ރައްޔިތުންގެ މަޖިލިހުގެ ނިޒާމަށް ހުރަސް އެޅުމުގެ ވިސްނުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން އެންމެ ފަހުން ބޭއްވި ޖަލްސާގައި މެމްބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މެމްބަރުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ހިމެނިވަޑައިގަންނަވައެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ. އިމްރާން ވިދާޅުވި ގޮތުގައި މަޖިލިހުގައި ހިނގައިދިޔަ ކަންކަން ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެކެވެ.
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ އިސްކަން ދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާއިއެކު ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަނުން ހިމެނޭ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. ސަލާމަތީ އަދި ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެ ގާނޫނީ އިމުން ބޭރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާންގެ އެ ވާހަކަތަކާ ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލިހުގެ ގޮނޑިއެއްގެ މިންވަރު ވެސް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް މަޖިލިހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލިހުގެ އިންތިޒާމުތެރެއަށް އަރައިގަތުމުގެ ވިސްނުން އިމްރާންގެ ހުރެގެން ނުވާނެ ކަމަށެވެ.
Rayyithunge kudaves thaaeedheh evves Dhaaira akun Adalat Party ah libi Majleehuge emme gondi ehge minvaruves kamiyabu kurevifai nuvi namaves, Majlihuge nizam ah huras alhai Majlihuge inthizam thakuge there ah araigathumuge visnun Shk @ShimranAb ge huregen nuvaane @MDPSecretariat
— Hassan Latheef🎈 (@HassanLatheef) June 5, 2020
މަޖިލީހުގެ އިދާރާގައި ހަމަނުޖެހުން ހިނގީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ ކައުންސިލަރުންގެ އިންތިހާބުކުރެވެން ދެން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޑުގަދަ ކުރަން ފެއްޓެވުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނުކުތުމަށް އެންގެވުމުން އޭނާ ޖަލްސާ ކުރާ މާލަމުން ނެރުމުގެ ތެރޭގައެވެ.
ޝިޔާމް މަޖިލިހުން ނެރުމުގެ ކަންކަން ސާޖެންޓް އެޓް އާމްސް ކުރައްވަން ޖެހޭ އިރު، އެކަމުގައި އެރޭ ބައިވެރިވެވަޑައިގެންނެވީ އޭނާ އެކީގައި މަިލިހުގެ އެމްޑީޕީގެ މެމްބަރުންނެވެ. އަދި ޝިޔާމް ނެރުމުގެ ތެރޭގައި ބައެއް މެމްބަރުން އޭނާ އަށް ހަމަލަ ދިން ތަން ވީޑިއޯ އިން ފެނެއެވެ.
އެ މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ވަނީ ފަށައިފައެވެ.
ތިޔައީ ޑްރާމާއެއް މައްސަލަ ދެންޖެހޭނީ ފައިލް ކުރަން
ޢެއް ގާގަނޑަކުން ފެހިކާ ދެމީހުނއ
ގާނޫނޫ އަސާސީއަށް އިސްލާޙެއް ގެނައުމަށް މަޖްލީހުގައި ދަންވަރު މީހުން ނިދާފައި ތިއްބާ ބޭއްވި ޖަލްސާގައި އިދިކޮޅު މެމްބަރު ޝިޔާމުގެ ގަޔަށް ބޮލަށް އެމްޑީޕީގެ މެމްބަރުން އަރާ މާރާމާރީ ހިންގާ ތަޅާ މަޖްލީހުގެ ތަޅަމުން ބޭރުކުރީ މަޖްލީހުގެ ގަވާޢިދާ އުސޫލުން ބޭރުންކަމަށް ގަނޫނީ ހުރިހާ އެންމެންވެސް ގަބޫލުކުރޭ! އަދި މިކަން ކުރުމުގައި މަޖްލީހުގެ ރައިސްވެސް ހިތްވަރު ދެއްވާފައިވަކަން ވީޑިއޯތަކުން ފާހަގަކުރެވޭ!! މިކަން ފުލުހުންނަށް