ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރ އާމިނަތު އާތިފާއަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި، ހައުސިންގ މިނިސްޓްރީއާ ކުރެވުނު ސުވާލު ތަކުގެ ތެރޭގައި ހިޔާ މަޝްރޫޢުގެ ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވުނު ސުވާލުތަކުގެ ތެރެއިން ދެވަނަ ބުރުގައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ "ފްލެޓްތައް ޖުލައިމަހަށް ހަވާލުކުރެވޭނެކަމަށް" ވިދާޅުވެވިފައި ވަނީ އޮޅުމަކުން ކަމަށެވެ.

ކޮވިޑް-19 ގުޅިގެން ފުރަބަންދެއްގަ ތިބުމުގެ ސަބަބުން، ކުރިން ފައިނަލް ލިސްޓް އިޢުލާން ކުރަން ތާވަލްކުރި ތާރީޚުގައި ލިސްޓް ވަނީ އާންމު ނުކުރެވިފައި ކަމަށް ބަޔާނުގައި ވެއެވެ.

މިހެން ދިމާވުމުގެ މައިގަނޑު އެއްސަބަބަކީ، ފުރަބަންދުގެ ތެރޭގައި ގޭގެއަށް ޒިޔާރަތްކޮށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށް ދަތިތަކާއި ދިމާވުމުން ކަމަށާއި އެހެންނަމަވެސް، ފުރަބަންދުގެ މުއްދަތު ނިމުނުހާ އަވަހަކަށް ގޭގެއަށް ޒިޔާރަތްކޮށް އެސެސްމަންޓްގެ މަސައްކަތް ފަށާ ވީހާވެސް އަވަހަކަށް ލިސްޓް އާންމު ކުރުމުގެ މަސައްކަތްކުރެވިގެންދާނެ ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި "ހިޔާ" މަޝްހޫރުގެ ދަށުން އަޅާފައިވާ 7000 ފްލެޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ޔާމީންގެ ސަރުކާރު ނިމުނު އިރު ފްލެޓްތައް ދޭނެ ފަރާތައް ކަނޑައަޅައި ވަނީ އިއުލާން ވެސް ކޮށްފައެވެ. ނަމަވެސް މިސަރުކާރުން ވަނީ ފްލެޓްތައް ދީފައި ވަނީ އިންސާފުންތޯ ބަލަން ކޮމެޓީއެއް އުފައްދާފައެވެ.

މަޖިލީހުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާތިފާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރީ ރައީސް އޮފީހުގެ ކޮމެޓީގެ ނިމުމަކާ ގާތުގައި ވަނިކޮށް ކަމަށާއި އެހެންވެ، ޖުލައި މަސް ނިމުމުގެ ކުރިން އެތަންތަން ހަވާލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

 1. Anonymous

  ހައް ހައް ހާ! ދެން ތިބޭ ރާކަނިމަސް ކާން!

  53
  • އަސްޤަރު ސިއްދީޤް

   ސިރާޖު އެބުނީ ވަރަށް ރަނގަޅު ވާހަކައެއް! ފެންވަރުނެތް ބަޔަކު ހުސްއަނގަތެޅުމުގެ ބޭނުމެތްނެތް! އަދާލަތޯ! ޗީޑި އެއީ ހައްޕުނޑެއްނު! އަހަރުމެން ޕާޓީން އެމީހުނާދޭތެރޭގަ ހަމްދަރުދީވެގެން މަގާމުތައް ދިނީމަވެސް އިހުލާސްތެރިކަމެއްނެތް! ސަރުކާރުގަ ތިބެގެން ސަރުކާރު ބަދުނާމުކުރުން ނޫންކަމެއް ނުކުރޭ! އަޅުގަނޑު ރ.ސޯލިހަށް ގޮވާލަން މިކަމާރަނގަޅަށް ވިސްނަވާފަ އަވަސް ނިންމުމެއް ނިންމެވުމަށް! ނޫނީ ވަގުތު ފާއިތުވެ ލަގަން އަތުންދޫވެދާނެ! މަނިކުފާނަށް މިކަން ކުރުމުގެ ހިތްވަރު ނެތްނަމަ ރ.ނަޝީދުއާ ވެރިކަން ހަވާލުކުރޭ! އެއީ ރައްޔަތުންގެ ރައީސް! އެހެން ޕާޓީތަކުގެ މީހުން މިސަރުކާރަށް ގައްދާރު ވުމުގެ ފިރުސަތުނުދީ އެމީހުން ރަސްމީ އިއްޒަތުގަ ބޭރުކުރޭ! މީ އަހަރުމެން އެމްޑީޕީ މެޖޯރިޓީ މީހުންގެ އާދޭސް! މި އާދޭހުގަ ކޮޅުފައިން ޖެހުމުގެހައްގެއް ރ.ސޯލިހަކަށް ނޯންނާނެ!

