ވެލާ ރިސޯޓުގެ ފަރާތުން އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއޯސީ) އަށް ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

ސިއްހީ ސާމާނުތަކެއް ހަދިޔާކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުނަރުން އިއުލާން ކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ސިޓީ ކައުންސިލުން ނުދެއެވެ. ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ވަނީ އެ ތަކެއްޗާ އެކު މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ހުއްޓިވަޑައިގެން ހުންނެވި ފޮޓޯއެއް އާންމު ކުރައްވައިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ވެލާ އިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކަައި އެ ރިސޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އެންމެ ގިނަ އެހީތަކެއް ދިން އެއް ބަޔަކީ ވެލާއެވެ. ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީތެރިވުމަށް ފަސް ވެންޓިލޭޓަރާއި 10،000 ޓެސްޓް ކިޓް ދީފައިވެއެވެ. މީގެއިތުރުން 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީއީ ކިޓް ވެސް ހިމެނެއެވެ.

އޭގެ އިތުރުން ވެލާ އިން ވަނީ ނ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަޕްޝަން ގޭސް

    ގޯހެއް އުޅޭ ކަމަށް ފެންނަނީ.

    2
    1
  2. ނ

    ބަދަލު ހޯދާނީ ވަރަށް ސަޅިކޮށް....
    މިކަން ނިމޭއިރު ތިޔަތަކެތި ވިއްކާލާނެ
    ޙުރި އެއްޗެއް ލިބުނު އެއްޗެއް ނޭގޭނެ

  3. ވެލާ ސްޓާފެއް

    ވެލާ ރިސޯޓްގަ އައްޑޫއަށް ނިސްބަތްވާ ސްޓާފުން ފު ދޭވަރަކަށް ގިނަވާނެ. ކޮންމެ މީހަކު ކޮންމެ އެއްޗެތް ކިޔަސްވެސް ވެލާ ވަރުގެ ރިސޯޓެއް ރާއްޖެއަކު ނެތް. އައި އޭމް ފްރޮމް އައްޑޫ. އައި މައިސެލްފް ޕްރައުޑް އޭޒް އަ ވެލާ ސްޓާފް. ??????