ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ހޯދުނު އާ ކުރިއެރުންތަކުން އެ މައްސަލައިގައި ބައިވެރިވި މީހުންގެ އަދަދު ވަރަށް ބޮޑަށް ސާފުވެފައިވާކަމަށް ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި މިރޭ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ރައީސް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން އެކުގައި މަސައްކަތް ކުރެވޭނެ އޮނިގަނޑެއް މިހާރު އެކުލަވާލާފައިވާކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ލިބުނު އާ މައުލޫމާތުގެ ތެރޭގައި ބޭރުގެ ބައެއް ފަރާތްތަކުން ހޯދާފައިވާ މައުލޫމާތުވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖޭގައި މިހާތަނަށް ހިނގާފައި އޮތް އެންމެ ބޮޑު މައްސަލަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައަކީ. އެކަމަކު ފުލުުހުން މިހާތަނަށް ކުރި މަސައްކަތުން އެމްއެއެމްޕީއާރްސީގެ މައްސަލައިގައި ބައިވެރިވި އަދަދު ވަރަށް ބޮޑަށް ސާފު" އިމްރާން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ތަހުގީގުގެ ބައްދަލުވުންތައް އޮންލައިންކޮށް ގެންގޮސްފައިވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، އެ މައްސަލައަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށެވެ.

އިމްރާން ވަނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތު ބަދަލުވެ، އާއްމު ހާލަތަށް ރުޖޫއަވުމާއި އެކު އެ މައްސަލައިގައި އިތުރަށް ކުރަން ޖެހޭކަންކަން ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ކުރިން ކުރިއަށް ގެންދާނީ ކޮން މައްސަލަތަކެއްތޯ ނިންމުމަށް ވެސް ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރަމުންދާކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން މިހެން ވިދާޅުވެފައި ވާއިރު މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ބައްލަވާ ދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް މަޖިލީހުގެ ރައީސް ވަނީ ފޮނުއްވާފައެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުވާތަކެއްކޮށް ޖަލަށްވެސް ލިއެވެ. ނަމަވެސް ފަހުން އެ ހުކުމްތައް ބާތިލް ކުރުމަށްފަހު މިހާރު ވަނީ އާ ދައުވާތަކެއް އެމީހުންގެ މައްޗަށް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެއްމެ ކުރީގައި އިމްރާނު

    56
  2. ތައުފީގު

    ކަލޭމެން ތަހުގީގުކޮށް ނެރުނު ރިޕޯރޓް ގައި ހިމެނޭ މީހުން ތިބިވަރަށް ވުރެ މަދުވެގެން ނުވާނެ އެންމެ މީހަކުވެސް. އިތުރު ވިއްޔާ ވާން ޖެހޭނީ.

    57
    1
  3. ދެފުއްދެގޮތް

    ބަލަޢަދަދުނޭންގިގެން މީހަކުނޫޅޭ މިއުޅެނީ އެލާރިބޭނުންކުރިހުރިހާމީހުންގެމައްޗައް ޝަރީއަތްހިންގާ ޖަލައްނުލައިގެން އެކަންކުރެވޭނެތަ އެއީކަލޭކަމައްވިޔަސް ކެރޭނެތަ

    55
  4. ާައެލްޖޭ

    ތީގަ ގިނަވާނީ އެމް.ޑީ.ޕީ މަޖިލިސް މެމްބަރުންކަން ޔަގީން!

    60
  5. ޑެއިލް

    ތިލިސްޓުގައި އެމްޑީޕީ މީގެއްގެ ނުޗަތަ މަޖްލިސް މެމްބަރެއް އަދި ރައީސް ސޯލިހުގެ ނަން ނުހިމެންޏާ ތިލިސްޓުގެ ތެދުވެރިކަން ވަރަށް ސާފު.

    49
    1
  6. ހުސޭނުބޭ

    ވެރިކަމަށް 1 އަހަރާއި 8 މަސްދުވަސް ވީފަހުން އަދި ކިރިޔާ އިނގިލިބިންދައިގެން ގުނަން ތި ދަސްވީ! ކަލޭ މޮޅު!

