އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު އަދާލަތު ޕާޓީ އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅާއި ގުޅިގެން އަދާލަތު ޕާޓީގެ އެކި ބޭފުޅުން އެމްޑީޕީ އަށް ރައްދުކޮށް ދެއްވަމުން ގެންދަވާ ބަހުގެ ހަމަލާތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ޓެގް ކުރައްވާ ވިދާޅުވީ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ އެމްޑީޕީގެ ޗެއާޕާސަން ކަންކަމާ އެއްޗެއް ވިދާޅުވުމުން އެދެއްކި ވާހަކަ އަޑުއައްސަވާލެއްވުން ބުއްދިވެރި ކަމަށެވެ.

އިތުރަށް ނަޝީދު ވިދާޅުވީ "އަދާލަތު ޕާޓީއަށް އަޅުގަނޑު ފުރައިދިން ފޯމް މަދެއް ނުވާނެ" ކަމަށެވެ. އެކަން އަދާލަތު ޕާޓީގެ މުސްތަޝާރަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދާލަތު ޕާޓީ ކުޑަޔަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ޕާޓީގެ ބޭނުން ބިޔަ އެމްޑީޕީ އަށް ޖެހޭ ކަމަށާއި ވެރިކަމަށް އަންނަން ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން ކަމަށް ޝިދާތާ މިރޭ ވަނީ ވިދާޅުވެފައެވެ.

"އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއަކަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން. މިއަދު މާ ބޮޑު ބިޔަ ޕާޓީތަކަކުން އެކަން ހަނދާން ނެތިގެން އުޅުނަސް." ޝިދާތާ ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދުންތަރި

    އެމްޑިޕީއޭކިޔާ ލާދީނީ މުޖުރިމް ބައިގަނޑު ކިތައްމެ ބޮޑުކަމަށް ހީވިޔަސް ވެރިކަމަށް ގަދަބާރުން ކޮންމެ ފަހަރަކުވެސް އަރާފަވަނީ އެހެން އެތަށްބައެއްގެ އެހީތެރިކަމާއެކީ އަމިއްލައަށް ވެރިކަން ހޯދިފައެއްނެތް މީ ތާރީޚުން ފެންނަން އޮތް ޙަޤިޤަތެއް ކިތަންމެ ބާރުގަދަވެފަ ކިތަންމެ ފައިސާއެއް އޮތަސް އެއީ ޙަޤިޤަތަކީ އެމްޑިޕީ ގުންޑާއިންނަށް ހަޖަމުނުވިއަސް ކުރާނެ ކަމެއްނެތް މަކަރާ ހީލަތުން އެހެންމީހުންގެ ތައްޕަހުން ކޮންމެ ފަހަރަކު ވެރިކަން ހޯދާފަ އެމީހުނަށްދެނީލަނޑު ވަޢުދަށް ހުރުމަތެއްނުބަހައްޓާ މި ފަހަރުވެސް އެއްބަސްވުންތަކެއްގަ ސޮއިކޮށް ވަކިކަންކަމަކަށް އެއްބަސްވެގެން ވެރިކަމަށްއައީ އެކަމަކު ވެރިކަން ލިބުމާ ގުޅިގެން ވަޢުދުތަކާ އަހުދުުތައް ހުދުކާފޫރަށްވީ މަޖިލިސް ހިސޯރުކުރަންވެގެން ހެދުނުހާ ދޮގަކާ މަކަރެއް ހަދައިގެން މަޖިލީހުގެ މެޖޯރިޓީ ހޯދީ ދިވެހިން މިތިބެނީ ވަރަށްގާތުން ބަލާން ކުރިޔަށްވެސް އިންތިޚާބުތަށްއެބަހުރި

