ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އަބުރާއި ބެހިގެން އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނޯންނާނޭ ކަަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް މީސްމީޑިއާގައި ހިޔާލު ފާލުކުރަމުންދާ ކަމަށް ބުނެ، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި މައްސަލައެއް ފެންމަތިވުމުންނެވެ.
ޗެނަލް 13 އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ ކޮންމެ ފިކުރެއްގެ މީހެއް ކަމުގައިވީ ނަމަވެސް ވަޒީފާގެ މިނިވަންކަން އޮންނާނެ ކަމަށް ބުނެއެވެ.
އަދި މީހެއްގެ ފިކުރަކަށް ބަލާފައި ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި އޮތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އޭރުގައި ސަރުކާރާ އިދިކޮޅަށް ވަޒީފާތަކުގައި ތިބި އެމްޑީޕީ މީހުން ވެސް ހިޔާލު ފާޅު ކުރިއިރު، އެމީހުންގެ ވަޒީފާ އަށް އެއްވެސް އަސަރެއް ފޯރުވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މިފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އަދި އޭރުގެ އޮތް ސަރުކާރާއި އިދިކޮޅަށްވެސް ވަޒީފާތަކުގައި ތިބި އެމްޑީޕީއަށް ތާއިދުކުރާ މީހުން ހިޔާލުފާޅު ކުރި ކަމަށާއި، އެހެން ނަމަވެސް އެކަމާއި ގުޅިގެން އެމީހުންގެ ވަޒީފާއަށް އެއްވެސް އަސަރެއް ފޯރުވެފައި ނުވާނެ ކަމަށެވެ.
"ކިހާވަރަކަށްތޯ އަބުރާއި ބެހުނީ. މިއަދު ވެރިކަމުގައި މިއޮތް ޕާޓީއަށް ތާއީދުކޮށް ހިންގަމުންގެންދާ ޓީވީ ޗެނަލަކުން ކޮންފަދަ ހަޑިހުތުރު ވާހަކަތަކެއްތޯ ދެއްކީ. ކޮންފަދަ އިލްޒާމުތަކެއްތޯ އެޅުވީ. މިއަދުގެ ހޯމް މިނިސްޓަރު ދެއްކެވީ ކޮންފަދަ ވާހަކައެއްތޯ. ރައީސް ޔާމީންގެ އަބުރާއި ބެހިގެން ވަޒީފާއިން ވަކިކުރި މީހެއްގެ ޗިޓެއް ދައްކަވާ، ނޯންނާނެ" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ވަޒީފާއިން ވަކިކުރުމަށް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފަށް ފޮނުވާފައިވާ ޗިޓުގައި އޭގައި އޮތް އެއްޗެއް ނުކިޔައި ސޮއެއް ނުކުރާނެ ކަން ޔަގީން ކަމަށާއި، އަދި މިހާރު އޮޅުމެއް ކަމަށް ބުނިނަމަވެސް، އެކަން ގަބޫލުނުކުރެވޭ ކަމަށެވެ.
ހައްހައް ކޮން ދޮގެއް ހަދާކަށް
ހާދަ ރަގަޅު ވާހަކަ ތިޔަވިދާޅުވީ ރަހީމްބޭ މަހަމަ ހާރާން އަންތަރީސްވެއްޖެ ؟؟؟؟؟؟؟؟؟
ތެދުވާހަކައެއް. ޖަލަށްލައި އަބު ރުގެ ދައުވާކު ރީ.
މުޒާހަ ރާ ހިނގި މަގުން ދިޔަމީހާވެސް ވަކިކު ރީ.
އެއިރަކު ވަޒީފާއެއް ނުދެޔޭ ޕަޓީގެ މީހަކަށް ނޫނީ. އަންގާ މީހާއަށް ސީދާ ވަޒީފާ ދެނީ. ދީގެންތާ އަދި ވަކިކުރުމާ ހިސާބަށް ދާނީ. އޮފީހަސްގޮސް ފިންގަރ އިންކޮށްފަ ޖަލްސާއަށް، ޖަލްސާ ނިންމާފަ އޮފީހަށް ގޮސް ފިންގަރ އައުޓް. އެނގިގެން މިބުނީ. މީނު ހާލަކީ. ހައްތާވެސް ގުއިރޮނޑު. ތިގޮވަނީ ގުދޯގުދޯ.
ތިޔަ ފޮތޯ ބަލާލީމަވެސް އެބަފެނޭ ދެދުވެރިކަން ހުންނާނެވަރު. ކާކަށް އޮޅުވާލަންތަ. އެހެރަ ފެންނަނީ އަޑިން ހުދުކޮށް. އެއީއަސްލަކީ. ބޭރުގަ ދަވާދެއް ހާކައިގެން އަމިއްލަ ނަފްސައްތަ ތި އޮޅުވާލަނީ.
މިގައުމުގައި މުހައްމަދު އަމީން ނޫނީ ވެރިކަން ނުކުރޭ ކަމުދާ އެކަކުވެސް.
