ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި މަދުވެފައި ވާއިރު، ރާއްޖޭގައި މިހާރު މި ބައްޔަށް ޓެސްޓު ކުރުމަށް ބޭނުންކުރާ މެޝިނުގެ ތެރެއިން މެޝިނެއް ހަލާކުވެފައިވާ ކަމަށް "ދަޕްރެސް" ނޫހުން ބުނެފިއެވެ.

އެ ނޫހުގައި މިކަން ހާމަކޮށް ބުނެފައި ވަނީ، ހާލާކުވެފައި ވަނީ އައިޖީއެމްއެޗްގައި ބަހައްޓާފައިވާ ދެ އެކްސްޓްރެކްޝަން މެޝިނުގެ ތެރެއިން އެއް މެޝިން ކަމަށާއި އެކަމާއި ގުޅިގެން "މެނުއަލް" ކޮށް ބައްޔަށް ޓެސްޓު ކުރުމާއި ގުޅޭ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ދަތިތަކާއި ކުރިމަތުވަމުން އަންނަކަން އެނގިފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގައި ކޮވިޑް-19 ގެ ޓެސްޓުތަކަށް ބޭނުންކުރަމުން ދިޔަ މެޝިނެއް ހަލާކުވެފައިވާ ކަމުގެ ޚަބަރު ފެތުރިފައި މިވަނީ، 900 އެއްހައި ސުންކު (ސާމްޕަލް) ޓެސްޓު ނުކުރެވިވާކަން، އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ. ނަމަވެސް އެހައި ގިނަ ސުންކު، ނަތީޖާ ނުލިބިވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗްގައި ކޮވިޑް-19 ގެ ޓެސްޓުތައް ކުރުމަށް ބޭނުންކުރާ މެޝިނެއް ހަލާކުވެފައި ވާއިރު، އެހެން ދުވަސްތަކާއި އަޅާބަލާއިރު އިއްޔެ ރާއްޖެއިން ފައްސިވީ ކަމަށް ރިޕޯޓް ކޮށްފައި ވަނީވެސް މަދު ވޭދަނަ (ކޭސް) އެކެވެ. އިއްޔެ ވޭދަނަތައް މަދުވެފައިވާ ސަބަބަކީ މިއީ ކަމަށް ބެލެވެއެވެ.

ސަރުކާރުން ކުރިން ވިދާޅުވެފައިވާ ގޮތުން ރާއްޖޭގައި ދުވާލަކު 800 އަށް ވުރެ ގިނަ ޓެސްޓް ހެދުމުގެ ގާބިލްކަން އެބަހުއްޓެވެ. ނަމަވެސް ފާއިތުވި ދެތިން ދުވަހު ޓެސްޓްތައް ހެދުން މަދުވި ސީދާ ސަބަބެއް އަދި ސާފުކޮށްދެއްވާފައެއް ނުވެއެވެ. އެޗްޕީއޭ އިން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން ވެސް ނުބާއްވާތާ މިހާރު ތިން ދުވަސް ވެއްޖެއެވެ.

އިއްޔެ 11 މީހަކު ހިމެނޭހެން ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 1883 އަށް އަރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭއިން މިހާތަނަށް 716 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ރާއްޖެއިން މި ބަލީގައި މިހާތަނަށް ހަތް މީހަކު ނިޔާވެފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 625 ދިވެހިންނާއި 1258 ބިދޭސީންނެވެ. ރާއްޖެއިން މި ބަލި ޖެހުނު ބިދޭސީންގެ ތެރެއިން 1018 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ބުރޯ

  އެއްވެސް މީހަކުޓެސްޓް ނުކުރުމުން ބަލަންވީ މިރާއްޖޭ އިން ބަލި ނެތުނީ ކަމަށް

  86
  1
  • ޙަޒީމް

   އާދެ.. ރީނދޫ ސިކުންޑީގެ ހިކްމަތުން ވިސްނާކަމުގަ ތިޔާހެން ތިކަން އޮތީ.

   56
   1
 2. ސިސް

  ހުރިހާ މެޝިނެއް ހަލާކުވެއްޖިއްޔާ އެކަކުވެސް ފައްސި ނުވާނެތާ! ޢަދި އެކަތި ހަލާކުކޮށްލާ އޭރުން މިއަށްވުރެވެސް މަދުވާނެ.

  64
 3. ޝަމްސީން

  ޕަކާސް..މިއޮތީ އެމްޑީޕީގެ ސަރުކާރު ރަނގަޅައް ޖަޒީރާވެފަ.

