22:27

ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުގައި މާސްކް އެޅުމާއި ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ގައިޑްލައިނަށް ބަދަލުގެނެސް، ބަލި ފެތުރެމުންދާ ގައުމުތަކުގައި އާއްމު ތަންތަނުގައި މާސްކް އަޅަން ޖެހޭނެ ކަމަށް ކަނޑައަޅައި ގައިޑްލައިން އިސްލާހް ކޮށްފި.

22:06

22:05

20:20

16:33

މެކްސިކޯއިން ކޮވިޑް-19 ޖެހިގެން އިތުރު 816 މީހަކު މަރުވެއްޖެ.

15:59

ކޮވިޑް-19 ޖެހޭ ފިރިހެނުންގެ ތެރެއިން ބޯ ތަލަކޮށް ތިބޭ މީހުންނަށް، އެ ބަލީގެ ނުރައްކާ ބޮޑުވެ މަރުވުވުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ބުނެފި.

15:33

15:01

ވެލާ ރިސޯޓުގެ ފަރާތުން އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއޯސީ) އަށް ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި.

11:54

ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ އަށް ބޭނުންވާ ސާމާނުތައް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއްޔެ ވިދާޅުވެއްޖެ.

11:21

ލޭގެ ގްރޫޕް "އޭ" ގެ މީހުންނަށް ކޮވިޑް-19 ޖެހިގެން ނުރައްކާ ބޮޑުވެދާނެ ކަމަށް އަލަށް ހެދި ދިރާސާއަކުން ދައްކައިފި.

10:34

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ލޭގެ ޕްރެޝަރު މަތި މީހުން މަރުވުން ގާތް ކަމަށް އަލަށް ހޯދި ދިރާސާއަކުން ދައްކައިފި.

10:09

ކޮވިޑް-19 އާއި ގުޅިގެން އާ އާއްމު ހާލަތަށް ހުޅުވާލާ އިރު ފުލުހުންނަށް ގޮންޖެހުންތައް ގިނަކަމަށާއި ނަމަވެސް އެ ހާލަތަށް ފުލުހުން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ހޯމް މިނިސްޓަރ އައްޝައިމް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ.

09:25

ކޮވިޑް-19 އަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާ ވެކްސިން ކާމިޔާބު ވެއްޖެނަމަ އެވެކްސިންގެ ދެބިލިއަން ޑޯސް އުފައްދާނެ ކަމަށާއި، އަންނަ ސެޕްޓެމްބަރ މަހު މެދުފަންތީގެ ގައުމުތަކަށް ވެސް ވެކްސިން ލިބެން ފަށާނެ ކަމަށް ވެކްސިން ސަޕްލައި ކުރުމުގެ މަސައްކަތާއި ހަވާލުވެފައިވާ ބޭސްއުފައްދާ ކުންފުނި "އަސްޓްރާޒެނެކާ" އިން ބުނެފި.

 

09:08

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މިހާރު ވަޒީފާ ނުގެއްލި ތިބި ގިނަ މީހުންގެ ވަޒީފާ ވެސް ޖޫން މަހުގެ ނިޔަލަށް ގެއްލޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރު ކުރި ރިޕޯޓެއްގައި ބުނެފި.

08:47

ކޮވިޑް-19 ފެތުރެމުންދާ މިންވަރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރަށް އަވަސް، ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ވެއްޖެ.

08:25

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ ވެސް އިތުރު 1031 މީހަކު މަރުވެއްޖެ.

05:39

02:09

ދެކުނު އެފްރިކާ އިން އިތުރު 3267 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 56 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 40792 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 848 މީހަކު ވަނީ މަރުވެފައި.

02:08

ސްވިޑެން އިން އިތުރު 1080 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 20 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 41883 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4562 މީހަކު ވަނީ މަރުވެފައި.

02:08

ބެލަރުސް އިން އިތުރު 865 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 5 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 45981 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 253 މީހަކު ވަނީ މަރުވެފައި.

02:07

ނެދަލޭންޑްސް އިން އިތުރު 209 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 46942 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5990 މީހަކު ވަނީ މަރުވެފައި.

