ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިއީ ރާއްޖެއިންް މި ވައިރަސް ޖެހިގެން ނިޔާވި އަށްވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ނިޔާވެފައި ވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށާއި، އޭނާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެ މީހާއަކީ ހާލު ގޯސްވެގެން އައިޖީއެމްއެޗްއަށް ގެންދިޔަ މީހެކެވެ.

އަދި އެ މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 9:25 ގައި ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި، ބަންގްލަދޭޝް ހަތަރު މީހެކެވެ.

އިއްޔެ 6:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 1883 މީހެކެވެ. މީގެ ތެރެއިން 716 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 1018 މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެމް

    އައިޖީ އެމް އެޗަށް ނުގެންދަންވީނު. ޢައިސީޔޫ އެންދުތަކާ ވެންޓިލޭޓަރު ތަކާ ފުރުނީ ތަ؟ ނޫނީ ޑަކުތަރުން ނެތީތަ؟ ނޫނީ ހަމުގެ ކުލަތަ؟

    18
    12
  2. އަހުމަދު

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    37
  3. ބޯހަލާކު

    ކިހާ ދެރަކަމެއްމި! ޓެސްޓު ނަހަދާ ތިބެގެން މިކިޔަނީ ޖެހޭ މީހުން މަދުވަމުންނޭ ދަނީ، ބަލަ މުޅި ދުނިޔެ ހަލާކު ކުރަމުންދާ މި ނުރައްކާތެރި ވައިރަސް މި މީހުން ހިތުން ވަރަށް އަދައިގެ ކަމެއްމީ! ސުކޫލުތައް ހުޅުވާނެކަމެއް ނެތް. މަރުވާ މީހުންގެ އަދަދު ގިނަވަމުން މިދަނީ

    53
    1
  4. ހަޗަސް

    ރާއްޖޭގައި ކޮވިޑު ހުއްޓުވަން އަޅަން ޖެހޭ އިތުރު ފިޔަވަޅެއް. އެއީ ކުޅުތަޅާ ބޭފުޅުން ހުއްޓުވުން. ގޯޅިގޯޅި ކަންމައްޗަށް އެއްވެ ތިބެ ރަށުލަވަ ބާރަށް ޖަހާފަ، ދާހާ އަންހެނަކާ ގައިދުރުވާ ބޭފުޅުން ހުއްޓުވުން

  5. ބޯ ގޯސް

    އަދިވެސް ސްކޫލާއި އެއްޗެހި ހުޅުވަބަ.....

  6. Anonymous

    ރާއްޖެ މިއޮތީ ކޮވިޑްގެ އެންމެ ނުރައްކާތެރި ޙާލަތަށްވެސް ތައްޔާރަށް. އެހެންވީމަ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅު ތަކާއެކު އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ރާއްޖޭގައި. އޯޝެނިކް ގައުމު ތަކުގެ އެންމެ ކުރީގައި. މަރުވާ ރޭޓްވެސް ހަރުދާ ފިޔަވަޅާއެކު ދަނީ މައްޗަށް. ޕޮޒިޓިވް ވާ ރޭޓް ވަރަށް ކާމިޔާބު ކަމާއިއެކު މަދުކުރެވިފައިވަނީ ޓެސްޓްކުރާނެ މެޝިން ހަލާކުވެ ޓެސްޓް ކުރެވެން ނެތުމުން. މިޙާލަތުގައި މަރުން ސަލާމަތްވާން ހުއްދައަށް އެދުމުން ހުއްދަތަށް ދެނީ މަންމަ މަރުވާފަހުން، މައިމީހާގެ ބަނޑަށް ދަރި މަރުވާފަހުން. ހަރުދަނާކަމާއިއެކު ކަންކަން ދަނީ އޮޅެމުން.
    އޯގާތެރި ސަރުކާރު.