  66
  6
 4. އިދުރީސް

  ކޮވިޑަށް ޓެސްޓް ކުރާ މެޝިނަކީ މިބައްޔަށް އުފެއްދި އެއްޗެއްނޫން. މިބަލި އުފެދުމުގެ ކުރިން ކޮވިޑަށް ޓެސްޓް ހެދޭ 6 މެޝިނެއް ރާއްޖޭގައި މިދިޔަ ސަރުކާރުން ގާއިމް ކޮށްފައިވޭ. 1 އައްޑޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލް 2 ގދ ތިނަދޫ މެމޯރިއަލް ހޮސްޕިޓަލް 3 ލ ގަމު ހޮސްޕޓަލް 4 ރ އުނގޫފާރު ހޮސްޕިޓަލް 5 ކުޅުދުއްފުށި ހޮސްޕިޓަލް 6 ދަރުމްވަންތަ ހޮސްޕިޓަލް.
  ދަންނަވަން މިއުޅެނީ ސަރުކާރުން މި މެޝިންތަށް ހުރިކަން ކޮވިޑަށް ތައްޔާރު ކަމަށްބުނި މީހުންނަށް ނޭގުނީ ކީއްވެހޭ؟ ނުވަތަ އެޔަށް ބޭނުންވާ ކާރޓްތިޖް ނުގެނެވިގެން މިއުޅެނީ ކީއްވެހޭ..؟ އޮޅުވާލައި ގެން ޖަހާ ސަކަރާތް ރަށްޔިތުން އެބަ ލަލާއިނގޭތޯ.

  48
  6
  • ބޯކިބާ

   ތިބުނާ މެޝިނަކީ ޓީބީ ޓެސްޓުކުރާ މެޝިން، އެއިން ކޮވިޑަށް ޓެސްޓުކުރެވޭނީ ހާއްސަ ކިޓުތަކެއް ހަދައިގެން، އެއީ އަދި ދުނިޔޭގައި ނުވެސް ނެތް އެއްޗެއް، އޭގެވާހަކަ ދައްކަނީ ކަލޭކަހަލަ މީހުން ހިތްހަމަޖައްސަދޭން، ކ.މާލޭގަނޫނީ ޓެސްޓު ހެދޭނެގޮތެއްނެތް.

   5
   24
 5. ޙުނާން

  ރައްޔިތުން ވާ ވައްދަން ސަރުކާރުން ޓެސްޓް ކުރުން މަދުކުރަން ސްޓަންޓް ޖައްސަނީ.

  49
  2
 6. މަބަރޫކު

  މަ ބުނީ ސާމްޕަލްތައް އަބަ ހުއްޓޭ ލަސް އަބަ ވެޔޭ އެކަމަކު ޕޮޒިޓިވް ވާ މީހު އަބަ މަދުވެޔޭ އެހެންވީމަ އަބަ ތިބެންޖެހިދާނޭ ބަލި ޖެހުނަސް.. އަބަ މަދުވޭ.. އަބަ މަދުވޭ ކިޔާލަ ކިޔާލަ.. ދެން ދުވަސްކޮޅަކުން ސަހަރާޔަށް އަބަ ގިނަވާނެޔޭ މައްޔިތުން... އޭރުން އިދިކޮޅަށް ވޯޓު އަބަ މަދުވެޔޭ.... މިހާރު އަބަ ރަނގަޅުވެ.

  30
  6
  • މީ

   ކޮން އަބަ އެއްތަ؟

   14
   • އަބަ ފިލި

    ?????

 7. ދޮންބެ

  ތިޔަ ވެސް ފަރުވާ އެއް ދެއްތޯ

  17
  1
 8. ހަރަފީ

  ތި ޕްރެސް ބެލުން އަހަރެން ހުއްޓާލައިފިން އަދި އިތުބާރުވެސް ގެއްލިއްޖެ މުޅި ސިސްޓަމަށް ފުލުހުން ބަލަހައްޓަމުން ގެންދިޔަ ތާކުން ފައްސި 7 މީހުން ފިލާ އަދި އޭގެތެރެއިން އަދިވެސް އެކަކު ފައްސިވެހުރެ މުޖުތަމައުގަ ބަލިފަތުރަމުން ދުވާއިރު އެއީ ކާކުކަންވެސް އަންގާ ނުލާތީ (ދިވެއްސަކު ހޯދަން އެއްފަހަރު ގެޔަށް ޗިޓު ލާފަ އޭނަ ހާޒިރު ނުވެއްޖިއްޔާ އެމީހެއްގެ ފޮޓޯ ޓީވީއަށް ލާ، ނޫސްތަކުގެ ފޮޓޯ ޖަހާ ހަދާފަހުން އެމީހާޔަށް އެތަން ފެނިގެން އަމިއްލަޔަށް ހާޒިރުވުން ކަހަލަ ކަންކަން ހިގާފަ ހުރި ތަނެއްގައި ބިދޭސީ އަކަށް ފުލް "ޕްރޮޓެކްޝަން")