   6
   40
   • އ

    ރައްޔިތުންގެ ރައީސް އޯ... ލަދުކޮބާ؟

    35
    2
   • ރައްޔިތުމީހުން

    އަންނި އަކީ އެއް އިރެއް ގާ ވެސް ރައްޔިތުންނާ މެދު ވިސްނާމީހެއްނޫން

  • އެމްޑީޕީ ބުރޯ

   އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!??

   1 1

   4
   59
   • ބޭބެ

    'އޮޅިގެން' މިއީ ނޫސްތަކުގެ ފަލަ ސުރުޚީން ވަރަށް ފެންނަ ލަފުޒެކެވެ.
    ފަރެސް މާތޮޑާގައި ޖުޒާމް ބަލި ފެތުރޭ ކަމަށް ހަސްފަތާލުން ބުނީ އޮޅުމަކުންނެވެ! ހަފްތާއަކު އެއް ފަހަރު ބޭރަށް ނުކުމެވޭ ގޮތަށް ފާސް ދެވުނީ ފުލުހުންނަށް އެރި އޮޅުމަކުންނެވެ! ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ ޓުވިޓާރ އެކައުންޓް ހެކު ކުރީކީ ނޫނެވެ. އޮޅުމަކުން ޓުވީޓެއް ކުރެވުނީ އެވެ! އިނގުރައިދޫ އިން ކޮޥިޑް-19އަށް މީހަކު ފައްސިވި ކަމަށް އެޗް.ޕީ.އޭއަށް ބުނެވުނީ އޮޅުމަކުންނެވެ! އަދި ކޮންޓެކްޓު ޓުރޭސިންގެ ތެރެއިން އުނގޫފާރު ފާހަގަ ކުރެވުނު ކަމަށް ބުނެވުނީ ވެސް ހަމަ އޮޅުމަކުންނެވެ! މީގެ އިތުރުން، ތަކަންދޫ އިން ފައްސި ނުވާ ކުއްޖަކު ކަރަންޓީނަށް ގެންދެވުނީ އެޗް.ޕީ.އޭއަށް އޮޅިގެންނެވެ! އޮލިވާރ ގުރީން ގެޔަށް ވަދެ ނިކުތުން މަނާ ކުރީ ވެސް އޮޅުމަކުންނެވެ! ސިކުސް ސެންސް ލާމު މުވައްޒިފުން އެހެން ރަށަކަށް ދަތުރުކުރުން މަނާ ކުރެވުނީ އޮޅުމަކުންނެވެ! ކުންފުނި ތަކުގެ ޑިވިޑެންޑު ލިބުނު ކަމަށް ރިޕޯރޓުގައި ލިޔެވުނީ ފިނޭންސް މިނިސްޓްރީއަށް އެރި އޮޅުމަކުންނެވެ! އަދި ކިއެއް، ޖީސީ އޯލެވެލް ފެންވަރު މީހަކު ބޮޑު މުސާރައާ އެކު ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރަކަށް ބޭނުންވާ ކަމަށް އިޢުލާން ކުރެވުނީ އޮޅުމަކުންނެވެ! މާލީ ބަޔާނުގައި ކުންފުނީގެ ނަން ނުޖެހި އޮތީ ވެސް ކޮޔާ އޮޅުމަކުންނެވެ! ހަމަ އެހެންމެ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އަބުރު ކަތިލި ކަމަށް ބުނެ ވަޒީފާއިން ވަކިކޮށް ޗިޓު ފޮނުވުނީ އޮޅުމަކުންނެވެ! އެންމެ ފަހުން، ޖުލައި މަހު 7000 ފުލެޓު ހަވާލު ކުރެވޭނެ ކަމަށް ބުނެވުނީ ވެސް އޮޅުމަކުންނެވެ! ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ މީހަކު ފައްސިވިއޭ ބުނެވުނީ އޮޅުމަކުންނެވެ! މިއޮތީ މިމީހުންގެ ފެންވަރު ދެން މޮޔަވާންވީނު!!