ހުސް ހިޔަޅު ހިޔާލުގެ އަމިއްލަ އެދުމުން ފޯވެފައި ތިބޭ ބައެއް ދިވެހިންނަކީ.
އެމޑީޕީ އަކީ އަބު ރެއް އޮންނަ ކަން ވެސް އިނގޭ ބައެއް ނޫން އެހެން ވެތާ އަބު ރުގެ ޤާނޫނުވެސް އުވާލީ ދެން ކޮން އަބު ރެކޭ ކިޔާ ކަށް އެމީހުން
އެއީ ތެދެއް! ވަޒީފާ އެކަންޏަކުންނޫން ކަނޑާލަނީކީ ޖަލައްވެސްލާ.
މިކަލޭގެ ދައްކާވާހަކަ ޖެހޭނީ ހިސާބުޖަހަން
ތެދެއްހެދެން އޮތްތާގަވެސް ދޮގެއް ހެދޭތޯވިއްޔަ އެބަލަނީ
ގުންަދާއިން ތައް ވަގައްނެގި ވެރކަން ނިމެނީ ވިރިގެން ހައް ހައް
އަދުރޭ ތީ މައުމޫންގެ ހަލާކު ޔާމީނުގެ ވެސް ހަލާކު. ޕޕމ ގެ ވެސް ހަލާކު..
ޅިސްޓެއް ތައްޔާރު ވަމުން ދަނީ ' ތިއުލެނީ ފައިން އަރަން
ރައީސް ޔާމިންގެ އަންހެނުންނާ ސޯސަލް މީޑިއާގަ ބެހިގެން އެމް.ޕީ.އެލް އިން މީހަކު ކަނޑާލި.. ހެކި އެބަހުރި
އަދުރޭމެންގެ ސަރުކާރުގާ ދެއްތޯ ކުރުނބާ ގާޑިޔާ ދުއްވި ފަރާތްވެސް ވަޒީފާއިން ވަކިކޮށްލީ. ދިވެހިންނަކީ ހަމަ ގަރަހިތައިންކަމަށް ސިޔާސީވެރިން ގަބޫލުކުރާ ގަބޫލުކުރުން ނިމުމަކަށް ގެންނާންވެއްޖެ. ކޮންމެ ޕާޓީއަކުވެސް ކުޅޭނީ އެއްކުޅިވަރެއް ތަފާތުނަންނަމުގައި. އަނެއްކޮޅުން ގާނޫނުގަ ބުނާ އަދަބެއް މި ލިބެނީ އާދައިގެ ނިކަމެތި މީހާއަށް، މިސާލަކަށް ކޮފީ ސަމުސަލެއް ގެ މައްސަލައިގާ ޖަލުހުކުން. ނަމަވެސް ދައުލަތުގެ ހަޒާނާއިން ވައްކަންކުރީމާ ދެވެނީ އިއްޒަތާ ގަދަރު. އިންސާފުކޮބާތޯއޭ ބުނެ ސުވާލުކުރަންވީ އާދައިގެ ނިކަމެތި މީހާނޫންތޯ؟
ކިތައްމީހުން ކެނޑީ! ކިހާ ބިރެއް ދެއްކީ! އަދުރޭގެ ލޯނެތީކަމެއް ހިއްސުތައް މަދީކަމެއް ހިސާބަށް ވުރެ ބުރާންތީ ކަމެއްް ނުވިސްނުނު! ކަލޭމެންގެ ވެރިކަން ގެންނަން އަހަރުން އުޑަށްވެސް އެރުވި! މޮޅުވާހަކަނުއްދަކާ! ކޮންބައެއް ބިރު ނުދަށްކަނީ! މިހާރުވެސް ބިރުދައްކާ! އެކަމުން އޮޅުމަކުން!
ޖަލްސާތަކަށް ބިރު ދައްކައިގެން ގެންދިޔަ ދުވަސްތައް ހަނދާން ނެތުނީބާ ވަޒީފާގެ ބިރު ހަހަހަހަހަ
ވަރަށް މޮޅު ވާހަކައެއް ތިބުނީ ! އޭރުގަ ޔާމީނުގެ ކެންޕޭނަށްވެސް މީހުންނެރެނީ ވަޒީފާގެ ބިރު ދައްކާގެން! ޔާމީނުގެ ފޮޓޯަކަށް ގޮތެއް ހެދިޔަސް އެމީހަކުވެސް ގެންގޮސްލަނީ ޖަލަށް! ކަލޯ އަދުރޭ ކަލޯ ތިހިރީ ބުއްދި ސަލާމަތުންތަ؟ ކަލޭއަކީ ދޮގުވާހަކަ ދެއްކުމުގެ މާސްޓަރެއް
އެއީވަރައްބޮޑު ތެދެއް !!
މުސްކުޅި ފުޅުއުމުރުގާ ބޮޑުބޭބެ ވެރިކަން ހޯދައިދިން ޤާސިމް،ނައިބު ޖަމީލު، ކަަނަލް ނާޒިމް މިހެން އެތައްބަޔެއް ޖަލައްލާ ޤާސިމް ދަރިންނަށް ދަންދެން ޖަލައްލީ