ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ އަންހެނަކު ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެ ކުދިން ނިޔާވީ، އާސަންދައިން ލިބެން ޖެހޭ ހުއްދަ ނުލިބި ލަސްވެ މާލެ ނުފުރިގެން ކަމަށް އާއިލާއިން ބުނެފިއެވެ.

ސިއްހީ މައްސަލަތަކެއް ދިމާވެގެން އެ މީހާ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހުގައި އެ އަންހެން މީހާގެ ހާލަތު އެ ހޮސްޕިޓަލްގެ ފަރާތުން އައިޖީއެމްއެޗްއަށް އެންގިއެވެ، ނަމަވެސް އެ އަންހެންމީހާ މާލެއަށް ގެންދަން ހުއްދަ ނުލިބުނުކަމަށް ޑޮކްޓަރާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

އެ ކުދިންގެ އާއިލާ މީހަކު "ވަގުތު"އަށް ވަނީ ބުނެފައި ވަނީ ވ.ރަކީދޫ އަށް ނިސްބަތްވާ އަންހެނަކާއި ދ. މީދޫ އަށް ނިސްބަތްވާ ފިރިހެނަކަށް ލިބުނު އެ ދެ ކުދިންގެ ހާލުވެސް ވިހޭ އިރު ރަނގަޅު ކަމަށެވެ.

އެ ދެ ކުދިން ވިހާފައި ވަނީ މިއަދު 08:30 ހާއިރު އެވެ.

"ރަނގަޅޭ މި ބުނަނީ ޕްރީ މެޗުއަރ ބޭބީ އަކާއި އަޅާ ބަލާފަ ހާލު ރަނގަޅު. ނޭވާ ލާ. ލޮލެއް ނުހުޅުވެ އެކަމަކު ނެވާލާ. އަނެއްކާ ބޮޑު. ދެން ޕްރީމެޗުއަރ ބޭބިއެއް ވީމަ ބޭނުންވާނެތާ ވެންޓިލޭޓަރާއި އެ ނޫންވެސް ބައިވަރުކަންކަން. ދެން 9 ޖެހި އިރު ފަށައިފިން އެކި ކަހަލަ ހުއްދަތަށް ހޯދަން." އޭނާ ބުންޏެވެ..

އޭނާ ބުނީ، މިއަދު ހެނދުނު 9 ޖެހި އިރުން ފަށައިގެން ކަމާއި ބެހޭ އެކި ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަތަށް ހޯދަން މަސައްކަތް ކުރިއަށް ދިިޔަ ކަމަށެވެ.

އަދި އާސަންދަ ފިޔަވާ އައިޖީއެމްއެޗާއި މޯލްޑިވިއަން އަދި ކުދަހުވަދޫ ހޮސްޕިޓަލްގެ އެއްބާރުލުން ލިބުނުކަން އޭނާ ފާހަގަކުރެއެވެ.

" ފުރަތަމަ ބޭބީ ނިޔާވުމާއި ހަމައަށް އާސަންދައިގެ ރެސްޕޯންސެއް ނާދޭ. ފުރަތަމަ ކުއްޖާ ވިހޭތާ 4 ގަޑި އިރު ފަހުން.2 ވަނަ ކުއްޖާ ނިޔާވީ8 ގަޑި އިރު ފަހުން. ދެ ވަނަ ކުއްޖާ ނިޔާވިއިރުއިރު އަސަންދައިގެ ހުއްދަ ލިބިގެން މޯލްޑިވިއަން ފްލައިޓް މިކޮޅަށް މެޑިކަލް ޓީމާއި އެކު އައި ފަހުން ނިޔާވީ. އެއީ ލަސްވީމަ." އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން ހޮސްޕިޓަލްގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

މީގެ ކުރިންވެސް ހުއްދަތައް ނުލިބި ދެ ކުއްޖަކު ބަނޑަށް ނިޔާވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ބޯގޯސް

  ތީހަމަ ތެ ދެއް އާސަން ދަ އަކީ އާ ސަން ދޯކެއް

  130
  3
  • Anonymous

   ސަރުކާރުގެ އިހުމާލު އޮތް ކަމަށް ޤަބޫލުކުރެވޭ އެހެންކަމުން ބަދަލު ހޯދުމަށް މަސައްކަތް ކުރައްވާ ތި ގެއްލުން މަކީ ދިރިއުޅުމުގެ ހުއްމީދު ކެޑިގެންދާފަދަ ހިތާމަވެރި އަމަލެއް

   23
 2. ޝުކުރިއްޔާ

  ސާބަހޭ ދިވެހި ރައްޔިތުންގެ ސަރުކާރު.