ހުށަހަޅާފައިވަނިކޮށް އިމްރާން އަބުދުﷲ ޕީއެސްއެމް ޕްރޮގުރާމެއްގައި ވަހަކަ ދައްކަމުން އެމައްސަލަ މިނިވަންކަމާއެކު ފުލުހުން ބަލާނެކަމަށް ބުނި ބުނުމަކީ ހަމަ ސީދާ ދައުލަތުން ކުޅުނު ޑްރާމާއެއް!! އަދި މިޑްރާމާ ކުޅުނީމާ ހަސަން ލަތީފުވެސް މިބިރު ދައްކަނީ!! މަޖްލީހުގެ މެމްބަރުންނަށް ކިތަންމެ އިމްތިޔާޒެއް ލިބިފައިވިޔަސް ގަނޫނުތަކާއި މަޖްލީހުގައި ހެދިފައިވާ މެމްބަރުންގެ އިމްތިޔާޒުތަކާއި ބެހޭ ގާނޫނާވެސް ޚިލާފަށް މެމްބަރަކު ގަޔަށް އަތްލާ އަނިޔާވެރިގޮތަކަށް މާރާމާރީއެއް ނުހިންގޭނެ!! ފުލުހުން މައްސަލަ ތަޙްގީގު ކުރުމަކީ މަޖްލީހުގެ އިމްތިޔާޒުތެރެއަށް ވަނުންކަމަށް ހަސަން ލަތީފަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް!! މަޖްލިސްތެރޭ ވިޔަސް ރައިސް އޮފީސްތެރޭ ވިޔަސް އަދި ކޯޓެއްގެތެރޭ ވިޔަސް ގާނޫނާ ޚިލާފު ޢަމަލެއް ހިންގައިގެން ހުށަހެޅިއްޖެނަމަ އެމައްސަލައެއް ތަހްގީގުކުރުމުގެ ފުރިހަމަ ބާރު ފުލުހުންނަށް ލިބިދީފައިވޭ!! އެކަމަކު މިމައްސަލާގައި ވާނެ ގޮތަކީ ފުލުހުން ކޮންމެވެސް ކަމެއްކުރާނެ ދިގު މުއްދަތުގައި!! ކުރުމަށްފަހު ޕީޖީއަށް ފޮނުވާނެ!! ދެން ޕީޖީން އެކަން އޮތްބާލާނެ ދައުވާނުކޮށް!! މިއީ އެއްބައެއް!! އެއްސަރުކާރެއްގެ ބައެއް! އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ރާވައިގެން ކަންކަން ކުރަމުންދާނީ!! މިސަރުކާރުގައި މިމައްސަލައަށްވެސް އަދި އެމްއެމްޕީއާރު މައްސަލަވެސް އިންސާފުވެރިކަމާއެކު ކުރިއަށްދާނެކަމަށް ބެލުމަކީ ހަމަ މޮޔަކަމެއް!! ނުވާނެ އެއްކަމެއްވެސް!! އަދުލު އިންސާފު ގާއިމުވެފައިވާ ރަގަނޅު ގައުމެއްނަމަ މިހާރު މި ދެ މައްސަކލައިގާ ހިމެނޭ އެންމެން ތިބޭނީ ހައްޔަރުގައި!! އެކަމަކު މިކަންކަން ބަލާ އިންސާފު ލިބޭނެ ދުވެހެއްގެ އިންތިޒާރު ރައްޔިތުންކުރޭ!!
އިމްރާނަށް ވައްތަރެއްގެ ވާނިންއެއްތަ ތިދިނީ، ތިއީ ދެން މާމަތީގަ އުޅޭބައެއްދޯ؟
އަދުލު އިންސްފު ގެއްލި ހަމަހަމަކަން ގެއްލި ރައްޔިތުންނަށް އަނިޔވެރިވާން ފެށީމާ ފެންނަ މަންޒަރު އެމެރިކާއިން މިއަދު އެފެންނަނީ!! މިއަދު އެމެރިކާގެ ރައްޔިތުން މަގުތަކަށް ނިކުމެ ގޮވަމުން އެގެންދަނީ އަނިޔާވެރިކަން ނިމުމަކަށް ގެންނަން!! އަދުލު އިންސާފުން ކަންކަން ކުރަން! ރައްިޔުންގެ ލާބަޔަށާއި މުޅިގައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރަން! މިރާއްޖޭގެ ކަންކަން މިހާރު މިދާމަގުންދާނަމަ އެމެރިކާއިން މިއަދު އެފެންނަ މަންޒަރު ފެނުމަކީ ދުރުގައިވާކަމެއްނޫން!! އެހެންވީމަ ކަންކަން އިސްލާޙުކޮށް އަދުލު އިންސާފުގެ މަގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ކޮށާދޭންޖެހޭ! މާލަސްނުވަނީސް!! މިމައްސަލަ ދާ ގަތުން އެކަން އެގޭނެ!! އެމްއެމްޕީއާރުގެ މައްސަލާގައި ޢަމަލުކުރި ގޮތުން އޮތީ ރައްޔިތުންގެ އިތުބާރު ގެއްލިފަ!! މަރުކޮމިޝަނުން މައްސަލަތައް ބެލިގޮތާއިމެދު ސުވާލު އުފައްދާ މީހުން މަދެއްނޫން!! ވަޢުދާ އެއްގޮތަށް އެކަމެއްވެސް ނުކުރެވުނު!! އެކަމުގެ އިތުބަރުވެސް ވަނީ ރައްޔިތުންގެ ކުރިމަތީ ގެއްލިފަ! ޖުމްލަކޮށް ވެރިކަމަށް އަންނަންވެގެން ވި ހުރިހާ ވަޢުދެއްހެން މިވަނީ ބިލާހަކަށްވެ ނިމި ކަނޑުގައި އެޅި ރޮނގެއްފަދައިން ވެފަ!! އެހެންވީމަ އިތުބާރު ދަމަހައްޓަން ވަރަށްބޮޑަށް މަސައްކަތްކުރަންޖެހޭ!
