ޖަލްސާގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކޮށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމުން، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު އެކަމަށް ފާޑުވިދާޅުވެ، އަދި ހަސަން ލަތީފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވާފައި ވަނިކޮށް ބަނީ އިސްރާއީލް ބާގައިގެ މީހުންގެ މިސާލު ދައްކަމުން ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން އެމްޑީޕީއަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަގާމެއްގައި ހުންނެވި ޝައިހް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވަކި ފަރާތެއްގެ ނަން ފާހަގަ ނުކުރައްވާ ވިދާޅުވީ ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާން ޖެހޭނެ ކަމަށެވެ. ބިރު ދައްކައިގެނން ކުށް ކުރުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނުބައިކަންތައް މަނާ ނުކޮށް އެކަމަށް ހިތްވަރުދީ ހެދިބަޔަކީ ބައީ އިސްރާއީލް ބާގައިގެ މީހުން ކަމަށާއި އޭގެ ސަބަބުން އެމީހުންނަށް ﷲ ލައުނަތް ލެއްވި ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ ޓްވީޓްގައި ވަނީ އަލް މާއިދާ ސޫރަތުގެ 78 ވަނަ އާޔަތާއި 79 ވަނަ އާޔަތާއި އެއާޔަތްތަކުގެ މާނަ ހިމެނޭ ފޮޓޯއެއް ވެސް ހިމަނުއްވާފައެވެ. އެއާޔަތްތަކުގެ މާނައިގައި ވަނީ "އިސްރާއީލްގެ ދަރިންގެ ތެރެއިން، ކާފަރުވި މީހުންނަށް، ދާވޫދުގެފާނާއި މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތްލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއް ބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ."

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން މިނިސްޓަރުގެ އަދާލަތު ޕާޓީ އަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު ހުރެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަސަން ލަތީފްގެ ޓްވީޓް ނަޝީދު ވަނީ ރީޓްވީޓް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ޖިންނި

  ކިހާ ތާހިރު ބަލަގަ ކަލޭ ތާއީދުކުރީ ނަބިއްޔާއަށް ފުރައްސާރަކުރާ ބައިގަނޑަށް ދެން ކޮން ބަނީ އިސްރާއީލެކޭ ޔައުޖޫޖް ވަ މައުޖޫޖެކޭ ކިޔާކަށް

  89
  4
 2. ޙާލަތު

  ކުރިންވެސް ބުނިންދޯ ގުޅިގެން ތިޔައުޅުއްވަނީ ޔަހޫދީންގެ ބައިގަނޑަކާއޭ!!! ކޮން އެދުމަކަށްޓަކައިތޯ އެބައިގަޑަށް ނަޞްރުދޭން އަތާ އަތް ގުޅާލީ؟؟؟ ޔާމީނު ގޯސްވީ ވައްކަންކުރާތީ... އެކަމާ ވިއްދާފަ މިތަން ސެކިއުލަރކުރަން އުޅޭ ބަޔަކާތޯ ގުޅުނީ..؟؟؟ ވައްކަންކުރީމަ ގެއްލުނީ މަދު ފައިސާކޮޅެއް ނޫންތޯ!!! މިތަން ސެކިއުލަރ ކުރީމަ ގެއްލޭނީ އަރާފުރައިގެން ދަރިންގެ ހިތްތަކުގައިވާ އީމާންކަން ނޫންތޯ!!!

  41
  3
 3. ވަލީދު

  ހަމަހިނި އަންނަނީ..ވަކިވަގުތެއް ޖެހުނީމަ އެމްޑީޕީ އެނގެނީ...ނަޝީދުވެސް އެނގެނީ ވަކިވަގުތަކު..މާދަން ނޭންގެ ބުނާ އެއްޗެއް..ދެން އެމްޑީޕީއޭ ކިޔައިގެން ރައްޔިތުންކުރިމަތީ އިލްޔާސް އެއްޗެއް ނުބުނުން ރަނގަޅު..

