ބަލި އެނދުގައި އޮތް މަންމަ އާއި ބައްދަލު ކޮށްލަން ދާން ހުއްދައަށް އެދުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ނުލިބި ވަނިކޮށް މަންމަ ނިޔާވެއްޖެއެވެ.

މުހައްމަދު ރާމިޒް ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނީ، އެނދުމަތިވެފައި އޮތް މަންމަ އާއި ބައްދަލު ކޮށްލަން ދާން އެންމެ ފުރަތަމަ އެޗްޕީއޭގައި އެދުމުން އެ ހުއްދަ ދީފައިނުވާކަމަށެވެ. ދެވަނަ ފަހަރު މަންމަ ކައިރިއަށް ދިއުމުގެ ހުއްދައަށް އެދުނީ ވަރަށް އުންމީދާއި އެކު ކަމަށް ވީނަމަވެސް އެޗްޕީއޭގެ ހުއްދަ ލިބުނީ މަންމަ ނިޔާވިތާ ކުޑަ އިރުކޮޅެއް ފަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ އެދުނީ އޭނާގެ ބަލި މަންމަ އާއި ބައްދަލު ކޮށްލަން މާލެއިން އައްޑުއަށް ދިއުމުގެ ހުއްދައަކަށެވެ.

މުހައްމަދު ޝިޔާމްގެ ނަމުގައި އެޗްޕީއޭއަށް ފޮނުވި ހުއްދައަށް ޖަވާބުދެމުން އިމަޖެންސީ އޮޕަރޭޓިން ސެންޓަރުގެ އީމެއިލްގައި ބުނެފައި ވަނީ އެ ހުއްދަދެވެން ނެތްކަމަށެވެ. ސަބަބަކީ މާލޭގައި މުޖުތަމައުގައި ކޮވިޑް-19 ބަލި ފެތުރިފައި ވާތީ މާލެއިން އެހެން ރަށަކަށް މީހަކު ދިޔުމަކީ ރަށްތަކަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަކަށް ވާތީކަމަށް އީމެއިލްގައި ބުނެފައިވެއެވެ. ސޯޝަލް ސަޕޯޓް ބޭނުންވާ ނަމަ ޖެންޑަރ އަށް ގުޅުމަށް ވެސް އީމެއިލްގައި ވަނީ އިރުޝާދު ދީފައެވެ.

ރާމިޒް އޭނާގެ ޓްވިޓާގައި ހިއްސާކުރި މައުލޫމާތުން އޭނާގެ ފުރަތަމަ ސިޓީ ފޮނުވި ސީދާ ތާރީޙު ސާފު ނުވި ނަމަވެސް ދެ ވަނަ ސިޓީ ފޮނުވާފައި ވަނީ 2 ޖޫންގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް، މައިމޫނާ އަބޫބަކުރަށް، އެޑްރެސްކޮށް ޝިޔާމް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ އޭނާގެ މަންމަ 23 މޭއި އިން ފެށިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ކަމަށާ ވެންޓިލޭޓަރުގައި އޮތްއިރު ޑޮކްޓަރު އުންމީދު ކަނޑާލާފައެވެ. އަދި ކަމާބެހޭ ޑަކްޓަރީ ލިޔެކިޔުންތައް ވެރިފިކޭޝަނަށް ބޭނުންވާނަމަ ފޮނުވިދާނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އޭނާ އާއި ރާމިޒު (ދެބެއިން) އަމިއްލަ ޚަރަދުގައި އައްޑޫ ސިޓީއަށް ދަތުރުކޮށް މަންމަގެ އެންމެ ފަހު ވަގުތު ގާތުގައި ހުރުމަށް އެދޭކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަމަށްޓަކައި ކަރަންޓީންވާން އަދި ޓެސްޓުކުރަން ޖެހޭނަމަ އެކަމުގެ ޚަރަދު އަމިއްލަ ޖީބުން ދިނުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައިވެއެވެ.

