ރާއްޖެ އިން މިއަދު އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 08 ދިވެހިންނާއި، ބަންގްލަދޭޝްގެ ތިން މީހެކެވެ.

ދެންމެ އެޗްޕީއޭ އިން އިއުލާން ކުރި މައުލޫމާތަކީ ރޭ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ މައުލޫމާތެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1883 އަށް އަރާފައެވެ.

މިއަދު ފައްސިވި މީހުންނަކީ މީގެ ކުރިން ފައްސިވި ބަޔަކާއި ގުޅުން ހުރި މީހުންކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އެޗްޕީއޭ އިން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތާ މިހާރު ތިން ދުވަސް ވެފައި ވާތީ ފާއިތުވި ތިން ދުވަހު ފައްސިވި މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންގެ އަދަދުތަކެއް ސާފެއް ނުވެއެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުނު ފަހުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އައެވެ. ނަމަވެސް މިމަހުގެ 02 ވަނަ ދުވަހުން ފެށިގެން ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟަލްމަލް

    މިއަދު 50 މީހުން ކަންނޭގެ ޓެސްޓް ކުރީ ވަރަށް ގޭސް އަނބުރާ އެބަ ދެން ރަނގަޅުވާ މީހުންގެ އަދަދު މިހާރު ބާރު ލާފަ ކިޔަނީ ބޮޑުވަރު

  2. ޖަލާލް

    ތީ ހަމަ މިއަދުގެ ނެގި ސާންޕަލްތަކުގެ ނަތީޖާތޯ ޖަވާބު ބޭނުން

  3. ކަރުނަޔާނުލާ

    ސަރުކާރު ފެއިލްވި ކަމުގެ ކޮޅުމަތި ދެން މާގިނަދުވަހެއް ނުވެ ފިލާރަށްކާވެދާނެ ރަށްޔަތުން މިތިބީ ފަހަތުން ދުވެ އަތުލައިގަންނަން ތަށްޔާރަށް.