 2. ރައްޔިތުމީހާ

  ހުރިހާ ކަމެއް އޮޅޭ ސަރުކާރު ކޮން ސަރުކާރު. މަކަރު ސަރުކާރު

  72
  1
  • އެމްޑީޕީ ބުރޯ

   އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!

   1
   50
 3. ނަކް

  ބަލަ މަ ކުރިންވެސް ބުނިންދޯ ތި އާތިފާއަކަށް ހައުސިން މިނިސްޓްރީއަކަށް ތި ފުލެޓުތަކުގެ ކަންކަމުގަ ވާނުވާއެއް ދޮންކަޅުވެސް ނޭނގޭނެއޭ.. ތި އަނބުރާ ގޭހެއް އަނބުރާ ހިލާ ހިލިބޭސްގަނޑު ހިލަނީ ރައީސް އޮފީހުގަ އޮންނަ ކޮމިޓީއަކުންނޭ.. ގަޓެއް ހުރިއްޔާ ރައްޔިތުންނަށް ހެވެއް އެދިގެން މަޢުލޫމާތެއް ހޯދަންޏާ ނިކަން އެ ކޮމިޓީ ހާޒިރުކޮށް ސުވާލުކޮށް ޖަވާބުދާރީކުރުވަބަލަ.. ނުކެރޭނެ ނުހުންނާނެ އެ ގަޓެއް.. ހަމަ ގޭސް އަނބުރާ އަޅި ބުރުވަނީ..

  27
  2
 4. މާސްޓާ

  ވަޒީފާގެ މަސްޢޫލިއްޔަތު ތަކުން ރެކިގެން އުޅޭ މިހުންނަށް އޮޅިދާނެ

  54
  1
 5. ބޯގޯސް

  ބަޔަކައް ސިހުރު ޖެހެންޏާ މިބައިގަނޑައް މިއޮތީ ސިހުރު ޖެހިފަ

  52
  • އެމްޑީޕީ ބުރޯ

   އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!

   3
   36
  • ސާލިހާ

   ސައިޒު ބޮޑަސް ސަރުކާރުގެ ނުކުޅުދުން ތެރިކަން އެބަފެނެއެއްނޫން ބޮޑާހޭކިޔަސް ތިއޮތީ އަތަހިނި އަރާފަ

   17
   3
 6. މަރިޔަމް

  މާތް ކަލާކޯ މުޅިންވެސް އޮޅިގެން.. އަޅެ މިމީހުންނަށް ވާނުވާ ނޭގެނީބާ

  62
 7. ފަނީ

  ހުރިހާ ކަމެއްވެސް މިހެން

  50
 8. މަގޮލާ

  ޔާމީން ވެރިކަމުގަ ކޮށްފަހުރި މަޝްރޫޢުތައް މި ވެރިކަން ވެއްޓޭ އިރުވެސް ނިންމާނުލެވޭ... ހަހަހަހަހަހަހަހަ... ހަމަ އެންމެން ހޭންވީ... ހަހަހަހަ... ނުވަންޏާ އިސްތިއުފާ ދީފަ ގެއަށްދޭބަލަ... ހަހަހަހަހަ

  62
  1
  • އެމްޑީޕީ ބުރޯ

   އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!??