"ކަރަންޓީނާއި، ޓެސްޓާއި، ދެންވެސް ޢާންމު ސިއްޙަތަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ކޮންމެ ފިޔަވަޅެއް އެޅުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބިއިރު، އަދި ކަމަށް ހިނގާ ޚަރަދު އަމިއްލަ ޖީބުން ދޭން ތިބިއިރު، އަދި ދައުލަތުގެ ޚަރަދުގައި މިދެންނެވި އިޖުރާޢަތުތައް ފުރިހަމަކޮށް، ދަތުރުކުރުމުގެ ހުއްދަ ދީފައިވާ އެހެންވެސް ދިވެހި ރައްޔިތުން ތިބިއިރު، އަދި އައްޑޫއަށްވެސް މިމަގުން މީހުން ދަތުރުކޮށްފައިވާއިރު، ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ނަމުގައި މިވަގުތު އަޅުގަނޑަށް ދަތުރުކުރިޔަ ނުދީ ތިޔަ ހިފަހައްޓަވަނީ ކޮން ޙައްޤެއް އޮވެގެންތޯއެވެ؟" އެ ސިޓީގައިވެއެވެ.

އަދި މަންމަ ދެކިލަން ދާން ހުއްދަ ނުދިނުމުން ހުއްދަ ނުދީވާ ކޭސް އެޕީލްކުރުމުގެ އުސޫލު އޮތް ގޮތެއް ހިއްސާކޮށްދިނުމަށް ވެސް އެ ސިޓީގައި އެދިފައިވެއެވެ.

"އަޅުގަނޑު އަދިވެސް އެދެނީ މި ހިތްދަތިކަމާއި ދަތިކަން އަޅުގަނޑުމެންނަށް ނުޖައްސަވާ، އިންސާނީ ބުއްދިއާއި ރަޙުމުގެ ލެންސަކުން މިކަން ބައްލަވައި، އަޅުގަނޑުމެންނަށް މި ހުއްދަ ދެއްވުމެވެ." އެ ސިޓީގައިވެއެވެ.

އެޗްޕީއޭއިން ހުއްދަ ދިން އިރު އެ ދެ މީހުންގެ މަންމަ ވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން އެކަމަށްޓަކާ މައާފަށް އެދުނު ނަމަވެސް ރާމިޒް ވަނީ މަޢާފަށް އެދެން މާ ލަސްވެފައިވާކަމަށް ބުނެފައެވެ.

ކޮވިޑް-19 މާލެ އިން ފެނުނު ފަހުން މިފަދަ އެހެން ބައެއް ހާދިސާތައް ވެސް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ސަގަރު

    އެމަ ރުހޫމާ އަށް ސުވަ ރުގޭގެ ދާއިމީ ނިޢުމަތް މިންވަ ރު ކު ރައްވާށި، އާމީން
    ނިކަމެތިމީހާއަށްވީގޮތްތީ ބަލަަ ގާސިމް މާލެގޮސް ސްޓަ ރފުންގެ ތެ ރޭގައި މިހެ ރެ އުޅެނީ ސަލާމަތްތެ ިރ ކަމުގެ އެއްވެސް ފިޔަވަޅެއްނާޅާ މިނިވަންކަމާއިއެކު. މީ ރައްޔިތުންނަށް ނަމޫނާ ދައްކަންތިބި ފަ ރާތްތައް ކިހާސަޅިދޯ ؟؟؟؟؟؟؟؟

    55
  2. Anonymous

    އޮޅިގެން ހުއްދަ ނުދެވުނީ!!

    66
    2
  3. Anonymous

    އަހަރެންގެ ބޭބެގެ 4 މަހުގެ ބޭބީވެސް ނިޔާވީ އޭދީކޭ އިން ފަރުވާ ކުޑަވެ ދޭންޖެހޭ ފަރުވާ ނުދެވި އެމެޖެންސީ ކޮއް ކުރަންޖެހޭ އޮޕަރޭޝަން ޑޮކްޓަރ ނައިސްގެން ނުކުރެވި ލަސްވެގެން. ނިޔާފް އައީ ބޭބީ ނިޔާވި ފަހުން. އައިސް ފަހުން މާފައް މިއެދެނީ.

