ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

އެ މީހުން ފޮނުވާލާފައި ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީން ރާއްޖެ އިން ފޮނުވައިލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މީގެ ކުރިންވެސް އެތައް ފަަހަރެއްގެ މަތިން ރާއްޖޭގައި ސައްހަ ލިޔުމެއް ނެތި އުޅެމުންދިޔަ ބިދޭސީންތަކެއް ވަނީ ފޮނުވާލާފައެވެ.

އަދި މީގެ އިތުރުން، ތޮއްޖެހިގެން ކުދިކުދި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭތީ އެމީހުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް އައިއިރު، ރާއްޖެއިން ގިނަ އަދަދެއްގެ ބިދޭސީން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ގިނަ ބިދޭސީންނަކީ ތޮއްޖެހިފައި ތަންތަނުގައި ދިރިއުޅެމުން އައި ބިދޭސީންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފެކްޓް

  ލިބުނު މި ފުރުސަތާއެކު ބިދޭސީންގެ މައްސަލަ ހައްލު ކުރަން ޖެގޭނެ!
  ނުޤަވާޢިދުން އުޅޭ 60،000 އަށް ވުރެ ގިނަަަ ބަންގާޅުން އުޅޭއިރު އަދި 10،000މީހުނެވެސް ފޮނުވާ ނުލެވޭ.
  މިހާވަރަށްވެސް ފޮނުވާލާތީ އުފާވޭ! ނަވެސް މިއީ މަސައްކަތް ދާންޖެހޭ ރޭޓެއް ކަމަށް ޤަބޫލު ނުކުރެވޭ! ބިދޭސީންގެ މައްސަލައިގަވެސް ރަލާއި ޑްރަގްގެ މައަސަލައިގަވެސް ދައުލަތުގެ އިހުމާލު އިންތިހާއަށް އޮންނާއި މިއަދު އާންމުން މި ދުވަސް ތަހަންމަލް ކުރަންމިޖެހެނީ! އިޚްލާސްތެރިކަމާއެކު ހައްލު ހޯދަން އުޅެނަމަ މިހާރު ތިކަނކަމަށް ވާނީ ހައްލު ލިބިފަ!

 2. ސާބަސް

  ތިހެން ވިހިމީހުން ދިހަމީހުން މަހަކު ފޮނުވައިގެން މިކަންދުވަހަކުވެސް ނުނިމޭނެ 8 ވަރަކަށް ލައްކައެބައުޅޭ

  4
  1
 3. ޙަބީބާ

  ބަލަން ހުންނާތި. އަނެއްކާ ހަމަ އެބާރުމިނުގަ ދުވަފަ އަންނާނެ މި ރާއްޖެއިން ތިބައިގނޑު ހުސްނުވާނެ ދުވަހަކުވެސް