ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުން ގެންދާ ސަރަހައްދު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުން ގެންދާ ސަރަހައްދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްޤީ ކުރަމުންދާ ފްލެޓުތަކަށް ކުރިމަތިލުމަށް މާދަމާ ފޯމު ދޫކުރަން ފަށަން ނިންމައިފިއެވެ.

ފޯމު ދޫކުރާނީ މާދަމާ ހެނދުނު 10:00 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ފަށާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ފޯމް ދޫކުރުމުގެ އެކްސްޕޯގައެވެ.

މި އެކްސްޕޯ ފަށާނީ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ޕްރެސް ކޮންފަރެންސަކުންނެވެ. މި ޕްރެސް ކޮންފަރެންސްގައި ހިޔާ މަޝްރޫއާއި ބެހޭ ގިނަ މައުލޫމާތުތަކެއް މިނިސްޓަރު ދެއްވަވާނެއެވެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްޤީ ކުރަމުންދާ 7000 ފްލެޓް ދިނުމަށް ނިންމާފައިވާ 11 ދާއިރާއަކީ:

- ސިވިލް ސާވިސް: 1،000

- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ ރައްޔިތުންނަށް: 1،000

- މާލޭގެ ރަށްވެހިންނަށް: 1،000

- ޑޮކްޓަރުންނާއި ނަރުހުންނަށް: 475

- ޓީޗަރުންނަށް: 625

- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044

- ފުލުހުންނާއި ސިފައިންނަށް: 600

- އެކަނިވެރި މައިންނާއި ބަފައިންނަށް: 400

- ނުކުޅެދޭ އާއިލާތަކަށް: 200

- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް:

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފެއްޓެވި ބިޔަ މަޝްރޫއު، "ހިޔާ މަޝްރޫއު" ގެ ދަށުން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ރެޒިޑެންޝަލް ޓަވަރު ދަނީ އަޅަމުންނެވެ. މި މަޝްރޫއުއަކީ ބޯހިޔާވަހިކަމުގެ މައްސަލަތައް ވަރަށް ބޮޑުތަން ކުޑަކުރާާނެ މަޝްރޫއުއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތި ސަކަރާތަ ޖަހާކަށް ވަޤްތެއް ނެތް

  2. 40 އަހަރުން މަތީގެ މީހުން ނެތީ ދޯ

  3. ފްލެޓުތަކަށް ފޯމު ދޫކުރުން މާދަމާ ހެނދުނު 10 އެއް ޖަހާއިރު އޮންނަ ކަން ހަމަ އެކަނި ގެނެސްދެނީ އެއީ ވަގުތު ނޫހުން ކަމަށް ވާތީވެ އެއީ މަމެން އުފާ ކޮށް ވަގުތު ނޫހުގެ ކުދިންނަށް ޝުކުރު އަދާ ކުރަން ޖެހޭނެ ކަމެކެވެ. މިރާއްޖޭގެ ނޫސް ތަކުގެ ތެރޭން ރާއްޖެ ދެކެ ލޯބިން ޚަބަރު ތައް ގެނެސްދީ ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ގޮތުގެ މަތިން ސަރުކާރުން ކުރާ ރަނގަޅު ކަންކަމާއި އަދި ގޯސް ކަންކަން ވެސް ފާހަގަ ކޮށް އެންމެ ބަރާބަރަށް ޚަބަރު ގެނެސްދޭ ނޫހަކީ އެއީ ވަގުތު ނޫސް ކަން މަމެން ފާހަގަ ކުރަމެވެ. ކަން މިހެން ހުރުމުން މިކަން ސަރުކާރުން ވެސް ދަނެގެން ވަގުތު ނޫހަށް ސަރުކާރުގެ ކުންފުނި ތަކުގެ ސްޕޮންސަރ އާއި އަދި ޕީޕީއެމް ގެ ފަސްޓް ލޭޑީ ގެ ކެމްޕެއިން އޮފީހުން ސްޕޮންސަރ ދީގެން ޕީޕީއެމްގެ ސަރުކާރު ދުރާލާ ވަގުތު އޮތްވާ ޕްރޮމޯޓް ކުރުމަކީ އެއީ ކޮންމެހެން ޕީޕީއެމް އިން ކުރަން ޖެހޭނެ ކަމެކެވެ. އަދި ޕީޕީއެމްގެ ހުރިހާ އެމްޕީން ކޮންމެ ދުވަހަކު ވަގުތު ނޫހަށް އިންޓަވިއު ދީ ސަރުކާރު ޕްރޮމޯޓް ވެސް ކުރަންވީއެވެ.

  4. ހިތުހުރިގޮތަކަށް ފްލެޓް ތިބަހަނީ ވޯޓް ދޭންތިބި ގިިނަ މީހުންނަކީ 40 އަހަރުން މަތީމީހުންކަން ދަންނާތި