ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ހިލާފަސް މަގުމައްޗަށް ނުކުމެ އުޅުނު 277 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 7،675 މީހުން ޖޫރިމަނާކޮށްފައިވެއެވެ. އެގޮތުން މާލެ އިން 6،811 މީހުންނާއި ހުޅުމާލެ އިން 751 މީހުންނާއި ވިލިމާލެ އިން 113 މީހުން ޖޫރިމަނާކޮށްފައިވެއެވެ.
އަދި ތަކުރާރުކޮށް ފުރަބަންދުގެ އަމުރާ ހިލާފުވި 17 މީހަކު ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ.
މިހާތަނަށް 437 މީހުން ހައްޔަރުކޮށްފައިވާއިރު މީގެ ތެރެއިން މާލެއިން އެކަނި ވަނީ 394 މީހެއް ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލެއިިން 40 މީހުން ހައްޔަރުކޮށްފައިވާއިރު ވިލިމާލެއިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން ފުރަބަންދުކޮށްފައި ވަނިކޮށް ޖޫރިމަނާކުރާ މީހުން 1000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދެއް ދައުލަތަށް ދައްކަން ޖެހެއެވެ. މިހާތަނަށް ޖޫރިމަނާކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު ދައުލަތަށް 7 މިލިއަނަށްވުރެ ގިނަ ފައިސާ ލިބޭނެއެވެ.
މި ވައިރަހަކީ ފަސޭހައިން ގައިން ގަޔަށް އަރާ ވައިރަހެއް ކަމުން މި ދަނޑިވަޅުގައި އެންމެން ގޭގައި ތިބުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި ފުރަބަންދުގެ ހާލަތުގައި ނެތް ރަށްރަށުންވެސް، މި އެންގުންތަކަށް ތަބާވެ ޒަރޫރީ ބޭނުމެއްގައި ފިޔަވައި ބޭރަށް ނުނިކުތުމަށް އެފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ކާކުހޭ ތިދައްކަނީ؟ ދައްކާނީ؟ ތިކަން މިހާރު ވަނީ ޖޯކަކަށް. ސްލިޕް ދިނީމަ ހިފައިގެން ދާންވީ. ހަމަ އެސައިކަލުގަ. ހެވިލާފަ އެދަނީ. އެއް ދަތުރުގަ ހަ ސިލިޕް ދިނަސް އޯކޭ. ދާންވާ ތަނަށް ދެވޭ. ޖޫރިމަނާ ސްލިޕް ދީފާނެނު، ވަރިހަމަ 10 ދިނަސް. ކޮން ސުލިޕެއް. ލިޔެލިޔެފަ ދީފާނެނު. މިކަހަލަ ތާކުންތޔާކު ނުޖެހޭ ކަންތަށް ކޮށްކޮށްފަ ނޫހުގަ ތި ލިޔަނީ. އިންޓަވިއު ޓީވީން ދެނީ. ބަންގާޅިންވެސް ތިކަމަށް ޖަހަނީ ޖޯކު.
ތި ކަމެއްނު ކުރަންވީ. ސަރުކާރުން ތިކަން ފުޅާ ކުރަންވީ. ދެރައީ ތިޔައީ ހަހެއް ފަހެއް ނެތް ކަމަކަށް ވާތީ. ތިއަށްވުރެ ރަނގަޅުވާނެ "ގުއިތަފާލުގަ ދަނޑިން ތެލިއްޔާ" އޭރުން ގައިމު ވަސްދުވާފަ ގަޔަށް ބުރާނެނު. މިހާރު ތިކަމުން އެވަރުވެސް ނުވޭ.
ޖޫރިމަނާ ކުރުމަކީ ޖޫރިމަނާ ކުރި ތަނުން ފައިސާދެއްކުން، ނޫނީ ޕޮލިހުންގެ ހައްޔަރަށް. މިނޫންގޮތަކަށް ތިކަމެއްނުބވާނެ. ތިހާވަނީ ހަޑި.
ކައްވާލުމަށް ދައުލަތަށް ފައިސާހޯދުން ބޭނުމަކީ!
ނޫނޭ އައިޑީ ކާޑު ހައްދަން ދިޔައިމާއެގޭގޮތަށް ހަދާއެހެން ޤައުމުތަކުން ކުރާގޮތަށް ހޯދަންވާނެ ރަގަޅަށްފެލާލާ ހޭވެރިކަންވޭތޯ
ކުރީގަ އިސްޓިކާ މިހާރުމީހާ ރަތްޔަތު މީހާފެލާލަނީ މީހަމަ ޔާން ގެރޭވުމެއްބާ؟
މިއީ ވަރަށް ގިނަ އަދަދެއް.. މިއީ ވަރަށް ދެރަ ކަމެއް.