ޙަސަން ލަޠީފު ބޭނުން ކަމެއް ކުރަން، ކަލޭގެ މައިންބަފައިންގެ ގެދޮރުތަ މަޖިލީހުގެ ޗޭމްބަރަކީ؟ ނުވަތަ އެމް.ޑީ.ޕީގެ ހަރުގެތަ އެއީ ބީތާޔާ؟
އިމްރާން އެހެންބުނީ މައްސަލަ ބަލާކަށްނޫނޭ މޮޔަނުވެބަލަ..ގާނޫނީ ކުށެއްވީމަ ތަންދޮރު އިނގޭމީހުން ހަޅޭލަވާތީ މިވަގުތައް ހަމަޖައްސާލަން ބަލާނެކަމަށްބުނީ..ލަތީފް މެން ތިގޮތައް ބިރު ނުދެއްކިޔަސް އިމްރާނަށް ވިސްނޭ މަގާމް ގެއްލޭނެކަން..
ހަތަރުކަށިމަތި ހުއްޓަސް ކޮހަކު ވާނީ ކޮހަކަށް. ވޭތުވެދިޔަ 2 މަސްދުވަހުގެތެރޭގައި ކޮހަކު އިސްވެގެން ހުރެގެން ކުރި ކޮސްކަމެއްގެ ސަބަބުން މަޖިލީހުގައި ތަޅާފޮޅުން އުފެދުނީމާ އަނެއް ފަހަރު ކޮސް ގޮވަން ފެށީ. މަޖިލީހުގެ ނިޒާމަކީ ތަޅާފޮޅުމާއި ގަޔަށް އަތްލުމާއި އަރައަރައިގަތުމާއި ޖިނާއީ ކުށް ކުރުމެއް ނޫން. މަޖިލީހުގެ ހަތަރުފާރުގެ ތެރޭގައިވެސް ޖިނާއީ ކުށެއް ކޮށްފައި ސަލާމަތް ވެވިގެން ނުވާނެ. ރުހުމުގައި ނުދިޔައީވިއްޔާ ހިފައި ހައްޔަރުކޮށްގެން ނަމަވެސް ތަޙްޤީޤު ހިންގައި ޝަރީޢަތުން ޙުކުމް ކުރެވެންޖެހޭނެ.
ހަސަން ޤާނޫނޭ ކިޔާފަ ކިޔެވީ ބޭރުފުށްތޯ...ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 90 މާއްދާގެ ހ.. ގައިވަނީ އަމަލްކުރަންވާގޮތް.. ޤާނޫނު އަސާސީއަށްވުރެ މަތީ އަހަރަމެން ރައްޔިތުން ވޯޓެއްދީގެން ހޮވި ބަޔެއް.ތިބޭނީ ފަހެ ކިހިނެއް.. މާއްދާ 4 އާއި 27 ގައި ބުނަނީ ކީކޭތޯ. .. އިއްޔެ އާދައިގެ މީހުން މިއަދު ޤާނޫނަށްވުރެ މަތިވީތާ... ތިކަހަލަ ޖަންގަލީ ވިސްނުމަކީ މިޒަމާނު ޤަބޫލްކުރާކަމެއްނޫން.. ދެން ރައްޔިތުންގޮސް މަޖްލިސްތެރެއަށްވަދެ އެމީހުންގެ ހައްގު ހޯދުމަށް އިހުތިޖާޖުކޮށް
އުޅެންވީތޯ... ވިދާޅުވޭ ރައްޔިތުން ރެޑީ ޓު ގޯ..
މަގުމަތި ފުރާލާ އެހެން އުޅެންވީތޯ.. 54% އާއި 46%
46%ގެ ހައްގު ހޯދާނެ އޮބިއަޅާފަވެސް. ..
އެމްޑީޕީ ގެ އަނިޔާކުރުމުގެ ފިކުރު ވެސްހުރެގެން ނުވާނެ
ކޮބާތޯ އިރުއިރުކޮޅާ އަޅުގަނޑުމެންނައް ތިޔަވަމުންދިޔަ އިންސާފުހޯދައިދިނުމުގެވައުދު. ތީމީހުންނައް ބާރުލިބުނީމަ އެއީ ރައްޔުތުންނައް އިންސާފްލިބުނީތޯ ނޫނީ ތިމީހުންނައް އިންސާފްލިބުނީތޯ. ތިމީހުން ކުށެއްކުރިޔަސް އެވާހަކަދައްކާގެންވެސް ނުވޭ އަދި ފެނިގެންވެސްނުވޭ. ވ ދެރަ.
މަޖުލީހުގެ މެމްބަރުން ކޯވިޑްގެ ގާނޫން އާ ހިލާފަށް ކުރި އަމަލްތަކާ އެމްޑީޕީގެ މެމްބަރުން ކުރި އަނިޔާވެރި އަމަލްތައް ބަލަން ޖެހޭ...މިހާރު ތިއުޅެނީ ހޯމް މިނިސްޓްރީގެ މަސެއްކަތައް ހުރަސް އަޅަން...ކޮބާ ސޯޝއަލް ޑިސްޓެންސިން
މިހާރުވެސް ހަސަނު ތިޔަ މައްސަލައަށް ނުފޫޒު ފޯރުވީ.
މީ ހާދަ ތަންދޮރު ނުދަންނަ މީހަކަށް ވެއްޖެ ދޯ..