  33
  3
 4. ޙަކީމް

  ޓްވިޓް ކޮއްލެވުނީމަ ކަލޭގެ ވަޒީފާ ފުރިހަމަވީ ވާޖިބު އަ ދާކުރެވިފަ ތިއޮތީ

  63
  3
 5. ޙައްގުބަސް

  މިއަދު އިލްޔާސް ތިބުނީ ހަމަ ރަގަނޅަށް!! މިއީ އަބަދުވެސް މިމީހުންގެ ޢަމަލުތައް ހުންނަގޮތް!! ކުރިންވެސް ނަޝީދުގެ ސަރުކާރެއް މިތާ އޮތްއިރު ހަމަ ތިކަހަލަ މޭރުމަކުން އިލްޔާސް ވާހަކަތައް ދައްކާފައި އެބަހުރި!! އެކަމަކު ޔަމީންގެ ސަރުކާރު ވައްޓާލަން ސޭޓު ބުނެގެން ދޮގުތަކެއް ހެދިކަމަށް ބެލެވޭ!! އެއީ ވަރަށް ދެރަކޮށް އިލްޔާސް ކުރިކަމެއް! އަމިއްލަ ފައިދާ އޭރު އިލްޔާސްވެސް ނެގީ!! ސޭޓު ޖަލުން ސަލާމަތްކުރަން ދޮގުހަދާ ފިތުނަ އުފެއްދި! އިލްޔާސް އަކީ މޮޅު ދީނީ ޢިލްމުވެރިއެއްކަމަށް ގަބޫލުކުރަން!! އެއީ ޝެއިޚު ދެއްވާފައިވާ ދީނީ ތަގްރީރުތަކުން އެކަން އެނގޭ!! ނަމަވެސް އިމްރާން މީ ކީއްކުރާ މީހެއް؟ އޭނާ ދިން ދަރުސެއް އަދި ދީނީ ތަގްރީރެއްގެ އަޑުއެހި ދިވެހި ރައްޔިތަކު އެބަހުރިތަ؟ އެކަމަކު އިމްރާނު ސިޔާސީ މަންފާ ހޯދަން ކަނޑަ އެޅިގެން ބުހުތާން އެތައް ދޮގެއް އެއްވުންތަކުގައި ހަދާފައިވޭ!! އޭގެތެރޭ އެއް ދޮގެއް ފާހަގަކޮށްލާނަން!! އެއީ ޔާމީނުގެ ވެރިކަމުގައި އެވެރިކަމާއި ދެކޮޅަށް ބޭއްވި އެއްވުމެއްގައި ލިއުންތަކެއް ނަގާ ދައްކާފައި އިމްރާނު ބުނިތަން ފެނުނޭ މިހިރީ ހެއްކޭ މިހިރީ ގަރީނާއޭ އަފްރާޝީމުގެ މަރާލުމުގައި އޭނާގެ އަތެއްވާކަމަށް ބުނެ! އެކަމަކު މިސަރުކާރުގެ މަރުކޮމިޝަނުން ބެލިގޮތަކަށް ބަލާފަ އެއޮތީ ބުނެފަ ޔާމީނުގެ އެއްވެސް ވަރެއްގެ ބައިވެރިވުމެއް ނެތްކަމަށް!! މިއީ އިމްރާނު ދޮގު ހަދާވަރު! އިލްޔާސްވެސް އެބަޖެހޭ ގައުމަށް އިސްލާމްދީނަށް ތެދުވެރި އިޚްލާސްތެރި މީހަކަށްވާން ކުރެވެން އޮތް ހުރިހާ މަސައްކަތެއްކުރަން!! މިހާރުވެސް ދީނީ ކަންކަމަށް ސަމާލުކަންދޭ އުސޫލުން!! މިހާރު މިއޮތީ ހަމަ ވިޔާނުދާ ގޮތްކުޑަ ބައެއް ހިންގާ ޚުދުމުޚުތާރު ވެރިކަމެއް!!

  33
 6. ާަާަަައަސްލު

  މުނާފިގުންގެސަފަތައް ކިތަކެއް...؟!!

