ރާއްޖެއަށް ލިބިފައިވާ ވެއްޓަކީ އަގުހުރި ތަރިކައެއް ކަމަށާއި، އެހެންކަމުން އެ ތަރިކަ ރައްކާތެރި ކުރަން ޖެހޭނެ ކަމަށް އެންވާރަމެންޓް މިނިސްޓަރ، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ދެއްވި ހިތާބުގައެވެ.

މިނިސްޓަ ވިދާޅުވީ، ޤައުމުގެ ހުރިހައި ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމުގައިވެސް، ވެށްޓަށް ތަކާ މިންވަރެއްގައި ކަންކަންކުރާކަން ކަށަވަރުކުރަމުން ގެންދަންވާނެ ކަމަށާއި، ޤުދުރަތީ މުއްސަނދިކަން ހަރުދަނާގޮތެއްގައި މެނޭޖުކޮށް ދެމެހެއްޓެނެވި އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވެށްޓަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ ނުހަނު އަގުކުރި ތަރިކައެކެވެ. އެހެންކަމުން، އެތަރިކަ އަޅުގަނޑުމެން ހިމާޔަތް ކުރަންޖެހޭނެ"، މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ޖަޒީރާ މާހައުލުގެ ނިޒާމުތައް ދެމެހެއްޓުމަށްޓަކައި ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރަށު ފެންވަރުގައްޔާއި ގައުމީ ފެންވަރުގައި އަޅާ ފިޔަވަޅުތައް އެޅުމުގައި ފަރުދީގޮތުން ބައިވެރިވުމަކީ ޒިންމާއެއް ކަމަށެވެ.

އަދި މި ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާއެކު ދުނިޔޭގެ ޠަބީޢަތުގެ މަސަލަސްކަން ނުގެއްލޭ ގޮތެއްގެމައްޗަށް އަޅުގަނޑުމެންގެ ދިރިއުޅުން އަލުން އާރާސްތުކޮށް ކުރިއަށްވުރެ މޮޅަށް ބިނާކުރުމަށް ލިބޭ ފުރުސަތަކަށް ހެދުމަށް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ، 'ޓައިމް ފޯރ ނޭޗަރ! (ދުނިޔޭގެ ތަބީޢަތާއި މެދު ވިސްނައި ގޮތް ނިންމުމުގެ ވަގުތު) އެވެ.

މި ޝިޢާރު އަމާޒު ކުރެވެނީ، އިންސާނީ ތަރައްޤީ އާއި ދުނިޔޭގެ ދިރުންތައް އަށަގަންނުވައި ދެމެހެއްޓުމުގައި ދުނިޔޭގެ ޠަބީޢަތު (ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކާއި ވެށީގެ ޚިދުމަތްތައް) އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމްޑީޕީ ބުރޯ

    ސިރާޖު އެބުނީ ވަރަށް ރަނގަޅު ވާހަކައެއް! ފެންވަރުނެތް ބަޔަކު ހުސްއަނގަތެޅުމުގެ ބޭނުމެތްނެތް! އަދާލަތޯ! ޗީޑި އެއީ ހައްޕުނޑެއްނު! އަހަރުމެން ޕާޓީން އެމީހުނާދޭތެރޭގަ ހަމްދަރުދީވެގެން މަގާމުތައް ދިނީމަވެސް އިހުލާސްތެރިކަމެއްނެތް! ސަރުކާރުގަ ތިބެގެން ސަރުކާރު ބަދުނާމުކުރުން ނޫންކަމެއް ނުކުރޭ! އަޅުގަނޑު ރ.ސޯލިހަށް ގޮވާލަން މިކަމާރަނގަޅަށް ވިސްނަވާފަ އަވަސް ނިންމުމެއް ނިންމެވުމަށް! ނޫނީ ވަގުތު ފާއިތުވެ ލަގަން އަތުންދޫވެދާނެ! މަނިކުފާނަށް މިކަން ކުރުމުގެ ހިތްވަރު ނެތްނަމަ ރ.ނަޝީދުއާ ވެރިކަން ހަވާލުކުރޭ! އެއީ ރައްޔަތުންގެ ރައީސް! އެހެން ޕާޓީތަކުގެ މީހުން މިސަރުކާރަށް ގައްދާރު ވުމުގެ ފިރުސަތުނުދީ އެމީހުން ރަސްމީ އިއްޒަތުގަ ބޭރުކުރޭ! މީ އަހަރުމެން އެމްޑީޕީ މެޖޯރިޓީ މީހުންގެ އާދޭސް! މި އާދޭހުގަ ކޮޅުފައިން ޖެހުމުގެހައްގެއް ރ.ސޯލިހަކަށް ނޯންނާނެ!

  2. ސާއިދު

    ލިބިފައިވާ ވެއްޓޭ؟! ބަލަ މަންމަ ފަށްޓަރުބައި ވެސް އިންޑިއާއަށް އޮތީދީނިންމާފައި އިންތިހާބު ގަންނަށް ދައްކަން ޖެހުނު ފައިސާ އަދިވެސް މޯދީއަށް ދީ ހަމަނުވޭ. ބޭފުޅާ ހަމައިގަތޯ ތިޔަ ހުންނެވީ؟