އަދާލަތު ޕާރޓީން ނޫޅޭ ކަމެއް ކުރަން.. ތިވާހަކައެއް ދެއްކީ ހޯމް މިނިސްޓަރު..އޭނާގެ ހައިސިއްޔަތުން..
ކިތަންމެ ނުރުހުނަށް މަޖިލީހުގެ ރައީސު ތަޅާފޮޅުމަށް ހިއްވަރު ދިންކަން އެންމެންނަށް ފެނަންއެބަހުރި..
ދެން ތިބޭފުޅާ ގެ ޕާރޓީ އަށް ނިނަ ގޮޑިދިން ރައިޔަތުންނަށް ވީ ވަކިފައިދާއެއް ކޮބާ..
ތިކަހަ މަދު މީހަކަށް ދައުލަތުން ބޮޑު ފައިދާ އެބަވޭ ރައިޔަތުންނަށް މިހަރު އެކަން ފަޅާ އެބަ އަރާ.
އަނެތްކަމަކީ، މަޖިލީހުގެ ގޮނޑި ލިބުނީތީ ފަޚުރުވެރިވަނީ ﷲ ބޮޑާވާމީހުންނަށް އެކަމުގެ އިދޮކޮޅު ދައްކަވާފާނެ ކަމަށް ބިރުވެތި ނުވަނީ ބާ..؟
ހޯމް މިނިސްޓަރ ފުރަތަމަ ކުރަންވި ކަމަކީ އެމްއެމްޕީރސީ މައްސަލަބަލާ ދައުވާކޮއް ދެއްވަންވީ. އޭރުން ރައްޔަތުންގެ އިތުބާރު ލިބޭނީ.
އެރިޕޯޓުގައިވާހުރިހާއެންމެންނަށް ދައުވާކުރީމައެކަންވާނީ ވަކިބަޔަކުއިސްތިސްނާކޮށްވަކިބަޔަކަށް އަދަބުދޭންއުޅޭނެކަމެއްނެތް އެއީއިންސާފުގާއިމުކުރީކަމަކަށް ނުވާނެ
ހަސަން ކޮއި މެން ސައިޒް ވާދުވަހަކު މަ ވަރަށް ހިނި އަންނާނެ،، ރައްޔިތުން ތިބީ ވަރަށް ރަނގަޅަށް ބަލަން
އާޒިމްވެސް ބުންޏެއް ނު ބައެއް ވަޒިރުން މިހާރު ސަމާލުކަން ދެނީ ރިއާސީ އިންތިޚާބަށޭ
ބިމުދާއްބައިން ޒާ ރުދިނީ
އެމްޑީޕީން އެއޮތީ ޕޮލިހަށް ބިރުދައްކާފަ. ތަހުޤީޤަށް ނުފޫޒު ފޯރުވާފަ. މަގާމް ގެއްލޭނީ އެކަމާ އުޅެފިއްޔާ. މިސަރުކާރަކީ އަދުލުވެރި ބައެއްނޫން. ޢެމްޑީޕީގެ ގާނޫނަކީ ޖަންގަލީ ގާނޫނު. ބޮޑުއެތި ކުޑައެތި ކާލެވޭގޮތް އެއީ އެމްޑީޕީގެ ފަލްސަފާއަކީިި.
ހަސަން ލަތީފުމެން ނޫނިއްޔާ ބާރެއް އޮތްބަޔަކު ނެތްހެން ހީވުން ގޯސް.
ޢެއްކަލަ ބޮޑުސޮރު އަމިއްލައަށް ބޭނިގަތީއެއްނު. ދެން ތިބޭ ބޮއެގެންނޭވެސް މެންބަރަކު އެބަކިޔާ ތިއްބެވީ
އިމްރާނަށް ފިލާވަޅޭއް..
ތިޔައިމްޜަާނަކައް ތިމައްސަލަބަލާކައް ނުކެ ރޭނެ
ތިމައްސަލަބަލަންފެށުމާއެކު އިމްޜާނުގެ
ޢިތުބާޜުނެތްކަމުގެ ވޯޓުނެގޭނެ
ހަސަންލަތީފަށް ބިރުދެއްކޭނީ އިމްރާނަށް އިމްރާނު ތިކަމުގައި ޤާނޫނީ ފިޔަވަޅު ނުއަޅައިފިނަމަ ރަޢިއްޔަތުން ނުކުމެފިޔަވަޅު އަޅާނެ އެއިރުން އިމްރާނަށްއޮތްނުރައްކާ މާބޮޑު ދީނީ ޢިލްމުކޮންމެވެސް ވަރަކަށް ލިބިހުރި އިމްރާނަށް ވ ރަގަޅަށް އެގޭނެ ހަނަލަތީފުގެ ބިރުދެއްކުމަށްވުރެ އާޚިރަތުގެ އަޒާބު ބޮކަން
ފުރަތަމަ އެ އެޅީ ހުރަސް ދެން ތިކަންތައް
ނުބެލޭނެ އިމްރާނު ގެރިއެއް ހެން ތެޅި ތެޅި
ހުރޭ
މަޖިލީހުގެ ނިޒާމަކީ ނަޝީދު އެއިރަކު ހިތައްއެރިގޮތެއް. މަޖިލީހުގެ ނިޒާމް އެނގޭ އިތުރު މީހަކު، ނިޒާމު ލިޔެވިފައޮތް ގާނޫނެއް ގާނޫން އަސާސީއެއް މި އުޑުދަށުގައެއް ނެތް.