  45
  1
 7. Anonymous

  ބަގަރާ ސޫރަތުގެ 8 އިން 13 އަށް މާތްﷲ ވަހީކުރެއްވި ބަސްފުޅުތަކުގައި އިޝާރާތް ކުރެއްވި ފަދަ މީހުން އެތިބީ ފާޅުވެ. ޝެއިޙް އިލްޔާސް އަށް އެކަން މާ ރަނގަޅަށް އެނގިލައްވާނެ. އަޅުގަނޑުގެ ސުވާލަކީ ޝެއިހް ކޯފާ އިސްކުރެއްވީ ނިސްބަތްވާ ޕާޓީއަށް ދެރަބަސް ނަށީދު ބުނެގެންތޯ؟ ނޫނީ ދެން ކޮންސަބަބެއް އޮވެގެންތޯ؟ ޝައިޙް ކީއްވެގެންތޯ ބޮޑު ހިޔާނާތުގައި ކުރި ބާތިލް ޝަރީއަތާ ގުޅިގެން ހައްގުބަސް ބުނުމަށް ފަސް ޖެހިވަޑައިގަންނަވަނީ؟ ނުވަތަ ޕޮލިހުންގެ ވެރިޔާ ޕާޓީކުރި މައްސަލައާއި މެދު އެއްޗެއް ވިދާޅުނުވްނީ؟ އަދިވެސް މި ސަރުކާރުގައި ހިންގާ ޖަރީމާތަކަށްވެސް. މިސްކިތް ތަކުގެ މައްސަލަގާގައިވެސް. އުންމީދުކުރަން އިސްވެ ދެންނެވިފަދަ މީހުންގެ ތެރެއިން ބަރީއަ ވެގެން ވާ ބޭފުޅަކަށް އިލްޔާސް ވެލައްވާނެކަމަށް. އަޅުގަނޑުމެންނަށް އެނގޭ ޝައިތާނާ ވެސް ބައެއްފަހަރު ތެދު ހަދައިފައި ވާކަންވެސް.

  18
 8. އަސްލަމް

  ބަގަރާ ސޫރަތުގެ 8 އިން 13 އަށް މާތްﷲ ވަހީކުރެއްވި ބަސްފުޅުތަކުގައި އިޝާރާތް ކުރެއްވި ފަދަ މީހުން އެތިބީ ފާޅުވެ. ޝެއިޙް އިލްޔާސް އަށް އެކަން މާ ރަނގަޅަށް އެނގިލައްވާނެ. އަޅުގަނޑުގެ ސުވާލަކީ ޝެއިހް ކޯފާ އިސްކުރެއްވީ ނިސްބަތްވާ ޕާޓީއަށް ދެރަބަސް ނަށީދު ބުނެގެންތޯ؟ ނޫނީ ދެން ކޮންސަބަބެއް އޮވެގެންތޯ؟ ޝައިޙް ކީއްވެގެންތޯ ބޮޑު ހިޔާނާތުގައި ކުރި ބާތިލް ޝަރީއަތާ ގުޅިގެން ހައްގުބަސް ބުނުމަށް ފަސް ޖެހިވަޑައިގަންނަވަނީ؟ ނުވަތަ ޕޮލިހުންގެ ވެރިޔާ ޕާޓީކުރި މައްސަލައާއި މެދު އެއްޗެއް ވިދާޅުނުވްނީ؟ އަދިވެސް މި ސަރުކާރުގައި ހިންގާ ޖަރީމާތަކަށްވެސް. މިސްކިތް ތަކުގެ މައްސަލަގާގައިވެސް. އުންމީދުކުރަން އިސްވެ ދެންނެވިފަދަ މީހުންގެ ތެރެއިން ބަރީއަ ވެގެން ވާ ބޭފުޅަކަށް އިލްޔާސް ވެލައްވާނެކަމަށް. އަޅުގަނޑުމެންނަށް އެނގޭ ޝައިތާނާ ވެސް ބައެއްފަހަރު ތެދު ހަދައިފައި ވާކަންވެސް.

  12
 9. ވައްހާބު

  ބަލަ ފުލުހަށް ހުށަހެޅިފައި ވަނީ މަޖިލީހުގެ ނިޒާމު ހިންގާގޮތުގެ މައްސަލައެއްނޫން. އެމައްސަލައަކީ ޖިނާއީ ބޮޑުކުށަކަށްވާ މާރާމާރީއްގެ މައްސަލަ. ނުކަސިޔާރުކޮށް ހޯމްމިނިސްޓްރީއަށް ނުފޫޒު ފޯރުވަނީތަ؟ އޮޅުވާލައިގެން ތިކަން ކުރަން އުޅުނަސް އަސްލު މައްސަލަ ގިނަމީހުންނަށް ސާފު.

  44
 10. Anonymous

  ބައްލަވާ ޝެއިޚް އިލްޔާސް. މީދުޢާދެއްވި ސޯލިޙްގެ ވެރިކަންކަން ހަނދުމަފުޅު ނެތުނީތޯ ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ؟
  ރ.ޔާމީންގެ އަނިޔާވެރިކަމާއި ހެދި ގެނައި ވަފާތެރި އޯގާވެރި ޢަދުލުވެރި ސަރުކާރާއި ދެކޮޅަށް ފާޑު ވިދާޅުވުން ހުއްޓާލައްވާ!

