ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް މި ސަރުކާރުން ރާވާފައި ނުވި ނަމަވެސް، ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ އެއާޕޯޓްތައް އަޅަމުން ދަނީ ސަރުކާރުން ތައްޔާރުކޮށްފައިވާ ނެޝަނަލް އެއާ ކަނެކްޓިވިޓީ ޕްލޭންއާ އެއްގޮތަށް ކަމަށެވެ. އަދި އެއާޕޯޓުތައް އަޅާނީ ޕްލޭނާ އެއްގޮތަށް ވަކި ތަންތަނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން އޭގެ ތެރެއިން ފާހަގަކުރާ ދިމަ ދިމާލުގައި އެއާޕޯޓް އެޅޭނީ. އޭގެ ތެރޭގައި އަޅުގަނޑަށް ނުފެނޭ ރ.އަތޮޅުގެ އެއާޕޯޓެއް އޮތް ތަނެއް. ދެން އަޅުގަނޑަށް ހީވަނީ ރ.އަތޮޅަކީ ފުދޭވަރަކަށް ބޮޑަށް ސީޕްލޭންއިން ކަވަކޮށްފަ އޮންނަ ސަރަހައްދެއް. އެހާ ގިނަ ރިސޯޓްސް އޮތީމަ،" ޒުހައިރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައި ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
Raa Atoll ge dhekunugai airport eh alhuvvaanekamah majlis inthihaabuge thereygai RS vidhaalhuvi. Mirey Transport Ministry in vidhaalhuvee mihaaru oiy plan gai Raa Atoll gai airport eh elhumah hamajehifai nuvaakamah? PPMPNC ge verikameh gai R Atoll gai e airport alhaanan. IA.
— Adam Shareef Umar (@Adamshareefz) June 5, 2020
އަދި އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ ރ. އަތޮޅުގެ ދެކުނުގެ ރަށެއްގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ރ. އަތޮޅުގެ އިފުރުގައި މިހާރުވެސް އެއާޕޯޓެއް އޮވެއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ފައިނުގައިވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ އެއާޕޯޓު ނާޅާގޮތަށް ނިންމާފައި ވަނީ އެކަމުގެ ސަބަބުން ތިމާވެެއްޓަނަށް ބޮޑު ގެއްލުންތަކެއް ލިބިދާނެތީއެވެ.
ފައިނުގައި އަޅަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ހަދާފައިވާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައި ބުނެފައިވަނީ އެއާޕޯޓު އެޅުމަށް އެ ރަށުން 5792 ރުއްގަސް ކަނޑަން ޖެހޭ ކަމަށެވެ.
ކަލޭމެންގެ ވެރިކަމެއްގައި " ނަމަ " ! ނަމަ ނަމަ އެއްގައި ރިހައެއް ނުކެކޭނެ ! އެކަން ކަލެއަށް އެގޭނެ ! ހަޖަމްކޮށްލާ ! ކަލޭ ނަމަ ނުކިއަސް އެއަރޕޯރޓް އަޅާހިސާބަށް ދިޔާމާ އެކަންވެސް ކުރާނެ !
ބަލަ މިހިރަ ބީތާޔާ، ރައްޔިތުންނަށް ވައުދެެއް ވިއްކައިގެން ވޯޓުން ވެރިކަމަށް އައިސް އެކަން ކޮށްދޭންޖެހޭނެ. މިސަރުކާރަށް ތާއީދުކުރާ މީހުންނަށް އެއީ އެކަން އޮންނަގޮތްކަމަށް ނުވެދާނެ. އެއީ އެމީހުންނަނީ ޔަހޫދީ ފިކުރަށް ތަބާވާ ގިނަބަޔަކަށްވާތީ.
ބަލަ މުހައްމަދު ޝާޒު ބީތާއާ ކޮންއިރަކު ރ.ގަ އިތުރު އެއަރޕޯޓެއް އަޅަން ވަޢުދުވީ؟؟ އެއީ ޔާމީނު ސަރުކާރު ހާވަން އުޅުނޖ ހަޑިއެއް ފައިނުކިޔާ ދަނޑުވެރި ރަށެއް ފުނޑާލައިގެން. އޭރުވެސް އެމްޑީޕީން ގޮވީ އެކަން ހުއްޓާލަން. މިރާއްޖޭގަ އެއަރޕޯޓެއް ނެތް އަތޮޅުތައްވެސް އެބަހުރި އެތަންތަން ނިންމާފަ ދޯ އެހެން ތަންތާނގަ 2 ވަނަ އެއަރޕޯޓްއަކަށް ދިޔަޔަސް ދާންވާނޮ
ކޮންމެ މީހަކު ގެއިން ނިކުމެވެންވާނީ އެއަރޕޯޓުގެ ތެރެއަށް. އޭރުންތާ ކަމެއްވީ ކަމަކީ.
މިފަހަރު އަހަރުމެން ވޯޓުދޭނީ އެންމެ ގިނަ އެއަރޕޯޓު އަލާ ކެނޑިޑޭޓަކަށް. ވަރިހަމަ ވާލަސޮރު ވިޔަސް.
ރ.އަތޮޅު ކޮންމެ ރައްޔިތަކައް އެއަރޕޯޓަށް އަޅަންވީ
އެއްކަމެއް ވެސްނުވާނެ. ބިގޭމެން ވޯޓުހޯދަން ރައްޔިތުންނަށް ދެއްކިދަޅަޔާ، ރަށްގިރާތީ ހިތާމަކޮށް ފެންރައީސް ކީރިތިކުރެއްވިވަރު އެވަގުތު އެތާތިބިބަޔަކަށް ފެންނާނެ. މިހާތަނަށް ކުރިކަމެއް، ހޭކެނޑުނު އުރައްޕަތެއްނެތް ވާންޗޯއިންނަށް ވަޒީފާދިނުން ފިޔަވާ ނެތް. މިހުރިހާކަމެއް މިހެންއޮތީމަ، މިސަރުކާރަށް ކަންކަން ނުކޮށްދެވޭއިރުވެސް އެބަޔަކު އަދިވެސް ވަޒީފާގެ ދަިވެތިކަމިގަ ހޭކެނޑެނީ. މިވަރުގެ ބަޔަކަށް އެޅޭނެ އެއަރޕޯޓެއް ނެތް. ކެވުނުވަރަކަށް ކެއުން އެކަން ކުރާނެ.
އަލިފުށީގަ އެއާޕޯރޓެއް އަޅާ އެއްތިންގިލި ރިސޯޓަކަށް ތަރައްގީ ކުރާނަމޭ ބުނެވުނީ އޮޅުމަކުން ވަރަށް ބޮޑަށް މާފުކުރައްވާ