    51
  7. ކަނަމަނަ

    މީއަޅެ އަގަގޯލެއްތަ މީނައައްކިޔޭނުކިޔޭ އެއްޗެއްއެގޭބާ

    47
  8. ާަާަަައަސްލު

    ކަލެއަށް އެއްކަމެއްވެސްނުވާނެ...ދީނައް ފުރައްސާރަކުރިމީހުންނައް ދެވުނުއަދަބެއްނެއް..ކޮންދީނެއް ކަލޭކިޔެވީ ކޮންދީނެއް..!!؟.މުނާފިގުސިފަހުރި ނުލަފާމީހެއްތީ..!!؟ވައިޔާޒްބިﷲ.

    48
  9. ބޭބެ

    ދޮގުވެރިއެއް! އިސްތިއުފާދީ!! މީނަ ޔާމީން ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ފާޑެއްގެ ކަރުދާސްތަކެއް ނަގާ ދައްކާފަ ބުނީ މިހިރީއޭ ހެއްކަކީ، މިހިރީއޭ ގަރީނާއަކީ އަފްރާޝީމު މަރާލުމުގައި ޔަމީނުގެ އަތެއްވާކަމަށްބުނެ!! އެހަނދާނާ އެމަންޒަރާއި އަޑު އެހެރީ މިހާރުވެސް އާކައިވްކޮށް ފެންނަން!! އެކަމަކު މިމީހުންގެ ސަރުކަރުން މަރުތައް ބަލަން ހެދި ރިޔާސީ ކަމިޝަނުން އެއޮތީ ބުނެ ޔާމީންގެ އަތެއް ނުވާކަމަށް!! އެހެންވީމަ މީނައަކީ ބޮޑު ދޮގުވެރިއެއް!! ސިޔާސީ މަންފާ ހޯދަން އޭރުހެދީ މުޅިން ދޮގުކަން ކޮންމެ ރައްޔިތަކަށްވެސް މިހާރު އެނގޭނެ!! އެހެންވީމަ ލަދުކޮބާ މިމީހުންގެ!!

    61
  10. ލޮލް

    ސޭހު ހާދަ ކުރުވެޔޭ އެބަ ތުނބުޅި

    49
  11. Anonymous

    އެމްއެމްޕީއާރްސީގެ މައްސަލަ ރައީސް އިބޫސާލިހު ބައިވެރިވެ އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުނަކުން ކުރިއަށްގެންދާނެކަމަށް މިނިސްޓޜ ޝައިޚް އިމްރާނު ވިދާޅުވިއިރު އެފައިސާގަނޑުގެ އެއްމެބޮޑުބައެއް ބޭނުންކުރި އެއްބޭކަލެއް ރައީސު އިބޫސާލިހަކީ، ބޮޑުޚާއިނު އަދީބުއަތުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިބޫ ސާލިހު 35މިލިއަން ޑޮލަރ ހޯދިކަމަށް އަދީބުއަމިއްލަ ދުލުން މީޑިއާއަށް ހާމަކޮށްދީފައިވަނީ އަދި އެފައިސާދަބަސް އިބޫސާލިހު ގެންދިޔަ މަންޒަރުގެ ވީޑިއޯ ރައްޔިތުންނަށް ފެނިފައިވަނީ، ވީމާ ތިޔަ ރިޔާސީކޮމިޝަނުން މިމައްސަލަ ބަލާފަ ނެރެވޭނެ ނަތީޖާ މިހާރުވެސް ލޮލަށް ފެންނަފަދަ، އެހެރީނޫންތޯ ކަމާއިގުޅެ އެއްމެބޮޑު ދެ ޚާއިނުން (އަދީބު އާއި ޒިޔަތު)ގެ ފަރާތުން ހެކިބަސް ހޯދައިގެން ރ.ޔާމީނަށް ޙުކުމްކޮށް ޖަލަށްލާފަ، މިގޮތަށް އިސްލާމީ ޝަރީޠަތެއް ހިންގިދާނެކަމަށް ކަމަށް ޝައިޚް އިމްރާނު ގަބޫލު ކުރައްވަންތޯ؟؟؟