  115
  4
  • ޙައްގުބަސް

   މިލިބޭ ޚަބަރުތައް ކިޔާލުމުން ހިތާމައިގެ ކޮޅެއް ނެތްހާ މިންވަރަށް ދެރަވޭ! ކަންބޮޑުވޭ! މާޔޫސްކަން އިޙްސާސްކުރެވޭ! ވޭތުވެދިޔަ ދޮޅުމަސްތެރޭ ކިތައް މަރުތޯ މިވީ އިހްމާލުން!! މިދޭތެރެއިން އުތުރުގެ އަތަޮޅަކުން ހަމަ ކޮންމެވެސް ބައެއްގެ އިހްމާލުން ބަނޑަށް ދަރިއަކު މަރުވި ޚަބަރުތައް މީޑިޔާ ބަންޑުންކޮށްލި! އެއަންހެން މީހާއަށްވެސް ހުއްދައެއް ނުލިބިގެން ކޮޅެއް މެދެއް ނޭނގި ތެޅިތެޅި ތިއްބާ ބަނޑަށް ދަރިމަރުވީ! ދެން މިއަޑުއިވުނީ ހަމަ އިހްމާލުން ލިބެންޖެހޭ ފަރުވާނުލިބި ދިގުލައިގެންގޮސް ކުއްޖެއްގެ މުހިންމު ގުނަވަނެއް ހަލާކުވެ ނަގަންޖެހުނު ވާހަކަ! މިއަދު މިއަޑުއިވުނީ ހަމަ އިހްމާލުން ނުވަތަ އަޅާލަންޖެހޭ މިންވަރަށް އަޅާނުލެވުމުގެ ސަބަބުން ދެ ތުއްތު ކުދިން މަރުވި ޚަބަރު! ހިތާމައިގެ ކޮޅެއްނެތް! މި އާއިލާތައް އަޅާނެ ވޭން އިހްސާސްކުރެވޭ! އެމެރިކާގައި ދާދިފަހުން ފުލުހުންގެ ބަޔަކު މީހަކަށް އަނިޔާކޮށް މަރާލިގޮތަށް މަރާނުލި ކަމުގައިވިޔަސް މިރާއްޖޭގައިވެސް މިއީ އަޅާނުލާ ދޫކޮށްލައިގެން ތިބެވޭ ވަރުގެ ކަންތައްތަކެއްނޫން މިހިނގަނީ! މިކަން ބަލާ ފިޔަވަޅު އަޅަންޖެހޭ!! ބައެއްގެ އިހްމާލުންވިޔަސް ފުރާނައެއް ދުނިޔެއިން ވަކިވެގެން ގޮސްފިނަމަ އެކަން ބަލާ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ! ކަމެއް ބަލާތަނެއް ނުފެނޭ! އަޅާ ފިޔަވަޅެއް ނޭނގޭ! ކޮންމެވެސް ތަނަކުން ބަޔާންގަނޑެއް ނެރެލާނެ ތޯއްޗެއް! އެވެސް މަދު ފަހަރަކު! ކަންކަން ދޯދިޔާވެ އަޅާލުން ކުޑަވެ އަނިޔާވެރިވެ އިންސާފު ލިބޭތަން ނުފެނުނީމަ މިއަދު އެމެރިކާގެ ރައްޔިތުން މަގުތައްމަތި ފުރާލައިގެން ސަރުކާރަށް އެގޮވަމުން ގެންދަނީ އިންސާފު ހޯދައިދޭން! މިރާއްޖޭގެ އިދާރާތަކުން އެބަޖެހޭ ފިޔަވަޅު އަޅާތަން ދިވެހި ރައްޔިތުންނަށް ދައްކަން! އިހައްދުވަހު ނޫންތޯ މަޖްލިސްތެރޭވެސް މެމްބަރަކު މަޖްލިސް ޗެމްބަރުތެރޭ އޭނާގެ ޚިޔާލު ފާޅުކުރީމާ ގާނޫނުތަކާއި ގަވާޢިދުތަކާއި ޚިލާފަށް ތަޅާ އޭނާ ބޭރުކުރީ!! މިއީތޯ އިންސާފަކީ؟ މިމަގުން ކަންކަން ކުރާނަމަ ހަމަޖެހުމެއް މިގައުގައި އޮންނާނެކަމަކަށް ނުދެކެން!! ރައްޔިތުންޖެހޭ އެބައި މީހުންނަށް އިންސާފާއި ހަމަހަމަކަން ގާއިމުކޮށްދިނުމަށް އެދި ގޮވަން!

