ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާ އަހުމަދު އަހުޝަމަށް އަށް ފެނަކަ އަށް ވަޒީފާއަށް ވަނުމުުގެ ފުުރުސަތު ދީފިއެވެ.
އޭނާ ވެންޓިލޭޓަރު އުފެއްދީ އުކާލާފައި ހުރި ބައެއް އިލެކްޓްރޯނިކް ސާމާނުތައް ބޭނުންކޮށްގެން ހަފްތާއެއްގެ ތެރޭގައެވެ.
އޭނާގެ މަސައްކަތަށް ނައިބް ރައީސް ފައިސަލް ނަސީމުވެސް ވަނީ ހިތްވަރުދެއްވާފައެވެ.
މިއަދު ފެނަކައިން ބުނީ، ވެންޓިލޭޓަރު އުފެއްދި 19 އަހަރުގެ އަޝަމްއަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ފޯނުން ގުޅުއްވާފައިވާ ކަމަށެވެ. އަދި އޭނާ ކުރި ހުނަރުވެރި މަސައްކަތަށް މަރުހަބާ ދަންނަވާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.
"އަދި މުސްތަގުބަލަށް ހިތްވަރު ދެއްވައި، ފެނަކަ އިން ވަޒީފާގެ ފުރުސަތު އެރުވި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މިފަދަ ގާބިލް ޒުވާނުންނަށް ފަހި ފުރުސަތު ފެނަކައިން އޮންނާނެ". ފެނަކަ އިން ބުނެފައި ވެއެވެ.
އަޝްހަމް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެ އަށް އައިސްފައި އޮއްވައި ވެންޓިލޭޓަރެއް އުފެއްދުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި މީގެ ކުރިން ސިފައިންގެ ބަޔަކާއި، އައްޑޫ މީހަކުވެސް ވަނީ ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ވެންޓިލޭޓަރު އުފައްދާފައެެވެ.
ޢެއްޔެ މިސޮރު ވެރިންނައް ތައުރީފް ކުރީ މިއަ ދު ވަޒީފާ ހަމަޖެޖުނީ ލޮލް މިއޮތީ ވާ ވެރިކަމެއް ފާވެފަ
ވެންޓިލޭޓަރ އުފެއްދި ސިފައިންނަށާއި މާރިއާއަށްވެސް ޕާރޓްޓައިމްއެއް ދޭންފެނޭ
އެއްޗެއް އުފައްދާލާއިރު ވަޒީފާ ދިނުމުގެ ގަވާއިދެއް ސަރުކާރުގައި އޮންނަކަމެއް ނުދަންނަން. ރާއްޖޭގައި ފެންޕުލާންޓު އުފައްދާމީހުންވެސް އެބަތިބި. އެކަމަކު ވަޒީފާއެއް ތިޔަގޮތަކައް ދިން އަޑު ނާހަން.
ޢެކީވެ
އެސޮރުގެ ދުވަސް ތި ދިޔައީ
އާއިލާއެއް ބިނާކޮށް ވަޒީފާއެއް ނުލިބިގެން ހުރި މީހާ އެއްފަރާތްކޮށް މުސްތަޤްބަލުގައި ޕައިލެޓަކަށްވާން ހުރި ކުޑަ ކުއްޖަކަށް މިދިނީ ފެނަކައިން ވަޒީފާ... މިއީ އިންސާފުތަ