    47
    1
  4. އިބޫ

    މަރުޙޫމާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

    59
  5. އެޑްމުންޑޯ

    ތީ މައްސަލަ އެއްނޫން ، ކޮވިޑް ފެތުރިފައިވަނިކޮށް ހުއްދަ ދޭކަށް ނުޖެހޭނެ ، ހާލަތަށް ވިސްނަންޖެހޭނެ ،

    14
    87
    • ވިސްނާލުމަށް އެދެމޭ

      އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން....އެހެންމީހުންގެ އިހުސާސްތަކަށް އިހުތި ރާމުކު ރަންއެދެން..ތިއީ ކޮންފަދަ އިންސާނެ..ބައެއް މީހުންނަ މައިންބަފައިންނާ އަނބިދަ ރިންނާ ގާތްތިމާގެކަމުގެ ގުޅުމާ ލެޔާ މުހިއްމުނުވިޔަސް އެއްމެންނަކީ އެފަދަބައެއްނޫން....ސަ ރުކާ ރުގެ އިހުމާލު ކޮއްމެކަމަކުން ފެންނަނީ...މިކަން ގަބޫލުނުކު ރެވެނީ ދުނިޔޭގެ ވަގުތީ މަންފާޔަށް ލޯކަނު މަންމަނުވެފަތިބި ޢާފިލުމީހުންނައެކަނި...ޔާﷲ އެމަ ރުހާމާއަށް ފާފަ ފުއްސަވާ ސުވަ ރުގެ ދެއްވާންދޭވެ އާއިލާއަށް ކެތްތެ ރިކަން ދެއްވާ ހެޔޮގޮތް މިންވަ ރުކޮއްދެއްވާންދޭވެ..

      32
      2
    • ސަޓޯ

      ހާލަތައް ވިސްނަން ޖެހޭނެ... އެކަމަކުވެސް ވަރަށް ދެރަކޮއް ދިމާވި ކަމެއް މިއީ.. ރާމިޒު މަންމަ ދެކިލަން ދާން ހަދައިގެން އޭނަގެ ސަބަބުން އެހެން ކިތައް މީހުންގެ މަންމަ އަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތްތޯ ސްވާލު ކޮއްލައްވާ ؟؟؟

      7
      33
      • ކެޔޮޅު

        ކަލޭ އެނގޭމީހާ ބުނެލަދީބަލަ

        8
        1
  6. މުހަންމާ

    ތިކަމުގާ ރަގަަޅުވާނީ ވީއެންމެ އަހަކަ
    ހެލްތު މިސްޓަޜު އިސްތިއުފާދެއްވާފާ ގެޔައްވަޑާ
    ގެންނެވީޔާ ތަނެއްދޮޜެއްނޭގޭ އަންދުޅައިގެ މަ ރުމޯލުން ތަންތަނައް ލީމާވާނެ ހަޔެތި މިވަނީ

    46
    7
  7. ސިރާޖު

    އަދި އަވަހެއްނޫންތޯ؟ ވަޅުލި ފަހުން ހުއްދަ ދިންނަމަ މާބޮޑަށް ރަނގަޅުވީސް. އޭރުން އެފަކީރުގެ ފާތިހާ އެކަނި ދޯކިޔަވަން ޖެހޭނީ.. އިންޑިއާއަށްވުރެން ވަކި ތަންފުކެއް ދެރައެއް ނޫން. ޢެމީހުންވެސް މައްޔިތާ ވަޅުލައި މަހާނަ ގާ އަތުރާފައި އާއިލާއަށް މިގުޅަނީ ބަލިމީހާގެ ހާލުރަނގަޅު ކަމަށާޢި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް. ރަނގަޅުތާ އެނހެންވީމަ.