    46
  12. ކާފަބޭ2020

    އެއްކަލަދުވަހުދެއްކި ކަރުދާސްތަކާގުޅޭމައްސަލައިގެ ޝަރީއަތްފަށަންވާހަކަދައްކާނީ އިންތިޚާބުކައިރިވީމަތޯ ދެދުލުގެމީހަކީ ވަރަށްޚާއްޞަމީހަކަށްވާނެތާދޯ؟

    41
  13. ހަސަން

    އެމްއެމްޕީއާރުސީގެފައިސާއަށް
    ހިޔާނާތްތެރިވީހަމައެކަނިޔާމީނު
    ޔާމީނުއަށްއަދަބުދީއެއިރުންކަލެއައް
    އިދެވޭނެ

    31
    3
  14. ަފަހަރި

    ނަޝީދުުފަަނިކޮބައިތޯ؟

    33
  15. އިއްބެ

    ޔާމީނުފައިކައިގެންފަސްއަހަރުންކުރި
    ތަރައްގީ،ކަލޭމެންފައިސާނުކައިދިހައަ
    އަހަރުވެރިކަމުގައިތިއްބަސްނުކުރެވޭނެ
    މިސަރުކާރުގެންނަންވޯޓުދެވުނީތީ
    އަހަރެންހިތާމަކުރަން
    ޕެންޝަންފަންޑުފައިސާހުރިނިކަމެތި
    މީހުންލިބިފައިއޮތްގޯތީޖިފުޓިގަނޑެއް
    ނުޖެހިގެންއުޅޭފައިސާހުރީފަންޑުގަ
    އަނެއްބަޔަކުއެފައިސާއިންމުދަލު
    ޒަކާތްދައްކަންއެހޯދަންއާދޭސްކުރާ
    އެއަޑުއަހާމީހަަަަަކުނެތް

    38
  16. ކިނބޫ

    ދޮގުބެ. މީނައަކީ ރައްޔިތުންނަށް ފާޅުގައި ދޮގު ހަދާފައިވާ މީހެއްކަމަށް ޤަބޫލު ކުރެވޭ ފަރާތްތަކުން މި ކޮމެންޓަށް ލައިކެއް. ޝުކުރިއްޔާ.

    57
    1
  17. ޙަސަން

    ތީ ފޭލްވެފަ ހުރި މިނިސްޓަރެއް! ކުރެވުނު އެއްވެސް ކަމެއް ނެތް! ތިމާއަށް ދަޢުލަތުުން ބޮޑު ޙަރަދެއްކުރާއިރު، ޕްރޮޑަކްޓިވިޓީ ޒީރޯ! މި ކޮމެންޓް ޝާޢިރު ކުރާނެ ކަމަށް ހީކުރަން! ވަރަށް ވެދުމާއި ޝުކުރު!

    37
    1
  18. ޑައެލޯގް

    މިސަރުކާރުގައި ތިޕީއާރަކުން ފައިސާކޭމީހުންގެ މައްސަލަ ނުބެލޭނެ ކަލޯސޭކު އިމްރާނޫ ބެލޭނީ ހަމައެކަނި ސަރުކާރާ އިދިކޮޅުމީހުންގެ ކަންކަމެވެ. ބަލަންޏާ ކޮބާ މަޚުލޫފުއެކައުންޓަށް ވަތްފައިސާގެ މައްސަލަ އަދި ބައިވަރު ރީދޫކުދިންނަގާފައިވޭ ކިނބޫވެސްވޭއޭގަ. އަނެއްކޮޅުން ސީޕީކުލަބުގެ މައްސަލަ، މަޖިލިސްމެމްބަރުން ޖެހިގެންހުރި މެމްބަރުގެ ބުރަކަށި ބިންދާލި މައްސަލަ ހަމަބަލަންވީނު