   1 1

   1
   35
 9. ޖައުފަރު

  ހަ ހަ ހަ ހަ ހަ ހަ ހަ ހަ ހަ ހަ ހަ ހަ ހަ ހަ ހަ ހަ ހައްހައްހާ ހައްހައްހާ ހާ ހާ ހާ

  39
  1
 10. ޑެރަ

  އާންމުން ނުތަޅުވާށޭ

  49
  1
 11. އެޑިޓް

  ކަންފަތުލާ މުދި.. އޮޅުމަކުން ނޫން މިކީ..! ހޭދެބައި ވިޔަސް ތީ .. ތަންކޮޅެއް ބޮޑުވަރު.. އުނބު ހަސަނަށް އަމާ ދައްކާހެން .. ފްލެޓް ދަށްކާނެ.. ކޮންމެ 5 އަހަރަކުން 5 އަހަރު..

  44
  2
 12. އެޑިޓް

  ކަންފަތުލާ މުދި.. އޮޅުމަކުން ނޫން މިކީ..! ހޭދެބައި ވިޔަސް ތީ .. ތަންކޮޅެއް ބޮޑުވަރު.. އުނބު ހަސަނަށް އަމާ ދައްކާހެން .. ފްލެޓް ދަށްކާނެ.. ކޮންމެ 5 އަހަރަކުން 5 އަހަރު...

  25
  3
 13. Anonymous

  މިސަރުކާރުގެ މިތިބަ ވެރިން މީހަކު ލައްވާ ތެ ދެއްނަހަ ދުވާނެ، އެމީހުން ބަލަނީ ވީހާވެސް ގިނައިން ދޮގު ހެ ދުވޭތޯ،

  36
  1
 14. Mahujanu

  ހަމަ މަކަރާ ހީލަތުން ހައް ދުފަހަނަ އަޅާފައޮތް ސަރުކާރެއް.

  40
  1
 15. ޙިޔާލު

  ޢެކަޗެއް ނުކިޔާތި އެކަކުވެސް... މި އަހަރު ނިމޭއިރުވެސް ލިބޭވަރެއް ނުވާނެތި ފުލެޓެއް....

  36
 16. ބޭކާރު

  ނަސީދު އިންސާފުން ބޭރުން ދޫކޮށްފާހުރި ގޯތިތައް ހުޅުމާލޭގަ އެބަހުރި މާލޭގަ ގެދޮރު ހުރި މީހުނަށް ލ އަތޮޅުން ދޫކުރިގޯތިތައްވެސް އެބަހުރި .މި ފްލެޓް ގެ ކަންކަން ނިމޭގޮތަކުން މިތަންތަން ވަކިކުރުމުގެ ފިޔަވަޅު ދެންއަންނަ ސަރުކާރަކުން ކުރާނަން.އަދި ގެޒެޓް ކުރި ލިސްޓުން ބަޔަކު ބާކީކޮށްފިނަމަ އެލިސްޓްގާ ނުހިމެނި ފްލެޓް މިސަރުކާރުން ބަޔަކަށް ދީފިނަމަ އެމީހުން އެތަނުން ނެރުމުގެ ފުރުސަތު އޮތްކަން ހަނދާންކޮށްދެން.

  17
  1
  • އެމްޑީޕީ ބުރޯ

   އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!??

