ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 69 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއާއި އެކު ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 717 އަށް އަރާފައެވެ.

މިއަދު ރާއްޖެއިންް އިތުރު 11 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އަށް ދިވެހިންނާއި، ބަންގްލަދޭޝް ތިން މީހެެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1883 އަށް އަރާފައެވެ.

މިމަސް ފެށުނު ފަހުން ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 1157 އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވަމުން އައުމާއި ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ބަހެއް އަދި ނުލިބެއެވެ. އެޗްޕީއޭގެ ޑޮކްޓަރުން ކޮންމެ ދުުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތާ މިހާރު ތިން ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. seetu..hanaaaa.

    Masha Allah..ufaaveri khabareh dhua kurun ginakuree...mikamun salaamah veetho.