ކޮވިޑް-19 އާއި ގުޅިގެން އާ އާއްމު ހާލަތަށް ހުޅުވާލާ އިރު ފުލުހުންނަށް ގޮންޖެހުންތައް ގިނަކަމަށާއި ނަމަވެސް އެ ހާލަތަށް ފުލުހުން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ހޯމް މިނިސްޓަރ އައްޝައިމް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އާ އާންމު ހާލަތަށް ރާއްޖެ ހުޅުވާލާއިރު ފުލުހުން ބަލަންޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުރިކަމަށެވެ. ފުލުހުން އަދާކުރަން ޖެހޭ ޒިންމާއަކީ ބުރަ ޒިންމާއަކަށްވީ ނަމަވެސް އެ ހާލަތަށް ތައްޔާރުވުމަށް ފުލުހުން ދުރާލާ ކުރަން ޖެހޭ ކަންކަން ކޮށްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

"އާއްމު ހާލަތަށް ދާއިރު ފުލުހުން ވާން ޖެހޭ ތައްޔާރީތައް އަޅުގަނޑު ހިތުން ވަނީ އެޅިފައި. ކަންކަން މެނޭޖް ކުރަމުންދާ ގޮތާއި މެދު އުފާކުރަން." އިމްރާން ވިދާޅުވިއެވެ.

ފުލުހުން ދަނީ މިހާރުވެސް ވިޔަފާރިކުރަން ދޫކުރާ ހުއްދަތަކާއި އިގްތިސާދީ ޚިދުމަތްތަކާއި ވިޔަފާރިވެރިންނަށް ދޫކުރަން ޖެހޭ ހުއްދަތަށް ދޫކުރަމުންނެވެ. އަދި މަގުމަތީގައި އުޅޭ މީހުން އުޅެމުންދަނީ ލިބެން ޖެހޭ ހުއްދަތައް ލިބިގެންކަން ޔަޤީންކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން މަގުމަތިން އާއްމުން ހުއްޓުވާ ހުއްދަ އޮތްތޯ ބެލުމުގެ އިތުރުން ޤަވާއިދާއި ޚިލާފަށް އުޅޭ ފަރާތްތަކަށް ނަސޭހަތްދީ، އެފަދަ އަމަލުތައް ތަކުރާރު ކުރާ ފަރާތްތައް ޖޫރިމަނާކޮށް، ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ދަނީ ގެންދަމުންނެވެ.

އަދި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެކި ޑިޕާޓްމަންޓްތައް ވަކި ވާނެހެން ފުލުހުން ވަކި ވަކި ތަންތަނުގައި ބައިތިއްބާ، އެ ފުލުހުންނަށް ކޮވިޑް-19އިގެ ހާލަތާއި ގުޅިގެން ވަކިން ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޭނގޭ

    ކޮން ގޮންޖެހުމެއްތަ އިމުރާނު. ދިވެހި ރައްޔިތުމީހާ ބަނޑަށް ޖެހުމަށްވުރެ އިމުރާނަށް ބޮޑީ ރައްޔިތުމީހާ ޖޫރިމަނާކޮށް، ބޮޑު މުސާރަ ނަގައިގެން ފާޑުފާޑުގެ ޚަބަރު ޏޫސްތަކަށް ދިޔުންތަ؟ ޢަދިވެސް ލަދުގަންނަންވެސް ނޭނގޭ، ރައްޔިތު މީހާ ފެލައިގެން ދައުލަތަށް ފައިސާ ހޯދަން ފޫގަޅާފަ ތިހިރީ. މަޖިލިސް މެންބަރުން ޖޫރިމަނާކޮށް ފައިސާ ނުދައްކަނީސް އެކަކުވެސް އެންްމެ ލާރިއެއްވެސް ނުދައްކާތި. މޮޔަވެގެންތަ އިމުރާނު ތިއުޅެނީ

    1
    1
  2. ޙައިކަލް

    މިހާލަތުގަ ވެސް ފުލުހުން ރަގަޅަކަށް ކަންކަމެއް ނުބަލާ... މަޖީދީ މަގު ފުރޭވަރަށް މީހުން ތިބެނީ ހަމަ ހުއްދަ ހޯދައިގެން ތޯ؟

  3. ޢިހަަން

    ތައްޔާރެއްނުން ވެފަވަނީ ރައްޔަތުން ހެރެސް ކުރަން ރެޑީވަނީ! ފޭކް ޕޮލިސް!!!