ރައީސްނަޝީދުގެ ސިޔާސަތު އެގިވަޑައިގަންނަވަން މިހާރު ދިވެހި ކޮންމެ ދަރިޔަކަށް ކޮންމެ ޒުވާނަކުން ފެށިގެން މުސްކުޅިންނާ ހަމަޔަށް އެބަޖެހޭ! ރައީސް ނަޝީދު ކުރައްވާނެ ހުރިހާކަންތަކެއް. އަދި އެހެންމީހަކު ތަންކޮޅެއް ފައިދާލަބޭ ކަމެއް ސިޔާސަތައް ވައްދައިފިނަމަ އެކަމުގެ ފޮނިމީރުކަން ބޭނުންވާނެ. އެމްޑީޕީމެމްބަރުންގެ ތެރޭގައި ކޮންމެހެންވެސް ތަންދޮރު ނޭގޭ މީހުން ތިބެންވެސް ޖެހުމަކީވެސް ރައީސް ނަޝީދުގެ ސިޔާސަތެއް. އެހެންވީމާ ކިޔަވައިގެން ތިބީޢިލްމީ ކުދީންނަށް އެމްޑީޕީއިންވާދަކުރާ އެކިއެކި އިންތީޚާބީ މުބާރާތްތަކުން ޖާގަނުލިބި ގުންޑާއިން އަރުވަންޖެހޭނީ. އަދިއެކުދީން އެތިބެނީ ކުރިޔަށް ނެރެފަ ކުރިހާ ހަލާކެއްގެ ތެރެއަށް. ނިކަން ބައްލަވާ ނަޝީދު ހަމަ ތަޅާބޭރުކުރާށޭ އަންގަވާއިރަށް އެތަޅައިގަތީ. އަދި ކޮބާ ދެބެއިންގެ ދަރި ނައިބުރައީސާ އިވައްްޓޭވެސް ކިކްއައިސްގެން ގޮސް ކޮޅުފައި އެއަޅާވިހެލީ. އެއީ ރައީސް ނަޝީދުގެ އެންމެ ހަރުދަނާ ލީޑަރޝިޕް. ދެންކީކޭބުނާނީ. މައްސަލަޔަކީ ޖަލުގައި ހުންނަންޖެހޭ މީހަކު ޖަލުން ނެރުން. ޤާޒީވަގަށްނަގަން އަމުރުކޮށް އަދި 07 ފެބްރުއަރީގައި ސަރުކާގެ މިލްކިއްޔާތައް ރޯކޮށްލެއްވުމުގައިވެސް ހަމަ އަމުރުކުރެއްވީ ރައީސް ނަޝީދު. މިކަންކަން އެގޭނެ އައްޑޫ ހުޅޫދޫ ދާއިރާގެ މެމްބަރު އިލްޔާސްލަބީބަށް. އަދި ޓެކްސީކުރެއްވި މެމްބަރަށް. މިވަރު ފުދެންވާނެ. ތަޅަން މާރާމާރީ ހިންގަން ހިތްވަރު ދިނުމަކީ ރައީސް ނަޝީދުގެ އެންމެވަރުގަދަ ސިޔާސަތު.
މިހާރު ދިވެހިރާއްޖޭގައި ހުރި ފުލުސް އޮފީހުން ރައީސް ނަޝީދުގެ އިސްކޮށް ހުންނަވައި ގެން ހިންގާފައިވާ މާރާމާރީއެއް ނުބެލޭނެ އަދި ނުވެސް ބަލާނެ. އެހެންނޫނިއްޔާ ވެރިކަމުގައި ހުންނަވާނީ އިބްރާހިމް މުހައްމަދު ސޯލިހެއްނޫން. އަދި ޕޮލިސް ކޮމިޝަނަރ ގެ މަޤާމުގައި ހުންނަވާނީ މުޅިން އެހެންމީހެއް. ދިވެހި ރައްޔިތުން މޮޔަކުރާނީ މިކަހަލަ ކަންތަކުން. ނުވެސް ބަލާނެ ތިއޮތީ ފުރިހަމަ ޑްރާމާއެއް. ދަންވަރު މަޖްލީސް ހިންގީ ދުރާލާ ތިކަން ރާވާއިގެން.
ޤާނޫނަށް ވުރެ މަތީގައި އުޅޭ މީހުން، ވަކި ބަޔަކު ޖިނާއީ ކުށެއްކޮށް މީހަކަށް ޖިސްމާނީ އަނިޔާ ކުރުމުންވެސް އެކަން ކުރި މީހުން އިއްޒަތްތެރިކަމުން އެމީހުންނަށް ފިޔަވަޅު ނޭޅިފަ! ޑިކްޓޭޓަރު ނަންވާނީ އެކަމު އަންނި ނޫން މީހަކަށް އެމްޑީޕީ ރައީސްކަން ނުކުރެވުނު އަދި ޗެއަރ ޕާސަންއަކަށް ވެސް ހުންނަން ޖެހޭނީ ބަސް އަހާކުއްޖެއް!