 3. Anonymous

  ޅ ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިހު
  މިނިސްޓަރު އަމީން
  މައިމޫނާ އަބޫބަކުރު އަށް

  މި ޕެންޑިމެކައި ގުޅިގެން ފުރަބަންދު ކޮށް ސިއްހީ ހިތުމަތް ދޭ ތަންތަނާއި އެއް ރަށުން އަނެއް ރަށް ދަތުރު ފަތުރު ކުރުން ހަރުކަށި ކުރުމުގެ ސަބަބުން މި ކޮވިޑް ޖެހިގެން މަރު މީހުންނަށް ވުރެ ސިއްހީ ހިދުމަތް ނުލިބި ނުވަތަ ލަސްވެގެން ކިތައް ދިވެހި ރައްޔިތުންގެ ފުރާނަ ގެއްލިޖެތޯ؟ މައިމޫނާ އަބޫ ބަކުރު މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ އިންޝާﷲ އަދި ކޮންމެވެސް ދުވަހަކުން މީހުންނާއި ދެކޮޅަށް ޖިނާއީ ތަހުޤީޤެއް ކޮށް ޙައްޤު އަދަބު ދޭ ނަން އިންޝަﷲ

  126
  5
  • ޖަލާލް

   ތިޔާ ނަންކީ ތިން މީހުން ވަގުތން އިސްތިއުފާދީފަ ގޭގަ ތިބެން ވެއްޖެ

   23
  • ޢަހޮމަދު

   ކޮވިޑްބަލީގަ މީހުންމަރުވާވަރު އެގޭނީފިޔަވަޅު ނޭޅިނަމަ. ބުއްދިހަމަޖެހޭކަހަލަވާހަކަ ދައްކަބަލަ.ރޯނުއެދުރުވިޔަކަސް އަދި ކަމަކުނުދާނެ

   6
   19
 4. ކިބު

  ޅ ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިހު
  މިނިސްޓަރު އަމީން
  މައިމޫނާ އަބޫބަކުރު އަށް

  މި ޕެންޑިމެކައި ގުޅިގެން ފުރަބަންދު ކޮށް ސިއްހީ ހިތުމަތް ދޭ ތަންތަނާއި އެއް ރަށުން އަނެއް ރަށް ދަތުރު ފަތުރު ކުރުން ހަރުކަށި ކުރުމުގެ ސަބަބުން މި ކޮވިޑް ޖެހިގެން މަރު މީހުންނަށް ވުރެ ސިއްހީ ހިދުމަތް ނުލިބި ނުވަތަ ލަސްވެގެން ކިތައް ދިވެހި ރައްޔިތުންގެ ފުރާނަ ގެއްލިޖެތޯ؟ މައިމޫނާ އަބޫ ބަކުރު މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ އިންޝާﷲ އަދި ކޮންމެވެސް ދުވަހަކުން މީހުންނާއި ދެކޮޅަށް ޖިނާއީ ތަހުޤީޤެއް ކޮށް ޙައްޤު އަދަބު ދޭ ނަން އިންޝަﷲ

  66
  3
 5. ދެރަވަރު

  މިލޮކްޑައުންއިން ސަލާމަތްވާއިރު ކޮވިޑްއާއި ގުޅުމެއްނެއް ބަލިތަކުގަ 10 ގުނައިތުރަށްމަރުވާނެ

  79
  4
 6. ކުމާރުސޯ

  އަދިވެސް އިބޫގެ އަދި އިބޫގެ އަންހެނުންގެ ތިމާގެ މީހުން ނާގާބިލް ވިޔަސް ލާފަ ބަހައްޓާ!

