ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ތައާރަފު ކޮށްފައިވާ ރިލީފް ޕެކޭޖްތަކުން އެހީ ލިބުނު މީހުންގެ ލިސްޓު ހޯދަން ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިރޭ އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ތައާރަފު ކޮށްފައިވާ ރިލީފް ޕެކޭޖްތަކުގެ އެހީ އަށް ޝަރުތު ހަމަވި ނަމަވެސް، އެހީ ނުލިބޭ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ، އެހީ ލިބުނު ފަރާތްތަކުގެ ލިސްޓް އާއްމުކޮށް ފެންނަން އޮތުމަކީ އެހީ ދިނުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މީކާއިލްގެ ސިޓީގައިވެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އާމްދނީ އަށް އަސަރުކޮށްފައި ހުރި މީހުންގެ ތެރެއިން މި މަހުގެ ދެވަނަ ދުވަހާ ހަމައަށް 1.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ވިޔަފާރިތަކަށް އެހީތެެރިވެދިނުމުގެ ގޮތުން ހުޅުވާލާފައިވާ ލޯނު ސްކީމަށް އެޕްލައިކުރި 1،136 ފަރާތެއްގެ ތެރެއިން 618 ފަރާތެއްގެ އެޕްލިކޭޝަނަށް ވަނީ ހުއްދަ ދީފައެވެ. ލޯނަށް އެދުނު އަމިއްލަ މަސައްކަތް ކުރާ 702 ފަރާތެއްގެ ތެރެއިން 230 ފަރާތެއްގެ ހުށަހެޅުމަށް ވެސް ހުއްދަ ދިނެވެ

ފިނޭންސުން ވިޔަފާރިތަކަށް 30.5 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޒީ

    ބަރާބަރު

    4
    1
  2. ކުރަނގި ދެލޯ

    ތިޔަ ހިސާބެއް ދިމާލުރަންޖެހޭނީ ޝަރީއަތުން. އެވަރަށް މަޅާލައިފިޔޯ އެބަކިޔާ..

  3. ހާށަވިޔަނި

    ކޮން ކޮވިޑެއްކިޔާކަށް. އެއީ ބައްޔެއްތަ. އަތްދޮވެގެން އަރުތެރެ ތެއްމާލީމަ އެނިމުނީ. ކޮން ޚަރަދެއް ކުރާކަށް.

    • ޖަމީލާ

      އަމައްޔާއި. ތީހަމަ ތަނެއް ދޮރެއް ނޭނގޭ އެވޭލާ ޒަމާނުގެ ކުއްޖެއްތަ

      3
      1
  4. ސ×

    މީކާއީލް ކަމެންގެ މީހުން ގިނައީ ދެންލިސްޓް ހޯދާނެ ކަމެއްނެތް ދެންކިޔާ ހަޅެއްލަވާނީ ޔަމީނަށް ދޯ އަދިވެސް ތިޔޮތީ އަލިފާން ކެވިފަޔޯ ދެން އަދިވެސް އަގަފުޅާކޮށް މަޖިލިސްތެރޭގަ ހަޔާތް ކުޑަވެގެން ހަޅެއް ލަވާ ހޫން ލަދުކުޑަ ޕާތީ

  5. އަރީ

    މީކާއީލްގެ މިދިޔަ ދެމަހު މުސާރައިގެ ތަފްސީލް ހާމަކުރެއްވުން އެދެން