މިހިރަ ބީތާޔާ ހަސަންލަތީފޫ. މިހާރު ކޮންކަމަކާ ކަލޭތި ކެކިގަތީ؟ ކަލޭމެންކުރި ކަންކަން ބަލަން ބުނީމަ؟ އެކަން ވީމަ ބެލިގެން ނުވޭ؟ ސަދޫމުގެ ގާނޫނު ކަލޭތި ބޭނުންވަނީ. ހަމަ ފައްކާ ހަތްބޯރާއްސެއްތީ.
އެމްޑީޕީ ގުންޑާއިން ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިޔަސް އެ ނުވާނެ ކުށަކަށް އެމްޑީޕީ މަޖިލިސް މެމްބަރުނަށް ޤާނޫނު އަސާސީއެއް ޤާނޫނެއް ޤަވާޢިދެއްނޯންނާނެ އެވަގުތަކު ހިތަށް އެރިކަމެއް ހިތަށް އެރިގޮތަކަށް ކުރުމުގެ ބާރު އޮންނަކަމަށް ދެކެނީ އިމުރާނަކަށްވެއް ތިޔަ ބުނާ އިސްސާފުން ތިޔަ މައްސަލައެއް ބަލާކަށް ނުކެރޭނެ މާދަމާ އިތުބާރުނެތްކަމުގެ ވޯޓުނަގާ މަޤާމު ގެއްލިދާނެކަމުގެ ބިރު އެދަސްކަނީ އިނުރާނަކީވެސް ބަހާ ޢަމަލާ ދިމާނުވާ މަޤާމާ ޖާހުގެ ބޭނުމުގަ އުޅޭ ދެފުށް ދެގޮތް މީހެއް
ކޮބާ ހަތަރުކަށިމަތި މާލޭ ބޭފުޅާ އެބުނަނީ ކަލޭ އަހަރެމެންނައް ހުރަސްއަޅައިގެންނުވާނޭ އިންސާފަކީ މިބޭފުޅާއަށާ މިބޭފުޅާހިމެނޭ ޕާޓީއައް އޮތްއެއްޗެކޯ ލަދުޙަޔާތްކޮބާ ތީއެންމެ65 އަހަރެމެން ނުކުތީމަ ތިނުވާނެ ހުވަނދަކައްވެސް ކުރިންވެސް އޮންނާނީ އެތަންދައްކާފަ
މިނިސްޓަ ރުންގެ މަސައްކަތައް ނުފޫޒު ފޯ ރުވޭހާވެސް އިއްޒަތްތެ ރި ވީތޯ. ތިޔަފޯ ރުވެނީ ނުފޫޒު. ގާނޫހަދާ މީހުން މިހާ ގަމާ ރުނަމަ. އާދައިގެ މީހާ އަށް ކިހާތަނެއް ދޮ ރެއް ނޭނގޭނެ ދޯ
ހަސަން ތިދެއްކީ ބިރު ،،ދެން ކިހިނެއް ކަމެއްބަލާނީ؟
ސައިޒުން ކު ރު ކޮންމެ މީހަކުވެސް އެހާ ފުއްޕައޭ އޭގެ ދޭތި މީ
މަގުމަތީގަ މާރާމާރީ ހިންގީމަ އޮންނަ އުސޫލު ހަމަ މަޖިލީހުގަވެސް އޮންނަންވާނީ. މަޖިލީހުގަ އުޅޭ މީހުންނަށް ވަކި އުސޫލެއް އޮތްކަމަށް މީނަދެކުނީތީވެސް ހިނިއާދޭ އަހަރުން. މީމިމީހުންގެ ފެންވަރު.
ފިރުއައުނަށް ދުނިޔޭގައި ލިބުނު ބާރާއެކު ކަލާނގެ ކަމަށްވެސް ދައުވާ ކުރި. އަނިޔާވެރިކަން ހައްދުފަހަނަ އަޅާދިޔަ.. ރަސްކަން ގެއްލިދާނެތީ ޅަ ފިރިހެންކުދިން މަރަމުން ދިޔަ..ނުރުހޭމީހަކު ނަމަ އެންމެން ކުރިމަތީ ރޯ އޮރިޔާންކޮށް މަރާ ޞަލީބަށް އަރުވަމުން ދިޔަ. އެވަރުންވެސް މޮޅު ލިބުނުތޯ؟ ވަގުތު ޖެހުމުން ބަލި ހިނކަދިގަނޑަކަށްވުރެ ވެސް ދެރަ ނިކަމެތި ހާލު ޣަރަޤުވެގެން މަރުވެގެން ދިޔައީ.. ތިފަފައިން ބޮޑާވެ ކިބުރުވެރި ވުމުގެ ނަތީޖާ ދުނިޔެ މަތީގައި ވެސް ފެންނަން އެއޮތީ..ހަރަކާތެއްނެތް ނިކަމެތި ކަށިގަނޑެއްގެ ސިފައިގައި ތި ހަސަންމެން ފަދަ މީހުންނަށްވެސް ޢިބުރަތަށް ފުދޭނެ ފަދައިން ފެންނަން އެއޮތީ..