  36
  2
  • ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

   މިބަލީގެ ދިރާސާ ހަދާ ސއިންސް ވެރިން ބުނާ ގޮތުގައި ކޮވިޑް19 ޖެހިފައިވާ މީހެއްގެ ފަރާތުން 11 ދުވަހަށްފަހު އެހެންމީހަކަށް ކޮވިޑް ނުޖެހޭނެކަމަށް. އެހެންކަމުން ފިލާގެން އުޅޭ މީހާގެ ފަރާތުން މިބަލި ނުފެތުރޭނެ.

   5
   10
 9. ޅަތީފާ

  ހުންނަ މަކަ ރުވެ ރިކަން ދެކިބަލަ މިލިޔަނުން ހަ ރަދު ކޮއްގެން ވެސް ގެނެސް ގެން މިއުޅެނީ ބާވެ ހަލާކުވެފަހު ރި މެށިންތައް އަދި މިއުޅެނީ 14 ދުވަސް ހަމަ ނުވެގެން ލާ ރި ކޭބަޔަކައް ﷲ ގެ އި ރާދަފުޅުން ހުންނާނީ ހަ ރާން ލާ ރި ކެވިފަ

  33
  1
  • ކާފަބޭ2020

   ނޫންނޫން ތިޔަވިދާޅުވީގޯސްކޮށް ކުރީސަރުކާރުންލާރިކައިފަ އަޅާފަހުރިއިމާރާތުގެސަބަބުން ޓެސްޓުތައްނުހެދިގެންމިއުޅެނީ އެތެރޭގަޖާގައެއްނެތްއިތުރުޓެސްޓުމެޝިނެއްބަހައްޓާކަށް ދެންވާނީ މިހެންދޯ؟

   3
   10
 10. ވިސްނާލުމަށް އެދެމޭ

  ރައްޔިތުންނޭ... ރައީސް ތިމައްސަލަ އެބަ ބައްލަވަޔޭ....އެނިމުނީ ހު ރިހާ ރައްޔިތުންވެސް ފަ ރުދީ ޒިންމާއަދާކު ރޭ އަތްދޮވެގެން ގޭގަ ތިއްބަވާ..ބަނޑަށް މަ ރުވިޔަސް ކޮވިޑްނޫން ބައްޔެޖެހި މަ ރުވިޔަސް ޒިންމާއަދާކު ރަން އަތްދޮވެގެން ގޭގަ ތިއްބަވާ...ﷲވިސްނުން ދެއްވި އަޅަކަށްމެނުވީ ވިސްނުމެ ނުލިބޭނެ..އެއްމެންގެ ބޮލުގެ ނާށިގަޑުތެ ރޭގަ ސިކުނޑިއެއްވޭ..އެކަމަ ﷲދެއްވި ބުއްދީގެ ބޭނުންކު ރަނީ މަދު ސިކުނޑިތަކެ..ލޯހުއްޓަސް ލޮލަށް ނުފެންނަ ކިތައް އިންސާނުންއުޅޭ ކަންފަތް ހުއްޓަސް ކަންފަތަށް އަޑުނީވޭ ކިތައް އިންސާނުން އެބަތިބި..ދެންވެސް ﷲދެއްވި ސިކުނޑިތަކުން ހެޔޮވިސްނޭތޯ ރައްޔިތުންއުޅެބަލަ..މޑޕއާ މިބައި މީހުންނަ ބައިއަތުހިފި މީހުންނާ މިބައިމީހުންނަ ވެ ރިކަން ހޯދަދޭންނުކުތް ސިޔާސީމީހުންގެ ހީލަތުން ސަލާމަތްވެ މިގައުމު ހަމަމަގަށް އެޅުވުގެ ހިއްވަ ރާ ވިސްނުން ލިބޭތޯ ދުޢާކު ރުމާއެކު މިކަމުގަ ނުކުންނަންވެއްޖެ... ރައްޔިތުން ރައްޔިތުންގެ ހައްގުގަ މަސައްކަތްކު ރަން ނުކުންނަ ވަގުތުޖެހިއްޖެ..