   1 1

   19
 17. ކިނބޫ

  ވެރިކަމަށް އާދެވުނީވެސް އޮޅިގެން. ވަރަށް ބޮޑަށް ސޮރީ =ކިނބޫ=

  42
  1
 18. ދިދަ ދަނޑި

  ކޮންމެވެސް ހާޖާނުގަނޑެއް އަދި ނުހެދި އޮތީ... ދައުރު ނިމުނު އިރު ތިތަން ހުރީ ވަދެވޭ ވަރަށް ނިންމާފަ.. މިހާރު ގޭސްގަނޑެއް އަނބުރަން އެއުޅެނީ ވޯޓަށް.. މިދެން ބޮޑުވަރު.. ފުލެޓުތައް ގެއްލުވާ ނުލާ ހުރިއްޔާވެސް ރަނގަޅު

  31
  1
 19. ބުއްޅަ އެކްސް

  ތިހުންނަނީ މާބޮޑު ކަންތަށްތަކެއް ނޫނެއްނު އޮޅުމަކުން ވަރަށް ގިނަ ކަންކަން ކުރެވޭ މަތިން ކުދާ ބޯޓެއްވެސް ާ
  އާރަންވޭއަށް ޖެއްސުނު މީހުންނަށް ނޯޓިސްވެސް ދެވޭ ނޭގި ހުއްޓަ ދެކަމުވެސް ދެވޭ

  30
 20. ހާާމްް

  ހާދަ އޮޅޭ މީހުން ތިބި ސަރުކާރެއް މިިއީ

  33
  2
 21. އުދަމުދ

  ބިން ހިއްކަމުން ތިޔަ ގެންދަވަނީ މިގައުމުގައި ފަޅުރައްތައް މަދީތޯ ބިން ހިއްކަނީ ރައްޔިތުންގެ ލޮލުގަ އަދުން އަޅުވާފައި ރައްޔިތުން ގޯތިދީ ބޯހިޔާ ވަހިކަން ހޯދާދޭނަމުގައި ބިން ހިއްކާ ނިމޭ އިރައް ވެރިންގެ ބޮލައް ސަވާރުވެގެއް ގޯތި ނުދީ ފުލެޓް އަޅައިގެން ރައްޔަތުން އަޅުވެތި ކުރެވޭތޯ ތިޔަ ބައްލަވަނީ ހުރީހާ ސަރުކާރު ތަކަކުންވެސް މިމާލޭގަޔާ ހުޅުމާލޭގެ ފޭސް 1،2 ކިހަ ބިމެއް ފަޅައް އެބައޮއްތޯ ރައްޔިތުން 100 އަކަފޫޓް ގޮޅިއެއްގައި 4،5 ކުދިން ގޮވައިގެން ގަނަތެޅެނީ ވޯޓް ހޯދަން ވީމަ ރައްޔިތުމީހާ ފެންނަނީ ތަންތަނުން ސަލާން ޖަހައިގެން ފުލެޓް ގެނަމުގައި ގެސްޓް ހައުސް އަޅާފައި ބޮޑުއަގުގައި ރައޔިތުންނައް ކުއްޔައް މިވެރިން ރައްޔިތުމީހާ ކުރަމަސައްކަތުން ގާނޫނެއްގެ ހިޔަލުން 6% ޖިޒީނަގައިގެން ބޮޑުމުސަރައިގައި މަޖާކުރުން މީޔޯ އަސްލު ޑިމޮކްރަސީ ޔަކީ

  13
 22. ބޭރުން ބަލާއިރު

  ބޭރުން ބަލާއިރު ވަރަށްވެސް ރީތި، އެތެރޭގެ ފޮޓޯތައް ދައްކާލަބަލަ، އަދި ތިއިން އިމާރާތެއްގަ ކިތައް ލިފްޓް ހުރޭތަ؟ ހިއެއް ނުވޭ މިއަހަރު ނިމޭއިރުވެސް ހަވާލު ކުރެވޭނެ ހެނެއް

  28
  2
  • ނާސިރު

   ލިފުޓް ހުރިތޯ ދައްކާކަށް ނުކެރޭނެ. ތިޔަ ބިމަށްވެސް އަރުވަން މޭކަރާނެ. އެމްޑީޕީ މީހުން ލަދުން 25 ބުރީގެ އިމާރާތާ އާހުޅުމާލެއަށް މީހުން އަރުވަން ނުކެރެނީ. އެތެރެ ހުތުރުވެގެން ލިފުޓް ނެތިގެނެއްނޫން.