ކޮހުންގެ ގަބުޅި އެދުރުން ތީ
ބޮޑާކަން މިފެންނަނީ.
ތިޔަ މަޖިލީހަކީ މަތިން ބާވައިލެއވުނު ތަނެއްތޯއެވެ. ތިތަނުގައި ކުރާ ކުއްތަކަކީ ﷲގެ ހަޞްރަތުގައި ޖަޒާއެއް ނުވާ އަދި ﷲ ބައްލަވާ ވޮޑިގެން ނުވާ ކަންތައް ތަކެއްތޯއެވެ. ގަދަބަސް ބުނާނެ ކަމެއްނެތް. ތިތަނަށްވެސް ފާޑުވެސް ކިޔޭނެ.
ތިޔަ ބޭފުޅުންނަކީވެސް ﷲ ހެއްދެވި މަޚްލޫޤުން ކަން ހަނދާންކޮށް، ހަމަ ބިމަށް އައުމަށް އެދެން،
ކަލަގޮވުން ހުއްޓާލާ ވެރިކަމަށްވެސް އާދެވިފަ ތިތިބީ ހަސަން ލަތީފުގެ އެކަނި މަސަތްކަތަކުން ނޫން ކަމަށް ހަނދާން ކޮށްދެން.
އާދެ..މަޖިލީސް ޖަނަވާ ރުން ކަންކަން ނިންމާނީ ޖަންގަލީގެ އުސޫލުން.. ދެން އެކަމަކު ރައްޔިތުންޖެހޭނެ މަޖީލީހުގައި ތިބޭ ސޫފިތައް ގާނޫނެއް ހަދާފިސްޔާ އެޔެއްބޮލުގަ އަޅުވަން.
ބިރުދައްކަނީ! ބަޔަކު ގޯސްހެދީމަ ނުބެލީމަ ދެންވާނެގޮތް މާތާހިރެއްނުވާނެ ހަސަންލާތީފޫ!!
ކަލޯ ހަސަނަށް ހީވާނި ފުޅަށްބުޑުން ދަންޔާ އަބަދުވެސް ކެޔޮގަނޑު ކަނޑާލަފާނެހެން. މީހުންގެ ގަޔަށް ބޮލަށް އަރާ މާރާމާރީއަށް ހިތްވަރުދީ މާރާމާރީ ހިންގާކަށް ކަލޭމެންނަކަށް އެއްވެސް ރައްޔިތަކު މެންޑޭޓެއް ނުދެއެ. ހަސަނާ އިމްރާނަށް ބިރުދައްކަނިދޯތީ. ކަލޭމެން ކުރިންކީ ހުރިހާ ޅެމެއްކޮބާ؟ ފަރިއްސައްވީތަ
ބަލަގަ ހަސަނާ މަޖުލީހަކީ ކަލޭ ގެ އަމިއްލަ ތަރިކަ މުދަލެއްތަ؟ކޮބާ ޤާނޫނު .އެތާ ތިބެ ކަލޭމެން ލިވާތު ކުރިޔަސް ތިޔަ ބުނަނީ ޤާނޫނެއް ނުހިގާނެއޭ ތަ؟ ހަސަނާ ކަލެއަށް ޤާނޫން ކިޔަވައި ދިން މީހަކު ލަދުން ދެފައި ވެސް ކައިރިއެއް ނުކުރެވޭނެ
ޖަޖިލީހުގެ މާލަމުގައިވެސް އުޅެންޖެހޭގޮތުގެ ޤަވާޢިދެއްއޮންނާނެ އެމްޑީޕީ މީހުން އެތަނުގެ ޤަވާޢިދާ ޚީލާފަށް މާރާމާރީ ހިންގީމާ އެއީ މަޖިލީހުގެ ނިޒާމަށް ހުރަސްއެޅީއެއްނޫން
މީނާގރ އަނގަ ފެޅީ ދޯ އަނެއްކާ!
ބިރުގަތީ އިންސާފުންދާންވާނީ ހަމައެކަނި ސަރުކާރުގެ ހިމެނޭ މީހުންގެ މައްސަލަތައް ލަސްކޮށްފަ އިދިކޮޅު މީހުންގެ މައްސަލަ ތައް އަވަސް ކުރުމަކީ ޢަދުވެރިކަމެއް ނޫން .
މޖިލީހުގަ ހިންގިޖަރީމާ މަލާނެވާހަކަބުނުމުން އިމްރާނުވެސް ގޯސްވެއްޖެ ތިލަފަތް ކޮނޑައްލައިގެންއުޅޭ ބައިގަނޑު މުޅެނީ ރައްޔިތުންނައް އޯގާތެރި އިންސާފުވެރި ވެރިކަމެއް ކޮއްދޭށޯ!!!