  14
 11. އަހާތަކުރާ

  900 މިލިޔަން ރުފިޔާ ކޮވިޑަށް ހަރަދު ކޮއްފި ، ވީކަމެއް ހަ ރާން ، އަދިވެސް މިކިޔަނީ މެޝިން ގަނޑުގެ ވާހަކަ ، ކީކޭ ބުނާނީ ، އަދިވެސް ލާ ރި ނުކެވިގެން މިއުޅެނީ ކާބަލަ ނުއުޅެން ކަލޭމެން ދި ރުވާ ހަ ރާމް ލާ ރިއެއް ބަލާކަށް ،

  13
 12. މަބްރޫކު

  އަޅުގަނޑު މިހާރު ނޫސްކޮންފަރެންސަށް ނާރަނީ މިދުވަސްކޮޅު ދޮގުހަދަން ޖެހޭތީ. އަނގައޮޅިދާނެތީ. މައުލޫމާރު ރަނަގަޅުކޮށްގެން މިރޭ އަރާނަށް.

  13
 13. މަބުރޫކާ

  ޕްރެސް ކޮންފެރެންސް ބޭއްވިޔަސް ނޫސްވެރިންގެ ވަރުގަދަ ސުވާލުތަކަށް ޖަވާބުދާރީވާކަށް ނޭނގޭ އެކަކަށްވެސް. މިވަގުތު ޑޭޓާ އެއް ނެތޭ އަޅުގަނޑަށް އިނގިފައެއް ނެތޭ އެއީ ޖަވާބަކީ. ތި މެޝިނު ނުހެދެނީސް އެޗްޕީއޭ ނާރާނެ ޕްރެސް އަކަށް

 14. އޮޅުންސުވާލި

  ވެދާނެ މެޝިންތައް ހަލާކުވާންފެށީ އ.ޑީ.ކޭ ގައި ޓެސްޓް ހެދެން ފެށުމުން ކަމަށް. ދެން ހުރިހާ މެޝިންތައް ހަލާކުވާނެ. ޓެސްޓް ހެދޭނީ ހަމަ އެކަނި އޭ.ޑ.ކޭ އިން. މިލިޔަނުން ފައިދާ އޭ.ޑީ.ކޭ އަށް. މިއީ މަށަށް ހީވާގޮތް. ވެދާނެ މިއޮތީ މަށަށް އޮޅިފައިކަމަށްވެސް.

 15. ައަލީޢައްބްދުﷲ

  ކޮބާ ހީވޭ މިފަހަރުވެސް ބުނޭޔާމީނު އޭ ހަމައެކަނި ނުހޯދުނީ ތިޔަމެށިން ހުރިހާވަސީލަތެއްހަމަކުރެވުނު ލާރިކެއަސް ޔާމީނު ވެރިކަމުގައި ހުރިނަމަ ކޮންމެއަތޮޅެއް ގައި ކޮވިޑު ޓެސްޓް ހެދޭވަރުކުރާނެ 15ދުވަސް ތެރޭ އިރާދަކުރެއްވިއްޔާ ކުރާނެކަމެއްނެތް މިއޮތީ ބޯންއުޅުނު ބޮޑި ބޮވިފައިތަންދޮރުނޭގޭބަޔަކާޤައުމުހަވާލުކުރެވިއްޖެތަހުޒީބުދިވެހިން

 16. ރާކަނި

  މެޝިން ހަލާކުވީ އައިޖީ އެމްއެޗްގައި ދޯއެވެ. ވާނީ ދެން އެހެންތާއެވެ. ވިޔަފާރި އުސޫލުން މަސައްކަތްކުރާ ތަންތަނުގައި ޓެސްޓް ހަދަންވެސް އިތުރުގަޑީގައި މަސައްކަތްކުރަން ޖެހެނީ އައިޖީ އެމް އެޗްގެ ޓެކްނީޝަނުން ކަމަށްވެދާނެއެވެ. ނުވަތަ ނުވެވެސް ދާނެއެވެ. ރާއްޖޭގައި މިފަދަ އެތައްކަމެއް މާޒީގައި ފެނިފައި އެބަހުއްޓެވެ. ބައެއް ރަށްރަށުގައި އެންމެ ލޯންޗެއް އޮއްވާ ދެވަނަ އަށް ގެންދިޔަ ލޯންޗްވީ ސަރުކާރު ލޯންޗަކަށެވެ. މަހެއްނުވެ ސަރުކާރުގެ ލޯންޗްގެ އައު އިންޖީނުތައް ގޮވައފިއެވެ. ދެން އަނެއްކާވެސް ހުރިހާ ދަތުރުތައް ކުރަންޖެހުނީ ކުރިން އޮތް ލޯންޗްގައި ބޮޑު އަގުގައެވެ. މިފަރެއްގައި މިހެން ވީއެކޭ ދަންނަވަނީއެއް ނޫނެވެ.