02:07

ގަތަރުން އިތުރު 1581 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 63741 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 45 މީހަކު ވަނީ މަރުވެފައި.

02:07

ބެލްޖިއަމް އިން އިތުރު 82 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 26 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 58767 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9548 މީހަކު ވަނީ މަރުވެފައި.

02:06

ކެނެޑާއިން އިތުރު 615 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 138 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 93700 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 7636 މީހަކު ވަނީ މަރުވެފައި.

02:06

ފްރާންސުން އިތުރު 767 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 44 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 152444 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 29065 މީހަކު ވަނީ މަރުވެފައި.

02:05

ތުރުކީން އިތުރު 988 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 21 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 167410 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4630 މީހަކު ވަނީ މަރުވެފައި.

02:05

ޕެރޫ އިން އިތުރު 4284 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 137 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 183198 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5031 މީހަކު ވަނީ މަރުވެފައި.

02:04

ޖަރުމަންވިލާތުން އިތުރު 498 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 37 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 184923 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8736 މީހަކު ވަނީ މަރުވެފައި.

02:04

އިޓަލީން އިތުރު 177 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 88 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 234013 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33689 މީހަކު ވަނީ މަރުވެފައި.

02:04

އިނގިރޭސިވިލާތުން އިތުރު 1805 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 176 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 281661 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 39904 މީހަކު ވަނީ މަރުވެފައި.

02:03

ސްޕެއިން އިން އިތުރު 334 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 5 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 287740 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 27133 މީހަކު ވަނީ މަރުވެފައި.

02:02

ބްރެޒިލް އިން އިތުރު 11132 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 491 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 595112 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33038 މީހަކު ވަނީ މަރުވެފައި.

02:02

އެމެރިކާއިން އިތުރު 1739 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 871 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1919177 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 110013 މީހަކު ވަނީ މަރުވެފައި.

01:42

01:17


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަންގާރަ އަދި ބުދަ ދުވަހު މަދުވުމަށް ފަހު މިއަދު ކޮންމެވެސް ވަރަކަށް އިތުވި ނަމަވެސް، ފާއިތުވި ދޮޅު މަސް ދުވަހު ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ފައްސިވަމުން އައި މީހުންގެ އަދަދަށް ބަލާއިރު، މިހާރު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެއެވެ.

މިއަދު ރާއްޖެ އިން 22 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު ފާއިތުވި ދެދުވަސް ފިޔަވައި ފާއިތުވި ދެހަފްތާ ދުވަސް ތެރެގައި ރާއްޖެ އިން އެންމެ މަދުން މީހުން ފައްސިވީ މިއަދު އެވެ.

ނަމަވެސް އަދިވެސް ކޮވިޑް-19 ނުރައްކާ ކުޑައެއް ނުވެއެވެ. މިއީ ބަލީގެ އަލާމާތްތައް ފެންނަން ނެތް މީހުންގެ ކިބައިން ވެސް އެހެން މީހުންނަށް ޖެހޭ ބައްޔެކެވެ. އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އިހުމާލު ވެއްޖެނަމަ އަނެއްކާވެސް ކުއްލިއަކަށް ބަލި ފެތުރިގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ފެނުނު މަންޒަރުތަކަށް ބަލާއިރު ވެސް ފުރަބަންދަށް ލުއިތައް ދިނުމާއި އެކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ދާކަން ފާހަގަ ކުރެވެއެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު މަދުވަމުންނެއް ނުދެއެވެ. މިއަދު މިހާތަނަށް 84,609 މީހަކު ކޮވިޑް-19 އަށް ފައްސިވެ 3,666 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާލާ

    ޓެސްޓް ނުހަދަންޏާ ޕޮޒެޓިވް އެއް ނުވާނެ އެއްނު. މެޝިން ހުރީ ހަލާކުވެފަ. ހުރިހާ ދިވެހިން މެޝިން އުފައްދަންފަށަންވީ. މިހާރު ވާވަރަށް ބަނބުކެޔޮ އިންދިއްޖެ.

    4
    1