މާލޭގައި ވެހިކަލް ކޮންޓްރޯލްކުރުމުގެ ގޮތުން ޓެކްސީގެ ވިޔަފާރި ކުއްލިއަކަށް ހުއްޓުވާ ނުލެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ނަހުލާ ވިދާޅުވީ ވެހިކަލް ގިނަ ވުމުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ސީރިއަސް އެއް މައްސަލަ ކަމަށެވެ.

އަދި ކުރީގެ ސަރުކާރުތަކުގެ އުސޫލުތައް ހުރި ގޮތުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މީހުންނާ ގުޅިގެން އެއް ތަނަކަށް ގިނަ ވެހިކަލްތަކެއް ރެޖިސްޓްރީ ކުރުމުން ގިނަ މައްސަލަތަކެއް ފެންމަތިވި ނަމަވެސް އެފަދަ މައްސަލަތައް ހައްލު ކުރަން މިހާރު ފިޔަވަޅުތަކެއް އަޅާފައިވާކަން އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީގައި ވެހިކަލް ކޮންޓްރޯލް ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ވަކި އަހަރެއް ވެފައި ހުރި ވެހިކަލް އުވާލުމަށް ވާހަކަދެކެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ބޭނުން ކުރާ ޓެކްސީތަކުގެ ތެރޭގައި ބާ ވެހިކަލް ހުރި ނަމަވެސް ކުއްލިއަކަށް އެ ވެހިކަލްތަކުގެ ހުއްދަ އުވާ ނުލެވޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެެވެ.

"މިއާ އެކުގައި ދަންނަވާލަން ބޭނުން މާލޭގައި ޓެކްސީ ނަގާފައި ހުންނަނީ މީހުން އަތުން ލޯނު ނަގައިގެންނާއި ހަގީގަތަށް ބުނާ ނަމަ ވަރަށް ހާލުގައި ހޯދާފައި ހުންނަ ޓެކްސީތަކެއް މި ހުންނަނީ އާމްދަނީ ހޯދުމަށްޓަކާ އެ ބޭފުޅުން ފެމިލީ ހިންގުމަށްޓަކައި. މި ގޮތަށް ހޯދާފައި ހުރި ޓެކްސީތައް ހުންނަ އިރު އަޅުގަނޑުމެން ކުއްލިއަކަށް ވެހިކަލް ކޮންޓްރޯލްކުރަންށޭ ކިޔާފައި އެ ބޭފުޅުންނަށް އެ އާމްދަނީ ލިބޭ ވަސީލަތް ހުއްޓުވާލެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ނަހުލާ ވިދާޅުވިއެވެ.

ސަރުކާރެއްގެ ޒިންމާއަކީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތެއް ހޯދައި ދިނުމަށް ފަހު އެ މައްސަލައަށް ހައްލު ހޯދައިދިނުން ކަމަށާއި އޭނާގެ ވިސްނުން ހުރީ އެގޮތަށް ކަމަށް ނަހުލާ ވިދާޅުވިއެވެ.

އަދި ގިނަ ދުވަސްވީ ޓެކްސީތައް ނައްތާލުމުގެ ކުރިން ޓެކްސީ އާ ކުރަން ލޯނެއް ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ނޫނީ ޓެކްސީ އާ ކުރަން މަސައްކަތްކުރަމުންދާ ކަމަށް ވިދާލުވިއެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ވެހިކަލް ކޮންޓްރޯލް ކުރަން މަސައްކަތްކުރާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަބޫ އުބައިދު

    ކަމަނާގެ އޯޑަރަށް ނަމަވެސް އިބްރާހިމްގެ ވެރިކަމުގެ ވައުދާހިލާފަށް ޕާކްކުރާނެ ތަނެއް ނުދައްކާ އިސްޓިކާ ޖެހި ޖެހީނުން ކޮންމެ ރަށްޔިތަކަށް ޓެކްސީއެއް ގަނެދެވޭވަރަށް ލާރިހަދައިފީމެއްނު. ދެން އެފައިސާއިން ކުރި ކަމެއް ފެންނަން ނެތްތާނގަ ތިކިޔަނީ އަދިވެސް ބަޖެޓެއް ދޭށޭތަ؟ ހާދަ ބޮޑު ދޭތެރެއަކަށް އެފައިސާތަށް އަޅާލީ. ހެއުވާނީ ކިހިނެއް؟

    13
    2
  2. އިބްރާހިމް ގާސިމް

    ބޮޑެތި މާސިންގާ ޓެކްސީ ކާރުތައް ބޮޑުތަނުންމަދުކޮށް ކުދި އޮޓޯ ޓެކްސީކުރަންގެނެބަލަ. ކުޑަތަންކޮޅެއްގައި ދުއްވޭނީ ކުދިއެއްޗިއްސެއްނޫންތަ! ޢެކަކަށް އެއްކާރަށްވުރެ ގިނައިން ރަޖިސްޓްރީކުރުންވެސް ހުއްޓުވާ! މާލެތެތެއަށް، ހިމަތޮޅި އޭސީހައެއްކަ ބަސް ގެނެއްސަ ޓެކްސީބިޔަ ކާރުތައް މަދުކޮށްލީމަ ވަރަށްތައްކަތުވާނެ.