    36
    2
  8. އަލިބެ

    ކިނބުލާ ކަލެޔަށް ފެނޭތަ؟ އައްޑޫ ކުދިން ހޮވި ކިނބޫ އައްޑޫ މީހުންނަށް އޯގާތެރިތަ؟ ބަކުރުމެން ލައިގެން ހިނގޭނީ މާކަނާ ޝޯ!

    41
    3
  9. ނާނު

    ހުއްދަލިބޭތޯ ތިބެނީނު އެއްވެސް ހައްގެއް ނު އޮށްނާނެ ހިފެ ހެއްޓޭނެކަ ގެންދާ ތާކަށް ގެންދާނީ ފަހުން ވަކި ބަޔަކަށް ވަކި ގޮތެއް

    35
    1
  10. ސީދާ

    ކޮވިޑް ބަލީގެ ވައިރަސް ދުނިޔެއަށް އައީ އޯގާތެރިކަމާއި ލޯބި އަދި އުފާވެރިކަމާއިހިނިތުންވުން ޖީބަށް ލައިގެން ބަހާކަށް ނޫނެވެ. ދުނިޔޭގެ ހުރިހާތަނެއްގަވެސް ހާލަކީ މިއެވެ. ވައިރަސް އާއި ގުޅިގެން އެކަކަށް ހިމާޔަތް ދެވޭހިނދު އަނެކާގެ ހައްގު ވީނުވިތަންވެސް އެނގެންނެތި ގެއްލިދެއެވެ. ފާޑުކިޔަން ނިކުންނަމީހާ އަށް އޮތީ ގަޑިއަކުން 500 ސަފްހާގެ ލޮގުފޮތެއް ހުސްވަންދެން ލިއުމެވެ. ޚުށްވެރިކުރުމެވެ. ބަހަނާދެއްކުމެވެ. މިފަދަހުރިހާ ހިތާމައެއް އިގްތިސޯދީ، އިޖްތިމާއީ އަދި ސިއްހީ ގޮތުން ލިބޭތީ ކޮވިޑް މިވަނީ ހުރިހާގޮތަކުން އިންސާނިއްޔަތަށް ދިމާވެފައިވާ މުސީބާތަކަށް ވެފައެވެ.

    21
    9
  11. އެމަންޖެ

    މިސަރުކާރުގެ ނުކުޅެދުންތެރިކަން.

    38
    7
  12. Anonymous

    މައިމޫނާ އަބޫބަކުރެވެ. ކިތައް ބަޔަކުގެ ބަދު ދުއާ ކަމަނާފާނަށް ކުރާނެތޯ.. ބަދު ދުއާއަކީ އެމީހެއްގެ ހަލާކު ދެ ދުނިޔޭގައިވެސް.

    37
    4
    • ފިކުރުކިރާށެވެ

      ބަދު ދުއާ އިޖާބަ ކުރައްވާ ރަސްކަލާނގެ އެކަނބުލޭގެ އިހުމާލެއް އެކަމުގަވާ ކަމާއި ނުވާކަން މޮޅަށް ދެނަވޮޑިގަންނަވާ.އެހެންކަމުން މިހާލަތުގައި ކަލެއެކޭ މައިމޫނާއެކޭ ތަފާތެއް ނެތް. މަސްއޫލިއްޔަތު އަދާކުރެވުމަކުން ގެންދަވަން ހުރި ފުރާނަ ނުހިފެހެއްޓޭނެ. ޖަޒްބާތަކީ އިންސާނާގައިގަ ލައްވާފަވާ އިހުސާސްއެއް. ﷲއީ މިފަދަ ކަންކަމުން ހުސްދުރުވެ ވޮޑިގަންނަވާ ރަސްކަލާނގެ

      14
      2
      • އެކްޕާރޓް

        އޯކޭ. މައްސަލަ އަކީ މުއްސަނދި މީހުންނާއި ޕޮލިޓިކަލް އިސް މީހުން ނަށް ވަކި ގޮތެއް ދެރަ ނިކަމެތި ރައްޔިތުމީހާ އަށް ވަކިގޮތެއް. އެހެންވީއިރު މައިމޫނާ ބަކުރު ގެ މައްޗަށް ބަދު ދުޢާ ވެސް ކުރާނެ