    32
  19. މުރާދު

    ދުނިޔޭގެ ހުރިހާ ޚުދުމުހުތާރު ވެރިންވެސް އިންސާފު ބޭނުންކުރަނީ ހަތިޔާރެއް ގޮތައް، ނުރުހޭ މީހުންނަށް އަބަދުވެސް ކުށް ސާބިތުވެ ހުކުމް ކުރާނީ. އަވަސް އަރުވަލައިގެން ރައީސް ޔާމީނަށް ދައުވާކޮށް ހުކުމް ކުރުމުން ފެންނަނީ ހަމަ އެކަހަލަ ޚުދުމުހުތާރު 'ސެލެކްޓިވް ޖަސްޓިސް'

    36
  20. މަކަރު ޝ

    ނިކަން ހާމަކުރެބަލަ ނަންތައް ކެރިވަޑައި ނުގަންނަވާނެ ގޮވާނި ހަމައަތައް

    14
  21. ރާއްޖެތެރެ

    އިމްރާން ރަގަޅައްވެސް އެމްޑީޕީގެ މަޅީގަ ޖެހިފަ ތިއޮތީ. ވަކި ބަޔަކު ބާނާލަން ތިއުޅެނީ

    15
  22. ބަރުގޮނު

    މިނިސްޓަރަށްވެސް އެގިވަޑައިގަންނަވާނެ ފަދައިން ޝަރުޢީ ހުރިހާ މަރުޙަލާއެއް ނިމި މަރުގެ ޙުކުމް ތަންފީޛުކުރަން ޖެހޭ ބަޔަކު އެބަތިބި. ތަންފީޛު ކުރަންޖެހޭ ފަރާތަކީ މަނިކުފާނުގެ މިނިސްޓްރީ ކަމަށް ވާއިރު މިކަން މި ދިގުލާދަނީ ކީއްވެގެންކަން ވެސް ސާފުކޮއްދެއްވިނަމަ ރަގަޅު.

    14
  23. ސީނުކަރަ

    އިމްރާން ތިހެންދައްކާނެ ކިތައްމެ ވާހަކައެއް ތަހުތުގަ އިނދެވޭތޯ އަހަރުމެން އަޑުއެހީމު ތަންކޮޅެއްކުރިން އިމްރާނުގެ ސައިންއަލީގާ އަފްރާޝީމްގެ މަރުގެ ހާދިސާ ވެސްހޯދާފަ ދެއްކި ބުނި މިހިރީޔޭ މިހިރީޔޭހީވީ ހަމަދެއްމެ ދެއްމެ ނިމުނީހެން

    15
  24. އަހުމަދު

    އިމްރާނު ދިވެހި ރާއްޖޭގައި ހިންގި އެންމެ ބޮޑު ކަރަޕްޝަނަކީ މިގައުމު އެހެން ބަޔެއްގެ އަޅުވެތިކަމަށް ދީނާ އެކު ވިއްކާލުން އެކަމުގައި ބައިވެރި ނުވާކަމަކަށް ނުވާނެ.. ދެންހިންގި އެންމެ ބޮޑު ކަރަޕްޝަނަކީ އެފް ޕީ އައިޑި ކަރަޕްޝަން އެކަމުގެ ފައިދާ މައުމޫނަށް އިލްޔާސް އަށް ވަނީ ކޮށްފައި އޭރުގެ އޮޑިޓަރ ޖެނެރަލް ވިދާޅުވި އެއީ 100 މިލިއަންޑޮލަރަށް ވުރެ ބޮޑު އަދަދެކޭ އޭރު އެއި 1990 އެކަން ބަލަން ޔާމިން ސަރުކާރުން އުޅުމުން މައުމޫން މެން ދެކޮޅުވީ .. އިލްޔާސް ހުދު ފޮތި ކޮޅަކަށް ހަދާ ޑިޕޮލޮމެޓް ޕާސްޕޯޓް ދިނީ އަންނި ކަރަޕްޝަނާ ދެކޮޅޭ ބުނަނީ އަނަގައިން މިވެރިކަން ފެށުނު ތަނުން އިލްޔާސްއާއި ބައްދަލު ކޮށްފައި ބުނީ އޭން ވަރުގެ ގައުމަށް އިޚުލާސް ތެރިއަކު ނުހުންނާނެއޭ އެހެން ތާ ވާނީ ކެންޕޭނަށް އެމް ޑީ ޕީ އަށް މިލިއަނުން ފައިސާދިން

