މަޖިލީހުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން ހިންގި މާރާމާރީއެއްގެ މައްސަލަ ތަހުޤީޤުކޮށް، އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރގެ މަޤާމުގައި ހުންނެވި އިމްރާން އަބްދުﷲ ވިދާޅުވުމުން، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އެމަނިކުފާނަށް ފާޑުވިދާޅުވަމުން ދާތީ އަނެއްކާވެސް އަދާލަތު ޕާޓީން ރައްދު ދީފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިއްޔެ އަދާލަތު ޕާޓީއަށް ފާޑުވިދާޅުވުމުން އަދާލަތު ޕާޓީގެ ބޭފުޅުން ވެސް އެމްޑީޕީއަށް ރައްދުކޮށް ބަހުގެ ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގައި، މިނިސްޓަރ އިމްރާންގެ އެޑްވައިޒަރ އަދި އެމްޕީއެލްގެ ޗެއާމަން، ނަޒާކީ ޒަކީ ވިދާޅުވެފައި ވަނީ، އެމްޑީޕީން ރައްޔިތުންނަށްވީ ވަޢުދުތައް ހަނދާންނެތި ކަންކަން ނުކޮށް ތިބެ އެހެން ބައެއްގެ ބޮލުގައި ބަދުނާމު އަޅުވަން މަސައްކަތްކުރާ ކަމަށެވެ.

ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވަމުން ޒަކީ ވިދާޅުވީ، ވެރިޔަކަށް ހުންނަ މީހާއަށް ކަންކަން ނުކުރެވި ރައްޔިތުންގެ ނުރުހުން އަމާޒުވުމުން އަގު ހިފެހެއްޓުމަށް، ކުރީގެ ސަރުކާރޭ ކިޔައިގެން ހަޤީޤަތް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ޒަކީ ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އެންމެ ފުރަތަމ ހޫނުވެފައި ވަނީ، މަޖިލީހުގައި ހިނގި ހަމަނުޖެހުން ތަހުޤީޤުކުރާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވުމުން ހަސަލް ލަތީފު ކުރެއްވި ޓްވީޓެއްގައި، ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލިހުގެ ގޮނޑިއެއްގެ މިންވަރު ވެސް ކާމިޔާބު ކުރެވިފައި ނުވީ ނަމަވެސް، މަޖިލިހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލިހުގެ އިންތިޒާމުތެރެއަށް އަރައިގަތުމުގެ ވިސްނުން އިމްރާންގެ ހުރެގެން ނުވާނެ ކަމަށް ވިދާޅުވުމުންނެވެ.

މަޖިލީހުގެ އިދާރާގައި ހަމަނުޖެހުން ހިނގީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ ކައުންސިލަރުންގެ އިންތިހާބުކުރެވެން ދެން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި، ނައިފަރު ދާއިރާގެ މެންބަރު އަޑުގަދަ ކުރަން ފެއްޓެވުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނުކުތުމަށް އެންގެވުމުން އޭނާ ޖަލްސާ ކުރާ މާލަމުން ނެރުމުގެ ތެރޭގައެވެ.

ޝިޔާމް މަޖިލިހުން ނެރުމުގެ ކަންކަން ސާޖެންޓް އެޓް އާމްސް ކުރައްވަން ޖެހޭ އިރު، އެކަމުގައި އެރޭ ބައިވެރިވެވަޑައިގެންނެވީ މެމްބަރުންނެވެ. އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެމްޑީޕީގެ މެމްބަރު އިސްވެ ތިބެ ޝިޔާމަށް ހަމަލާދޭ މަންޒަރާއި އޭނާ ދަމާފައި ތަޅުމުން ބޭރުކުރާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. މި ހާދިސާގައި ޝިޔާމަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެސް ވެފައެވެ. މި ހަމަނުޖެހުމުގެ ތެރެއިން ޝިޔާމްގެ ގައިގައި ހިފައި އޭނާ ބޭރުކުރަން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މަސައްކަތް ކުރަމުން ދަނިކޮށް ތަނެއްގައި އަޅައިގެން ވެއްޓި އޭނާއަށްވެސް އަނިޔާ ވެފައި ވެއެވެ.

މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެމްބަރުން، މެމްބަރު ޝިޔާމް މަޖިލީހުން ބޭރުކޮށް ހަމަނުޖެހުމަކަށް ގޮސްފައި ވަނީ، މަޖިލީސް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދީފައިވާ ހުއްދަ އާއި ވެސް ޚިލާފަށެވެ. އެގޮތުން މަޖިލީސް ހުޅުވުމުގެ ކުރިން އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި، ޖަލްސާތައް ކުރިޔަށްދާ ވަގުތު މެމްބަރުން ތިބެންވާނީ ގައިދުރުކޮށް ކަމަށް އަންގާފައިވީނަމަވެސް، އެރޭގެ ޖަލްސާއިން ފެނިގެން ދިޔައީ އެ އެންގުމާއި ޚިލާފަށް މެމްބަރު އެއްވެ ތިބި މަންޒަރެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީ އާއި ކޯލިޝަން ހައްދަވައިގެންނެވެ. ސަރުކާރުގެ 15 އިންސައްތަ ސިޔާސީ މަގާމުތައް ވެސް ދީފައި ވަނީ އަދާލަތު ޕާޓީއަށެވެ. ނަމަވެސް މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކި ފަހަރުތަކުގައި އަދާލަތު ޕާޓީއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޔުމްނާ

    ކޮއްކޯ ކޯލިޝަނެއްނުރޫޅޭނެ ދައްތަމިކިޔަނީ😂

    31
    15
  2. ދުންތަރި

    ޓީމުގެ ކުޅުންތެރިން ބައިކޮޅަށް ގޯލްޖެހުމަކީ ތިމާމެނަށް ކަންކަން ނުކުރެވޭކަމުގެ ސާފުހެކި އެންމެނެއް އަބަދު ހަމަިގަ ތިބެން ނުޖެހޭނެކަމަށް ދެކުނަސް ހަމައިގަ ތިބޭ މީހުން އިންސާފަށް ބަސްބުނާނެ ހަޖަމުނުވުމަކީ ބޮޑޫ މައްސަލައެއް ޓީމުގެ ކުޅުންތެރިންގެ ވާހަކަ ތަކުންވެސް ސަރުކާރު ފެއިލްވެއްޖެކަން ސާބިތުވޭ ބަރަހަނާވީމަ ތިމަން މިހުރީ ފޭރާން ލައިގެނޭ ކިޔަސް ފެންނަ މީހުނަށް އެނގޭ ހުރީ ބަރަހަނާގަކަން

    69
  3. އެމްޑީޕީ ބުރޯ

    ސިރާޖު އެބުނީ ވަރަށް ރަނގަޅު ވާހަކައެއް! ފެންވަރުނެތް ބަޔަކު ހުސްއަނގަތެޅުމުގެ ބޭނުމެތްނެތް! އަދާލަތޯ! ޗީޑި އެއީ ހައްޕުނޑެއްނު! އަހަރުމެން ޕާޓީން އެމީހުނާދޭތެރޭގަ ހަމްދަރުދީވެގެން މަގާމުތައް ދިނީމަވެސް އިހުލާސްތެރިކަމެއްނެތް! ސަރުކާރުގަ ތިބެގެން ސަރުކާރު ބަދުނާމުކުރުން ނޫންކަމެއް ނުކުރޭ! އަޅުގަނޑު ރ.ސޯލިހަށް ގޮވާލަން މިކަމާރަނގަޅަށް ވިސްނަވާފަ އަވަސް ނިންމުމެއް ނިންމެވުމަށް! ނޫނީ ވަގުތު ފާއިތުވެ ލަގަން އަތުންދޫވެދާނެ! މަނިކުފާނަށް މިކަން ކުރުމުގެ ހިތްވަރު ނެތްނަމަ ރ.ނަޝީދުއާ ވެރިކަން ހަވާލުކުރޭ! އެއީ ރައްޔަތުންގެ ރައީސް! އެހެން ޕާޓީތަކުގެ މީހުން މިސަރުކާރަށް ގައްދާރު ވުމުގެ ފިރުސަތުނުދީ އެމީހުން ރަސްމީ އިއްޒަތުގަ ބޭރުކުރޭ! މީ އަހަރުމެން އެމްޑީޕީ މެޖޯރިޓީ މީހުންގެ އާދޭސް! މި އާދޭހުގަ ކޮޅުފައިން ޖެހުމުގެހައްގެއް ރ.ސޯލިހަކަށް ނޯންނާނެ!

    1
    86
  4. މާލެ ބޭބެ

    މިފަހަރު އެމްޑީޕީ ޖެހޭނީ ސައިޒްވާން، ޝެއިޚް އެހުރީކީ ދޫކުރާކަށްނޫންތާ.... ބަލަ ކޮންފުއްޕުމެއް، ޤާނޫނުއަކީ އޭގެމަށްޗަށް އެންމެން ހަމަހަމަ އެއްޗެއް... ޝިޔާމަށް އަނިޔާކުރި މެންބަރުން ހީކުރީ މަޖްލިސްގެ ޗެމްބަރަކީ ކުޅިވަރުކުޅޭ ތަނެއްކަމަށްތޯ....