  13. ހަނިވިސްނުން

    މުހައްމަދު ޝިޔާމުގެ މަންމަ އަށް ހެޔޮ ރަހްމަތް މިންވަރު ކުރައްވުން އެދި ދުޢާކުރަން. ހަނި ވިސްނުމަކުން ވިސްނާ ތަޖްރިބާ ނެތް ބަޔަކާ މިޒާތުގެ ރޯގާ އަކާ ގުޅޭ ކަންކަން ހިންގަން ހަވާލު ކުރުމުގެ ނަތީޖާ ވަރަށް ހިތިވާނެއެވެ. ވެރިކަމަށް ސޯލިހް ހޮވާފައި އެވަނީ ކޮންމެހެން އެމަނިކުފާނުގެ ކުޅަދާނަ ނުވަތަ ހުޝިޔާރު ނުވަތަ ގާބިލް ނުވަތަ އިލްމީ ނުވަތަ އިންސާފުވެރިކަމަކަށް ބަލައިގެނެއް ނޫނެވެ. އެކަން ހިނގަންމެދުވެރިވިގޮތް އެކަން ކުރުވި މީހުންނަށް އެނގޭނެއެވެ. ދެރަކަމަކީ ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ވެސް އެކަން އެކަށީގެންވާ މިންވަރަކަށް ކުރައްވާނެ އިލްމާއި ގާބިލްކަން ނެތުމުން ކަންކަން ހިންގުމަށް ހަވާލު ކުރައްވާފައިއެވަނީ ސިޔާސީ ވިސްނުންފުޅެއްގެ ދަށުން ކަމަށްވާތީއެވެ.

    33
    2
  14. ޙުޑާ

    ޢެޗުޕީޢޭ ވާނުވާނޭގޭތަނެއް

    30
    1
  15. ބޯގޯސް

    މިގައުމު މިހާލަތައް ވައްޓާލީ ފައިސާގެ ދަހިވެތިކަމުގަ އިލެކްޝަން ކޮމިޝަންގެ ރައިސް ވަގު އަނގޮޓި ޝަ ރީފް އާއި އެތަނުގެ މެންބަ ރުން މިމީހުން މީގެ ޒިންމާ ނަގަންޖެހޭނެ އަދި އަންނަ ސަ ރުކާ ރަކުން މިމައްސަލަ ބަލާ އުމު ރައް ޖަލައް ގަޅާލެވެންޖެހޭނެ ނޫނީ ރައްޔިތުން ނިކުމެ ހަވަ ރައްދޭންޖެހިދާނެ

    36
    3
    • މީނަގެ

      މިގައުމު ހަލާކަކީ ވަގުޔާމީނު ބޯގޯސްވިޔަސްތީ ބޮޑުވަރު.

      5
      53
      • ކާފަބޭ2020

        ވައްކަންކުރިކަންސާބިތުވިމީހުންގޭގަ ސާބިތުކުރިިމީހާޖަލުގަސަޅިދޯ؟ ވައްކަން މިވެރިކަން ނިމުނީމަ އަޑުއަހާލަންމިތިބީ

        14
        2
      • Anonymous

        ރީނދޫ ބޯޓުން ކޮމެންޓް ކުރަން ނެރުނީ ދޯ އަނެއްކާ ފަހަރު. ޔާމީނާ ކަލޭމެން އިންނަން މަށަށް ފެންނަނީ

  16. ޢިއްދަ ދާއިތަ

    ޢިއްދައިން ކެނޑިފަތިބި ބަޔަކު ލާގެން މިކަމެއް ރަނގަޅަކަށް ނުހިގާނެ ، ކަންކަން ރ ހިނގާނީ ޒުވާނުން ބާ ރުވެ ރި ކު ރުވައިގެން ،

    13
    1
  17. ޒަހާ

    އިއްޔެ މަރުވި އެއްމާބަނޑު ދެކުދިންނާ ދެން ތިޔަ ނިޔާވި މަންމަގެ މަރުގެ ޒިންމާ އަޅުގަނޑަށް އެޅުވެންއޮތީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި!