    41
    • ޙައްގުބަސް

      އަމިއްލަ ފައިދާއަށާއި ކުރި ކުށްތަކުން ސަލާމަތްވާންވެގެން ޖިޒީ ދައްކައިގެން ކޯލިޝަން ހަދައިގެން އުޅޭ ތިން މީހުނަށް ކުރެވޭނެ މާބޮޑު ކަމެއް އޮންނާނެތަ؟ އަޅެ އޮތިއްޔާ ކޯލިޝަން ރޫޅާލަބަލަ؟ ނުކުރޭނެ!! ދިވެހި ރައްޔިތުން ދެކޭގޮތުގަ މިހާރުން މިހާރަށް ކޯލިޝަން ރޫޅާލާ މިސަރުކާރު ޖަވާބުދާރީ ކުރުވަން އެންމެން މަސައްކަތް ކުރަންޖެހޭ!! އެވަގުތު މިއޮތީ މިހާރު އައިސްފަ! މަޖްލިސްތެރޭތިބި އިދިކޮޅު މެމްބަރުން ގައިގާ ތަޅާ މާރާމާރީ ހިންގާ ބޭރުކުރަނީ!! އެވެސް ގާނޫނާ ޚިލާފަށް!! މިހަކަ އެތައްކަމެއް އެދަނީ ކުރަމުން ރައްޔިތުންނަށް ބިރު ދައްކަމުން!! މި އެމްޑީޕީއަކީ އެމީހުންގެ ސައިޒްއޮޅި ބޮޑާ ބަސްބުނުމަށް 1 ވަނަ ޕާޓީއެކެވެ! ހަސަންލަތީފް، އަދުން ހުސެއިން، ފޮރި އާޒިމްމެން މިތިބެނީ ވަރަށް މާލެވެފައެވެ! ބަލަ މި ބުރާންތިންނަކަށް ނޭގޭދޯ ﷲ މިވެރިންގެ ސިކުޑީގެ ކުޑަ ލޭކޮޅެއް ގަޑުކޮށް ލެއްވިއަސް މަރުވެގެން ވެއްޓޭހާބާރު ނެތް ބައެއްކަން މިތިބީ ފުއްޕާފަ! ޔާﷲ މި ނުބައިނުލަފާ މި ބޮޑާވެރިންގެ ކިބައިން މިގައުމު ސަލާމަތްކޮށްދެއްވާފާނދޭވެ! އާމީން!

      5
      1
  2. ފަރުހާދު 1

    ވެރިަކމުގެ ވަސްވެސް މިލިބެނީ އެބުނާ ކުޑަޕާޓީގެ ވޯޓްކޮޅު ލައިގެންކަންވެސް އެއީ ވަރަށް ސާފުކޮށް ފެންނަ އޮތް ހަގީޤަތެއް.

    ބާރު ލިބުމުން ބޮޑާވެ، ބިމުގައި ފަސާދަ އުފައްދާ މީހުންގެ ވާހަކަ ވަރަށް ގިނައިން އަޑުއަހަން،

    96
    1
    • އެމްޑީޕީ ބުރޯ

      ސިރާޖު އެބުނީ ވަރަށް ރަނގަޅު ވާހަކައެއް! ފެންވަރުނެތް ބަޔަކު ހުސްއަނގަތެޅުމުގެ ބޭނުމެތްނެތް! އަދާލަތޯ! ޗީޑި އެއީ ހައްޕުނޑެއްނު! އަހަރުމެން ޕާޓީން އެމީހުނާދޭތެރޭގަ ހަމްދަރުދީވެގެން މަގާމުތައް ދިނީމަވެސް އިހުލާސްތެރިކަމެއްނެތް! ސަރުކާރުގަ ތިބެގެން ސަރުކާރު ބަދުނާމުކުރުން ނޫންކަމެއް ނުކުރޭ! އަޅުގަނޑު ރ.ސޯލިހަށް ގޮވާލަން މިކަމާރަނގަޅަށް ވިސްނަވާފަ އަވަސް ނިންމުމެއް ނިންމެވުމަށް! ނޫނީ ވަގުތު ފާއިތުވެ ލަގަން އަތުންދޫވެދާނެ! މަނިކުފާނަށް މިކަން ކުރުމުގެ ހިތްވަރު ނެތްނަމަ ރ.ނަޝީދުއާ ވެރިކަން ހަވާލުކުރޭ! އެއީ ރައްޔަތުންގެ ރައީސް! އެހެން ޕާޓީތަކުގެ މީހުން މިސަރުކާރަށް ގައްދާރު ވުމުގެ ފިރުސަތުނުދީ އެމީހުން ރަސްމީ އިއްޒަތުގަ ބޭރުކުރޭ! މީ އަހަރުމެން އެމްޑީޕީ މެޖޯރިޓީ މީހުންގެ އާދޭސް! މި އާދޭހުގަ ކޮޅުފައިން ޖެހުމުގެހައްގެއް ރ.ސޯލިހަކަށް ނޯންނާނެ!