    81
  5. އަސްޤަރު ސިއްދީޤް

    ސިރާޖު އެބުނީ ވަރަށް ރަނގަޅު ވާހަކައެއް! ފެންވަރުނެތް ބަޔަކު ހުސްއަނގަތެޅުމުގެ ބޭނުމެތްނެތް! އަދާލަތޯ! ޗީޑި އެއީ ހައްޕުނޑެއްނު! އަހަރުމެން ޕާޓީން އެމީހުނާދޭތެރޭގަ ހަމްދަރުދީވެގެން މަގާމުތައް ދިނީމަވެސް އިހުލާސްތެރިކަމެއްނެތް! ސަރުކާރުގަ ތިބެގެން ސަރުކާރު ބަދުނާމުކުރުން ނޫންކަމެއް ނުކުރޭ! އަޅުގަނޑު ރ.ސޯލިހަށް ގޮވާލަން މިކަމާރަނގަޅަށް ވިސްނަވާފަ އަވަސް ނިންމުމެއް ނިންމެވުމަށް! ނޫނީ ވަގުތު ފާއިތުވެ ލަގަން އަތުންދޫވެދާނެ! މަނިކުފާނަށް މިކަން ކުރުމުގެ ހިތްވަރު ނެތްނަމަ ރ.ނަޝީދުއާ ވެރިކަން ހަވާލުކުރޭ! އެއީ ރައްޔަތުންގެ ރައީސް! އެހެން ޕާޓީތަކުގެ މީހުން މިސަރުކާރަށް ގައްދާރު ވުމުގެ ފިރުސަތުނުދީ އެމީހުން ރަސްމީ އިއްޒަތުގަ ބޭރުކުރޭ! މީ އަހަރުމެން އެމްޑީޕީ މެޖޯރިޓީ މީހުންގެ އާދޭސް! މި އާދޭހުގަ ކޮޅުފައިން ޖެހުމުގެހައްގެއް ރ.ސޯލިހަކަށް ނޯންނާނެ!

    1
    67
  6. ޔުޓިލިޓީ

    ޢަދި ކިރިޔާ އަހަރުން ނަށް ވަގުން ފެންނަނީ.....މި ޕެންޑަމިކް އިން ވަަރަށް ރުފިޔާ ކައިފި...

    55
  7. Anonymous

    ތިއުޅެނީ ރައީސް ބަދުނާމްކުރަން! ތީ ކަމެއް ނުވާނެ! އެހާ ތެދުވެރި ގައުމަށް ވަފާތެރި ރައީސަކު ޙަޔާތުގަ ނުދެކެން!!!

    2
    85
    • ގަމަރު

      ބުނަންތަ ވާހަކައެއް ނަމުން ސާލިހު ކަމުން ގަމަރު އަމަލުން މަކަރު މިފަހަރު ފުލެޓާ ދޭތެރެ ރާއްތެރޭ ޔާގުންޑާއިން ހަނދަންނައްތަލާ އަހަރެމެން ގަބޫލް ކުރާ ރައީސަކީ ރ.ނަސީދު .ނަސީދު ބޭނުންވާ ބަޔަކަށް ފުލެޓް ދޭނީ ކުރީގެ ލިސްޓު ގެއްލިއްޖެ ސާލިހެ ކާސިމޭ މަލީހޭ ކިޔަކިޔާ ތިބޭ

      1
      29
  8. ގލ

    ކިތަންމެ ވަރަކަށް މަތި އޮމާންކޮށް ތޮށިގަނޑު ރީތިކުރަން އުޅުނަސް މޑޕގެ ހަޑިމުޑުދާރު އަދި ހަރާންކޯރުސިފަ އެއީ ފޮރުވޭނެ އެއްޗެއްނޫނެވެ މިހާރު ސޯޓްބޭލި ހަގީގަތް ސާފުވާންވީ ވަގުތުމިދަނީ ކުޑަތަން ވަމުންނެވެ ރައްޔިތުންގެ
    އުއްމީދަކީ ގުންޑާސަރުކާރު ބަދަލުކޮށް ރާއްޖެ މުލިވަގުންގެ
    ކިބައިން ސަލާމަތްކުރުމެވެ.

  9. ތުމްސޭ

    އެއްވަރުގެ ކެރަވަޅު ހަދާ ފާޑު ޖަހާ މީހުން.

