަކަނުގެ ދޭތި

    21
  9. އައްޑޫ މީހާ

    ހީވަނީ ދެގައުމެއްގެ ވެރިން އެކުގައި މަސައްކަތް ކުރަން އެއްބަސްވީހެން މިދެން ބޮޑު މުސީބާތެއް މިބަލާވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާށި އާމީން

    29
    1
  10. ޝުތު

    އުފާވެރި މަންޒަރެއް👏👏. އޯގާތެރި ހިތްހެޔޮ ދެރައީސުން ދުވަސްކޮޅަކަށް ފަހު އެކުގައި ފެނުމަކީ ހެޔޮފާލެއް. އުއްމީދަކީ އެމްޑީޕީ އިން އެކަނި ސަރުކާރާއި ހަވާލުވުމުގެ މަޝްވަރާ ދެރައީސުން ކުރައްވާނެކަން.

    1
    36
  11. އެކްޓަރ

    މިއީ ދެއްކުމެއް، 1 ޕާޓީ އެއްގެ 2 ވެރިން މިގޮތަށް ގަޑުވަރުގައި ބައްދަލުކޮށް ފޮޓޯ އާންމުކުރީމަ ދޭހަވަނީ ރ.ނަޝީދާއި ރ.ސޯލިހާއި 2 ބޭފުޅުންގެ މެދުގައި ބާރުތަކާއި މަޤާމްތައް މީހުންނަށް ދިނުމާއި، ކޯލިޝަން ރޫޅާލުމުގެ ޚިޔާލުތަކުގައި ދެބަސްވުންތަކެއް ހުރުންކަން ރ ނަޝީދުގެ ސްޓޭންޑްއަކަށްވާނީ ރައްޔިތުންނަށް ވިދާޅުވިގޮތަށް މިޑް ޓަރމް އަށް އަމާޒު ހިފުމާއި، ބަރުލަމާނީ އަށް ބަދަލްކުރުމުގެ ކަންތައްތައް... ތަރައްގީގެ ވާހަކައަކީ ޒީރޯ، ފަނާކުރުމާއި، ރާއްޖޭގެ އިސްލާމްދީނާއި ފުނޑާލުމުގެ ވާހަކަ ތަކަކީ ބަޔަކަށް އެންމެ މުހިންމު ވާހަކަތައް... ކޮވިޑް ޓެސްޓްތަކުގެ ނަތީޖާ އަންނަނީ -+ އަށް ބަދަލްވަމުން ތާ...

  12. ލޮލް

    މަޖިލީހުގަ ހެދުނު ގޯސް ރެކްޓިފައިކޮށްފަ. ގުޑު ޕަބްލިސިޓީ ތި ޖެއްސީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  13. ްހޯހޯ

    އެކުގައި ވައްކަން ކުރަން

  14. ބަރުގޮނު

    ބައްދަލު ކުރެއްވީ ތަރައްޤީ ގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަންތޯ.؟؟؟ އެބާވަތުގެ މަޝްވަރާތައް ބާއްވަވަނީ އެކަންކަމާ ގުޅޭ މިނިސްޓަރުންނާ ނޫންތޯ.؟؟ ރާއްޖޭގެ ތަރައްޤީއާ ގުޅޭގޮތުން އެމަޝްރޫޢެއް ހިންގާ މިނިސަޓްރީ ގެ މިނިސްޓަރ ބައިވެރި ނުކުރައްވާ މަޖްލިސްގެ ރައީސް ގެ މަޝްވަރާއިން ފުދޭތޯ.؟؟ ނޫނީ ތިޔަ ބައްދަލު ކުރެއްވުމު ގެ ސިއްރަކީ ނަޝީދުގެ މަސްއަލަ ތަކެއް ކޮންމެވެސް ބޭފުޅަކު ދިގު ސިޓީއަކުން
    ރައީސަށް ހުށަހެޅުންތޯ...؟؟ މަޖްލިސް ގެ ބައެއް މެމްބަރުން ޕޮލިހަށް ހުށަހަޅުއްވާފައިވާ މަސްއަލަތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްލެއްވީތޯ..؟؟ މިހިރީ ހަމަ އުފެދޭ ސުވާލު....

  15. ރީދޫރާނީ

    މިތާ ކޮމެންޓު ކޮށފަ އިން 'ޝުތު' މި ދެ މީހުންނަށް އޯގާތެރި މި ބަސް ލިޔަން ކިތައް ރުފިޔާ ލިބުނު ތޯ އހާލެވިދާނެ ތަ؟ ގައިމުވެސް ޚުދު ޝުތު ގެ ޒަމީރު ވެސް ތި ލިޔުނު ބަސްކޮޅު ގަބޫލެއް ނުކުރާނޭ!

  16. އެމަންޖެ

    ދައްކާ ބޯގޯސްވާހަކަ ތިޔަނަސީދަކީ މިގައުމު ހަލާކު ކުރަން އުޅޭ މީހެއް.