      5
      45
    • ާަާަަައަސްލު

      ތިޕާޓީތައްވީ އޮވާލަން އެއްބަޔަކު ލާދީނީ ފަތުރަން އެނެއްބަޔަކު ދީންކިޔަވަިގެން ދީންއޮޅުވާލަނީ ލާރިޔައް...ވސަލާމް

  3. ދަރިން

    އަސްލު މިގައުމުގެ އަލާކު ކުރުމުގައި ބޮޑު ބަޔެއް ކޮއްމެފަރަކު މިކުޅެނީ އަދާލަތު ޕާޓީ ގަ މިއުޅޭ ދެކޮޅައް ކަޑާ ސޭހުންތާ! މިގައު ހަލާކު ކޮއްޕި ދީނީ އިލްމުވެރިން ވެންހުޅޭ ބައެއްމީހުން

    55
    7
  4. ޓައްޕު

    ޑިމޮކްރަސީ ގައި ކަށިކެޔޮ ބަތްޕެން ކައްކަނީތޯ

    49
  5. Anonymous

    މިހިރަ ކޯލިޝަން އުތުރި އަރަނީ. ކިހާވަރަކުން ދާނެބާ.

    70
  6. ސްމާރޓް711

    އަންނިއަށް ވަގުތަކީވެސް ބަދަލުވާއެއްޗެއް އަދި ހާލަތަކީވެސް އަބަދު އެއްގޮތަކަށް އޮންނައެއްޗެއްނޫން އަޅުގަނޑުގެ ދުއާއަކީ ފިޔަބިންދައިގެންގޮސް ﷲއިރާދަކުރެއްވިހާ އަވަހަކައް ވެއްޓުން ސަލާން

    94
  7. ތުރާކުނު

    މީ މި ޤައުމަށް ޖެހިފައިވާ މިވާ ކޮރޯނާއަށް ވުރެ ނުރައްކާ މީހެއް އަދި ދުމިޔޭގަ ތިބިބަޔަކަށް ފެންނާނެ މި ބައިގަޑު ނިކަމެތިވާތަން

    36
  8. ފަރީދާ

    ދެއް ޖުމުހުރީ ޕާޓީއަށް ކިތަން ފޯމު ފުރާދިނިއްތަ މިހިރަ ނަޝީދު

    32
  9. ދުންތަރި

    ރައްދު ދެނީ ނާޤާބިލްކަމުން ނާޤބިލްކަން ދަނީ ހާމަވަމުން ކޮންމެ ކަމެއްގަވެސް ފޭލްވަނީ އެކަށިގެންނުވާ ކަންކަމަށް މީހުން އިސްކޮށް މާ މޮޅުމީހެއްކަމަށްދައްކައި ތިމާވަރުގެ މީހަކުނެތްކަމަށް ދެއްކެން އުޅުނަސް މަޖިލީސްގެ ޖަލްސާތައް ބެލުމުން ކެޔޮޅުކަީ މުރަނގަގަހުމާލިމީއެއްކަން އެނގޭ ހައިސިއްޔަތުވެސް ނޭނގޭ އެންމެ ފަހުން ފަތިސްދަޅައިގަ އެންމެން ނިދީމަ މަޖިލީހުގަ ޖެހި ސަކަރާތުން އެމްޑީޕީ ފެއިލްވެއްޖެ ރޯނު އެދުރަކީ އުރަތްޕެއްނެތް މަރުމޯލެއްކަން ސާބިތުވެއްޖެ