   15
   1
 23. ބަބޫ

  މިވީ ކިހިނެއް. ދެން ނުދީ ކަށްވަޅަށް ދާއިރު އެމްޑީޕީ ކުރިންނަށް ގެންދެވޭނެބާ؟

  31
  1
 24. ދޮންބެ

  މިއެންމެން ސިކުނޑިހަމަތޯ ޓެސްޓުކުރަންޖެހެއެވެ.ކުންފުނިތަކާއި ވުޒާރާތްތަކުގެ ވެރިންގެ ބުއްދި ހަމަނޫންކަން އެބޭފުޅުންގެ ބަސްފުޅުތަކާއި ޢަމަލުން އެގެއެވެ.މިއީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްދޭން ތިބިފަރާތްތަކުގެ ޙާލަތެވެ.ވާނީވެސް އެހެންނެވެ.އިއްޒަތްތެރި ޖާހިލު މެމްބަރުންގެ ޙާލަތަކީވެސް މިއީއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

  26
 25. ސަންފަ

  މިހާރު ތިމަސައްކަތްކުރަނީ އެމްޑީޕީގެ މީހުންނަށް ފުލެޓް ބަހާނެގޮތަކާއި ބެހޭގޮތުން ކަމަށް ބެލެވެއެވެ.ކުރީ ސަރުކާރުގައި އޮތީ އެ 7000 ފުލެޓް ލިބޭނެ ފަރާތް ޢިޢުލާން ކުރެވިފައެވެ.އިތުރަށް ޢިޢުލާންކުރާކަށް ނުޖެހެއެވެ.

  31
 26. ދޮންބެ

  ކޮތަރު ކޮށި ދީބަލަ އެމްޑީޕީ ކުދިންނަށް.

  20
  1
 27. ދޮންބެ

  ކޮތަރު ކޮށި ދީބަލަ އެމްޑީޕީ ކުދިންނަށް. ފޫހި ވެއްޖެ މިހާރު ތި ހަބަރު ކިޔަކިޔާ

  18
  1
 28. ޖަޒީރާ

  އޮޅިގެން މިފަހަރުދެވޭނީވެސް ލިސްޓުގަ ނެއްމީހުނައް ނުލިބޭނަމަ އޮޅިގެންތޯ ސާފުކުރަންވާނެ.

  18
 29. އެމްޑީޕީޕުލިސް

  ބުރޯ..ބީން ވެއިޓިން ފޯ ދިސް ފްލެޓް ފޯ ސޯ ލޯންގް. ނުތަޅުވަބަލަ ތިހެން. ތޭންކްސް.

  17
 30. Anonymous

  ހަހަހހަހަހަހަހަހަހަ މީދެން ކިހާ ދެރަކަމެއް

  17
 31. Anonymous

  މިރޭ ޚަބަރުގަ ބުނި 2018 ވަނަ އަހަރު ނިމުނު އިރު ގިނަ މަޝްރޫއުތައް ވަނީ ނިމިފައޭ. އެހެންވެ 2019 ދިޔައީ ކުރާނެ ކަމެއްނެތިއޭ