    14
  25. އަހުސަން

    2019 ގައި އިމްރާން ކުރި އެންމެބޮޑު ކަމަކި ދިވެހި ގައުމީ ދިދަޔާއި ބެހޭ އުސޫލް އުވާލުން ގައުމެއްގެ ދިދައާއި ބެހޭ އުސޫލް އުވާލުމަށް ވުރެ ބޮޑު ޚިޔާނާތެއް ނޯންނާނެ މިހާރު މިގައުމުގައި ދިވެހި ދިދަ ނުނެގިޔަސް އޯކޭ އެހެން ގައުމެއް ގެ ދިދަ އޮފީސް ތަކަށް ނެގޭނެ އަދި ދިވެހި ގައުމީ ދިދައަށް ވުރެ އުސްކޮށް ޕާޓީ ދިދަވެސް ނެގޭނެ ކިހާ މޮޅުކަމެއް އެކޮށްލީވެސް މިކަމާވެސް އިމްރާނާ ދައުވާ ކުރެވޭނެ ފޮޓޯ އިން ވެސް އެފެންނާނީ ދިވެހި ގައުމީ ދިދަ ރަނގަޅަށް ނުފެންނަގޮތަށް ހުތުރު ގޮތަކަށް ފޮޓޯ ނަގާފައިވާ ތަން ގައުމީ ދިދައަށް ނެތް ލޯތްބެއް ގައުމަށް ހުންނާނެތަ

    13
  26. ސަޓޯ

    އެއީ 1... އެންމެ މީހެއް.. ޔާމީނު އެކަނި.. ދޯ އިމޫ.... އޭނަ އެކަނި ކުރީ މަނީލޯންޑަރީ

    11
  27. މ

    ދިވެހި ގައުމީ ދިދައިގެ ގަވާއިދު އުވާލީ މަނިކުފާނު ނޫންތޯ
    ޢެހެންވެ ދިދައިގެ ހުރުމަތް ވެސް ކަނޑައިގެން
    ތިޔައިންނަވާނީ...
    ރާއްޖޭގައި ހިންގި އެންމެ ބޮޑު ކަރަޕްޝަނަކި.. އެފް ޕީ އައި ޑީގެ މައްސަލަ... 100 މިލިއަން ޑޮލަރު.. 1990 ވަނަ އަހަރު
    ޢިލްޔާސް އަކި ގަުމަށް ތެދު ވެރިއެކޭ މިދިޔަހަރު ބުނީ އަންނި ނޫންތޯ

    14
  28. އަލާއު

    މަޖިލިސްއާއި މަތީގައި އެބަތިބި މިއިން ފައިދާވެފައި ތިބި ބައެއް. އިމްރާން މިކަމުގައި އުޅުމުން ބަޔަކު ނުރުހޭނެ. އެމީހުން ބޮޑިއެއް ދޭނެކަން ޔަގީން

    10
  29. އައިޝާ

    ކާލޯ އިމްރާން ހުރިހިތް ވަރެއް މިފަހަރު އެގޭނެ ޢަދުލް އިންސާފް ހުރިވަރެއްވެސް އެނގޭނެ ޝޭޚް ކަން މިހާރުވެސް ހުރީގެއްލިފަ ދެން ގެއްލި ނަންބަދަލް ވާނެ ގޮތެއްވެސް ނޭގޭ ތިޔައޮތީ ބޮޑުރާޅެއްގެ ދަށުވެފަ މުގުރާލާނެ ގޮތެއްވެސް ނޭގެ.އަގަފުލާކޮށް ޔާމީނަށް ވަގައްގޮވި ހުރިމާމެމްބަރުން އަގައިގަ ޓޭޕްއަޅާ ދެންބުނޭ ދޮގެކޭ އަދި ޔާމީނު އޭކެއީ ބަލަޔާމީން އަކީ އެއަށްވުރެ ﷲ ރަޙްމަތުން މާފުދުންތރި މީހެއް