    36
  10. ޑައެލޯގް

    ނޫނޭ މިއެމްޑީޕީއަކީ އެމީހުންގެ ސައިޒްއޮޅި ބޮޑާބަސްބުނުމަށް 1ވަނަޕާޓީއެކެވެ. ހަސަންލަތީފް، އަދުން ހުސެއިން، ފޮރިއާޒިމްމެން މިތިބެނީ ވަރަށްމާލެވެފައެވެ. ބަލަ މިބުރާންތިންނަކަށް ނޭގޭދޯ ﷲ މިވެރިންގެ ސިކުޑީގެ ކުޑަލޭކޮޅެއް ގަޑުކޮށްލެއްވިއަސް މަރުވެގެންވެއްޓޭހާބާރު ނެތް ބައެއްކަންމިތިބީ ފުއްޕާފަ. ޔާﷲ މިބޮޑާވެރިންގެ ކިބައިން މިގައުމު ސަލާމަތްކޮށްދެއްވާފާނދޭވެ.

    38
  11. Anonymous

    މިހާރު ގަމާރުއިމްރާން ހުންނާނީ ކުޑަ އޮށަކަށްވެފަ! ސާފުވެއްޖެތަ!!

    26
    3
  12. ބޮޑުސައްލާ

    ކޮބާ މިފެންނަނީ ދެމީހަކު އެއްތާނގަތިބެ ކުރި ސައްލާގައި އެއްބަސްވިކަންތައްތައް ތަންފީޒު ކުރުމުގެ މަސައްކަތް ފެއްޓިތަން

  13. ސުންބާ

    އަންނި އަނދަގޮނޑިއަށް ލާނެ ދުވަސް އައުމުގެ ކުރިން އަވަހަށް ފިލާރަށްކާވޭ ހަމަޔަގީން އެދުވަސް އެބަ އާދޭ ވަﷲ އައުލަމް.

    24
  14. ހާޝިމް

    އަދާލަތުޕާޓީއަކައް ދެން އެއްޗެސް ޕާޓީއަކައް ތާއީދު ހޯދައެއް ނުދެވޭނެ. އަދާލަތުޕާޓީއަކީ މިހާރަކު ތާއީދެއް އޮތް ބަޔެއް ނޫން..މެމްބަރުނަތަކެއްގެ ނަންލިސްޓެއް އެކަނި އޮތީ. ތާއީދެއް ނެތް.. އަދި ލީޑާޝިޕެއްވެސް އަދި މާބޮޑު މަގުސަދެއްވެސް އެޕާޓީއަކު މިހާރަކުނެތް. ޝޭހުންތައް ތެޅިބޭލެން ފެށިގޮތަކުން އެޕާޓީވަނީ ފަނާވެނިމިގެންގޮއްސަ. އެޕާޓީ އުފެއްދުމުގެ އަސްލު މަގުސަދު ގެއްލި ދީނީ ރޫޚުކެނޑިގެންގޮސް އެންމެފަހަކައް މިގައުމުގަ އޮތް އެންމެ ލާދީނީ ޕާޓީގެ ކޯލިޝަންހަދައި ދީނީ ކަންކަމައް ގޮވާލި ގޮވާލުމުގެ އަޑުތައް ކެންޑި.. މުޅިން ވަޒީފާއާއި މަގާމުތަކުގައި ޖެހިފައިމިވަނީ.. ދެން އަދާލަތު ޕާޓީއަށް ވައްސަލާން.

  15. ޢަލިި

    ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅޭ އަދި ހުރަސްއަޅާ މިންވަރު ދ