ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގައި ބޭނުން ކުރުމަށް 500 ތަމޯމީޓަރު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.

ސްކޫލްތަކަށް 12500 އަތް ދޮންނަ ފުޅި ހޯދަން އިއުލާން ކޮށްފި

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާންގައިވެއެވެ.

އިއުލާންގައިވާ ގޮތުން ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000ރ. ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ޖޫން 15 ގައި ކަމަށް އިއުލާންގައިވެއެވެ.

ސްކޫލްތަކުގައި ބޭނުން ކުރުމަށް 500 ތަމޯމީޓަރު ހޯދާ އިރު، ސްކޫލްތަކުގެ ކުލާސްރޫމްތަކުގައި އަތް ދޮންނަން ބޭނުން ކުރުމަށް 12500 ސައިބޯނި ފުޅި ހޯދަން ދާދި ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި ހުންނަތާ މިހާރު ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ސްކޫލްތައް އަލުން ހުޅުވާ އިރު، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުމީހުން

    ސްކޫލްތައް އަވަސް އަރުވާލާފަ ހުޅުވުމަކީ ބުއްދިވެރި ކަމެއް ނޫން.

    1
    1
  2. އަލިބެ

    ޕާރޓީ ކުދިން ލާރި ގަނޑެއް ކަޓުވާލަން ގޮތެއް ހޯދާލީ ދޯ؟ ބަލަ ސްކޫލް ހުޅުވަން އަބަ އުޅެންތަ ސައިބޯނި ބޮކިއާއި ، އިސްތިންޖާކުރާ ކަރުދާހާއި ތާރމޯ މީޓަރާއި މިތަކެތި ގަނޑުކޮށް ގަނެގަނެފަ އޮލުން އަރައިގެން ނުބައި އެއްކަމެއް ކުރެވެނީ؟