    9
    1
  18. ކާނިވާއިން

    އާއިލާ ތައުޒިޔަ ކިޔަން ދެރަކަމެއް. ރައްޔިތުން އިތުބާރު ގެއްލެނީ

    11
    1
  19. ވާނުވާގަ އޮޅުމުގަ މުޅިގައުމު

    ތިވާނީ ތި ޑިރެކްޓާ ޖެނެރަލް އާފިލާވަޅެއް ހޯދީކަމައް، މީނަޔައް ނުނެގޭނެ ބާރެއް ނަގައިގެން މިކަހަލަ ކިތައް ކޭސް މިހާރު ވެއްޖެ، ބަޔަކު ކުރާށޭ ބުންޏަސް ތިމާއާ ނުބައްދަލު ކަންތަކާ ހަވާލު ވެގެން ނުވާނެ، ހީނުކުރާތި މިކަންތައް ނުބެލިދާނެ އޭ، ކިތައްފުރާނަ ތި ތަނެއްގެ އިހުމާލުން މިދުނިޔެއާ ވަކިވެގެން ގިސްފި، މި ކަންތައްތައް ބެލޭނެ، ޖަވާބުދާރީކުރެވޭނެ، ބަނޑު އަޅާވިހޭ މަންމަ އެންމެ ފަހުވަގުތު ދެކިލާ ކައިރީގަ ތިބެން އެދެބެއިން ދާން އުޅުނީ، ހުއްދަ ނުދިން މައްސަލަ ބެލޭނެ، ކްރިޓިކަލް ކެއާ ގަ އުންމީދު ކަނޑާލާފަ އޮތީ، މިކަންތައް ބެލޭނެ

  20. ފަރިޑަަ

    ކޮވިޑޭ ކިޔައިން މީހުން ބިރުދައްކަނީ

    7
    2
  21. ބުރާންތި

    މިޤައުމުގެ ހަލާކަކީ މިވަގުސަރުކާރު ގެނައިމީހުން

    18
    1
    • ައަލީޢައްބްދުﷲ

      މިހާރު ޝިޔާމު މެންސައިއްޓެމެން ރާމިޒުމެން ނަށް ވިސްނޭނެ ހުރިނާޤާބިލުކަން މަރުހޫމަށް ސުވަރުގެ މިންވަރުކުރައްވާށި އާމީން

  22. ސުޢޫދު

    ތިމައްސަލަވައްދާ ތަހުގީގުކުރަން ވެދާނެ އޮޅުމަކުން ހުއްދަނުދީ ފަހުންދިނީ ހައްގުތައް ބައެއްހާލައްތަކުގަ ހިފެހެއްޓޭނީ މިނިވަން ދިމިގުރާތީ މުޖުތަމައެއްގައި މިފަދަހައްގެއް މިނިވަން ކަމެއް ހިފެހެއްޓިދާނެކަމައް ގަބޫލުކުރެވޭ މިންވަރައް އިތުރު ބާރެއްލިބޭނީ މަޖިލީސްއިން ފާސްކުރާގާނޫނަކުން ނޫނީ އެހައްގެއް މިނިވަން ކަމެއް ހިފެހެއްޓި މީހަކުޒިންމާވާން ވާނެ

  23. ރަޝީދު

    ކޮވިޑް 19 އަށް ވުރެއް ނުރައްކަލާއި ބިރު ބޮޑީ އެޖެންޑާ 19
    މިގައުމުން ކޮވިޑް 19 އާއި އެކު އެޖެންޑާ 19 ވެސް ނިމުމަކަށް ގެންނަންއބަޖެހޭ

  24. ޖޯން

    ތިކަމުގެ ބަދަލު އެޗްޕީ އޭއިން ދޭންޖެހޭނެ.