  42
  2
 11. އައްޑޫ

  ތަގޭހައިއްކަމީހުންސަބަބުންރައްޔަތުން
  ނިކަމެތިވެގެ

  39
  1
 12. މިއަދު

  އިލްޔާސުގެ ތިވާހަކައަށް ރައްދެއްދިނުމެއްނެތިން ފޭހުނު އިލޮށި ލޮލަށްވެދެ ލޭމަނާނުވީތީ ހިތާމަކުރަން

  46
  2
 13. ރެކިފުތާ

  ތަކީމުނާފިގައް،ކިބުރުވެރިއައް

  33
  3
 14. ހާށަވިޔަނި

  އެމްޑީޕީ ނަޝީދަކީ ކާކުކަން އަހަރެމެންނަށް ބުނެދިނުމަށްފަހު އެމީޙުންގެ ބައިގެތެރޭގައިހުރި މީހެއް އިއްލާސްއަކީ. އެމީހުންނަށް އަންނަ އެއްޗެއް ތީނައަށްވެސް އަންނާނެ. އެއީ އިސްރާއީލްމީހުންތަ.

  40
  2
 15. ދަރަނި ދަންތުރަ

  ރަސޫލާގެ ދުއާ ލިބިފައިވާ ބޭފުޅެއް ސޯލިހަކީ ހަމަ ހިނިއަންނަނީ

  30
  1
 16. ދައްފްތޫރީ އަބްދުލް އަޒީޒ

  މިގައުމުގަ ކަން މިހަރު މިހިނގަނީ ހަމަ ތިޔާވިދާޅުވާ ގޮތަކައް ނޫންތޯ މަންނާޔާ ސަލްވާޔާ ލިބިލިބި ތިބިބަޔަކު އެތަކެއްޗައް އިންކާރުކޮއް މޮޅުތަކެތި ހޯދަން އުޅުމުން ވީގޮއް ފެންނާކައް ނޫންތޯ މިގައުމުގަވެސް މިއަދު އަސްލުގަ ހާލްގައި އުޅެން މިޖެހުނީ ރައްރަށުގަ ހިލޭ ކުލިނުދައްކާ އެމީހަކައް ލިބުނު މިންވަރަކުން މީހަކައް ނުދަރާ ގޮދޮރު އަޅައިގެން ކައިގެން ބޮއިގެން އުފަލުގަ އުޅުނުބަޔަކު ކުއްލިޔަކައް މާ މޮޅުގެތެއް ހޯދަން ރަށަކައް ހިޖުރަކޮއް ލިބޭ ހުރިހާ އެއްޗެއް ކުއްޔައްދީގެން ދަރިންނައް ކިޔަވައިދިނުނުމުގެ ނަމުގަ އުޅުމުން ދަރިނ ކިޔަވާނިމޭއިރު މަސްތުވާ މީހުންގެ ތެރޭގަޔާ ދެންވެސް ނުބައިކަމެއް އޮތިއްޔާ އެކަމެއް ކުރާ ބަޔެއްގެތެރޭގައި ވެ ހަލާކު އެވަނީ ގިނަކުދިން ދެން ކޮން ފައިދާއެއްތޯ

  9
  1
 17. ދުންމާރި1

  އެމްޑިޕީއަކީ ބަނީ އިޝްރާއީލް ބާގައިގެ މީހުނަށްވުރެވެސް ފިރުއައުނަށްވުރެވެސް ނުބައި ނުލަފާ ބޮޑާ ކިބުރުވެރިބައެއް މަޖިލީހުގަ ބޮޑަބަސްބުނެ ކިބުރުވެރިކަން ދައްކަ ދައްކާ ތިއްބާ ކޮވިޑުގެ ވިލާގަނޑުވެސް ބޯމަތިވީ މިކަހަލަ ޖާހިލުންގެ ބަޔަކަށް ޤައުމު ހަވާލުކުރީމާ ފެންނާނެ ހުރިހާ ކަމެއް މި ފެންނަނީ

  36
  2
 18. ކުރި

  އެމްޑީޕީގެ އިންސާފާއި ހަމަޔާއި އުސޫލު އޮތްވަރު ޗެޔާޕާސަންގެ ޓްވީޓުން ހާމަވެ ނިމިއްޖެ. ވަރަށް ބޮޑަށް ސޮރީ.