ކޮބާ ތަމެންނަށް ފެނޭތޭ ތަމެންނަށް އިނގޭތޭ މިތާނގައިވާން އުޅޭ އަދި ވާންއުޅޭ ގޮތެއް ތަމެން ދަންނަންތޭ ބޫގީ އެއީ ކޯއްޗެއް ކަން އޭގެ އިމްޕެކްޓްސް ތައް ތިޔާ ފެންނަނީ
ޝޭޚް އިމްރާން މަޖްލީހުގައި ތަމެންގެ ބޮޑޭ ހިންގި މާރާމާރީއާއި އަދި އަނިޔާވެރިކަން ބަލަން އުޅުމުން އެކަން ނުބެލޭނެ ކަމަށް ތަމެން ބުނުމުން މަމެން ވަރަށް ބިރު ގަނެއޭ ...
ހަތަރު ކަށިމަތި މީހާ ފަޓުލޫލު ބާލާގެން އޮރިޔާމުން މަގުމައްޗައް ނުކުންނަންވީނޫންތޯ ކޮބާތަ ލަދުހަޔާތް ކޮބާތަ އަގަލެއް ކަންފުޅެއްވެސް ނެތް ދެއްތޯ؟
ގާނޫނީ ވެރިކަމެއްހިންގައިދެއްވާނަމޭ ބުނި ރައީސުލް ޖުމްހޫރިއްޔާ ކޮބައިތޯ؟
އިންސާފުވާން ޖެހޭނީ އެންމެންގެ މައްޗަށް ހަމަހަމަ އެއްޗަކަށޭ މަޖްލީހުގެ އިދާރާ ތެރޭގައި މީހުންގެ ގައިގައި ތަޅާ އަނިޔާ ކުރަން ވެސް މަޖްލީހުގެ ރައީސް ކެނެރީގެ ނަޝީދަށް އަމުރު ނުކުރެވޭނެއޭ އެއީއޭނާގެ އަމާބަފާގެ ތަރިކަ މުދަލެއް ނޫނޭ އޯއް ޔޭއް މިކަން ތަމެން ހަދާން ކުރުން މާ ބޮޑަށް ރަނގަޅުވާނެއޭ ތިޔާ ކަނޑު ކޮސް ނުގޮވާ އިނގޭތޭ...
ކޮބާތަ މަމެން ޕިންކީގެ ފްލޯލެސް ސަރުކާރު! އަދިވެސް ހަމަ ފޮލޯލެސްތަ؟
ދަނޑުގެއްލި ކަތިވަޅިގެއްލި މަރިޔަނބުވެސް ގެއްލިދާހެން ހީވީމަ މިކަހަލަ ވާހަކަ ގިނަވެދާނެތޯއްޗެއް.
ޙަސަނުމެން ޤަވައިދާޚިލާފަށް ނުފޫޒުފޯރުވިއަސް ރަނގަޅުވަނީތަ މީ ޤާނޫނީ ވަކީލުންނޯ! ޙައިރާންވެއި
މަޖްލީހުގެ ނިޒާމާއި ކުޅެނީ ކޮންބައެއްކަން ހަމާއިގައި ތިބޭބަޔަކަށް ފެންނާނެ! ދަންވަރު ޖަލްސާ ބޭއްވިރޭ އެކަންވަނީ ފެނިގެން ގޮސްފައި! ހަމަގައިމުވެސް އިމްރާނު އެތަނުން ނުފެނޭ!
ނޯކޮންފިޑެންސް ނަގާނެ ވަރަށް އަވަހަށް
މަޖިލިސްކުރާގެ ތެރޭގައި ހުރި މީހަކު ބޯޅަ އެއްގަ ތަޅާހެން ފެނޭ ވަރަށް އަވަސްކޮށް މީހެެއްގައިގަ ތަޅާތަން އެއީ ހަމަ މިމުސްލިމް މުޖުތަމައުގަ އުޅޭ މީހެެއްބާ އާދަމްގެ ދަރިއެއް ގައިގަ ފައިން ޖެހުމަކީ ނުބައިވެގެންވާ އަމަލެއް
އާ މިމީހުން ކޮށްފިކަމެއް ބެލިގެންނުވާނެ. އެ އިނީއެއްނު ބޮޑު ގޮނޑިއަށް އަރާ މީހެއް ޓެރަރިޒަމްގެ ޢަމަލު ހިންގާފަ ނުވެސް ދެނަހުރިކަމަށް ހަ ދައިގެން. ކަލޯ އަ ދި ކަލޯއާ ޤާނޫނު އަރާހަމަކުރާނެ.
ކަލޭ ކޮސް ވާހަކަ ނުދައްކާ... މައްސަލަ ބެލެންވާނެ.
ހަސަނލަތީފަކީ ވަރައްގޮތްކުޑަމީހެއް.
އެއީނައިފަރުމީހަކާއިނދެގެންހުރެނައި
ފަރުމީހުންނައްމަލާމާތްކުރާމީހާއެއްނު.....
ނަމުގެ ކުރިއަށް ޢިއްޒަތްތެރި، އުސްތާޛު، ޝައިޚް، ޑޮކްޓަރު، ޕްރޮފިސަރު ލިޔަސް ޢިލްމާއި ޙިލްމާ ްްް އަޚްލާޤު. ެެެެެެެެެެެެެެެ. ނެތްނަމަ އެކަމުން ކުރާނެ މަންފާއެއްނެތް.