  79
  6
 7. ލޮލްލޮލްލްލް

  އާމުކޮށް މަށަކީ ސަރުކަރަށް ފާޑުކިޔަންޏާ ވަރަށް ރުޅިއަންނަމީހެއް..އެކަމަކު މި ވާހަކަ ވަރަށް ސަޅި. އެމައިމީހާގެ ހިތާމައިގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ، ބަދަލުވެސް ދޭންޖެހޭނެ ބޮޑުކޮށް...ލަދުވެތި ދުވަހެއް މީ...

  82
  3
  • Anonymous

   އެހެންވެ ތިބުނީ ކުރިން މަރުވި ދެކުދިން މަރުވިއިރު ކަލޭމެން ސަރުކާރަށް ފާޑުކީމަ ރުޅިއަންނަ ވާހަކަތަ؟ ކިތައް މީހުންގެ ފުރާނަ ގޮސްގެންތަ މި މީހުންނަށް އެއްޗެއް ވިސްނޭނީ

   14
   1
 8. ދެރަ

  އަހަރެންގެ ފަސްމަހުން ވިހޭ އެއްމާބަނޑު ދެ ކުދިން ނިޔާވީ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރެއް ކުދިންގެ ބަރުދަނުގަ 20ގުރާމް މަދޭ ބުނެ ނާސަރީ އައް ލާ ނުދިނުމުގެ ސަބަބުން...
  4ގަޑިއިރު ވީ ފަހުން ކުދިން ނިޔާވީ...

  59
  3
 9. ނާނާ--.

  މިގޮތަށް އަޅާނުލައި ފަރުވާކުޑަވެގެން މިހާރުމަރުވެގެންދާ މީހުންގެ ޒިންމާ މިސަރުކާރުން ފުރިހަމައަށް ނަގަންޖެހޭނެ، މާކަންކަން ވާކަމަށް ހެދިގެން އުޅޭ މަކަރުވެރި ސަރުކާރެއްމީ

  48
  2
 10. =ކޮހ

  މިވަރު ސަރުކާރެއްނާދޭ ކިނބޫތައް މިތިބެނީ އެއެްނު އަޅަާ ކަހާވެސް ނުލާ އަތޮޅުތެރޭޣެ ރައްތަކުގަ ދިރި އުޅޭ ނިކަމެތިން ސިއްހީ ފަރުވާގެ ހިދުމަތް ނުލިބިގެން ދުނިޔެއާއި ވަކިވެގެންދަނީ ކިތައް މީހުންތޯ ! މާލެއަށް ހިޖުރަކުރާތީވެ މަލޭމީހުން އެތިޮވަރުގޮވަނީ ! މިއަދު މިހާލަތެއް ދިމައެއް ނުވާނެ ދޯ ވަސީލަތްތަކާ ފަރުވާ އެ ހޮސްޕިޓަލުން ލިބޭނަމަ ! އެހިދުމަތްތަށް ނުލިބޭތީވެ މާލެ އަންނަން މިޖެހެނީ ! ސާފުވޭތަށްް އަދި ވެސް މިއުޅެނީ މާލެ އާއިި ވިލިމާލޭގެ ބުރިޖު ނޭޅިގެން ތި ބުރިޖައްވުރެ ރަނަގަ:ޅު ދޯ އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކަށް ވަސީލަތަކާއި އެތަންތަން ތަރައްގީ ކުރިޔަސް އަހަރެމެން އެންމެންގެ ބޯމައްޗަށް ދަރަނިއރުވާފަ އަދިވެސް މާލެ ތަރަށްގީ ނުވެގެން ކޮންމެ މީހަކު ވެރިކަމަށް އައިސްފަ ! ކިދެރަކަމެއް މީދެން އަޅޭ !

  50
  1
 11. އަލިބެ

  ކިނބުލާ ކަލެއަށް ފެނޭތަ؟ އަޑު އިވޭތަ؟

  39
  2
 12. ކޮރަޕްޝަން ކޮަރަޕްޝަން

  ކޮބާ އިބޫ. އޯގާވެރި ހެޔޮވެރިކަމޭ ކިޔައިގެން ހެއްދީ ގުނބޯ.

  41
  2
 13. Anonymous

  އެޖެންޑާ 19 ޙަބޭސް، ސާބަހޭ ޒީރރރޯޓްލަރެންސްގަ ހުރިހާކަމެއް

  39
  1
 14. ހަބީބު

  މީ ވ ވ ވ ހިތާމަވެރި ހަބަރެއް!