  35
  1
 19. އެމްޑީޕީ ބުރޯ

  އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!

  2
  13
 20. ނަސީދު

  ޢިލްޔާސް ދައްކާ ވާހަކަ ގަބޫލު ނުކުރާނެ އަބޫޖަހުލުވެސް އެޢީ ދެކޮޅައް ކިރޭތި މިމީހުންވެއްޖެ ޕާޓިތަކުންކަނޑާލަފައި ގޭގައި ކައްކަން ބައިތިއްބަން

  12
 21. ދަރިން

  އިލްޔާސް ލަދެއްވެސް ނުގަނޭތަ މިގައު މިހަލާކު ވަނީ އަދާލަތު ޕާޓިޔާހުރެ ކޮއްމެވެސް އަމިލަ އެދުމަކާއި ގެން އަބަދުވަސް އުޅެނީ... ހައްގު ބަސް ބުނައްނުކެރޭ މީހުންނައް ސޭިހެކޭ ނުކިޔާނެ އެމީހުނައް ކިޔާނީ ފަސާދަކުރާ މީހުނޭ އިމްރާނު އާއި އިލްޔާސް އަކީ އެކަހަލަ މީހުން

 22. އަސްޤަރު ސިއްދީޤް

  ސިރާޖު އެބުނީ ވަރަށް ރަނގަޅު ވާހަކައެއް! ފެންވަރުނެތް ބަޔަކު ހުސްއަނގަތެޅުމުގެ ބޭނުމެތްނެތް! އަދާލަތޯ! ޗީޑި އެއީ ހައްޕުނޑެއްނު! އަހަރުމެން ޕާޓީން އެމީހުނާދޭތެރޭގަ ހަމްދަރުދީވެގެން މަގާމުތައް ދިނީމަވެސް އިހުލާސްތެރިކަމެއްނެތް! ސަރުކާރުގަ ތިބެގެން ސަރުކާރު ބަދުނާމުކުރުން ނޫންކަމެއް ނުކުރޭ! އަޅުގަނޑު ރ.ސޯލިހަށް ގޮވާލަން މިކަމާރަނގަޅަށް ވިސްނަވާފަ އަވަސް ނިންމުމެއް ނިންމެވުމަށް! ނޫނީ ވަގުތު ފާއިތުވެ ލަގަން އަތުންދޫވެދާނެ! މަނިކުފާނަށް މިކަން ކުރުމުގެ ހިތްވަރު ނެތްނަމަ ރ.ނަޝީދުއާ ވެރިކަން ހަވާލުކުރޭ! އެއީ ރައްޔަތުންގެ ރައީސް! އެހެން ޕާޓީތަކުގެ މީހުން މިސަރުކާރަށް ގައްދާރު ވުމުގެ ފިރުސަތުނުދީ އެމީހުން ރަސްމީ އިއްޒަތުގަ ބޭރުކުރޭ! މީ އަހަރުމެން އެމްޑީޕީ މެޖޯރިޓީ މީހުންގެ އާދޭސް! މި އާދޭހުގަ ކޮޅުފައިން ޖެހުމުގެހައްގެއް ރ.ސޯލިހަކަށް ނޯންނާނެ!

  1
  9
 23. އަހަރެންގެ ޙިޔާލު

  ، ރިޔާސީ އިންތިހާބުގައި އަަބަދުވެސް މޮޅުވާނެ ކަމަށް ބުނާ މީހުން ނާއި އެކު އުޅެނީ ކޮން ބައެއްކަން ހަނދާން ކުރަން ޖެހޭ. އަމިއް ލަ ފައިދާ ހޯދަން ކުރާ ކަމެއް.

 24. ތިލަ ދުއް މަތިން

  ސެއިޚުއިލްޔާސް މެން ފޭކު ވާހަކަ ނުދައްކާ ދެން ވެސް ހިމޭނުން ތިބުން ކިހިނެއްތޯއޭ މިވެރި ކަން ގެނައުމުގަ ވެސް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިސެއިޚު އިލްޔާސް މެން ނުސީދާ ދެފުއް ނުފެންނަ ރޯލްތަކެއް ކުޅެފަ ވާކަން މިދިވެހި ފަސްގަނޑުން ނުދައްނަނީ ކާކު ތޯ މޫނު މައްޗައް އަރާ އައުގުރާނަ ގޮވައި ނުގަތަސް ވަރައް ކައިރިން ސެއިޚު މެންގެ ސިޔާސި ޙަރަކާއި ތައް މި ދިވެހިން ދެކެމެވެ.