  10. އަނިޔާ

    ކޮބާ ހަސަން ލަތީފް ހަޖަމެއްނުވި ދެން ކިހާ ކަންތައްތަކެއް ނުންނާނެ ޤަވައިދާ ޚިލާފަށް ކުރައްވާފަ އެއީވެސް ހެޔޮވެރިކަން ދޮ ސޯލިހޤއަކީ އަޅެ ބުއްފުޅިބޯ ދުއްްތު ކުއްޖެއްތޯ ނުވަތަ އިންމަތީގެ މީހެއްތޮ ސުވާލް އުފެދޭ ބޮންބޢތޯ އިންސާފް،

  11. Anonymous

    ކަންކަން ނުކުރެވޭނެތާ 0 ޓޮލަރެންސްގައި ވައްކަން ކުރަންޏާ. ކަންކަން ނުކުރެވޭ ކޮންމެ ފަހަރަކު ކޯލިޝަންގެ އެހެން ޕާޓީ ތަކައް މިބައިމީހުންގެ ރުޅިގަނޑު މިބާލަނީ . ލަދުހަޔާތް ނެތީ ލާދީނީ އެމްޑީޕީގަ

    24
    1
  12. Anonymous

    ކަލޭމެން ކަންކަން ކުރަން ނުކުޅެދުނީމަ އެހެން މީހުންގެ ބޮލުގައި ކަންކަން ނާޅާ

    20
    1
  13. ާައަހުމަދު

    އަނެއްކާ ބަގާވާތަކަށް ތައްޔާރު ވަނީބާ؟

    19
    5
  14. އަހްމަދު

    އެމްޑީޕީ އެކަނި ރިޔާސީ އިންތިހާބަށް ކުރިމަލިނަމަ ޔާމީ ކިތަންމެ ލާރިކެޔަސް ވޯޓް ދޭނީ އެފަރާތަށް! ކަލޭމެން އެންމެވެގެން ގެނައި ސަރުކާރުން އަޅުގަނޑުމެން ހީކުރީ މިޤައުމުގައި ހިންގާ ނެއްގާނި ކަންތައްތައް ފޮހެވިގެން ދާނެކަމަށް! އަދި ބުނަންތަ، ގުޅިފައިވާ ޕާޓިތަކުން ނަޝީދު ވެރިކަމަށް ކުރިމަތިލިނަމަ އެއްވެސް އަދާލަތެއް، ޖޭޕީ އެއް ނުވަތަ މައުމޫނެއް ނޯންނާނެ! ވޯޓް ހޯދަންޖެހޭނީ އަތްކަނޑައިގެން ގޮސް!

  15. އެކޮއި

    ހަސަން ލަތީފު މެން އެއީ ގޭކޮށިންް ވަގަށް ކުކުޅު ކޭމީހުން ވަރަށް ނާތަހުޒީބު ވާނެ،

  16. ނަޝީދު

    ޝޭހު އިމްރާނު ޖަލުން ނެރެފައެހެރީ ރަނގަޅަކައް ނޫން.. ކޯޓުގައި ސާބިތުކޮއްފައިވާ ކުށުގެ ހުކުމް ފުރިހަމަ ނުކޮއް..

  17. ާއަޑާލަތި

    އަދާލަތު މެންގެ ކަރަށް އެމްޑީ ޕީ ތިއޮތީ ފައިން އަރާފަ. ލައްކަ ދެކެން ބޭނުން ދުވަހެއް ކޯލިޝަނުން އަދާލަތު ބުރުވާލާތަން. އޭރުން ވިސްނޭނެ ހަދީޘުން މިސާލު ޖަހާހައި ރަނގަޅު ބައެއްނޫންކަން ވެރިކަމުގަ ތިބީ. ޝިދާތާ ބޭރުވިގޮތަށް އިމްރާނުވެސް ވާނެ. ޢިބޫވެސް ހަމަ އެހެން ފިޔަކޮށާނެ. ލޮލް.

  18. ލކ

    ކަމެއް ކު ރަން އެގޭނީ ކު ރަން އެގޭބަޔަކައް

  19. ޝައިޚް

    އިމުރާނުމެން ލަދު ނުގަނޭތަ ތިތިބަ ލާދީނީންތަކުގެ ތެރޭ ތިހެން ތިބެން.. އެމީހަކު މަހުޝަރަތް ކުރައްވާނީ އެމީހަކު އެބަޔަކާއި އެކު އުޅުނު މީހުންނާއި އެކުކަމައް ދީނީ އިލްމުވެރީންގެ ފަރާތުން އަޑުއަހަމު.

  20. ޢަންޏި

    މިރާއްޖޭގަ ގާނޫނަށްވުރެ މަތީގައި ތިބިމީހުންގެ ލިސްޓެއް އެމްޑީޕީއިން ވެއްޖެއެންނު ޕޮލިހަށާއި މިނިސްޓްރީތަކަށް ފޮނުވަން . ޢަންޏި ސޮއެކުރައްވާފަ