  13
  1
 32. ނިޝާ

  އަހަރުމެންނަށް މާކުރިންވެސް އިނގޭ މިހެންކަން ވާނީ. ކޯލިޝަން ހަދައިގެން އައި ސަރުކާރު(އޮޅޭ ސަރުކާރު) ނަމެއްގަ ބަހައްޓާފަަ ތިބި މިނިސްޓަރުން ތަކެއް. އެމީހުންގެ ބާރު ކަނޑުވަން ވެގެން ކޮންމެ މިނިސްޓްރީއަކަށް ހައެއްކަ ކޮމެޓީ ހެދީ ވެސް. ހިޔާ ފްލެޓްގެ ކަންކަންވެސް އަތް ބާނުވައިގެން ޕާޓީ ކުދިން ކޮޅަށް ހަމަ ޖައްސަމުންދަނީ ރައީސް އޮފީސް ތެރެއިން ފްލެޓް ކޮމެޓީ މެދުވެރިކޮށް. ހިޔާ ފްލެޓްތައް އެއްކޮށް ހުރީ ހުރިހާ މަސައްކަތެއް ކޮށް ނިމިފަ. އެޗް ޑީ ސީ އެތާ މަސައްކަތް ކުރާ މީހަކު ބުނީ. ޖުލައި މަހުވެސް ތިތަންތަން މީހުންނަށް ދޫކުރެވުނީމަ ކޮމެޓީ ގެ މަސައްކަތް ނިމޭނެއްނު، އެރުން ކޮމެޓީ މެންބަރުން(ޕާޓީ ކުދިންކޮޅު) އަށް ދޭންޖެހޭ މުސާރަ އިތުރަށް ދޭކަށެއް ނުޖެހޭނެއްނު އެހެންވެ އެ އަނެއްކާވެސް ލަަސްކުރަނީ. ކޮމެޓީ މެންބަރުންނަަށް ލާރި ކާކަށް ނުލިބި ބޮޑާ ހާކާނެތީވެ މި އަހަރު ނިމެންދެން އެ ބައިގަނޑަށް ލާރިކާން ދޭން ވެގެން ކުރާ ކަމެއް ތީ.

  16
 33. އެމްޑީޕީ ބުރޯ

  އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!??

  3
  21
 34. ގަންޖާ

  އެމެރިކާ ގަ ކަންކުރިހެން ކަން ކުރަންވީ އޭރުން މައިތިރި ވާން ޖެހޭނީ

  11
 35. މަޓޭ

  ޢޮޅިގެން އިސްތިޢުފާ ދީބަލަ

  20
 36. ހަސަނުބެ

  ޔާމީނުވެސް ހެދިއްޔާ ހެދިހުރިހާ ގޯހެއް ހެދީ އޮޅުމަކުން.

  5
  3
 37. މާރޮނޑު

  ރައްޔަތުން ވޯޓުދިނީވެސް އޮޅިގެން.

 38. ޡާކިރާ

  ކީކޭ ދެން ބުނަނީ ޓީވީއަށް އަރާ ބޮޑު ޙަބަރު ހެދި ދޮގު ނިކަން ދެކިބަލަ ހުސް އޮޅުވާލުން މީ ދެން ބޮޑު ނޮހޮރޮއްޕާނެ މި ފެންވަރުގެ މީހުން ތަންތަނުގަ ޔިބެނީ މަޖިލީހަ ހާޒިރުކޮށްބަލަ ތިކިޔާ ކޮމެޓިމީހުން ރޢްޖޭގެ ރައްޔަތުން ގަނަތަލުވަވަނީ މީ އެއްވެސް ކަމެއް ވާބަޔެއް ނޫން

  5
  1
 39. އެމަންޖެ

  އެއްމެ ހަރާމްކޯރު އިންސާފުވެރިވެގެންއުޅޭ ލާދީނި ވެރިކަން.

 40. ވަޢުދު

  މިސަ ރުކށރުގެ ބޯހިޔާވަހިކަމުގެ ވަޢުދުފު ރިހަމަވެއްޖރ

  5
  1
 41. ބޮކަރޭ

  މީ ދިވެހިންގައި ކޮޅުފައިން ތަޅާ ބޭރުކުރާސަރުކާރެއް. އޮޅުވާނުލާ އެއްކަމެއްވެސްނެތް ދެން ފައިސާޗާޕްކޮށްގެން ބޮޑެތިވައްކަން ކުރަންވީ

  4
  1