މަޖިލީހުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން ހިންގި ހަމަނުޖެހުމެއްގެ މައްސަލަ ތަހުޤީޤުކޮށް، އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރގެ މަޤާމުގައި ހުންނެވި އިމްރާން އަބްދުﷲ ވިދާޅުވުމުން، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އެމަނިކުފާނަށް ފާޑުވިދާޅުވެ ދެ ޕާޓީގެ ކޯޅުން ބޮޑުވެފައި ވަނިކޮށް، އިދިކޮޅު ޕާޓީތަކުން ވެސް އެމްޑީޕީއަށް ފާޑުކިޔައިފިއެވެ.

މިގޮތުން ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ޗެއާޕާސަން، ހަސަންލަތީފަށް ރައްދު ދެއްވާފައެވެ.

އެއްވެސް ދާއިރާއަކުން ރައްޔިތުންގެ ކުޑަ ތާއީދެއްވެސް ލިބިފައި ނުވާ އަދި މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބުވެފައި ނުވާ ޕާޓީއެއްގެ ގޮތުގައި އަދާލަތު ޕާޓީ ސިފަކޮށް ހަސަން ލަތީފް ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ސައީދު މިރޭ ވިދާޅުވީ، ދައުލަތުގެ އިންތަކައި މިންތައް ހުރަސްކޮށް، ޤާނޫނު އަސާސީގެ ހުރުމަތް ކެނޑުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.

ސައިދު ވިދާޅުވީ، އެމްޑީޕީއަށް ލިބިފައިވާ ބާރު "އިސާހިތަކު ނެތި ހިނގައިދާނެ" ކަމަށް ވިދާޅުވެ، ބޮޑާކަން އިސް ނުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ. މިރޭގެ ޓްވީޓުގައި ސައީދު ވަނީ، އިންސާފު އުފަންވީ އެމްޑީޕީގެ ޖަގަހައިންތޯ ވެސް ސުވާލު ކުރައްވާފައެވެ.

ވެރިކަމަށް އައުމަށް އެކުގައި މަސައްކަތް ކުރުމަށްފަހު ކޯލިޝަން ސަރުކާރެއް އުފެދުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެމްޑީޕީގެ ބައެއް ބޭފުޅުން މީގެ ކުރިންވެސް އަދާލަތު ޕާޓީގެ ބައެއް ބޭފުޅުންނަށް ފާޑުކިޔުން އަމާޒުކޮށްފައި ވެއެވެ. މިގޮތުން އެންމެ ފަހުން، ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި އަދާލަތު ޕާޓީގެ ނިކަމެތިކަން ދޭހަކޮށްދޭން މަސައްކަތް ކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ނަމަވެސް ހަސަން ލަތީފުގެ ދިފާޢުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވާހެން ޕާޓީގެ ބައެއް އިސް ބޭފުޅުން ދަނީ އަދާލަތު ޕާޓީއަށް ރައްދުދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަމީ

    6 ކަށިމަތި ހަސަން މީ ވަރަަށް ލަ ދުކުޑަ މީހެއް.

    46
    1
  2. ނާޒިމާ ހަސަން

    ޙަސަން ލަތީފަށް
    ޥެދުންސަލާމަށްފަހު ދަންނަވަމެވެ.
    މަނިކުފާނު ނިސްބަތްވާ ދާއިރާ އިން ޕެންސަންފަންޑުން ކިތައް މީހުން ހައްޖަށް ފޮނުވިއްޖެތޯ...
    2) ކިތައް މީހުންތޯ ވަޒީފާ ގެއްލުނީ ބެލުނުތަ؟
    3) ކިތައް މީހުންނަށް ޒަކާތް ނުލިބުނުތޯ ބެލުނުތަ؟
    4) ކިތައް މީހުންނަށް ލޯނު ނުދެއްކި ހާލުގައި ޖެހިފައިތިބީ ބެލުނުތަ؟
    5) ކިތައް މީހުންނަށް ހިނިތުން ވުމާއެކު ބަލާލެވުނުތަ؟
    6) ކިތައް މީހުންނަށް ފްލެޓް ލިބޭތޯ ބަލާލެވުނުތަ؟
    ޢަހަރުން ކައިރިއަށް އައިސް ކިހާ ފޮންޏެއް ކެނޑި. މަޖުލީހުގައި އަންނިގެ ޕަޕެޓެއްހެން އޭނާ ބުނާހާ ކަމެއް ކުރާކަށެއް ނޫނޭ އަަހަރުން ހޮވާފަ ކަލޭ ފޮނުވީ.

    59
    1
  3. ޙާސިމް

    ނާޒިމާ ސަލާންބުނި. ބުނީ ހަސަނާ އިސްއުފުލާ ރައްޔިތުންނާއި ދިމާލަށް ނުބެލޭ މީހެކޯ

    43
  4. ފިޔަލަ

    މިހަތަރު ކަށިމަތިމީ ލަދެއް ޙަޔާތެއްހުންނަމީހެއްނޫން މީ ކަނޑުގަލެއްވިނަމަ އޮޑިދޯނިފަހަރައްވެސް ނުތަކާވަރުގެ މުސީބާތަކައްވީސް ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާ

    37
  5. ފެކްޓް

    މި މީހުނަށް ހީވަނީ ރައްޔިތުންގެ ތާއިދު ލިބުމަކީ އުޑުން ފޭބިފައި ތިބުންހެންތަ؟ ރައްޔިތުންގެ ދާއިދުގެ ތާކިހާ އަޅަގެން ކޮންމެކަމެއް ކުރިޔަސް އޯކޭ ދޯ! މާ ރައްޔިތުން ވެގަނެގެން ރައްޔިތުންގެ ނަމުގައި ހިންގަނީ ހުސް ޖަރީމާ!
    ތި މުޑުދާރު ޢަމަލުތައް ހަމަ ބަލންޖެހޭނެ! އެމިހުން ހަދާނެ އެއްޗެއް ހަހާނެއެއްނު!

  6. މުއްކުރޭ

    ހަސަން ލަތީފުއަކީ ވަރައްވެސް ބޮޑައް ބޫޓު ސައިޒު އޮޅިވަޑާގެންފަ ހުރިމީހެއް މާކަގިނަދުވަހެއްނެތް ސައިޒުވާން

    14
  7. ޒަހާ

    ކީރިތި ރަސޫލާ ދުޢާދެއްވާފައިވަނީ ނުކިޔަވާތިބި ސަންގޯރުން ޤަވްމުތަކުގެ ވެރިކަމަށް އިސްކުރުމަށްތޯ؟

    2
    1
  8. ޢަލިި

    ދިވެހިރާއްޖޭގައި ޢަދުލު އިންސާފުގެއްލި ޖަންގަލީގެނިޒާމު ހިންގަމުން ގެންދާކަން ކަށަވަރުކޮށްދީފި. މިނިކާ ވަގަކަށް ފުއްލާއެއް ފެނުމުން ކައިލާކަން ކަށަވަރުވޭ. ނަމަވެސް އިސްލާމީޝަރީޢަތްގާއިމު ކުރެއްވުމުން ޖަންގަލީތެރޭގައިވެސް އަދުލުއިންސާފު ގާއިމުވެފައިވާކަން ޔަގީންކަމެއް.