  44
  1
 15. Anonymous

  ހިތާމަވެރި ހަބަރެއް... އާއިލާ އަށް ކެތްތެރިކަން ދެއްވާށި އެވެ.

  15
 16. ޢަޒީމް

  އާސަންދަ ޔަށް އޮޅުނީ!

  12
 17. ސުވޭސް

  މިސަރުކާރަށް ފާޑުކީމާ ތަ ކޮމެންޓް ޖަހާ ދެނީ

  4
  9
 18. އއ

  ހުއްދަ ލިބުނު ނަމަވެސް ދުނިޔެ އަށް އަށްނަން ނެތް ކުއްޖަކު ނާށްނާނެ.. ގަބޫލު ކު ރަން އިހުމާލު ވެސް އެބަހުރި ކަން.. މާތް ﷲ އާއިލާގެ މެމްބަ ރުންނަށް ކެތްތެ ރިކަން މިންވަ ރު ކު ރައްވާށި..
  އާމީން.

  11
  2
 19. ރަށްފުށު މާމަ

  45% އަކީ ކޮވިޑް ނޫން ބަލިތަކަށް ވީވަރޭ އަނގައިން ބުނީމަ ނިމުނީ. އަމަލުން އެކަން ނުދެއްކޭތީ ވާގޮތް.??
  އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.?

  13
 20. ޥަތަބަނޑޭރި

  ޢާސަންދައެއް ނޫން.ކިޔަމާ އަނިޔާ ސަންދަ. ޢެހެންޏާފަހެ ފުރާނަ ނޭވާހޮޅިއަށް އެރޭއިރުވެސް އާސަންދަ
  ކިހާ ހިތާމަހުރި ކަމެއް.
  ޢަނިޔާ ސަންދަ.ވޭނީ ސަންދަ. ލޮކްޑައުންސަންދަ.އަންނިސަންދަ

  12
 21. ޥަތަބަނޑޭރި މަނިކު

  ޢާސަންދައެއް ނޫން.ކިޔަމާ އަނިޔާ ސަންދަ. ޢެހެންޏާފަހެ ފުރާނަ ނޭވާހޮޅިއަށް އެރޭއިރުވެސް އާސަންދަ
  ކިހާ ހިތާމަހުރި ކަމެއް.
  ޢަނިޔާ ސަންދަ.ވޭނީ ސަންދަ. ލޮކްޑައުންސަންދަ.

  10
 22. Anonymous

  ސާބަހޭ ދިވެހި ސަރުކާރު!! ??? ހުއްދަ ނުދެވުނީ އޮޅިގެން. ގަސްތުގައެއް ނޫން!! އަތްޖަހާ!! އެޖެންޑާ 19!! އެއްވެސް ކަމެއްގެ ޒިންމާ ނުނަގާތި! މީ ގަޓުހުރި ސަރުކާރެއް!! ނަމަނަމަ ޒިންމާނުނަގާތި!!! ??? އަތްޖަހާ! ބާރަށް އަތްޖަހާ!!

  12
 23. ކިނބޫ

  އޯގާތެރި ވެރިކަން.

  11
 24. މަބްރޫކް

  ހުރިހާހުއްދައެއް ވަގުތުން ވަގުތަށް ދިންކަމަށް އެބޭފުޅުން ވިދާޅުވި.

  1
  10
 25. Anonymous

  ދެމަފިރިންނަށާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

 26. ތިހާމަ

  އާސަންދަ އިސްތިއުފާ ސަރުކާރު އިސްތިއުފާ މައިމޫނާ އިސްތިއުފާ މަބުރޫކު އިސްތިއުފާ އަމީން އިސްތިއުފާ ނަޝީދު އިސްތިއުފާ

 27. މާނު

  ކޮބާ ބަލިހާލުބޮޑުވެގެން ފަރުވާ ނުލިބިފަ ތިބިމީހުންގެ ހާލަކީ. ސަރުކާރުގެ ބޮޑުންގެ އައުވާނުން ބަލިނުވާތީވެ އަޅާނުލެވި މަރުވަން ދޫކޮށްލާފަ.
  ނުލަފާ ސަރުކާރެއްމީ..........