މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ޚާއްޞަ ވައިބާ ސްޓިކާ ޕެކެއް ތަޢާރަފްކޮށްފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިއީ މިފަދަ ގޮތަކަށް ތަޢާރަފް ކޮށްފައިވާ ފުރަތަމަ ވައިބާ ސްޓިކާ ޕެކް ކަމަށެވެ.

އަދި މި ވައިބާ ސްޓީކާ ޕެކުގައި، ހަކަތައާއި، ފެނާއި، ކުނިނޭޅުމުގެ އިތުރުން ތިމާވެށްޓާއި ގުޅޭ އެކި މެސެޖުތައް ހިމެނޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ވައިބާ ސްޓިކާ ޕެކް ބޭނުންކުރެއްވުމަށް ޝެއާ ކޮށްފައިވާ ލިންކު ނުވަތަ ކިއުއާރު ކޯޑު ބޭނުންކުރައްވައިގެން އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ޑައުންލޯޑް ކުރެއްވުމަށްފަހު ބޭނުން ކުރެވޭނެއެވެ.

ވައިބާ އަކީ ދިވެހިންގެ މެދުގައި މަޤުބޫލު، އަދި ގިނަ އަދެދެއްގެ ދިވެހިން ބޭނުންކުރާ އެޕްލިކޭޝަނެކެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ދިމާވެފައި މިވަނީ ކޮވިޑް-19 ގައި ސަބަބުން ގައިދުރުކުރުމާއި ފުރަބަންދުގައި ގިނަ ރައްޔިތުން ދިބި ދުވަސްވަރެއް ކަމުން މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދަނީ މީސްމީޑިއާ މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.