 25. ހަމަ ހުވާ

  ތިޔަ އި ލިޔާސް އަކީ އަމިއް ލަ އެދުމައިގެން ރައްޔިތުން މަގުފރައްދަމުން ދުވާ ނު ލަފާ މީހެއް، ދައްކާ އެއްވެސް ވާހަކައެއްގައި އެއްވެސް އިޚް ލާޞްތެރިކަމެއްނެތް، ހަމަ މިސްޓްގައި ހިމެނޭ އިމްރާނަކާއި ޙުސައިން ރަޝީދު ކިޔާމީހަކުވެސް

 26. ހަމަ ހުވާ

  ތިޔަ އިލިޔާސް ކިޔާ މީހަކީ އަމިއްލަ އެދުމައިގެން ރައްޔިތުން މަގުފުރައްދަމުން ދުވާމީހެއް، ދައްކާވާހަކައިގައި އެއްވެސް އިޚްލާޞްތެރިކަމެއް ނެތް، މި ލިސްޓްގައި އިމްރާނު ކިޔާ މީހަކާއި ޙުސައިން ރަޝީދު ކިޔާ މީހަކުވެސް ހިމެނޭ

 27. އިބު

  އިލިޔާސް މިވަރުން ޖިހާދުކުރުން ހުއްދަވާނެތަ.

 28. ކައުންސެލަރު

  ޝައިޚް އިލްޔާސަށް.
  ތިޔަހާ ޙައްޤުކަންމަތީ ހުންނަވާނަމަ، ތިޔަހުންނެވި މަޤާމުން އިސްތިޢުފާ ދީބަލާށެވެ. އަދި ތިޔަ މޑޕ އާދެކޮޅަށް ފާޅުގައި ނިކުމެ ވަކާލާތު ކޮށްބަލާށެވެ. ނުކުރޭނެއެވެ. ޗެލެންޖް ކޮށްފަމިބުނީ ނުކެރޭނެ.

 29. އަސްތާ

  ކަންނެލި ކުމާރު. ތިޔަކު ކޮޔާ އަގެއްނެތް މިހާރަކު.

 30. އ

  މީ ހަމަ މަރުދޮޅިއެއް. އިލިޔާސް. މަނިކުފާނު ދައްކާ ވާހަކަ އަޑުއަހާ މީހުން ވަރަށް މަދު ވެއްޖެ. ކަލޭ ތީ މޮޔައެއް ކަމަށް މީހުން ބަލަނީ. ޕީޕީ މީހުންގެ ތައްރީފު މިހާރު ލިބޭނެ. ބާރަށް ބަސްބުނަމުންދޭ. އަނެއްކާވެސް ގުއި ފިތުނީމަ އަހަރުމެން ނިކުންނާނަން ގުއި ރައްވަން.

  2
  3
 31. ބަނީ

  ބަނީ އިސްރާއީލާ ގުޅުން ނެތް ވާހަކައެއް ކަލޭމެންނަށް ދެއްކިދާނެތަ؟

 32. Anonymous

  20 އަހަރުވަންދެން އެކިއެކި ހުވަންފެން ދެކިދެކި މައިންބަފައިންގެ ގޭގައި އިނުމަށްފަހު ކައިވެންޏަކުން ގޮށްޖަހައެވެ. ކައިވެންޏަށްފަހު ތިމާގެ ހުރިހާ ހުވަފެނެއް އެއްކޮށް އެންމެ އަހަރަކުން ޙާޞިލް ކުރުމަށް ފިރިން ކައިރިން އެދި އުއްމީދު ކުރެވޭ.. ފިރިމީހާ އަކީ އަލާއުއްދީން ވޮށްގަނޑު ކަމުގައި ހީކުރެވެނީބާއެވެ؟ ފިރިންނަށް ރަޙުމުކޮށް ހެޔޮކޮށް ހިތައި ފަސޭހަ ދެއްވުމަށް ނަޞޭހަތްތެރިވަން. ގުޅުން ދެމެހެއްޓިގެން މެނުވީ ހުވަފެން ޙާޞިލެއް ނުކުރެވޭ.. ތިމާގެ ހުވަފެންތައް
  20 އަހަރު މައިންބަފައިން ގޭގައި ހުވަފެންދެކެން، ކައިވެންޏަށްފަހު ތިމާގެ ހުވަފެންތައް