މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ހިލާފަށް ހުއްދަ ނެތި މަގުމައްޗަށް ނިކުމެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު 7398 އަށް އަރައިފިއެވެ. މިއީ ފައިސާގެ ގޮތުން ބަލާނަމަ 7398000 ރުފިޔާއެވެ. މި ފައިސާ ދައްކަން ޖެހޭނީ މީރާއަށެވެ.

ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު އިއުލާން ކުރުމަށްފަހު އެޗްޕީއޭ އަދި ފުލުހުންގެ ހާއްސަ ހުއްދައެއް ނެތި ބޭރުގައި އުޅޭ މީހުން ފުރަތަމަ ފަހަރަށް 1000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އަދި ކުށް ތަކުރާރުކޮށްފި ނަމަ ހައްޔަރުކޮށް، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވާނެއެވެ.

މިއަދު ފުލުހުން އާއްމު ކުރި ތަފާސު ހިސާބުތަކަށް ބަލާއިރު، މިއަދު އެކަނިވެސް މާލެ ސިޓީން 247 މީހަކު ވަނީ ހުއްދަ ނެތި ބޭރަށް ނުކުމެގެން ޖޫރިމަނާ ކޮށްފައެވެ. އޭގެ ތެރެއިން 235 މީހަކު ޖޫރިމަނާކޮށްފައި ވަނީ މާލެ އިންނެވެ. އަދި 12 މީހަކު ޖޫރިމަނާކޮށްފައި ވަނީ ހުޅުމާލެއިންނެވެ. މިއަދު މިހާތަަނަށް ވިލިމާލެ އިން އެއްވެސް މީހަކު ހުއްދަ ނެތި ބޭރަަށް ނުކުމެ އުޅެގެން ޖޫރިމަނާކޮށްފައެއް ނުވެއެވެ.

މިއާއެކު މާލެ ސިޓިން ޖޫރިމަނާކުުރި މީހުންގެ އަދަދު މިހާރު ވަނީ 6555 އަށް އަރާފައެވެ. އަދި ހުޅުމާލެ އިން ޖޫރިމަނާ ކުރި މީހުންގެ އަދަދު 733 އަށް އަރާފައިވާއިރު، ވިލިމާލެ އިން ޖޫރިމަނާކޮށްފައި ވަނީ 110 މީހެކެވެ.

ފުލުހުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ހުއްދަ ނެތި ބޭރުގައި އުޅުނު 420 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ މާލެ އިން ހައްޔަރު ކުރި 377 މީހުންނާއި ހުޅުމާލެ އިން ހައްޔަރު ކުރި 40 މީހުންނާއި ވިލިމާލެ އިން ހައްޔަރު ކުރި ތިން މީހުންނެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަކީ އެކަށީގެންވާ ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވާއިރު މި ބައްޔަކީ ގައިންގަޔަށް އެރުން ފަސޭހަ ބައްޔެއް ކަމުން، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގޭގައި ތިބުމަށް އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާދެނެއްކެތެއްނުވާނެ

    ސައިކަލްގަ ސްޓިކާ ޖެހުމުގެ ބަދަލު. ކޮންމެސް ގޮތަކަށް ފައިސާ ނަގަން ޖެހޭނެ. ފުލުހުންގެމުސާރަ ދެނީ ޖޫރިމަނާ ފައިސާއިން ކަމަށް ވެދާނެއެއްނު.
    އަހަރެެމެންގެ މުސާރައިން ބަޔެއް ނަގައިގެން ވިޔަފާރިވެސް ކުރަނީނު. ޕެންޝަނޯ ކިޔާގެން.

    11
    2
  2. ސ

    ޖުޫރިމަނާއަށް 12 ލައްކަ ލިބުނަސް ތިޔަށް ވާގޮތެއް ނޭގޭނެ، ސަކަލުގައި ސްަޓިކާ ޖަހައިގެން ނަގައިގެން ނަގާ ރުފިޔާއަށްވެސް ވާނުވާ ނޭގޭގޮތަށް،

  3. ރަގަޅު

    ޤައުމު ހިންގަން ކޮންމެވެސް ކަމެއް ކުރަން ޖެހޭނު ދޯ. ާާާާާާާާާާާާާާާާާ

  4. ކިނބޫ

    ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަތުންވެސް ޖޫރިމަނާ އެއް ނެގޭގޮތް ހަމަޖައްސަބަލަ. އޭރުންވެސް ކޮންމެސް އެއްޗެއް ސަރުކާރަށް ލިބޭނެތާ.

    5
    1
  5. މުހައްމާ

    ތި ފައިސާ ދަނީ ކާކުގެ ޖީބައްބާ؟

  6. ސަތޭކަ އެކާވީސް

    ހުއްދަ ނެތި ގެއިން ނިކުތީމާ ޖޫރިމަނާ ކުރަނީ. ހުއްދައަށް އެދުނީމާ ފުލުހުން ހުއްދަ ދޭ އެބަ. ދެންހަަމަ ބުރުޖަހަން ކޮންމެހެން ނިކުންނަންޖެހޭތަ ؟؟

  7. ށުވޭސ

    ޖޫރިމަނާ ކުރި ހުރިހާމީހުން ފައިސާ ދައްކާ ނިމުނީތަ؟ ނޫނީ ޖޫރިމާނާ ކުރި މީހުންގެތެރެއިން ކިޔައް މީހުން ފައިސާ ދައްކައިފިތަ؟ ް

    1
    1
  8. Anonymous

    ޞިއްޙީ ކުއްލި ނުރައްކަލުގެ ޤާނޫނުގެ ކޮން މާއްދާއެއްގައިތޯ އޮތީ ޖޫރުމަނާ ކުރުމުގެ ހުއްދައާއި ޖޫރުމަނާ ކުރެވޭނެ ޢަދަދެއް ކަނޑައަޅާފައި. ނެތްއިރު ހިތަށް އެރީމާ އަންނަ ޢަދަދަކުން ޖޫރުމަނާއެއް ނުކުރެވޭނެ އަދި ހައްޔަރެއްވެސް ނުކުރެވޭނެ ކޯޓު އަމުރެއްނެތިއެއް. އޭގެ ހެއްކެއް ސާމްޕަލް ދޭން ދެކޮޅު ހެދުމުން ސިވިލް ކޯޓުގެ އަމުރެއް މި ހޯދަނީ. ކިޔެއްކުރަން ނަގާ އަމުރެއްތޯ ގަދަބަދެވިކަމުން ސާމްޕަލް ނަގަންވީނޫންތޯ.
    އެކަމަށް ބާރުދޭ ޤާނޫނެއް ނެތް. މީ މަދަނީ ކަމެއް އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން.
    ޖޫރުމަނާ ކުރުމަށް ކަނޑައެޅި ފަރާތާއި އެކަަން ކުރާ ބަޔަކު ކުށްވެރިކުރަން

  9. ބަރަކާތް ނެއްނަމަ ފާދާއެއް ނުވޭ

    ނުހައްގުން ހޯދާ ތަކެތީގާ ﷲ ސުބުހާނަހޫ ވަތަޢާލާ ބަރަކާތެއް ނުލައްވާ....
    އަދި ނިމުމެއް ކަމުގާ ވަނީ ދަތި އުދަގޫތަކެއް...