  25. ސަމްސިއްޔާ

    ހެޗްޕީގެ ތިޔަ ޖަވަބަކީ ކޮޕީޕޭސްޓް ޖަވާބެއް. ކޮން ސޯސަލް ސަޕޯޓްގެ ވަހަކައެއް؟؟ މަންމަގެ ފަހުވަގުތުކޮޅު ބައްދަލުކޮށް ލަންދާން އެދުނީމަ ޖެންޑަ މިނިސްޓްރީއޯ.. އެކޮމަޑޭޝަން އޯ.. މުޅި ސަރުކާރު ފެއިލް ވެއްޖެ.

  26. މުހައްމަދު މަޙްމޫދް ޢަލީ

    މަރްޙޫމާ އަށް ސުވަރުގެ މިންވަރު ކުރައްވާށި. މިފަދަ ހާލަތެއްގައި ހުއްދަ ދެވެން ނެތުމަކީ އެއްވެސް ފަރާތެއްގެ ހައްގު ނިގުޅައިގަތުން ކަމުގައި ނުދެކެމާތޯ. ތިމާއާއި އެހެން މީހުންގެ ސަލާމަތައް އެޅިފައިވާ މުހިއްމު ފިޔަޅުތައް ކަމުގައި ވުމުން، ކަމާބެހޭފަރާތްތަކުން އެންގޭ އެންގުމަށް ތަބާވެ މިންވަރު ކުރެއްވި ހާލަތައް ކެތްތެރިވެ ހެއްދެވި ފަރާތް ހަނދުމަކޮށް ޝުކުރުކުރަމާތޯ. ބަޔަކަށް ހުއްދަ ދިންތޯ ނުދޭތޯ ބަލާ ބަހުސްކުރުމަކީ ރަނގަޅު ގޮތެއްކަމުގައި ނުދެކެމާތޯ. ދުނިޔޭގެ އެހެން ގައުމުތަކުގައި މައްޔިތާގެ މޫނު ދެއްކުންވެސް ނޯންނަކަމުގައިވަނީ. އެހެންކަމުން މައްޔިތާގެ މޫނު ދެކުމުގެ ފުރުސަތު ލިބޭ ކަމަށް އަހަރެމެން ޝުކުރުކުރަމާތޯ. މިހެން ބުނާއިރުވެސް ހިތާމަވެރިކަން މެދުވެރިވެފައިވާ ފަރާތުގެ ހިތުގައި ކެކުޅުންތަކެއް ވާނެކަންވެސް ދަންނަންވާނެ، ހިތުގެ ކެކުޅުމާއި އެކު ނުތަނަވަސްކަމުގައި އުފެދޭ ޖަޒުބާތުތައް، ބަޔަކު ކުއްވެރި ކުރާ ހާލުގައި ބޭރުކުރުމަކީ އިންސާނީ ތަބީއްޔަތު. މިއީ އަޅުގަނޑުގެ ހިޔާލު.

  27. Anonymous

    އެޗްޕީއޭގެ ޖަވާބު:
    އެދުނީ މަންމަ ކައިރިއަށް ދާން. އަޅުގަނޑުމެން ވާނީ އެފުރުސަތު ދީފައި. މަރުވެފަ އޮތަސް މަންމަ ކައިރިއަށް ދެވޭނެ.
    އޯގާތެރި ސަރުކާރު.

  28. ހަލީމް

    މާލެއިން އެއްވެސް ބަޔަކު އައްޑު އަށް އަންނާނެ ކަމެއް ނެތް..

  29. މމމމ

    މަގޭ އަންހެނުން ވިހަން ބަނޑުގަ ރިއްސާތީ ހޮސްޕިޓަލަށް ދާން ހުއްދައަށް އެދުމުން ރިޖެކްޓް ކުރީ.ހުއްދަ ނުލިބިގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްފަ އެމަޖެންސީ ސާޖަރީއެއް ހަދާފަ ބޭބީ ނެގީ ބަނޑަށް 7 މަސް ނުވަނީސް. ދެމައިން ސަލާމަތްވީ ކިރިޔާ