    14
    5
  3. ފާތުން

    މިރާއްޖެތެރޭ މީހުން މާލެ ބަދަލުވެ ކޮންމެ މީހަކު ސައިކަލަކާ ކާރެއް ގެންގުޅެންޖެހޭ. މާލޭ މީހުނައް މިތާ ހަމަޖެހިގެން ނޫޅެވޭ. ރަށު ބޮޑުގޯތީގައިއުޅެންދޭބަލަ. ޢޭރައްމާ ހިތްފަސޭހަވާނެ

    9
    17
    • Anonymous

      ކަލޭ އޮވެ ބާ މާލެ ވެގެން ކޮންކްރިޓް ޖިފުޓިއަށް ވަދެ. 21 ވަނަ ގަރުނުގަ ވެސް ޖާހިލުކަމާ، ތަފާތުކުރުން ފިލާ ނުދެއޭ. މާލެއަކީ ކަލޭ މަންމަ ބައްޕަ ތަރިކަ މުދާތަ އެހެން މީހުން ނާރަން

      1
      1
  4. ޢަފީ

    ސްޓިކާ ޖަހައިގެން ލިބުނު ފައިސާ ތަކުން މި ދަނޑިވަޅުގައި، ޓެކްސީ ޑްރައިވަރުންނަށް އެމީހުން ވާން ފެނޭ

    6
    2
  5. މުހައްމަދު ޝާހް، ރ.ވާދޫ

    ކަލެއަށް ތި މަގާމު ދޭން އެންމެ ބުރަކޮށް މަސައްކަތްކުރީ އެމީހުން. އެހެންވީމަ އެކަން ކުރަން ބޭނުންވިޔަސް އެކަމެއްް ނުކުރެވޭނެ. އެޔަށްވުރެ ބޮޑަށް ފިތިފަ ތިހުރީ.

  6. ޚޮންމެ

    ކޮންމެ ގޭބީސީ އަކައް ކާރެެއް ރަޖިސްޓްރީ ކުރެވެން ޖެހޭނެ. އެކަން އެގޮތައް ނުވަންޏާ ނަހުލާ އިސް ތިއުފާދީފަ ދޭ. ހަމައެކަނި ކާރު ދުއްވަނީ ވަކިބައެއް ކަމައް ދެކުމަކީ ކުންހީއެއް. ކާރު ގަންނަން ބޭނުންނވެފަ ގިނަމީހުން ތިބޭއިރު މިބަލާވެރިކަމުގ ސަބަބުން މިކަންވެސް މިވަނީ ވައިރަސް އަކައްވެފަ

  7. ޖަލާބި

    ދޮގު ނުހަދާ! ގިނަ ޓެކްސީގެ އަސްލު ވެރިންނަކީ ބޮޑެތި ބޭފުޅުން. ދުއްވާ މީހުން ވެސް އެހާ ނިކަމެއްޗެއް ނޫން. މަހަކު 20 ހާހުން ނަގަމުން ގެންދިޔައީ މި ކޯވިޑުގެ ކުރިން. އެންމެން ސަކުވާ ކުރަމުން ދިޔަ އަޑު ކަލެޔަށް އޭރު ނީވޭތަ؟

  8. ނަހީނު

    ކަމަނާ މިހާރުވެއްޖެއްނު ކޯލިޝަނުގައި އޮތް އެމްޑީޕީއަށް ނަސޭހަތްދީގެން ކޮންމެތަނެއްގައިވެސް ޤަވައިދަށް އުޅެން ދަސްކޮށްދޭން. މޑޕ އިން ކޯލިޝަނުގައިތިބި ޕާޓީތަކަށްހާދަ އެއްޗިއްސެއް ކިޔައޭ

  9. ކާރު

    ކޮންމެ މީ ހަކަށް 4 ވީލްގެ 1 ވެ ހިކަލް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
    އާއި 2 ވީލްގެ ވެ ހިކަލް ރަޖިސްޓްރީ
    ކުރެވެންވާނެ . .